މި ހާލަތުގައި ގެއިން ބޭރުގައި އުޅޭ ވަރު މަދުކޮށް، އަދި ބޭރަށް ނުކުންނަ ނަމަ އެންމެން ވެސް މާސްކް އަޅަން އިރުޝާދު ދީފައިވޭ.
މީގެ ކުރިން ޖައްވު ތަޣައްޔަރުވި ދުވަހެއްގައި މާލޭގެ މަލަމަތި ފެންނަން ހުރި ގޮތް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
19 ޖެނުއަރީ 2025 - 11:54
މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަށް ތަޣައްޔަރު ވެފައިވާ ކަމަށް ވިލިމާލޭގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކައިފި އެވެ.
ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މި ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 156 ގަ އެވެ. އެއީ ސިއްހަތަށް ވަރަށް ނުރައްކާތެރި މިންވަރެކެވެ.
މާލެ ސަރަހައްދުގެ ވައި މި ވަރަށް ނުސާފުކޮށް ހުންނަތާ މިހާރު ދެތިން ދުވަސް ވެއްޖެ އެވެ.
މި ހާލަތުގައި ގެއިން ބޭރުގައި އުޅޭ ވަރު މަދުކޮށް، އަދި ބޭރަށް ނުކުންނަ ނަމަ އެންމެން ވެސް މާސްކް އަޅަން އިރުޝާދު ދީފައިވެ އެވެ. އަދި ގޭތެރެއަށް ނުސާފު ވައި ވަނުމުގެ ފުރުސަތު ކުޑަކުރުމަށް ދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަށް ވެސް އިރުޝާދު ދީފައިވެ އެވެ.
ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވެ ސަމާލުވެލައްވާ!#airqualityindex#airpollutionawareness pic.twitter.com/DUr484bNmS
— Health Protection Agency (@HPA_MV) January 17, 2025
ށ. ފުނަދޫ ކައުންސިލްގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 76 ގަ އެވެ. ލ. ގަން ކައުންސިލްގައި ހުރި ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 82 ގަ އެވެ.
އެއީ ސިއްހަތަށް ނުރައްކާވާ މިންވަރެކެވެ. އެ މިންވަރުގައި ހުންނަ ނަމަ ހައި ރިސްކު މީހުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ އެވެ. އެހެންވެ، އެ މީހުން ބޭރަށް ދާއިރު މާސްކު އަޅަން އިރުޝާދު ދީފައިވެ އެވެ.
މި މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ ޖައްވު ވަނީ ވަރަށް ބޮޑަށް ތަޣައްޔަރުވެފަ އެވެ.
މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެ އަށް، ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެ އެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.
ނަމަވެސް، މި އަހަރު އިރުވައި މޫސުން ފެށުމުގެ ކުރިން ވެސް ރާއްޖެ އަށް ހޭޒްގެ އަސަރުކުރި އެވެ. އާންމުކޮށް ރާއްޖެ އަށް ހޭޒްގެ އަސަރު ކުރަނީ އިރުވައި މޫސުމުގެ އުތުރު ހަޅައިގައި ބޭ އޮފް ބެންގަލްގެ ކަނޑުން އަންނަ ވަޔާ އެކުގަ އެވެ. އެކަމަކު، މި އަހަރު އިރުވައި މޫސުމުގެ ހަޅަ ޖަހަން ފެށުމުގެ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުގައި ހޭޒްގެ އަސަރު ފެނުނެވެ. އޭރު ތަޣައްޔަރު ވައި އައީ އަރަބި ކަނޑުންނެވެ. އޭގެ، ސަބަބެއް ކަމަށް ބެލެވުނީ އުތުރު އިންޑިއާގެ ސަރަހައްދުގައި އެ ދުވަސްވަރު އުފެދުނު ބާރުގަދަ ތޫފާން "ފެންގާލް"ގެ ވައިގެ މިސްރާބު ހުރި ގޮތުން ކަމަށެވެ.
މި ފަހަރު ރާއްޖެ އަށް އިރުވައި މޫސުން ފެށުނީ އެހެން އަހަރުތަކަށް ވުރެ މާ ލަހުން، މި މަހުގެ ދެވަނަ ދުވަހު އެވެ.
އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން، ލޮލަށް ފެންނަ ދުރުމިން ދަށްވެ އެވެ. އެކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫވެ އެވެ. އަދި ސިއްހީ އެކި މައްސަލަތައް ވެސް ކުރިމަތިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޫލިޔާ
19 January 2025
އޮފީސްތައް ބަންދުކުރާކަށް ނުވޭތަ
އެލްވިސްބުރުސްލީ
19 January 2025
ފޮޓޯއިން ތިހަރަފެންނަ ދިމާލާ ތަންކޮޅެއް ވާތަށް ދާއިރު އެއީ ކުރީގަ ރަންނަމާރި އަރާއުޅުނު ދިމާއެއްނޫންތަ. އެހިސާބުވެސް މިހާރު ވަރަށް ބަދަލުވެފަ ތޯއްޗެ ހުންނާނީ.
ދަގަތްފާނު
19 January 2025
އޯކޭތާ ތިމާވެއްޓޭ ކިޔާފަ ހައެއްކަ ސާކަލްދުއްވާ ރަށްރަށަށް ގެންނަ ސާކަލުންވެސް މާސިންގާ ޑިއުޓީ އެބަނަގައެއްނު. އެކަމަކު އަސްލުގަ އިންޑިއާއިން އަރާދުމޭ މިއުޅެނީ.
ބޯ ހަލާކު
19 January 2025
ތިޔަބުނާ ވައިނުސާފު ދުވަހެއް އަންނަނީ އަހަރަކު މަދު ދުވަހެއްގައި! އެކަމަކު ބަންގާޅު އެދުރުން ލައްވާ ތަރުކާރީއާއި މޭވާ އަވަހަށް ދޮންކުރާށާއި ބޮޑެތިކުރަން އެ ޖަހާ ކެމިކަލުން ޖަރީކޮށްފައި ހުންނަ ސާމާނު ބާޒާރަށް ނެރުން ހުއްޓުވުމަށް އެޗްޕީއޭ ކުރާކަމެއް ބުނެބަލަ! އަދި ކޮބާ ފިނިކޮށްފައި، ފިނިފިލުވަ ފިލުވާފައި އަނެއްކާ ފިނިކޮށްފައި މާރުކޭޓަށް ނެރޭ މަސްތައް! މީ އަހަރުގެ ހުރިހާ ދުވަހު ހިނގާ ކަންކަން! ރާއްޖޭގައި ކެންސަރު އެހާ ގިނައީ ވެސް މި ކަންތައްތަކާ ހެދި ކަންނޭގެ!
raajje
19 January 2025
ކޮންމެފަހަރަކު ވައިނުސާފުވަނީޔޭކިޔާއިރު އަޅުގަނޑު މިއުޅޭހިސާބައްވާގޮތަކީ ފިނިވަނީ، ވައިނުސާފުކަމުގެ އެއްވެސް އަލާމާތެއްނުފެނޭ، އެހިސާބަކީ ލ.ގަން، ކައްދޫ ފޮނަދޫ، ޑިސެންބަރުންފެށިގެން އެއީ އިންޑިޔާގެ މައިސޫރު ފަދަހިސާބުތަކަށް ފިނިމޫސުން، ހަގީގަތުގައި މިވާގޮތަކީ އެފިނީގެ އަސަރު ރާއްޖެއަށްވެސް ކޮންމެވެސްވަރަކަށްކުރަނީ، ތިބެގެންވައިނުސާފުވަނީޔޭކިޔަނީ!
ސޮނިކް
19 January 2025
ހާދަ ފޭކްވާހަކައެއްހެން އެބަހީވެޔޭ. މިހާރު ފޮޓޯއިން ތިފެންނަ ފަލަން އެތާނެތްތާވެސް އހަރުވަނީ. އަބަދުވެސް ބަލަންވާނެ ދޮގެއް ހަދާލެވޭތޯ
ކީކޭ ބުނާނީ
19 January 2025
މަތި މަތިން އައިނު އަޅަން ވީނު. ފޮޓޯ ޑިސްކްރިޕްޝަން ވެސް ނުފެނޭ ވިއްޔާ
ފާލަން
19 January 2025
ފޮޓޯގެ ކެޕްޝަން ކިޔައިލި ނަމަ.
ބޭރި.
19 January 2025
އެތާ ލިޔެފައޮތްއެއްޗެއް ކިޔާނުލާތި.
ކުނބޯ
19 January 2025
ފޮޓޯތިރީގަ އެބައޮތޭ ޖަހާފަ ކުރީގެ ފޮޓޮއެކޭ! ހޫން ދެން މާންކު ނާޅާ އުޅެބަލަ! ފަހުން ރޯން ނުހަދާތި!
ސަލީމު އިދުރީސް
19 January 2025
އަރަބި ސަހަރާތަކުގެ ހިރަފުސް ވަކި ދުވަސް ވަރެއްގަ ޔޫރަޕާހަމަޔައް އާދޭ އެކަމުގަ އެމިހުންނައް ކުރެވޭނެ ކަމެއް ނޯނޯންނައިރު މިގައުމުގެ ގައުމީ ސަލާމަތައް ނުއްކާވާ ޒާތުގެ ތިފަދަ މައުލޫމާތު ހާމަކުރުމަކީ ފޫނުބެދޭވަރުގެ ގެއްލުން ވާނެކަމެއް ކަމުގަ ދެކެން
ބުރުގާ
19 January 2025
ތިހުންނަނީ މުއިއްޒު ސަރުކާރައް އެއްވެސް މައްސަލައެއް ނޫން.
ސައިމާ
19 January 2025
ދެން މިކަމަށް ބަހެއްބުނެފިނަމަ އެވާނީ އަވަށްޓެރިންނާ ދެކޮޅުވެ ކުޑައިމީސްކުރިކަމަށް. ބަޓް އިންޑިއާ ނީޑްސް ޓު އިމްޕްރޫވް.
ވޮޗްމޭން
19 January 2025
އީޕީއޭއިން މިފަހަރު އިންޑީއާ ޖުރިމަނާ ކުރަން ފެނޭ.