09 ފެބުރުއަރީ 2025 - 18:04
އުތުރު އިންޑިއާގެ ހިމާލިޔާ ފަރުބަދަތަކުގެ މަތިން ރާއްޖެއަށް އަންނަ ނުސާފު ވައިން ރާއްޖޭގެ ޖައްވު ތަޣައްޔަރުވި މިންވަރު މިދިޔަ ޖެނުއަރީ މަހު ފެށުނު އިރުވައި މޫސުމާ އެކު އިތުރުވި އެވެ. މުޅި ރާއްޖެ ވަށައިލި މި ފުސްގަނޑުގެ ބޮޑުކަން، މޯލްޑިވިއަންގެ ޕައިލެޓް މައުމަން ސައުދު އެކްސްގައި ހިއްސާކުރި ފޮޓޯތަކަކުން ފެނެ އެވެ.
ހުޅުމާލޭ ސަރަހައްދު މަތިން ހޭޒްގެ މަންޒަރު-- ފޮޓޯ:މައުމަން
މައުމަންގެ މި ފޮޓޯއަކީ މިދިޔަ ހަފްތާ ތެރޭގައި މާލޭ ސަރަހައްދުގެ މަތިން ދަތުރުކުރަމުން ނަގާފައިވާ ފޮޓޯތަކެކެވެ. މި ފޮޓޯތަކުގައި، ވިލާތަކުގެ ވަކި ހިސާބަކުން ނުސާފު ވައި ފަށަލަ ވަރަށް ސާފުކޮށް ފެނެ އެވެ. މައުމަން ބުނި ގޮތުގައި ގާތްގަނޑަކަށް 6،000 - 7،000 ފޫޓާ ދެމެދަށް މި ފަށަލަ ހުރެ އެވެ. އަދި ދެ ފަށަލަ ވަކިވާ މި މަންޒަރަކީ ގާތްގަނޑަކަށް 10،000 ފޫޓު މަތިން ނަގާފައިވާ ފޮޓޯއެކެވެ.
"އަހަރު ދެބައިވަންދެން ކަހަލަ ގޮތަކަށް މިގޮތަށް ފެންނަން ހުރޭ. އެ ދުވަހެއްގައި ވައި ހުންނަ ގޮތަކުން ފަށަލައިގެ ބޮޑުމިން ބަދަލުވާކަން ފާހަގަކުރެވޭ،" މައުމަން ބުންޏެވެ.
ނުސާފު ވައިފަށަލައިން ޖައްވު ފުސްވެފައި. -- ފޮޓޯ މައުމަން ސައުދު
މި ފޮޓޯތަކުގައި ފެންނަން ހުރި ވައިގެ ކޮލިޓީ ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރެކެވެ. އެ މިންވަރުގައި ހުންނަ ނަމަ ހައި ރިސްކް މީހުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ އެވެ.
އެކްސްގެ މި ޕޯސްޓްގެ ކޮމެންޓުތަކުގައި ވައި ސާފު ދުވަސްތަކުގެ ބައެެއް އޭރިއަލް ފޮޓޯތައް ވެސް މީހުންވަނީ ހިއްސާކޮށްފަ އެވެ. މި ފޮޓޯތަކުގައި މާ ދުރުގައި ހުންނަ ރަށްތަކާއި ފަޅުތައް ވެސް ވަރަށް ސާފުކޮށް ފެނެ އެވެ. އެކަމަކު ވައި ނުސާފުވުމުން ފެންނަނީ އަޅި ދުންތަކެެވެ.
ވައިސާފު ދުވަހެއްގައި މި މަންޒަރުތައް ފެންނަ ގޮތް ތަފާތު -- ފޮޓޯ މައުމަން ސައުދު
އާންމުކޮށް ރާއްޖެއަށް ހޭޒްގެ އަސަރު ކުރަނީ އިރުވައި މޫސުމުގެ އުތުރު ހަޅައިގައި ބޭ އޮފް ބެންގަލްގެ ކަނޑުން އަންނަ ވަޔާ އެކުގަ އެވެ. އެކަމަކު، މި އަހަރު އިރުވައި މޫސުމުގެ ހަޅަ ޖަހަން ފެށުމުގެ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުގައި ހޭޒްގެ އަސަރު ފެނުނެވެ. އޭރު ތަޣައްޔަރު ވައި އައީ އަރަބި ކަނޑުންނެވެ. އޭގެ، ސަބަބެއް ކަމަށް ބެލެވުނީ އުތުރު އިންޑިއާގެ ސަރަހައްދުގައި އެ ދުވަސްވަރު އުފެދުނު ބާރުގަދަ ތޫފާން "ފެންގާލް"ގެ ވައިގެ މިސްރާބު ހުރި ގޮތެވެ.
އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން، ލޮލަށް ފެންނަ ދުރުމިން ދަށްވެ އެވެ. އެކަމުގެ ސަބަބުން ދަތުރުފަތުރަށް ވެސް އުނދަގޫވެ އެވެ.
When reaching a higher altitude, the haze layer over the Maldives becoming strikingly clear. You can see a distinct layer separating the air below from clear air above. The haze is from aerosols from Himalayan that moves towards Maldives with easterly winds. Air quality ranged pic.twitter.com/fvqqv7JyjL
— Mauman (@mauman707) February 8, 2025
އޭޝިއާ ސަރަހައްދުގައި ވައި ނުސާފުވުމުގެ މައްސަލަ ބޮޑެވެ. އަދި މިއީ ފުއްޕާމޭގެ ކެންސަރު ޖެހުމަށް މިހާރު މެދުވެރިވާ އާންމު ސަބަބުތަކުގެ ތެރޭގައި ހިމެނިފައިވާ ކަމެކެވެ. ފުއްޕާމޭގެ ކެންސަރު ޖެހިގެން މުޅި ދުނިޔެއިން އަހަރަކު ހަތް މިލިއަން މީހުން މަރުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުނބޭ
10 February 2025
އަހަރުމެން މިވީ އެމީހުން ދަނޑު އަންދާ، ދީވާލީ ފާހަގަކުރަން ބަޑިބޭސް އަންދާ ހެދީމަ އެ އަރާ ދުންގަނޑު ބޮއިގެން ކެންސަރު ޖެހެން. ތިމާވެށި އެ މީހުން ހިމާޔަތެއް ނުކުރޭ. އެކަން ނުހުއްޓުވެންޔާމު އަހަރުމެންވެސް މިޔަރު މަސް އެކްސްޕޯޓު ކޮށް، ދާއަޅައިގެން މަސްހިފަންވީނު؟ ގިނަ ލާރި ލިބޭނެ ވައިސާފުކުރާ ވަރަށް
ށސ11
10 February 2025
ތިޔަ ދުމުގަ ހިންނަނީ ކޮންކަހަލަ ކެމިކަލްތަކެއްތޯ ޓެސްޓުކޮށް ބަލާނެ ބަޔަކު އެބަތިބިތަ؟
މަބުނީ
10 February 2025
ތިޔާކަހަލަކަންތައް ކުރުން މަނާވާނެ.. ހަމައެކަނި ފޮނި ވާހަކަ ދެއްކުން މިގައުމުގައި އޮންނާނީ.. ދެން ފަހަރެއްގައިނ މި އާޓިކަލް ފެނިގެން ކޮންމެވެސް (ތާކުން ތާކު ނިޖެހޭ) ހަޑިއެއް ނަހާވާނޭ ބަނެތިން ބުނާކަށް..
ލަފައިދުރާ
10 February 2025
އިންޑީޔާ އާއި އިސްރޭލުން ވަރަށް ބޮޑަށް ރާއްޖޭ މާހައުލު ތަގަޔަރުކޮށް ރާއްޖޭގެ އަގު ވައްޓާލާ އެހެން ތަން ތަން ޕުރޮމޯޓު ކުރަން ވަރަށް ބޮޑަށް އެބަ އުޅޭ. ދިވެހިން ނުވިސްނަ ތިބިޖެއްޔާމުން އިނޑިޔާގެ މަގްސަދު ހާސިލް ވާނެ.
ޕުޓިން
10 February 2025
އިންޑިއާ މީގެ ބަދަލު އަހަރެމެންނަށް ދޭންޖެހޭ!
ނަންވާނީ އެހެން ގައުމު
10 February 2025
ފީލް ބާގާއިގެ ވާހަކަ އާއި ލޫތުގެ ގައުމުގެ ވާހަކަ ދުވާލު ދެއިރު ދައްކާ!
ސަލީމު އިދުރީސް
10 February 2025
ބަލަ ލޮރީއާ ދޯނި އަދި މި ނޫނަސް ޑީސަލުއަންދާ ވެހިކަލަކީ އެންމެ ސީއްތައް ނުރައްކާ ދުންބޭރުކުރާ ވެކަލު ކަމައްވާތި ދުނީއޭގެ ގިނަ ސިޓީތަކުގަ ހާސްސަ ފިލިޓަރެއް ބޭނުން ކޮއްގެންނޫނީ އެބާވަތުގެ އުޅަނދު ނުދުއްވެނީ! ކޮންމެ މީހަކު ސައިކަލެއްގަ ދާއިރު ކުރިމަތިން އެއްކޮޅައް ދާ މިބާވަތުގެ ވެހިކަލުން ބޭރުރާދުމައް ސީދާ ނޭވާލަމުން ދުވާއިރު، ތިމާމެނައް ބާރުނުފޯރުވޭ ގައުމުގެ އިގުތިސޯދު ފުޑީދާވަރުގެ މީބާވަތުގެ ވާހަކަ އިސްތިހާރު ކުރަނީ ކޮންމަގުސަދަކުތޯ؟
ފުރޭތަ1
10 February 2025
އާ ލޮލަށް ނުފެންނަ ދުންގަނޑެއްވިއްޔަ އެވަހަކަ ނުދައްކާ ތިބެން
ހުސެންބެ67575
10 February 2025
atmospheric brown cloud
ކުދު ބެއްޔާ
10 February 2025
ފުލައިޓު ދުއްވަންތިބޭ މީހުންގެ ފަރުވާކުޑަ ކަން ތި ފެންނަނީ! މޯލްޑިވިއަން ފްލައިޓުގެ ޕައިލަޓު އެކުސް ގައި ވަރަަށް ރީތި ވާހަކަ އެއް ޖަހާފާ އެހެރީ؟ ކަލޯ ހުރިހާ ކަން ކަމާއި ނުބެހި ޖޮބު ބަރާ ބަރަށް އަދާ ކުރެވޭތޯ ބަލާބަލަ!
ދިގުބެ
10 February 2025
ފުލައިޓް ކުރޫޒިން އަލްޓިޓިއުޑްގައި ދުއްވާއިރު، ޕައިލެޓް ކުރާނެ މާ ބޮޑު މަސައްކަތެއް ނޯންނާނެ، ގިނަ ފަހަރަށް ދުއްވާނީވެސް އޮޓޯ ޕައިލެޓްގަ، ކޮންމެ ކަމަކަށް ފާޑު ކިޔުމަކުން ކަމެއް ހައްލެއްނުކުރެވޭނެ، ތިމާއަށް ކިޔެނީ ކީކޭތޯވެސް ބަލައިލަންޖެހޭނެ،
ދައިގަންނަގުރާ
09 February 2025
ބެސްޓް ފްރެންޑްސް ޝެއާރ ކުރާނެ ދެއްތޮ؟ ގުޑް ތިންގްސް އެންޑް ބޭޑް ތިންގްސް، އެހެންނުން! ޝުކުރިއްޔާ އިންޑިޔާ، ތިޔަ ބަހައްޓަވާ ގާތްތެރިކަމަށް. މާލޭގައިވެސް ދުންއަރާ ކާރާއި ސައިކަލާއި ޕިކަޕާއި ދޯނިފަހަރު މަދެއް ނޫން. މިތަނުގެ ލޯކަލް ޕޮލިއުޝަން ޙައްލުކުރުމަށް އެއްވެސް މަސައްކަތެއް ވާތަން ނުފެނޭ. ބައެއް މީހުން ދުއްވާ އުޅަނދެކޭ މަދިރި މަރަން ގެންގުޅޭ ފޮގުމެޝިނަކާއި އެއްވަރު. ނޯއްނުދެމޭ ނޭވާ ނުހިއްލާ.
އަކްމެޑް
09 February 2025
ތިއަށް ކިޔަނީ "އިންޑިއާ" ތަރައްގީ