އެސްޖޭ މިސްކިތުގެ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީގައި ގޮސްފައިވާ ހިސާބު: އެތަނުގެ މަސައްކަތް މި ޑިސެމްބަރަށް ނިމޭނެ ކަމަށް މިނިސްޓްރީން ބުނޭ.
11 ފެބުރުއަރީ 2025 - 11:15
ހުޅުމާލެ 2 ގައި އެސްޖޭ ކުންފުނިން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސައްކަތް ނިމޭނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހިޔާ ފްލެޓްތައް ކައިރީގައި އެސްޖޭ އިން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ޖެނުއަރީ، 2022 ގަ އެވެ. އޭރު އެއްބަސްވެފައި އޮތީ މަސައްކަތް ފަށާތާ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ މިސްކިތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން މިނިސްޓްރީން ބުނިގޮތުގައި، އެސްޖޭގެ މިސްކިތުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ މި އަހަރުގެ ޑިސެމްބަރަށެވެ. އެ ތަނުގައި މިހާރު ކުރިއަށް ގެންދަނީ ކޮންކްރިޓުް އާޗުތައް ހެދުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން ބުންޏެވެ.
- ފެޑޯ ޕްރައިވެޓް ލިމިޑުން އަޅާ މިސްކިތް ނިމޭނެ ކަމަށް ބެލެވެނީ މާޗު 2026 ގައި. މިހާރު ކުރިއަށް ދަނީ ކޮންކްރީޓްގެ މަސައްކަތް.
- ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓުން އިމާރާތްކުރާ މިސްކިތް ވެސް މާޗު 2026 ގައި ނިމެނޭ ކަމަށް ބެލެވޭއިރު އެ ތަނުގައި މިހާރު ކުރިއަށް ދަނީ ސިމެންތި ޖެހުމުގެ މަސައްކަތް.
- އަހުމަދު ސަލީމް/ ހަފީޒާ އަހުމަދު - މިސްކިތް ނިމޭނެ ކަމަށް ބެލެވެނީ މެއި 2026 ގައި. މިހާރު ކުރިއަށް ގެންދަނީ ފިނިޝިން މަސައްކަތް.
- ސަންފްރޮންޓުގެ މަސައްކަތް ނިމޭނީ މާޗު 2026 ގައި. އެ ތަނުގައި މިހާރު ކުރިއަށް ގެންދަނީ ކޮންކްރީޓް މަސައްކަތް.
އެސްޖޭ އިން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސަައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ދިއުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ވެސް މީހުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެ މިސްކިތް އިމާރާތްކުރަން ބޭރުން ގެންނަ މުދަލުން ޑިއުޓީ ނުނަގާތީ، އެސްޖޭ އިން އޭގެ ފައިދާ ނަގައި އެހެން މަސައްކަތްތައް ކުރަމުންދާ ކަމުގެ ތުހުމަތު ކުރާއިރު އެކަން ދޮގުކޮށް އިސްލާމިކް މިނިސްޓްރީން ކުރިން ބުނީ އެއްވެސް މުދަލަކުން ޑިއުޓީ މާފުކޮށްފައި ނުވާނެ ކަމަށެވެ.
އެސްޖޭ ކުންފުންޏަށް އަމާޒުވާ ތުހުމަތުތައް ދޮގުކޮށް، އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ މިސްކިތުގެ މަސައްކަތް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހު، އަލުން ފެށީ މި ސަރުކާރު އައި ފަހުން ކަމަށެވެ.
ޑިޒައިންގައިވާ ގޮތުން އެއީ 1،400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ކޯޓްޔާޑާ އެކު، 3،000 މީހުންގެ ޖާގަ އެ މިސްކިތުން ލިބޭނެ އެވެ.
ހުޅުމާލެ 2 ގައި އެ މިސްކިތް ހަދަނީ އެސްޖޭ ކޮންސްޓްރަކްޝަނާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުންނެވެ. އެ އެއްބަސްވުން ހެދީ މާލޭގެ ޒިކްރާ މިސްކިތް ހެދުމަށް އެސްޖޭ ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލް ކުރުމުން، އޭގެ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ކުންފުނިން ހުށަހެޅުމުންނެވެ.
އޭގެ ފަހުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ޒިކުރާ މިސްކިތް އަޅަން އެސްޖޭ އަށް ދިން 30 މިލިއަން ރުފިޔާ ހޯދަން ވެސް ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް، އޭޖީ އޮފީހުުގެ ލަފައާ އެކު، އެ މައްސަލަ ކޯޓުން ބޭރުން އޭރު ހައްލުކުރީ، ހުޅުމާލޭގައި މިސްކިތެއް ހެދުމަށާއި އަދި އެ މިސްކިތް އިމާރާތް ކުރުމަށް 30 މިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ހިނގާ ހަރަދު އެސްޖޭގެ ސީއެސްއާރުގެ ދަށުން ކުރާ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަނަމުގެ މޮޅުކަން
11 February 2025
އެސް ޖޭ އެޖައްސާ އެއްޗެއް ޖައްސާފަ ހާދަ ކާމުޔާބޭދޯ. 400 ދުވަހުން ހަދަންބުނި ތަނެއް 800 ދުވަހުން ނުނިމޭ ކުއްވެރިއެއް ނުވޭ. ބަދަލު ދޭން ޖެހެނީ ސަރުކާރުން
ކަލާސީ
11 February 2025
ކޮންމެ ބްލޮކެއްގެ ދެފަރާތުގަ ދެ މިސްކިތް. އަމިއްލަ ވިޔަފާރި ވެރިން ހިންގާ އންމެ ބޮޑު އެއްވައްކަން މީ. މިސްކިތް ބިނާކުރުމަށް ގެންނަ މުދަލަކީ އެއްވެސް ދިއުޓީ އެއް ނަގާ އެއްޗެއް ނޫން. ދެން ހަމަ ގެންނަންވީ މިސްކިތަށޭ ކިޔާފަ. މިވައްކަމާއި ފައިސާދޮންނަ މެޝިނަކީ އެއްކަލަ މިސްކިތް ޕްރޮޖެކްޓް.
އިސްލާމެއް
11 February 2025
ރަސްމީކޮށް އެސްޖޭގެ ތަރުޖަމާނެއްގެބައި ހަވާލުވެއްޖެކަމައް ފެންނަނީ މިނިސްޓްރީން.
އަލްދުއްތޫރު ކަޅުބެ
11 February 2025
މި އީ އެ ޒިކުރާ މިސްކިތް އަޅަން ފައިސާ ނެގި ކުންފުނިތަ 8 އަހަރު ވެދާނެ އަދި ވެސް ޒިކުރާ މިސްކިތް ހުރީ ހުރި ގޮތަށް ވަގުތީކޮށް.
އިސްމާލި
11 February 2025
މިހާރު ނޫހުން ބަލާލަ ދީބަލަ އަމިއްލަ ފަރާތްތަކުން މިހާވަރަށް މިސްކިތް މި އަޅާދޭ ސަބަބެއް. ގައިމު ފަސްބައި ކިލާ، ނަން މަޝްހޫރު ކުންފުނިތަކުންވެސް އެބަ މިސްކިތް އަޅާ. މިއީ ކަޅުފައިސާ ދޮވުމުގެ ބައެއް ބާ؟ ނޫނީ ޑިއުޓީއާއި ޓެކްސް އަށް މަކަރު ހެދުމުގެ ކަމެއް ބާ؟ މިސްކިތް އަޅާ ފަތާތްތަކަށް ލިބޭ ލުއި ތަކެއް ހުރޭތޯ؟
ޏިމް
11 February 2025
މިވެސް ދެން އަރަތެއް.
ކޮރަލް
11 February 2025
2022 ގަ ހަދަން ފެށި މިސްކިތެކެވެ. އެކަން ދޮގުކޮށް އިސްލާމިކް މިނިސްޓްރީން ކުރިން ބުނީ އެއްވެސް މުދަލަކުން ޑިއުޓީ މާފުކޮށްފައި ނުވާނެ ކަމަށެވެ. އެސްޖޭ އާ ކަސްޓަމުން ދައްކަން ޖެހޭ ވާހަކަ އެއް އިސްލާމިކް މިނިސްޓްރީން މިދައްކަ ނީ އެވެ. އެސްޖޭ އަށް ބިންތަކާ އެތައް މިލިއަނެއް ދީފި އެވެ. މި ގައުމުގަ މުއްދަތައް ނުނިންމައިފިނަމަ އިތުރަށް ލިބެނީ އެވެ.
ފަކީރު
11 February 2025
ހަމަ ތެދެއް ތިބުނީ، ޒިންމާ ނަގަން ސަރުކާރު އޮންނާނެ ، އުމުރާއަށް ހައްޖަށް ގެންދިޔަޔަސް، ރިސޯޓެއް ހަދަން ދިނަސް، ފްލެޓެއް އަޅަން ދިނަސް، އެގްރިމެންޓުގައިވާ މުއްދަތު ހަމަވެގެން 2 ،3،5 އަހަރުވިޔަސް ބަދަލުދޭން މިޖެހެނީ ސަރުކާރަށް އަޖާއިބެއް