ސިވިލް ކޯޓު: ސެންޓަ އެންޓަޕްރައިސަސްއަށް 32 މިލިއަން ރުފިޔާ ދައްކަން ދައުލަތަށް ވަނީ ހުކުމްކޮށްފައި
11 ފެބުރުއަރީ 2025 - 18:01
އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސް އަށް 32 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މި ހުކުމް ކުރީ ސެންޓަ އެންޓަޕްރައިސަސް އިން ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އަށް 2006 އިން 2008 ގެ ނިޔަލަށް ފޯރުކޮށްދިން މުދަލުގެ އަގަށްވާ 32.7 މިލިއަން ރުފިޔާ ނުލިބިގެން ސިވިލް ކޯޓުގައި ދައުވާކުރުމުންނެވެ.
ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް ކޯޓުގައި ތަމްސީލް ކުރީ ދައުލަތުންނެވެ.
މި މައްސަލާގައި މުދަލަށްވާ ފައިސާ ނުދެއްކުމުގެ ސަބަބުން އިންވޮއިސް އަށް އަރާ ޖޫރިމަނާގެ ގޮތުގައި 51 މިލިއަން ރުފިޔާ ހޯދަން ވެސް ސެންޓަ އެންޓަޕްރައިސަސް އިން ދައުވާގައި އެދުނެވެ. ނަމަވެސް، އެއްބަސްވުމުގައި ފައިސާ ނުދައްކައިފި ނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ އެ ޖޫރިމަނާ ކޯޓުން ނަގައިދީފައެއް ނުވެ އެވެ.
އެކަމަކު، އިންވޮއިސްގައި ބަޔާންކުރާ މުދަލުގެ އަގު ކަމަށްވާ 32.7 މިލިއަން ރުފިޔާ އެ ކުންފުންޏަށް ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އިން ދޭން ޖެހޭ ފައިސާއެއް ކަން ސާބިތުވާ ކަމަށް ކޯޓު ހުކުމްގައިވެ އެވެ. ކޯޓުން އަންގާފައިވަނީ އިއްޔެ ފެށިގެން 30 ދުވަސް ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އ އަހްމަދު
11 February 2025
މިމައްސަލަ ކޯޓައްހުށަހެޅީ ކޮންދުވަހަކުބާ ގާތްގަޑަކަށް 16 އަހަރުކުރީގެމައްސަލައެއް މިހާއަވަހައްނިމުނީމަ ހަމައަނހާލެވުނީ އަނެއްކާ ކުޑަލާރިކޮޅެއް
ބުއްރާސް ޕަރީ
11 February 2025
2022 ކަމަށް ސިވިލް ކޯޓުގެ ވެބްސައިޓުގައި އޮތް ހުކުމުން ފެންނަނީ. ސިވިލް ކޯޓުން އެންމެ ބާރު ސްޕީޑުން މައްސަލަ ބައްލަވާ ގާޒީކަމަށްވަނީ. އެކަމު އަހަރެންގެ މައްސަލަ ތާވަލުނުކުރޭ ދެއަހަރުވާއިރުވެސް. މިކަހަލަ މައްސަލަތަކުގެ ބުރަ އުފުލައްވާތީކަމަށް މިބަލަނީ. އަހަރެންގެ މައްސަލަ މުހިންމު ނޫނީ އަދި
ޞެރި
11 February 2025
މިއޮތްހާ ވެރިކަންތަށް ނިމިގެން ހަމަ މިދިޔައީ މި ފައިސާ ނުދީ؟ ތިވެސް އޭރުގެ ވެރިންނަށް ބައިއަޅަން އެއްބަސް ނުވީތީ ނުލިބި ހުރި ފައިސާތޯއްޗެއް.
ބިސާރާ ހަމީދު
11 February 2025
ސަރުކާރު ހުސްކޮށްލައިފި. މިހުންނަނީ ރޯމާ ދުވާލު ބައިތުލްމާލު ލޫޓުވުން.
ޢަބްދުލްއެންޑްރޫ
11 February 2025
ތިމައްސަލަ ބެލިމީހާޔާ, އެމްޑީޕީ އޭޖެންޓް ފަރުހާދުއާ އޮށް ގުޅުމަކާ, އޭނަ ކައިރީ އެމްޑީޕީ ބޮޑަކު ބުނެގެން, އޭނަ ތިނިންމި މީހާ ކައިރީގަ ބުނެގެން ދައުލަތުން ނުހައްގުން ދޭންޖެހުނު ތިހާގިނަ ފައިސާއަކީ ނުހައްގުން ދައުލަތް ހުސްކުރުން. މިހެން ދައުލަތް ހުސްކުރާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ބެލެންއެބަޖެހޭ. ތި އެންމެނާ ގުޅުންހުރި މީހުންގެ އެކައުންޓްތައް ނިކަންއަޅެ ބަލާލަބަލަ. ގައުމު ހުސްކޮށްފި. ހާފިޒާ ލައްވާ ފަރުހާދު ހާވާ ހަޑި. އޭނައަށް ދޮންކަޅުވެސް އަންގާނުލާ. ހެޔޮނުވާނެ. ﷲ އަށް ބިރުވެތިވޭ.
ޖޮން
11 February 2025
ބައެއް ފަނޑިޔާރުންނަކީ ހުކުން ކިޔާ ސޮއިކުރަން ތިބޭ މީހުން. ހުކުމުގަ ކޮންމެފަދަ އެއްޗެއް އޮތަސް ނޭންގޭނެ. މުސާރަލިބޭތީ ޖޭއެސްސީން އަޅާނުލާތީ ތިބެނީ. ހުރިހާ މަސައްކަތެއް ކުރާނީ އެހެންބައެއް. ކޮފީބޮއެގެން އަޑުއެހުމަށްވަދެ ހުކުމް ކިޔާލީމަ އެމީހުންގެ މަސައްކަތް އެނިމުނީ. އެކަހަލަ މީހުންނާ ހެދި މުޅި ޖުޑިޝަރީގެ އަގު ވެއްޓެނީ. ހަގީގަތަކީ މާލޭ ކޯޓުތަކުގަ ތިބޭ ގާޒީންނަށްވުރެ މެޖިސްޓްރޭޓުން މާ ގާބިލު. ބޮޑު މުސާރަ ނަގައިގެން އަރާމުގަ އުޅެނީ. ޒިންމާނުނަގާ.
ޔޫސުފް
11 February 2025
ފަރުހާދަކީ އެމްޑީޕީ މީހެއްނޫން އަދި ތިކަހަލަ ސަކަރާތްޖަހާނެ މީހެއްނޫން. ހާފިޒާގެ ގޮތެއްނޭންގެ. މިދިޔަ ދައުރުގަ ޖުޑިޝަރީއާ ދެކޮޅަށް ޖޭއެސްސީން ކުރިމަތިކުރުވި ދަތިތަކަށް ފާޑުކީ މަދު ފަނޑިޔާރުންގެ ތެރެއިން އެކަކު ފަރުހާދަކީ. އެހެންވީމަ ތިހެން ތިދައްކާ ވާހަކަ ގަބޫލުނުކުރެވޭނެ. ފަރުހާދު ޖޭއެސްސީގަ ހުރީމަ ހަސަދަލާ ބަޔަކު އުޅޭ. އެމީހުންގެ ޕްރޮޕެގެންޑާ ތީ.
ބަފާބެ
12 February 2025
ކޮބާތަ ނުހައްގުންދޭންނެހޭ ފައިސާއޭ ބުނާ ސަބަަބަކީ؟ މުދާފޯރުކޮށްދީފާ ފައިސާނުދޭވާހަކަ އެއޮތީ! ލޯހުޅުވާފަ ކިޔާލަބަލަ. މިފައިސާ ނުދީތިބި މީހުން ބިރުވެތިވާކަށް ނުވޭތަ؟
ހަބީބު.
11 February 2025
ދައުލަތެއްތަމީ އަޅެފަހެ މިކަހަލަ ގުއިރޯނުގަ ޖެހޭ ސަރުކާރެއް މިނޫނީ ނުދެކެން ދުނިޔޭގެ އެއްވެސްތާކުން ނަމަވެސް ބައެއްފަހަރު ފުލުހުންގެ އަނިޔާވެރިކަމުން މަރާލާ ރައްޔިތުންނައް ބަދަލުދޭންޖެހޭ މިތާ ނުހިނގަނީ އެގާނޫނު