ހައުސިން ފެސިލިޓީތަކަށް ގެނައި ބަދަލާ ގުޅޭގޮތުން ޑިރެކްޓަ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބެންކިން، ބަދުރުއްދީން ހަސަން މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
10 ފެބުރުއަރީ 2025 - 17:55
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހައުސިން ފައިނޭންސިން ފެސިލިޓީތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.
ބީއެމްއެލް އިސްލާމިކް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ޑިރެކްޓަ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބެންކިން، ބަދުރުއްދީން ހަސަން ވިދާޅުވީ އެ ފެސިލިޓީތަކަށް ބަދަލު ގެނައީ ކަސްޓަމަރުންގެ ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެން މި ގެނައި ބަދަލުތަކާ އެކު، ގެދޮރު ބިނާ ކުރުމާއި މަރާމާތު ކުރުމަށް މިހާރަށް ބުރެ ބޮޑު ފުރުސަތުތަކެއް ލިބިގެން ދާނެ. މިކަމުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާ އިން އިތުރު ކުންފުނިތައް އުފެދި، ނުސީދާ ގޮތެއްގައި ވެސް އިގްތިސާދީ ހެޔޮ ބަދަލުތަކެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ހައުސިން ފައިނޭންސިން އަށް މި ފަހަރު ގެނައި ބަދަލުތަކުގެ ދަށުން ގެދޮރު ގަތުމަށް ދޫކުރާ ފައިނޭންސިން ބިމާއި ޕާކިން ސްޕޭސް ގަނެވޭނެ އެވެ. މީގެ ކުރިން އެ ފެސިލިޓީން ގަނެވެނީ، އެޕާޓްމަންޓާއި ސިންގަލް ޔުނިޓް އަދި ރޯ ހައުސް އެކަންޏެވެ.
މިއަދުން ފެށިގެން ގެނައި ބަދަލުތަކުގެ ތެރޭގައި ފައިނޭންސިން ފެސިލިޓީ ނެގުމުގައި ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ވަނީ ކުޑަކޮށްފަ އެވެ. އަދި ތިން މިލިއަން ރުފިޔާއާ ހަމައަށް 10 ޕަސެންޓު ޑައުންޕޭމަންޓަކާ އެކު ލޯނު ނެގޭނެ އެވެ. މީގެ އިތުރުން، ތިން މިލިއަން އާއި ފަސްމިލިއަންއާ ދެމެދުގެ ލޯނެއް 15 ޕަސެންޓުގެ ޑައުންޕޭމަންޓު ދެއްކުމަށް ފަހު އަދި ފަސް މިލިއަން ރުފިޔާ އިން މަތީގެ ލޯނެއް 20 ޕަސެންޓު ޑައުންޕޭމަންޓު ދައްކާ ގޮތަށް ލިބޭނެ އެވެ.
މި ލޯނު ނެގުމަށް ޑައުންޕޭމަންޓަށް ރިޓަޔާމަންޓް ޕެންޝަން ސްކީމްގައި ހުރި ފައިސާ ބޭނުން ކުރެވޭނެ އެވެ.
މިއަދު ގެނައި ބަދަލުތަކުގެ ދަށުން އިމާރާތްކުރުމަށް ދޫކުރާ ފައިނޭންސިން ފެސިލިޓީ އަނބުރާ ދައްކަން ޖެހޭ މުއްދަތު 15 އަހަރުން 20 އަހަރަށް ވަނީ އިތުރުކޮށްފަ އެވެ. އޭގެ ސަބަބުން ކޮންމެ މަހަކު ދައްކަން ޖެހޭ އަދަދު ކުޑަވާނެ އެވެ.
މީގެ ކުރިން އާމްދަނީ ހޯދަން ގެދޮރު ހަދަން ނަގަން ޖެހޭނީ ރިއަލްއެސްޓޭޓް ފައިނޭންސިން އެވެ. މިއަދު ގެނައި ބަދަލާ އެކު، ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިން ނެގޭނެ އެވެ. އަދި ހޯމް ބިލްޑް ފައިނޭންސިން އަށް ގެނައި ބަދަލުން އިތުރު ރަހުނަކާ ނުލައި އެ ލޯނު ނެގޭނެ އެވެ.
މީގެ ކުރިން އެއް މިލިއަން ރުފިޔާގެ ހޯމް ހައުސިން ލޯނު ނެގުމަށް 26،000ރ. ގެ އާމްދަނީއެއް ބޭނުންވި ނަމަވެސް މިހާރު ގެނެސްފައިވާ ބަދަލާ އެކު، ދެ މީހުން ނުވަތަ ތިން މީހުންގެ އާމްދަނީގެ ޖުމްލަ އަދަދު 22،000ރ. އަށް އަރާ ނަމަ ލޯނަށް ޝަރުތު ހަމަވާނެ އެވެ.
މިއީ ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ގެދޮރު އިމާރާތްކުރުމަށް އެންމެ ކުޑަ ރޭޓެއްގައި ދޫކުރާ ހައުސިން ލޯނުތައްކަން ގެނައި ބަދަލެއް ކަން ބީއެމްއެލް އިން ފާހަގަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންޓަރެސްޓުދޯ
11 February 2025
އިންޓަރެސްޓަކީ އެއްގޮތަކައް ބަލާއިރު ކުއްޔައްގެނައިއެއްޗެއްގެ ކުލި. ކުއްޔައްގެނައި އެތި ރައްދުކުރުމުން އޭގެ ކުލިދައްކަން ނުޖެހޭ ގޮތައް ނެގިދަރަނި އަނބުރާދެއްކުމުން އިންޓަރެސްޓުވެސް އެނިމުނީ. ކުއްޔައްނަގާ އެހެންއެޗަކުން ދިރިއުޅުން ކުރިއެރުވޭގޮތައް ދަރަންޏައްނަގާ ފައިސާއިންވެސް ދިރިއުޅުން ކުރިއައްގެންދެވޭނެ.
ހޯމް ލޯން ކަސްޓަމާރ
11 February 2025
ކަސްމަރުންނަށް ވަރަށް ލުއި ފަސޭހަ ކޮށްދޭތީތާ އެޕްރޫވް ވެފަ އިން ހޯމް ލޯން އެއްގެ ފަހު ޑިސްބާރސްމެންޓް ދޫ ނުކުރި ކަސްޓަމާރ މިހާރު އާމްދަނީ ނުލިބޭތީ އޯ ކިޔާފަ. އަދި ކޮބާ ހޯމް ލޯން ގެ އިންޓްރެސްޓް ރޭޓް ވާހަކަ؟ އެހެން ހުރިހާ ގައުމެއްގަ ހޯމް ލޯން އިންޓްރެސްޓް ރޭޓް އުޅެނީ 3% ގަ. މިތާ 9% އެންމެ މަދުވެގެން. ދެން ކިހިނެއް ހައުސިންގް މައްސަލަ ހައްލު ވާނީ؟ މުޖުތަމަޢު އަށް ބީއެމް އެލް އުން ހެޔޮ ކަމެއް ކުރަން ބޭނުން ވާ ނަމަ މިކަން ކުރާނެ.
ޢަހުމަދު އަހުމަދު
11 February 2025
އެއްމެމުހިއްމު މައުލޫމަތު ނުލިބޭ
ހހހހހ
10 February 2025
އިންޓެރެސްޓު އަތްފޯރާ ފަށަށް ގެންނަނަމަ ސޯޝަލް ހައުސިންގ ނަގާނެ ބަޔަކު ނުވާނެ. އެންމެން ގަންނާނީ ލަގްޒަރީ ފްލެޓް
ބަލާއު
10 February 2025
އިންޓަރެސްޓް ރޭޓް އެއި ނެތް އެއްކެއްތަ!!!!!
ޖކޖހގފ
10 February 2025
އިންޓެރެސްޓް ނުވަތަ ޕްރޮފިޓަށް ނަގާ އަދަދު ބޮޑުވީމަ ކަމަކު ނުދޭ.
އައިސަމް
10 February 2025
އިންޓަރސްޓް ރޭޓަކީ ކޮބާ؟