މީކާއިލާ ގުޅޭގޮތުން ޖަމާލުއްދީން ސްކޫލުން ކުރި ޕޯސްޓާއެކު ހިމަނާފައިވާ ފޮޓޯ.--
06 ފެބުރުއަރީ 2025 - 20:51
ޖަމާލުއްދީން ސްކޫލް (ޖޭއެސް) އިން ކިޔަވައި ވިދާޅުވި، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމަށް ތައުރީފުކޮށް، އެ ސްކޫލުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ކަމަށް ބުނެ އެ ޕޯސްޓް ޑިލީޓްކުރި މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.
ޖޭއެސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން އަންނަނީ އެ ތަނުން ތައުލީމު ހާސިލްކޮށް، ސްކޫލަށް ރީތި ނަން ހޯދައި ދިން މީހުންގެ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
އެހެންވެ، މިއަދު ހަވީރު ޖޭއެސް އިން ވަނީ މީކާއިލް އެ ސްކޫލްގައި ކިޔަވައި ވިދާޅުވި ދުވަސްވަރު ހޯއްދެވި ކާމިޔާބީތައް ފާހަގަކޮށް ޕޯސްޓެއް ކޮށްފަ އެވެ. ނަމަވެސް އޭގެ ގަޑިއެއްހާއިރު ފަހުން އެ ސްކޫލުން ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމްތަކުން އެ ޕޯސްޓް ފޮހެލި އެވެ.
While I am genuinely grateful to the management and teachers of Jamaluddeen School for choosing to honour me, I am disgusted that they have been pressured into deleting the post by the Ministry. Never seen this level of micro-management and pettiness under any other govt. pic.twitter.com/X23y01SRKF
— Meekail Naseem (@MickailNaseem) February 6, 2025
އެކަމާ ގުޅިގެން އެކްސްގައި މީކާއިލް ތުހުމަތު ކުރެއްވި ގޮތުގައި، ޖޭއެސް އިން އެ ޕޯސްޓު ޑިލީޓްކުރީ އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަކަށެވެ. އޭނާ ވަނީ ސަރުކާރުން ސިޔާސީ ކަންކަމުގެ ތެރެއަށް ސްކޫލުތައް ވައްދާ ކަމަށް ވިދާޅުވެ، ނުރުހުން ފާޅުކުރައްވައިފަ އެވެ.
ނަމަވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ، ޖޭއެސް އިން ޕޯސްޓް ފޮހެލި މައްސަލާގައި މީކާއިލްގެ ކަންބޮޑުވުން ފެނިވަޑައިގަތީ ފޭސްބުކުން ކަމަށެވެ. އެއީ ގޯސްކޮށް ހިނގާފައިވާ ކަމެއް ކަމަށާއި އެންމެ ރަނގަޅު މައުލޫމާތު އެނގިވަޑައިގަންނަވާނީ ޖޭއެސްގެ ޕްރިންސިޕަލަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީކާއިލް ވަނީ ޖޭއެސް އިން އޭނާގެ ކުރިއެރުން ފާހަގަކޮށް ކުރި ޕޯސްޓު ވެސް ފަހުން އާންމު ކޮށްފަ އެވެ.
އެ ޕޯސްޓުގައި ވަނީ ރާއްޖޭގެ ތާރީހުގައި ވެސް ރައްޔިތުންގެ މަޖިލީހަށް ހޮވި އެންމެ ޒުވާން މެމްބަރުންގެ ތެރޭގައި މީކާއިލް ހިމެނޭކަން ފާހަގަކޮށްފަ އެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އޭނާ ހާސިލް ކުރައްވާފައިވާ ކާމިޔާބީތައް ވެސް ޖޭއެސްގެ ޕޯސްޓުގައި ވެ އެވެ.
ޖޭއެސްގެ ޕްރިންސިޕަލަށް "މިހާރު" އިން ގުޅި ނަަމަވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލީ ކުރުސީ
07 February 2025
ސްކޫލަކިން ތިޔަފަދަ ޕޯސްޓެއް ކުރުންވެސް ގޯސް. ސިޔާސީ ދާއިރާގައި ވަރަށްމަދުވާނެ އަޚްލާގެއް ގޮތެއް ފޮތެއް ހުރި މީހަކު. ސިޔާސީ މީހުން އެއީ ދަރިވަރުންނަށް ރޯލް މްޑެލުންކަމުގައި ދެކެން ހެޔޮވެސް ނުވާނެ! ވަކި ޕާޓީއެއްނޫން، ކޮންމެ ޕާޓީއެއްވިޔަސް!
ނިކަންބުނެބަލަ
07 February 2025
މަޖިލީހުން އުފުލައިގެން މެމްބަރުން ނެރުނުއިރު މާގަދަޔަށް ހިނިފުޅުވަޑުވާ ވަޒީރުންވެސް. އެއީ އަހްލާގީ މިންގަނޑު މަތިވީމަ ވީގޮތެއްތަ.
އަޒްރާ
07 February 2025
އަޚްލާގްނެތް އެއްވެސް މީހަކީ ނަމޫނާއަކަށް ބަލަން ހެޔޮނުވާނެ މަޖިލިސް މެމްބަރުކަން ލިބުމަކީ އއެއީ މީހާ ސިދުރަތުލް މުމްތަހާއަށް އެރޭ ވަރުގެ ކަމެއްނޫން އިލާހީ ގާނޫނަށް ޢަމަލު ނުކޮށް މިމީހުންހަދާ ގާނޫނުތަކަށް ތަބާވުމެއްނެތް މުސްލިމުން ތިބެންވީ މުސްލިމުންގެ ގޮތުގަ
ޑރ ވާންޗޯ
07 February 2025
ތިޔަޕޯސްޓެއްކުރީވެސް ސިޔާސީވެގެން، ސްކޫލްގަނުޖެހޭ ސިޔާސީމީހުން ޕްރޮމޯޓްކޮށް ޕޯސްޓްކުރާކަށް. ކޮންމެސިޔާސީ މީހަކީވެސް ކޮންމެސް ސްކޫލަކަށް ނިސްބަތްވާމީހެއް. ދެންއެ ސްކޫލެއް އެމީހެއްގެ ކެމްޕޭން މަރުކަޒަކަށް ބަދަލުވާންޖެހޭތޯ؟.
ބެލެނިވެރިން
07 February 2025
އަހްލާގް ނެތް މީހުންގެ ވާގަކަ މޮޅުކޮށްފަ ސުކޫލް ކުދިން ކައިރި ދައްކާކައް ނުޖެހޭ
ހައިކަލްލް
07 February 2025
ފުރަތަމަ ތިގޮތަށް ބައެއް ދަރިވަރުންގެ ނަންތައް ފާހަގަ ކޮށްގެން ނުވާނެ... ޝީތާގެ ވަކި ބަޔަކު މޮޅު ކުރުމުގެ ސިޔާސަތުގެ ދަށުން ކުރާ ކަންތައްތައް.. ޖޭއެސްއިން ތިޕޯސްޓް ކުރާ ގިނަ ދަރިވަރުންނަކީ މުއްސަދި އާއިލާތަކަށް އުފަން ކުދިން... މުއްސަދިންނަށް ފަސޭހައިން ފުރުސަތު ވެސް ލިބޭނެ .. އެއާ ހިލާފަށް ހިތްވަރާ މަސެއްކަތުން, ރަގަޅު ހިސާބަކަށް ދަތުރު ކުރަން މަސައްކަތް ކުރި ކުދިންގެ ނަންތަކެއް ނެތް... ޝީތާމެންގެ ކަމަކީ ވަކި ކުދިބަޔަކު މޮޅު ކުރުން...އަތަށް ގޮވީ
ލަދުން
06 February 2025
ލަދުން ބޯހަލާކުވާ ވަރުގެ މޮޅު މީހެއް.
ކުޑަކަންކަން
06 February 2025
އެމްޑީޕީ 5 އަހަރު ތިޔައް ވުރެން ބޮޑެތި ކަންކަން ފެނުނު. އިބޫ ދާ ރަށަކުން އިދިކޮޅުގެ ޖަގަހަތައް ބަންދު ކުރުމާއި އަދި ބެނާތައް ނެގުމާއި އިދިކޮޅު މީހުން ހައްޔަރުކުރުން. އެއީ ކުޑަ ކަންކަންތޯ
ހގތފ
06 February 2025
އަޅެދެން ސްކޫލްތަކުން ކުރާނެ ކަމެއް ނެތިގެންތަ މިއުޅެނީ.. ކިޔަވާ ނިންމި ދަރިވަރުންގެ ޕްރޮފައިލް އެފްބީއަށް ލާން.. މީހަކު މޮޔަ ވެދާނެ.. ދެއްކުންތެރިކަން ވެސް ތީ ބޮޑުވަރު..
ޏަންނަ
06 February 2025
ކަންކަން އިނގިގެން ކޮމެންޓްކުރާނީ . ޖޭއެސްގެ 40ވަނަ އަހަރީ ދުވަހާ ގުޅިގެން އެއީ. ސްކޫލުން ކިޔެވި ކުރީގެ ދަރިވަަރުންނާ ބެހޭގޮތުން.
ހައިކަލްލް
07 February 2025
ޏަންނަ.. ކަންތައް އެނގިގެން މިބުނަނީ... އެހެން ސްކޫލްތަކަށް ވެސް ތިހުރިހާ އަހަރެއް ވޭ... ތިފާނޑަށް ވަކި ދަރިވަރުންގެ ނަންތައް ނުޖަހާ....
އައިސްތޫ
07 February 2025
ވެގެން އުޅޭ ގޮތަކީ ކުރީގައި އޮތް ވަރަށް މިހާރު އެ ސްކޫލަށް ޑިމާންޑް ނެތުން. އެހެންވެ މުއްސަނދީން ފާހަގަކޮށް ޕޯސްޓް ތައް ކުރަނީ ކޮންމެސް އެއްޗެއް ކިޔާފަ. އޭރުން އަލުން އެޓޭންޝަންލިބި ޑިމާންޑް އުފުލޭނެ ކަމަށް ހީކޮށް. |
އަޙްމަދު ޢަލީ އިބްރާހިމް
06 February 2025
މީކާއީލް ކަހަލަ އަޚްލާޤްދަށް މީހަކު ނަމޫނާއެއް ގޮތުގައި ދަރިވަރުންނަށް ދައްކަން އުޅުމަކީ، ސްކޫލުން ކުރި ވަރަށް ބޮޑު ގޯސް ކަމެއް. ހަމައެހެންމެ އެއްވެސް މީޑިއާއަކުން އޭނާއަށް ސަޕޯޓްކޮށް އެއްވެސް ލިޔުމެއް ޝާއިޢުކުރުމަކީ، އެއަށްވުރެ މާ ގޯސް ކަމެއް.