ވެލާނާ އެއާޕޯޓުގައި ރިސޯޓުތަކުގެ ރެޕުން ހަރަކާތްތެރި ވަނީ: .-- ފޮޓޯ: ނިޝާން އަލީ | މިހާރު
10 ފެބުރުއަރީ 2025 - 13:11
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތުނބުޅި އާއި މަތިމަސް ނުބެހެއްޓޭތީ، އެކަން ހައްލު ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރެވެ. އެ ކަމަކު، އޭނާ ގަރާރު ހުށަހެޅުއްވީ އަމިއްލަ ގޮތުންނެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ހައްގުތަކަށް ވަކާލާތު ކުރުމުގައި ކުރިން ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މައުރޫފްގެ ގަރާރުގައި ވަނީ ބައެއް ރިސޯޓްތަކުގެ ޑްރެސްކޯޑު ކަނޑައަޅާފައިވާ ގޮތުގެ ސަބަބުން މުވައްޒަފުން ތުނބުޅި މަތިމަސް ބެހެއްޓުމަށާއި ބުރުގާ އެޅުން ފަދަ ކަންކަމަށް ހުރަސް އެޅިފައިވާ ކަމަށެވެ.
"މި ކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަން ބޭނުންވާ ރައްޔިތުންގެ ތެރެއިން ބުރުގާ އަޅައިގެން ނުވަތަ ތުނބުޅި މަތިމަސް ބަހައްޓައިގެން ތިބޭ ފަރާތްތަކުގެ މަސައްކަތް ކުރުމުގެ ހައްގަށް ހުރަސް އެޅޭ،" ގަރާރުގައި ބުނެފައިވެ އެވެ.
އޭގެ ބަދަލުގައި މި ހުރަސްތައް ނައްތާލައި، ޓޫރިޒަމް ވިޔަފާރިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އަމަލު ކުރާނެ ގްރޫމިން ސްޓޭންޑަޑަކާއި ޑްރެސްކޯޑެއް އެކުލަވާލުމަށް އެ ގަރާރުގައި ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
އެ ގަރާރަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވި ގޮތުގައި ތުނބުޅި މަތިމަސް ބެހެއްޓުމަށާއި ބުރުގާ އެޅުން ފަދަ ކަންކަމަށް ފުރުސަތު ދެނީ ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ ތެރެއިން 45 ޕަސެންޓް ރިސޯޓުތަކުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން 11،000 އަށް މީހުން ބައިވެރިކޮށްގެން ހެދި ސާވޭއެއްގައި 93 ޕަސެންޓު މުވައްޒަފުން އެކަށީގެންވާ މިންވަރަކަށް ތުނބުޅި ބަހައްޓަން ބޭނުންވާ ކަން އެނގުނު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްލޭވް
10 February 2025
ރިސޯޓު އަޅުންނަށް ބޭނުންވިޔަސް ތުނބުޅި މަތިމަސް ބެހެއްޓުމުގެ ހުއްދަ ދީގެނެއް ނުވާނެ.
އަޒްރާ
10 February 2025
ފަސްއަހަރު ދިޔައީ ތުނބުޅި ނުބާލައިތަ؟މިހާރު މިއުޅެނީ ދެއްކުން ތެރިކަން ތިމާމެންގެ ވެރިކަމުގަ ނުކުރެވުނު ކަމެއ މިހާރު ވާނެތ
ހިލާލީކަލޯ
10 February 2025
ކުރާނެ ކަމެއް ނެތިގެން މަޖިލިސްތެރޭ ފިތުނަ އުފައްދައިގެން ރައްޔިތުން ރުޅި އަރުވަން ކުރާ މަސައްކަތް. ރިސޯރޓްތަކަކީ ބަޔަކު ހިންގާ މިނިވަން ވިޔަފާރިއެއް. އެވިޔަފާރި ކުރިއަރުވައި ނަފާ އިތުރު ކުރަން އޯނަރުން ހިންގާ ކަންކަމަށް ތިކަހަލަ ކޫސަނި ހުރަސް އެޅިގެން ނުވާނެ. ތުނބުޅި ބަހައްޓަން ބޭނުންމީހަކު އެގޮތް ޤަބޫލުކުރާ ރިސޯޓްތަކަށްދާނީ. ދީނުގައި ތުނބުޅި ނުބެހެއްޓިމަކީ ހަރާމް ކަމެއްނޫން. މަޖިލީހުގައި ބަހުސް ކުރާވަރު ކަންކަމެއްނޫން.
ރާވެރިބެ
10 February 2025
ރިސޯޓުގެ ވަޒީފާއަށް ދިއުމުގެ ކުރިން އެތަނުން ލިބޭނެ މުސާރައާއި އިނާޔަތްތަކާ، ކެއުމާ، ނިދުމާ އަދި އެނޫނަސް އެތަނުގެ ގަވާއިދުތަށް އޮޅުން ފިލުވާފަ ވަޒީފާއަށް ކުރިމަތިލުމުން މައްސަލަ ހައްލުވީ. ހަމަ މިގޮތަށް މައުލޫމާތު ހޯދަންޖެހޭނެ ކޮންމެތަނެއްގެ ވަޒީފާއަށްދާ މީހުން. އެތަނެއްގަ އުޅެމުން އެތަނުގެ ގަވާއިދުތަކާ ދޭތެރޭ ހިތްހަމަ ނުޖެހޭނަމަ ތިމާ އާ ގުޅޭ ދާއިރާ އެއްގެ ވަޒީފާއެއް ހޯދަންވީ. ނުޖެހޭ ގަވާއިދު ބަދަލުކުރަން!
ޖޯކް
10 February 2025
ތުބުޅި ދިގުކުރުންދެން މީ ކޮންކަމެއް. ބޮލުގެ ތެރޭގަ އިންނާނެ އެއްޗެއް، އެ ބޭނުން ކުރަންދަސްކޮށްބަލަ. މިގައުމުގަ އުޅޭ މީހުނަށް ވެއްޖެ އިސްލާމްދީނާ ވައްހާބިޒަމްގެ ތަފާތު އިނގެން. އަމިއްލަޔަށް އެއްޗެއް ކިޔާ އޮޅުންފިލުވާނީކީނޫން ފާޑެއްގެ ޝޭހުންނޭ ކިޔާބައްެއް ހަމަ އެއްޗެކޭ ކިޔާއިރަށް އެޔަށް އެ ހެއްލުނީ. އަޖައިބެއް ކަހަލަ ބައެއް.
އަހްސަން ސައިޑުްް
10 February 2025
ރިސޯޓް ތަކަކުން ދިވެހިންކަނަށް ނުދޭ ވަޒީފާއެއް! ނަން މައްސޫރު ބޮޑު ސާވިސްޗާޖް ލިބޭ ހުރިހާ ރޮސޯޓެއްގަ 60% ހިސާރު ކޮސްގެން ތިބީ ބޭރު މީހުން! ދިވެއްސަކަށް ވިއްޔާ ރޯމްބޯއީ ނޫނީ ސްޓެވާޑިން! އިމިގްރޭސަނަކަށްވެސް ނުކެރޭ ރިސޯތް ތައް ބަލާކަށް! ކެސުއަލް އޭ ކިޔާފަ މުޅިންވެސް މަގުމަތިން =ހޮވައިގެން ގެންގުޅޭމީހުން!
ސަފިއްޔާ
10 February 2025
އެ ތަނެއްގެ ޑްރެސް ކޯޑް ހުންނަން ޖެހޭގޮތް އެނގޭނީ އެތަނެއްގެ ވެރިންނަށް. ތުނބުޅި ދިގު ކުރަން ގޮސް ގޭގަ ތިބެބަލަ، މާގިނައިން ޑޮލަރު ލިބޭނެ.
ބާކީއިޒާރު
10 February 2025
ފައިކުރިވެސް ޖެހޭނެ ތަނބިކައްޓާ ހަމައަށް ކުރުކޮށްފައި ބެހެއްޓެން. އެެހެނީ، ބާކީ ބައި ކޮންމެވެސް ތާކު ވާނެކަމަށް މުޢުތަބަރުކޮށް އެނގޭތީ.
ފައިކުރި
10 February 2025
ފައިކުރި ތަބިކަށްޓާ ހަމައަށް ނަގަން އޭރު އަމުރު ކޮށްފައިވަނީ އޭރުގެ ޙާލަތަށް ބަލާފައި! ސަހަރާ ތެރޭގައި ހިރަފުހާއި ވެއްޔާ އެކީ ހެދުން ހަޑިވެފައިހުރެ ނަމާދު ކުރުމަށް ހުރަސްއެޅޭނެތީކަން ބުއްދީގެ ހަމައިން ވިސްނާލީމަ އެނގޭ! ދެން މިހާރުގެ ތާރު އެޅި މަގުތަކުގައި ހުސްފަޔާ ހިނގިޔަސް ހިއެއްނުވޭ ފައިވެސް ހަޑިވާނެހެން!
ޑރ ވާންޗޯ
10 February 2025
ތިޔަކަހަލަ ގަރާރުތަކުން އެގެނީ ބަޔެއްގެ ބޭގަރާރުކަން.
ލާމަސީލު
10 February 2025
ދީނީގޮތުން މުސްލިމް އަންހެނާގެ އައުރަޔަކީ މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެއް. ކީއްވެތޯ މިމީހުން އަންހެނުންގެ އައުރަ ނިވާކުރުމަށް ގަރާރެއް ހުށަނޭޅީ. އެއީ އެމީހުންގެ ބޮޑުންވެސް ބުރުގާ އަޅަން ޖެހޭނެތީދޯ. ގަރާރުގެ ނިޔަތާމެދު ޝައްކުވަނީ މިކަހަލަ ކަންކަމާހެދި.