އެންމެ ބޮޑު އެއް މައްސަލައަކީ ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ނެތް ބޭސްތައް ބޭސް ސިޓީގައި ލިޔުން ކަމަށް ޝިމާދު ވިދާޅުވި.
އެސްޓީއޯގެ އެމްޑީ ޝިމާދު: ޑޮކްޓަރުން ބޭސް ސިޓީ ލިޔާއިރު، ވަކި ބްރޭންޑެއްގެ ނަން ލިޔުމުގެ ބަދަލުގައި އެ ބޭހުގެ ޖެނެރިކް ނަން ލިޔުން ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި.--- ފައިލް ފޮޓޯ: މިހާރު
08 ފެބުރުއަރީ 2025 - 19:41
ދިވެހިން އާންމުކޮށް ބޭނުންކުރާ ބޭސްތައް އެއްވެސް އުނދަގުލަކާ ނުލައި ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ދެއްވައިފި އެވެ.
ބޭސްތައް ލިބުމުގައި ދަތިތައް އުޅޭ ކަމުގެ ޝަކުވާތަކާ ގުޅިގެން "މިހާރު" އިން ސުވާލު ދެންނެވުމުން ޝިމާދު ވިދާޅުވީ، އެ ކަންކަން ހައްލު ކުރުމަށް އެމްއެފްޑީއޭއާ ގުޅިގެން އެސްޓީއޯ އިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އާންމުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ވަރަށް އަވަހަށް އެކަށީގެންވާ ހައްލެއް ގެނައުމަކީ އެ ކުންފުނީގެ އަމާޒު ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ދިވެހިން ބޭނުންވާ އަސާސީ ބޭސްތައް ނުލިިބިގެން އުޅެން ނުޖެހޭނެ ކަމުގެ ކަށަވަރުކަން ޝިމާދު އެވެ.
ބައެއް ފަހަރު ޑޮކްޓަރުން ބޭސް ސިޓީ ލިޔާއިރު، ވަކި ބްރޭންޑެއްގެ ބޭސް ލިޔެފައި ހުރުމުގެ ސަބަބުން ބޭސް ދޫކުރުމުގައި އުނދަގޫތަކެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑޮކްޓަރުން ބޭސް ލިޔާނީ ޕޭޝަންޓަކަށް ދިމާވެފައިވާ ބައްޔަކަށް ހާއްސަކޮށްގެން ނޫނީ އެ ބައްޔަކަށް ރިއާޔަތް ކޮށްގެން. އެކަމަކު އެ ލިޔާ ބްރޭންޑެއްގެ ބޭސް އެސްޓީއޯ ފާމަސީން ލިބެން ހުންނަ ބްރޭންޑާ ދިމާ ނުވެދާނެ،" ޝިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑޮކްޓަރުން ބޭސް ސިޓީ ލިޔާއިރު، އެ ލިޔާ ބޭހަކީ ރާއްޖޭގެ އެޕްރޫވުޑް ޑްރަގް ލިސްޓުގައި ނެތް ބޭހަކަށް ވެސް ވެދާނެ އެވެ. އަދި އާ ބޭހެއް ރަޖިސްޓަރީ ކުރުމަކީ ވެސް ގިނަ ދުވަސްތަކެއް ހޭދަވާ ކަމެއް ކަމަށް ޝިމާދު ވިދާޅުވި އެވެ.
"އެ މައްސަލަތައް ވެސް ހައްލު ކުރަން ޑޮކްޓަރުންނާ ގުޅިގެން އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން،" ޝިމާދު ވިދާޅުވި އެވެ.
މަޖީދީ މަގުން މާފަންނު ސަރަހައްދުގައި އެސްޓީއޯ އިން އެންމެ ފަހުން ހުޅުވީ ބޭސްފިހާރަ: ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އެމްއެފްޑީއޭއާ ގުޅިގެން އެސްޓީއޯ އިން މަސައްކަތްތަކެއް ކުރާ ކަމަށް އެމްޑީ ޝިމާދު ވިދާޅުވި.
ރާއްޖޭގައި ބޭނުން ކުރުމަށް ހުއްދަދީފައިވާ ބޭހުގެ ލިސްޓުގައި ގާތްގަނޑަކަށް 4،000 ބާވަތެއްގެ ބޭސް ހިމެނެ އެވެ. އެކަމަކު އެ ލިސްޓުގައި ނެތް ބޭސްތައް ވެސް ބައެއް ފަހަރު ޑޮކްޓަރުން ބޭސް ސިޓީގައި ލިޔާ ކަމަށާއި އޭގެ ސަބަބުން ބޭސް ހޯދަން އާންމުންނަށް ދަތިވާ ކަމަށް ޝިމާދު ވިދާޅުވި އެވެ.
ނަމަވެސް މުހިއްމު ބޭހެއް އެޕްރޫވްޑް ޑްރަގް ލިސްޓުގައި ނެތް ހާލަތެއްގައި އަދި އެކަމާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިއްޖެ ނަމަ އެ ބޭސްތައް ރާއްޖޭގައި ރަޖިސްޓަރީކޮށް، އިމްޕޯޓުކުރަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ޝިމާދު އެގޮތަށް ވިދާޅުވިއިރު، ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް އެކްސްގައި މި ފަހުން ކުރެއްވި ޕޯސްޓެއްގައި ވަނީ ދުވަސްނުފުރާ އުފަންވާ ކުދިންނަށް ކޮންމެހެން ދޭންޖެހޭ ކެލްސިއަމް ބޭސް ގެނެސްދޭނެ ފާމަސީއެއް ނެތްތޯ ސުވާލު އުފައްދައިފަ އެވެ.
އެހެންވެ، އެކަމަށް އިޝާރާތް ކުރައްވާ ޝިމާދު ވިދާޅުވީ އެފަދަ ހާލަތްތަކުގައި ވެސް ރާއްޖޭގައި ރަޖިސްޓަރީކޮށް، އިމްޕޯޓުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.
ދުވަސްނުފުރާ އުފަންވާ ކުދިންނަށް ކޮންމެހެންވެސް ދޭންޖެހޭ ކެލްސިއަމް ބޭސްކޮޅެއް ގެނެސްދޭނެ ފާމަސީއެއް ނެތްބާ? pic.twitter.com/rS44VtxhDw
— Ahmed Faisal (@Faisalnaifaru) January 26, 2025
ޝިމާދު ވިދާޅުވީ ބޭސް އެކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ބޭސް ސިޓީ ލިޔާއިރު، ރާއްޖޭގައި ލިބެން ހުރި ބޭސްތަކާއި އޭގެ ޖެނެރިކް ނަން ޑޮކްޓަރުންނަށް އެނގުން ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، ބޭސް ނުލިބޭ މައްސަލަ ހައްލު ކުރަން މިހާތަނަށް ވެސް ގިނަ މަސައްކަތްތަކެއްކޮށް، ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައި ވަނީ ބޭހުގެ އަގު ކޮންޓްރޯލް ކުރުމުން އާއްމުންނަށް ދަތިތައް ކުރިމަތިވާން ފެށި ކަމަށާއި އެކަމަކު އެކަމަށް ފަހަތަށް ނުޖެހި، މި އަހަރު އިތުރު ފިޔަވަޅުތައް ވަރުގަދަކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ބޭހުގެ ނަހަމަ ވިޔަފާރި އާއި ނިޒާމުގެ އިސްރާފު ހުއްޓުވުމަށްޓަކައި 250 ބޭހެއްގެ އަގު މިދިޔަ އަހަރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. އެ ބަދަލުތަކުގެ ސަބަބުން ބައެއް ފަރާތްތަކުން ހެދި ގޮތުން އާއްމުންނަށް ދަތިތަކެއް ކުރިމަތިވާން ފެށި ކަމަށާއި އެކަމަކު އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހި، ކުރިއަށް ފިޔަވަޅު އަޅާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
10 February 2025
މިލިޔުމުގަ ޖަހާފައިން ކެލްސިއަމް ބޭހަކީ ދުވަސްނުފުރާވިހާ ކުދިންނަށް ކޮންމެހެން ދޭންޖެހޭ ބޭހެއްނޫން.
މުއީދާ
09 February 2025
އިރާދަކުރެއްވިއްޔާ ރައީސް މުއިއްޒުގެ ދައުރުގައި ރައްޔިތުންނަށް ބަރާބަރަށް އާސަންދައިގެ ދަށުން އަސާސީ ބޭސް ލިބޭނެ. އެކަމާއި އެއްވެސް ވަރަކަށް ހާސްވާކަށް ނުޖެހޭނެ
އަބުދުބެއްޔާ
09 February 2025
ބަލަ މިއަދުވެސް ބޭސް ނުލިބިގެން އުޅޭ ވާހަކަ މިދައްކަނީ
ހެހެހެދދދ
10 February 2025
އާސަންދަ ލިބޭ. ބޭހެއް ނުލިބޭ.
ނޫހް ބާގިރު
09 February 2025
ޝިމާދުއަކީ އަހަރެން ވަރަށް ކައިރިން ދަންނަ މީހެއް. ނަޒާހަތްތެރި އެއް ދޮގެއް ނުހަދާނެ. ޝިމާދު ބުނިއްޔާ އެއީ ހަމަ ތެދު
މުއާވިޔަތު
09 February 2025
މި ސަރުކާރު އައިފަހުން ވަނީ ގަވާއިދާ ހިލާފަށް ބޮޑު ފައިދާއެއް ލައިގެން ބޭސް ވިއްކާ މީހުންގެ މަސައްކަތް ހުއްޓާފަ. މި ނޫނިއްޔާ ނުދެކެން ސިއްހީ ދާއިރާއަށް މިހާ ބޮޑު އަހައްމިއްޔަތުކަމެއްދޭ ސަރުކާރެއް
ހީނާ
09 February 2025
ކުރިން ލިބޭ އިންސިއުލިންގެ 2 ވައްތަރުވެސް މިހާރު ނުލިބޭ. އާ ބްރޭންޑެއް ގެނެސްގެން އުޅެނީ
ހަވަނަ
09 February 2025
ހިތުން ވަރަށް މޮޅު ވާހަކައެއް ބުނީ.. ބޭސް ލިޔަން އިގޭނީ ޑޮކްޓަރު އަށް.. އެކަމުން އެންމެ އާމުކޮށް ލިބެންޖެހޭ ބޭސް ނުލިބޭ.. ސޮޓޮކު ހުސްވެފަ.. އެސް ޓީ އޯއިން ޖެހޭނެ އާންމުކޮށް ކާ ބޭސް ލިބެން...
މަލީވު
09 February 2025
އެބައްޔަކާ ގުޅޭ އެންމެރަނގަޅު ބޭސް ލިޔެދޭން އެގޭނީ ބަލިމީހާ ބަލާ ޑޮކްޓަރަށް. އާސައިންދައިގެ ނިޒާމުން ރައްޔިތުންނަށް ބޭސް ލިބޭނެގޮތް ހެދުމަކީ އެހެން ބައެއްގެ ކަމެއް. ރައްޔިތުންނަށް ބޭސް ލިބޭނެގޮތް ހަމަޖެހެން ޖެހޭކަމަށް ދެކެން.
ފިތުނަވެރިން
09 February 2025
ދިވެހިންނަށް ބޭނުންވާ އަސާސީ ބޭހާ ދުނިޔޭގެ އެހެން ތަންތަނުގައި ބޭނުންކުރާ އަސާސީ ބޭސް މީ ދެބާވަތެއްތޯ. އެހެން ވެގެންތޯ މަޖިލިސް މެމްބަރުންނާ މިނިސްޓަރުންނާ ކުންފުނިތަކުހެ ވެރިންނާ ރައީސްކަން ކޮށްފައި ތިބޭ މީހުންނަށް ބޭރު ޤައުމުތަކުން ބޭސްފަރުވާކުރަން މަޖިލީހުން ބަޖެޓްދެނީ. ވެރިންގެ ޙައްޤާ ގެރިންގެ ހައްޤު ތަފާތުވާންކަން ދިވެހިންނަށް ވިސްނިއްޖެ. މީދިވެހި ދައުލަތުގެ ވެރިންގެ ހުރި ނުބައި ނުލަފާކަން. އެމްޑީޕީއެއް ޕޕއެމްއެއް ޕއސ އެއް ކިޔަނެކަމެއްނެތް.
ސްޓޮކް ނުކުރެވެންޔާ އެކްސްކްލޫސިވިޓީ ދޫކޮށްލާ
09 February 2025
ބައެއް ބޭސްތަކުގެ އެކްސްކްލޫސިވް އިމްޕޯޓަރެއްގެ ގޮތުގައި އެސްޓީއޯ ކަނޑައަޅާފައި އޮތުމުން އެހެން ފާމަސީތަކަށް އެ ބޭސް ނިގެނެވޭ ނަމަވެސް އެބޭސްތައްވެސް ސްޓޮކް ހުސްވެފަ ހުނަނަނީ އެސްޓީއޯގައި. ބޭސް ސްޓޮކް ނުކުރެވެންޔާ އެކްސްކްލޫސިވިޓީ ދޫކޮށްލާ
ހެލްތް މިނިސްޓަރ އެސްޓީއޯ އެމްޑީ އިސްތިއުފާ
09 February 2025
އާސަންދަ ހަރަދު ދައް ކުރުމަށް މަދު ބޭހެއް އާސަންދަ ދަށުން ކަވަރ ކުރާ ބޭސް ލިސްޓުގައި ހިމަނާ ދެން ބޭނުންވާ ހުރިހާ ބޭހެއް ނުގެނެއިމަ ބޭސް ނުލިބެގެން އުޅޭނެތާ