އެޑް ޝީރަން މަގުމަތީގައި ލަވަކިޔަނިކޮށް ފުލުހުން އޭނާ ހުއްޓުވަނީ.
10 ފެބުރުއަރީ 2025 - 05:51
އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން އިންޑިއާގެ ބެންގަލޫރުގެ މަގެއް މަތީގައި ލަވަކިޔަން ހުއްޓާ ފުލުހުން އޭނާ ހުއްޓުވައިފި އެވެ.
އެޑް މި ވަގުތު އިންޑިއާގައި ހުރީ އޭނާގެ މިއުޒިކް ޓުއާގެ ދަށުން އިންޑިއާގައި ޝޯ ދިނުމަށެވެ.
ބެންގަލޫރުގެ ޗާޗު ސްޓްރީޓުގައި އޭނާގެ މިއުޒިކް ސެޓަޕް ބަހައްޓައިގެން ލަވަކިޔަނިކޮށް ފުލުހުން އެތަނަށް ގޮސް އޭނާ ހުއްޓުވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ އާންމުވެފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެތަނަށް ދިޔަ ބެންގަލޫރުގެ ފުލުހުންނަށް އެޑް އަކީ ކާކުކަން ނޭނގެ އެވެ. އޭނާ ލަވަކިޔުން ހުއްޓާލައި އެތަނުން ދިއުމަށް ފުލުހުން އެންގި އެވެ. އަދި ފުލުހަކު ވަނީ އޭނާ ލަވަކިޔަނިކޮށް މައިކުގެ ވާގަނޑު ވެސް ނައްޓާލައިފަ އެވެ.
A police officer pulled the plug when Ed Sheeran surprised everyone on Church Street😂😭😭😭 pic.twitter.com/cMIRoLC7Mk
— Naai sekar (@snehaplsstop) February 9, 2025
ފުލުހުން އެގޮތަށް ކަންތައްތައް ކުރުމުން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެކަމަށް ފާޑުކިޔައިފަ އެވެ.
މި ވީޑިއޯ އާންމުވި ފަހުން އެޑް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ އެތަނުގައި ލަވަކިޔަން ހުރީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށާއި އެއީ ވަރަށް ކުރިންސުރެ ކުރަން ރާވާފައި އޮތް ކަމެއް ކަމަށެވެ.
އެޑް ވަނީ އޭނާގެ މިއުޒިކް ޓުއާގެ ދަށުން މިދިޔަ ހޮނިހިރު ދުވަހުގެ ރެ އާއި ރޭ ވެސް ބެންގަލޫރުގައި ޝޯއެއް ދީފަ އެވެ. ބެންގަލޫރުގެ އިތުރުން ޕޫނޭ އާއި ޝިލޮންގް އަދި ދިއްލީ ވެސް އޭނާ މިފަހަރު ޝޯ ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިންދުސްތާން
12 February 2025
އިންކްރެޑިބަލް އިންޑިއާ. ލޮލް.
ސުކުންް
10 February 2025
އެޑަށްވެސް އިންޑިޔާއަށް ދެވުނީމާ ބޯގޮވީދޯ.
ކިރަން ކެންގަރޫ
10 February 2025
ހިސާބަށްވުރެ މާ މަޝްހޫރު ވެވުނުކަން އަމިއްލަޔަށް އިހުސާސްވީމާ މިކަހަލަ ކަންކަންވެސް ކުރެވޭނެ
ލަޓޯފަޓޯ
10 February 2025
ތިޔައީ އިނޑިޔާގެ ފެންވަރު. ތަނެއްދޮރެއް ނޭންގޭ ލަޓޯފަޓޯ މީހުން އިސްމަގާމުތަކަށް ލައިގެން ޗައިނާއާއި ވާދަ ކުރަން މި އުޅެނީ...
2025
10 February 2025
މިއިންޑިޔާ މީހުންތިބޭނީ އަބަދުވެސް ވާނުވާގަ. ބޮއިހަލަކި