ގއ. އަތޮޅު ވިލިނގިލީ ހޮސްޕިޓަލް.--ފޮޓޯ: ނިޝާން އަލީ/މިހާރު
06 ފެބުރުއަރީ 2025 - 14:59
ގއ. ވިލިނގިލީ ހޮސްޕިޓަލުގެ އިހުމާލުން ދެމައިން މަރުވި މައްސަލަ ބަލަމުން އަންނަ ކަމަށާއި އެކަމުގައި ފިޔަވަޅު އަޅާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ގއ. އަތޮޅު ހޮސްޕިޓަލުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވެ، ހިތާމަކުރާ ކަމަށެވެ.
އެކަން ހިނގައިދިޔަ ގޮތުގެ ރިވިއުއެއް ހަދަމުން އަންނަ ކަމަށާއި އޭގައި ހުރިހާ ކަމެއް ވަރަށް ތަފްސީލުކޮށް އަދި ފުންކޮށް ބަލައި، ފިޔަވަޅުތައް އަޅާނެ ކަމަށް ބުންޏެވެ.
We are deeply concerned and saddened about the tragic incident at GA. Atoll Hospital. Ministry of Health is currently reviewing the case. We will look into all details in depth and take necessary actions accordingly.
— Ministry of Health (@MoHmv) February 6, 2025
އާއިލާ އިން ތުހުމަތުކުރާ ގޮތުގައި ޝިއުނާ ތައުފީގު އަދި އޭނާގެ ތުއްތު ދަރިފުޅު ނިޔާވީ ސިޒޭރިއަނަށް ފަހު ހާލު ގޯސްވެ، މާލެ ނުގެނެވި، ފަރުވާ ލިބުން ލަސްވެގެންނެވެ. އެކަމަކު މި ތުހުމަތުތަކަށް ހޮސްޕިޓަލުން އަދި ވާހަކައެއް ނުދައްކަ އެވެ.
ބަނޑަށް 8 މަހުގައި ޝިއުނާ ކުއްލިއަކަށް ނޭވާލާން އުނދަގޫވެ، ވިލިނގިލީ ހޮސްޕިޓަލުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ދެންވަރު 2:00 ހާއިރު އެޑްމިޓުކުރި އެވެ. އޭގެ 24 ގަޑިއިރު ނުވަނީސް އޭނާ ވަނީ ނިޔާވެފަ އެވެ.
ސިޒޭރިއަން ހަދައި ފަރުވާ ލިބުން ލަސްވެ ދެމައިން ނިޔާވެއްޖެ https://t.co/FlyYzL3uTT
— Mihaaru (@Mihaarunews) February 6, 2025
ޝިއުނާ ނިޔާވީ ބަނޑަށް އަށް މަހުގައި ސިޒޭރިއަން ހަދާފައި އިތުރު ފަރުވާ އަށް މާލެ ގެންނަން ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަތީގައި ތިއްބަ އެވެ. ދަރިފުޅު ނިޔާވީ މާލެ ގެނައި ފަހުންނެވެ.
ވިލިނގިލިން، ވާހަކަ ދެއްކި ޝިއުނާގެ އެންމެ ގާތް އެކުވެރިޔާ "މިހާރު" އަށް ބުނީ އޭނާ އެޑްމިޓުކުރީ ހާސްވެ، ނޭވާލަން އުނދަގޫވާތީ ކަމަށާއި އިއްޔެ މެންދުރު އެ ރަހުމަތްތެރިޔާ ހޮސްޕިޓަލަށް ދިޔައިރު ޝިއުނާ ހުރީ ނޭވާލަން އުނދަގޫވާތީ އެ ތަނުގައި ހުރި އެއްޗެއްގައި ހިފަހައްޓައިގެން ކަމަށެވެ.
އެޑްމިޓުކުރި ވަގުތުން ފެށިގެން އެހާ ހަމައަށް ވެސް ޝިއުނާއަށް ރަނގަޅަށް ފަރުވާ ދީފައިނުވާ ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ.
ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވެއްޖެ https://t.co/o9k3erwWEr
— Mihaaru (@Mihaarunews) January 20, 2024
އޭނާގެ ހާލު ސީރިއަސް ވަމުންދާތީ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަން، އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރު ފަހުން ނިންމި އެވެ. ރަށުގައި އެ ވަގުތު ކުޑަކުދިންގެ ޑޮކްޓަރެއް ނެތުމުން ސިޒޭރިއަން ހެދީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ކުޑަކުދިންގެ ޑޮކްޓަރެއް ގެންގޮސްގެންނެވެ. "އެ ހުރިހާ އިރު އެ މީހުން ކީ ފްލައިޓު އެބަ އާދެއޭ، އާސަންދަ ހަމަޖެހިއްޖެއޭ، ފްލައިޓު އަންނަނީއޭ، ފްލައިޓު އަންނަނީއޭ. އޭނާ ހަމަ ވެއްދި ހިސާބުން (އިއްޔެ ހަވީރު) 4 ޖެހިއިރުން ފެށިގެން މުޅިން އެހެން ކީ،" ރަހުމަތްތެރިޔާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އެއާ އެމްބިއުލާންސް ގެންދަން ފުރަތަމަ ހަމަޖެއްސީ ރޭ 7:00 ހާއިރެވެ. ނަމަވެސް، ބަލި މީހާގެ ހާލަތު ސްޓޭބަލް ކަމަށް މައުލޫމާތު ދިނުމުން އެ ދަތުރު ފަހުން ކެންސަލްކުރީ އެވެ. އެކަމަކު، ހާލަތު ގޯސްވާން ފެށުމުން ފަހުން އެމްބިއުލާންސް ގެންދިޔައީ އެވެ.
ވިލިނގިލީ ހޮސްޕިޓަލްގެ އިހުމާލުން ދެމައިން ލަސްވި މަރުވި މައްސަލައެއް ބަލަން ފެށިއިރު، އެ ހޮސްޕިޓަލާ ގުޅޭ އެފަދަ އެހެން މައްސަލައެއް ވެސް މިދިޔަ އަހަރު ވަރަށް ބޮޑުވި އެވެ.
އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވުމުން ޖެނުއަރީ 20، 2024 ގައި ނިޔާވީ 13 އަހަރުގެ ފިރިހެން ކުއްޖެކެވެ.
އެ ރަށުން އޭރު ވާހަކަ ދެއްކި މީހަކު ބުނީ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ހޮޑުލާތީ ކަމަށެވެ. ނަމަވެސް، އޭރު ހެދި ޓެސްޓުތަކުން ކުއްޖާގެ ބޮލުގައި ޓިއުމަރެއް އިންކަން އެނގުމުން، ފަރުވާ އަށް މާލެ ފޮނުވާލަން ނިންމީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީއިދުރީސް
08 February 2025
ތަނެއް ދޮރެއް ނޭގޭ ދާއިރާގެ ތައުލީމާއި ތަޖުރިބާނެތް ނާގާބިލް މީހުންނަށް ސިޔާސީ ގޮތުން ތިޔަފަދަ ތަންތަނުގެ ވެރިކަން ހަވާލު ކުރީމަ ވާނެއެތި ތިޔަވަނީ ގިނަ ރައްރަށުގެ ހެލްތްސެންޓަރ ތަކުގަ ހާލަތު ވަކިން ގޯސް، މިރަށުގަވެސް ހުރީ ޖުވާކުޅެ މަސްތުވެގެން މަގުމަތީގަ އެބުރި އެބުރި ހުރި ބުމަރެއް، ކިހިނެއް ދެން ކަންކަން ރަގަޅު ކުރާނީ
ހަސަންބޭ..
07 February 2025
މާތްކަލާކޯ ހާސަރު ނުދަމާ މާލެ ގެންދަން ޖެހޭ މީހާ ގެންދޭބަލަ. ފްލައިޓް ކެންސަލް ކޮށްކޮށްފަ ކުޅިވަރު ކުޅޭ ކަހަލަ ކަންކަމެއް ނޫން.. 2 ފުރާނައޭ އެދިޔައީ. ކިހާ ބޮޑު ހިތްދަތިކަމެއް އާއިލާ އަށް.. ކިހިނެއް ފޫބައްދާނީ..
ހަސަންބޭ..
07 February 2025
ހެލްތުން ބަލަބަލާ ތިބޭނެ.. ނުދޭނެ ޖަވާބެއް.. ހެލްތު ގެ ޒިންމާ ހާމަކަން ބޮޑު ގޮތެއްގެ ފެންނާން ތިއޮތީ..
ޕީއެސް
07 February 2025
އަހެއްކާ ހެލްތު މިނިސްޓްރީގެ ޕީއެސް ސަސްޕެންޑު ކުރިބާ؟
އިހްސާސް
06 February 2025
މީގައި ސަރުކާރުތަކުގެ އިހުމާލެވެސް އެބައޮތް. ހުރީހާކަމެއް މާލެގޮސް ބޮޑުކުލި ދީގެން ނޫނީ ނުވާ ސިސްޓަމް އޮތީމައި ވެދާނެ ކަންކަން މިފެންނަނީ. ކިހާދެރަ ދެމައިންގެ ފުރާނަ ގެއްލިގެން ދިޔައީ.
ބަހީލް
06 February 2025
ކިތަންމެ ބޮޑު ކުއްޔޭ ކިޔަސް 50 މީހުން އުޅޭ ރަށްރަށުގައި ސްޕެޝަލިޓީ ޑޮކްޓަރުން ނުބެއިތިއްބޭނެ. އަދި ބުނަން 50 މީހުން ދިރިއުޅޭ ރަށްރަށުން ކޮޓަރި ލިބޭ ވަރު މާބޮޑު. އަދި ހިސާބުވެސް ހަދަނީ ޑޮލަރުން.
އައިޝާ
07 February 2025
ބަހީލް ތިހެން ބުނެގެން ވާކައް ނެތް. ހދ ކުޅުދުއްފުށި ސިޓީގެ ރީޖަނަލް ހޮސްޕިޓަލް އިން މިއުޅެނީ ބިހޭވިއާ ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީ ނުލިބިގެން. އެއީ ވެސް 50 މީހުން އުޅޭތީތޯ
ޓަކާން
06 February 2025
ބަލައިގެން އެއްޗެއް ފެންނާނެބާ؟
ސަނަ،މް
06 February 2025
މިކަމުގައި ޚުދު ހެލްތްމިނިސްޓްރީގެވެސް އިހުމާލު އޮތްއިރު އެމީހުން މިކަންބެލީމަ ކޮންތާކުމިޖެހެނީ.
މަދުރު ވިލި
06 February 2025
ގަންބަނެ ބުދާނެ އިދިހެނެ ބައްތެއްލާ އަންނަނީ އޭ ކިޔަގެން ދޮގުހެދީ.