އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ތަޅުމުން ނެރުމުން މަޖިލިސް ބޭރުގައި ކުރިއަށް ދިޔަ މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
06 ފެބުރުއަރީ 2025 - 12:13
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި އަހަރަށް ފެށުމަށް ބޭއްވި ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަން ހުރަސް އެޅުމުން ނަން އިއްވައި ތަޅުމުން ނެރުނީ މަޖިލިހުގެ ގަވައިދާ ހިލާފަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޖަލްސާ ފަށައި، ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާ އެކު، އެމްޑީޕީގެ މެންބަރުން، އެ މަނިކުފާނު ހުއްޓި ވަޑައިގެން ހުންނެވި ޕޯޑިއަމް ކައިރިއަށް ވަޑައިގެން އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ.
އެއާ އެކު، ތިން ފަހަރު ނަސޭހަތް ދިނުމަށް ފަހު އެމްޑީޕީގެ 8 މެންބަރުންގެ ނަން، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއްވެވި އެވެ.
އެ އަށް ފަހު ޖަލްސާ އަލުން ފަށައިގެން ކުރިއަށް ގެންދާނީ މެންބަރުން ތަޅުމުން ނުކުމެވަޑައިގަތުމުން ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒާ އެކު ރިޔާސަތު ދޫކުރައްވައި ވަޑައިގެންފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން އަޑު އުފުލަނީ.
އޭގެ ފަހުން މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ތޮލްހަތު ހަސަން އިސްކޮށް ހުންނަވައި، މަޖިލީހުގެ ސެކިއުރިޓީން ވަނީ މެންބަރުން ތަޅުމުން ނެރެފަ އެވެ. ބައެއް މެންބަރުން ރުހުމުގައި ތަޅުމުން ނުކުމެވަަޑައިގެންނެވި އިރު، ދެ މެންބަރަކު ނެރެން ޖެހުނީ ސެކިއުރިޓީން ގަދަކަމުންނެވެ.
ތަޅުމުން ނުކުމެވަޑައިގަތުމަށް ފަހު، މަޖިލިހުގެ އިދާރާގެ ބޭރުން ސޯސަން މަގުގައި ބޭއްވި މުޒާހަރާއާ ގުޅިވަޑައިގެން އެ ތަނުގައި ހުންނަވައި ނާޒިލް މީޑިއާތަކަށް ވިދާޅުވީ، އިދިކޮޅު މެންބަރުންގެ ޝުއޫރުތައް "ރީއްޗަށް މަޑުމައިތިރިކަމާއެކު" އިއްވަމުން ދަނިކޮށް ނަން އިއްވީ ކަމަށެވެ.
އެ އަށް ފަހު، މަޖިލީހުގެ ރިޔާސަތުގައި އެއްވެސް ބޭފުޅަކު ނެތި އެމްޑީޕީގެ 8 މެންބަރުން ތަޅުމުން ނެރުނީ ގަވާއިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވި ގޮތުގައި، ރިޔާސަތަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަނބުރާ ވަޑައިގެންނެވުމުން ރީއްޗަށް ތަޅުމުން ނުކުންނަވާނެ ކަން ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ތަކުރާރުކޮށް ބުނީމު މަޖިލީހުގެ ރައީސް ރިޔާސަތަށް ވަޑައިގެންނެވީމާ ރީއްޗަށް މަޖިލީހުގެ (ތަޅުމުން) ދާނެ ވާހަކަ. އެހެން ނަމަވެސް އަޅުގަނޑުމެންނާ ދޭތެރޭގައި ކަންތައް ކުރަމުން ދިޔައީ މަޖިލީހުގެ ގަވައިދާ ހިލާފަށް،" ނާޒިލް ވިދާޅުވި އެވެ.
އެމްޑީޕީން ރައްޔިތުންގެ މަޖިލިސް ކައިރީ މިއަދު ބޭއްވި އެއްވުމުގައި އެ ޕާޓީގެ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްޑީޕީ
މަޖިލީހުގައި ދެ ވަނަ ދައުރު އަދާކުރައްވަމުން ގެންދަވާ ނާޒިލް ވިދާޅުވި ގޮތުގައި މިހާތަނަށް މަޖިލީހުގެ ހަޔާތުގައި ވެސް ރިޔާސަތުގައި ބޭފުޅަކު ނެތި، އެގޮތަށް "މެންބަރުންގެ ގަޔަށް ބޮލަށް" މީގެ ކުރިން އަރާފައި ނުވެ އެވެ.
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވާފައިވަނީ އެމްޑީޕީގެ 8 މެންބަރުން ތަޅުމުން ނެރުމަށް ފަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލޮކޮސް
08 February 2025
މީއެހާމުހިއްމު ބައެއްނޫން!
މުއްލާބެ
06 February 2025
ބަލަ ނާޒިލޫ. ކަލޭގެ ލޮލުގެ ކޮޅަށް ފެންނަ ހިސާބުގައި ތިބި ގާތްތިމާގެ ތިބިހާ ބަޔަކަށާއި، ނާޒިލުއަށް ސަނާ ކިޔާ ރަށްޓެހިންނަށް އައްޑޫ އެއަޕޯޓުންނާއި، އެޗްޕީއެލް އިންނާއި، Fenaka ހިތަދޫ، ފޭދޫ، ހުޅުދޫ ބްރާންޗްތަކުންނާއި، މާލޭގެ ފެނަކަ އޮފީހުންނާއި، ވެމްކޯއިންނާއި، ނުވިތާކަށް ސިޔާސީ މަގާމުތައް ނަން ހުސްކޮށް ބެހީ ކޮން ގާނޫނީ ނުވަތަ ގަވާއިދެއްގެ ހަމަތަކުންތޯ އަމިއްލަ އަށް ސުވާލުކޮށްބަލަ. ގައިމު ވަޒީފާ ނުލިބި ތިބި އެތައް ބައެއްގެ ހައްގުތަކަށް އަރައިގަތީ.
ފިކުރީ
06 February 2025
އެމްޑީޕީ ވެރިކަމުގައި ނޫނިއްޔާ ރިޔާސީބަޔާން އިއްވިޔަ ދީގެން ނުވޭ. އެމްޑީޕީ އިދިކޮޅު އޮންނަ އިރު އަބަދު ވެސް އެމީހުންގެ ކަމަކީ ހަމަނުޖެހުން އުފެއްދުން.
ސަންގައްޕާ
06 February 2025
މައިނޯރިޓީ ލީޑަރަށް މިވީހާދުވަހު އުޅެގެންވެސް މަޖިލިސްގޭ ތަޅުމުން ބޭރުކުރަނީ ކީއްވެކަން ކުރަންޖެހޭކަން އެގަވާއިދު ދަހެއްނުވިތާ.
ޢިދްރީސް
06 February 2025
ޢެމްޑީޕީ ކުދިން ގެއަށް ވަދެ މި ލަވަ ކިޔާލާ “ ގުޒްރާ ޙުވާ ޒަމާނާ އާތާ ނެހީ ދުބާރާ ހާފިޒް ހުދާ ތުމާރާ”
ސަންތި މަރިޔަނބު
06 February 2025
ނާޒިލް ނުފޫޒުގެ ބޭނުން ކޮށްގެން އާއިލާގައި ތިބި އެއްވެސް އެއްޗަކުން ފާސްނުވާ މީހުން މިދިޔަ ރިޔާސީ އިންތިހާބުތެރޭ ވަޒީފާ ތަކަށް ނެރުނީ ކޮރަޕްޝަނުން ނޫންތަ އަޅެފަހެ ؟؟؟
ހަސްތީ
06 February 2025
ރައްޔިތުންގެ ބާރުގަ ރައްޔިތުން ވޯޓްލާ ބޮޑު އަޣްލަބިއްޔަތަކުން ވެރިކަމަށް ރައީސަކު ހޮވާފަ އެއޮތީ. ދެން ރައްޔިތުންގެ ބާރުގަ މަޖިލިސްގެ މެޖޯރިޓީ ނަގާފަ އެއޮތީ. ރައްޔިތުންގެ ބާރު ތިތާ ތިބި ދެތިން މެމްބަރެއްގެ މުށުތެރޭ އޮތްކަމަށް ހީކޮށްގެން ނޫލޭ.
އައިމިނާ
06 February 2025
ތިޔަ ލީޑަރެއް ފުރަތަމަ ގާނޫނަށް އުޅެންވީ.
ތަފްސީލު
06 February 2025
އެއްވެސް ކަހަލަ ގޮތެއް ހުރި ބައެއްނޫން، ވަޙީދު ވެރިކަމުގަ އުޅުނުގޮތަށް އުޅެން ދިމާކުރަނީ، ގާނޫން އަސާސީއޭ ހައްގުތަކޭ ކިޔާއިރު، އެމްޑީޕީ ވެރިކަމުގައި ހުރިހާ ބާރެއްދިނީމަ ކޮންހައްގެއްތޯ ކަށަވަރު ކޮށްދިނީ، ފުލޯކްރޮސީގެ ވާހަކަ ދައްކަން ވެސް ލަދުގަންނަން ޖެހޭ، މިއަދު ތި ތެޅެނީ ކޮންމެ ވޯޓަށް ބޮޑުއަގުގަ ހށ ނުވިއްކިގެން، ކޮންމެހެން ރައްޔިތުންގެ ހައްގު ހޯދަދޭކަށްނޫން
ސަންޑޭ
06 February 2025
ތިގޮތަށް ބޮޑާހަކާ މަޖްލިސްތެރޭ ހޯބޯލެވުމަކީ ވައްލަ ބެއާ މޮހައްމާ ކަލޯ އަށް ވެސް ކުރެވިދާނެ ކަންކަން. މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ކޮށްދޭން ވިދާޅުވި ކަންކަން ބަލާ އެކަން ކަން މިއަދާހަމައަށް ކޮށްނުދެވި ވާ މިންވަރު ހާމަކޮށްދިނުމެއް ނޫންތޯ ޒިއްމާދާރު ތަންދޮރު ފިލާތިބި ބަޔަކު އިދިކޮޅުގައި ތިބި ނަމަ ކުރަންވީ ކަމަކީ. އިދިކޮޅުގައި ތި ތިބީ ހުސް ކޮހުން.