ހުޅުމާލެ: ރޯދަ މަހު ކެފޭތަކާއި ރެސްޓޯރަންޓުތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ވަނީ އާންމުކޮށްފައި.- ފޮޓޯ: ނިޝާން އަލީ | މިހާރު
09 ފެބުރުއަރީ 2025 - 16:28
ކުރިއަށް އޮތް ރޯދަމަހު ކެއުންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ، ކެއުންބުއިމުގެ ހިދުމަތްދޭ ތަންތަން ރޯދަމަހު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް ކަމަށެވެ. އަދި ހަ ރޯދައިގެ ދުވަސްވަރު އެ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު އެވެ.
މިނިސްޓްރީން ބުނިގޮތުގައި، މުދާ ވިއްކާ ތަންތަން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށެވެ. ރޯދަމަހާއި ހަ ރޯދަ ނިމެންދެން ވެސް އެ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ އެއީ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ، 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަން ހިމެނޭ ގޮތަށް، ކެއުންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެ ގަޑިތަކުގައި ކަމަށެވެ.
އެހެންވެ، އެގޮތަށް އަމަލުކުރުމަށް މިނިސްޓްރީން އަންގަ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި ފަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާޗު 1 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙހގފދ
10 February 2025
ޕޭޕަލް ގެ ހަބަރެއް ވެއްޖެތަ؟ ލީ ޕްރޮޕޯސަލަށް ވީގޮތެއް ނިކަން އަންގާލަބަލަ
ކެކެކެކެކެކެކެކެކެކެ
09 February 2025
3 ޖަހާ އިރު ހާރު ނުކެވިއްޖެޔާ ނުކައި! ސުކުރިއްޔާ ރައީސް!
މެހި
09 February 2025
އާއްމު އުސޫލުން މިކަން އަނބުރާ ގެންނާނެއެވެ.ކޮމަންސެންސް ގުދަނައްލާ ތަޅުލައިގެން ތިބޭބައެއްމީ.
ޖަންނަތު އިންތިޒާރު
09 February 2025
މި ގައުމުގަ ފިހާރަތައް ކުޅީވަރު ކުޅޭތަންތަން ބަންދު ކުރަންވީ 10.30 ގައި. ކެފޭ ރެސްޓޯރަންޓް ހޮޓާ ގާޑިޔާ ހިންގުން 12 ފަހުން މަނާ ކުރަންވީ. ފިރިހެނުން ކަމަކީ ގެއައް ނިދަން ނުވަދެ ކޮފީ ބޮއެބޮއެ ފުޓްބޯޅަ މެޗް ނިމެންދެން އެތަންތަނުގަ ތިބުން. އެއްކަމެއް ނުވިއަސް ގައިމު ވަރި މަދުވާނެ.
ފާއިގާ
10 February 2025
މީ ރަނގަޅު ވާހަކައެއް
ޑަކު
09 February 2025
ސައިއްޓެ ޕުރޮޖެކްޓެއް ހިންގާލައިފި.