ރާއްޖެއިން މިދިޔަ އަހަރު ހައްޖަށް ދިޔަ ބަޔަކު ފުރުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި ނަމާދުކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
10 ފެބުރުއަރީ 2025 - 13:46
ކުރިއަށް އޮތް ރޯދަމަހު އުމްރާ އަށް ދާ މީހުންނަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބުން ލުއި ފަސޭހަ ކޮށްދިނުމަށް، އެ މީހުންގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓު ބޮޑުކޮށް ދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
ރައީސް މުއިއްޒު "އެކްސް" ގައި ވިދާޅުވީ ކޮންމެ އުމްރާވެރިއެއްގެ ބީއެމްއެލްގެ ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރު ލިމިޓުގެ އިތުރުން 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް އެ ބޭންކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
ބީއެމްއެލްގެ ޑެބިޓް ކާޑުތަކަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓަކީ 250 ޑޮލަރެވެ. އެކަމަކު، ރައީސްގެ އެދިވަޑައިގަތުމަށް ބީއެމްއެލް އިން އެ ބަދަލު ގެނައުމުން ކޮންމެ އުމްރާވެރިއަކަށް 1،750 ޑޮލަރު ކާޑު ލިމިޓަށް ލިބޭނެ އެވެ.
1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ…
— Dr Mohamed Muizzu (@MMuizzu) February 10, 2025
ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ވެސް ގިނަ އަދަދެއްގެ ދިވެހިން އުމްރާގެ އަޅުކަމަށް ދެ އެވެ. އޭގެ ތެރޭގައި މުޅި ރޯދަމަހާއި ހަ ރޯދަ ހިމެނޭހެން އުމްރާގެ އަޅުކަމަށް ދާ ދިވެހިން ވެސް އަންނަނީ އިތުރުވަމުންނެވެ.
ރުފިޔާގެ އަގު ހިފަހައްޓައި ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެކަން ހައްލު ކުރުމުގެ ގޮތުން ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވައިލާ ތަންފީޒުކޮށްފައިވާ ކަމަށާއި އެކަމުގެ ހެޔޮ ބަދަލު ވަރަށް އަވަހަށް ރިޒާވުން ފެންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިން
14 February 2025
ރަގަޅު ނިންމުމެއް... ބަލި މީހުންގެ ހާލަތު ނުފެންނާތީ ދެރައީ.... ޑޮލަރު އެހާ އަގު ބޮޑު... އެންސްޕާއިން މެޑިކަލް ވެލްފަރ އިން ހަމަ ޖެހެނީ އެންމެ 3084 ރުފިޔާ...
އުމުރާ
11 February 2025
އުމުރާއަށްދާ އާއްމުމީހުންގެވެސް ވަނަވަރު ބަލާ ޗެކްކުރަން އެބަޖެހޭ، މަކަރާހީލަތް ހެދުމުގެ ކުށެއްކޮއްފައި ވޭތޯއާއި ޚަރަދުބަރަދާއި ދަރަނި އަދާކޮއްފައިވޭތޯ ބަލަންއެބަޖެހޭ. އުމުރާގެ މަތިވެރި އަޅުކަން އެއީ ޗުއްޓީ ހަދަލާ މަޖާކޮއްލުންކަމަށް ދެކޭމީހުން މަދުންނަމަވެސް ތިބޭކަމީ ހިތާމަކުރަންޖެހޭ ކަމެއް،
ޒުލްފާާ
11 February 2025
ރޯދަމަހަކީ ގިނަ މީހުން ދިގި އުމްރާއަށް ފުރާދުވަސްކޮޅެއް. މުޅި ރޯދަމަސް ހޭދަކުރާ ދިވެހިން މިހާރު މަދެއްނޫން. މިފަދަ އަޅުކަމެއް ކުރަން އެހާ ދުރަށްދާއިރު ކުއްލިކަމެއް ދިމާވުމަކީވެސް އެކަށީގެންވާނެކަމެއް. އެފަދަ ހާލަތްތަކަށް ބެކަޕެއްގެ ގޮތުގައިވެސް މިފަދަ ހިދުމަތެއް ލިބުން އެއީ ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެއް.
ނިފާޒާާ
11 February 2025
މާތްﷲ ތިބާ ހެޔޮވެރިކަމެއް ކުރުން މަތީ ލަހައްޓަވާށި.
އަހްނަފް މުހައްމަދު
10 February 2025
ރައީސް މުއިއްޒްއާ ދޭތެރޭ ކުރެވޭ އުއްމީދާ އިތުބާރު ބޮޑު މިވީ. ކަނބަލުންގެ އިތުބާރުވެސް މި ހޯދޯ
ފަތުހުﷲ
10 February 2025
އަލްހަމްދުﷲ. ދެން އުމްރާވެރިންނަށް ނުޖެހޭނެ ޑޮލަރ ނުލިބިގެން އުޅޭކަށް
ރާވެރިބެ
10 February 2025
އުމްރާ އަށް ދިއުމުގެ ޙަރަދުގެ ބޭރުން ހުރުމާ ކެއުމަށް ދާނެ ފައިސާގެ އިތުރުން ޟޮޕިން ހަދަން ވަކި ބޮޑު އަދަދެއްގެ ޑޮލަރު އަގުހެޔޮކޮށް ދޭކަށް ނުޖެހޭ. އެއަށް ވުރެ ބޭހަށް ދާމީހުނަށް ބޭނުންވާ ބޭރު ފައިސާ ވިއްކަން މާރަގަޅު.
ޝައުގީ
10 February 2025
މީގެ ސަބަބުން ބޮޑު އަގުގަ ބްލެކް މާރކެޓުން ޑޮލަރ ގަތުން މިމުމަކަށް.
ލިހާޒް މުހުދިމް
10 February 2025
ހަގީގީ ރައްޔިތުންނާ ދޭތެރޭ ވިސްނާ ވެރިޔެއް މިލިބުނީ އަދިކިރިޔާ
އަޖްމަލް
10 February 2025
ރައްޔުތުންނަށް ދަތިވާ ހުރިހާ ކަމެއްގައި ލުއި ހޯދަދެމުން ރައީސް މުއިޒް ދާތަން މިފެންނަނީ
ލައިން
14 February 2025
ރައްޔިތުން ބޭސް ފަރުވާ ކުރަން ސަލާން ޖަހަން ޖެހެނީ... އެންސްޕަރ އިން ވެސް އެހީ ނުވެދޭ... ޕީއެންސީގެ ވެރިޔަކު ނެތް އާއިލާތައް ގަނަ ތެޅެން ޖެހެނީ