އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އާއި އޭނާގެ އެޑްވައިޒަރު އީލޮން މަސްކް ވައިޓް ހައުސްގައި އިއްޔެ ވާހަކަ ދައްކަވާއިރު މަސްކުގެ ދަރިފުޅު ކައިރީގައި މަޑުކޮށްލައިގެން. -- ފޮޓޯ: އޭއެފްޕީ
12 ފެބުރުއަރީ 2025 - 07:44
އެމެރިކާ ސަރުކާރުގެ ހަރަދުތައް ކުޑަ ނުކޮށްފި ގައުމު ބަނގުރޫޓުވާނެ ކަމަށް، ހަރަދު ކުޑަކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ބިލިއަނަރު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
އަލަށް އުފެއްދި ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝަންސީ (ޑޮޖް) ގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަކުގައި އިސްކޮށް ހުންނެވި މަސްކް ވައިޓް ހައުސްގައި ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ވާހަކަ ދައްކަވަމުން މިހެން ވިދާޅުވި އިރު ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ޓްރަމްޕް ވަނީ ގިނަ އަމުރުތަކެއް ނެރުއްވައިފަ އެވެ.
ވަކިން ހާއްސަކޮށް މިދިޔަ އަހަރު އެމެރިކާގެ ބަޖެޓް ދަރަނި 1.8 ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައި ވާތީ އެކަމަށް އިޝާރާތް ކުރައްވައި ޕަބްލިކް ޑެޓްގެ އިންޓަރެސްޓް ބޮޑުކުރުމުގެ ވާހަކަ ދައްކަވައިފަ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ ކަމަށްވާ މަސްކް ވިދާޅުވީ "މިއީ އިހްތިޔާރެއް ނޫން" ކަމަށެވެ. އަދި މިކަން "ކޮންމެހެން" ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ޓްރަމްޕްގެ ސަރުކާރުން ހަރަދު ކުޑަކުރުމުގެ ނަމުގައި ކުރާ އެތައް ކަމަކާ ދެކޮޅަށް ކޯޓުތަކަށް މައްސަލަތައް ހުށަހަޅާފައި ވާއިރު ފަނޑިޔާރުން ގެންދަވަނީ އެ ފިޔަވަޅުތަކުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދަވަމުންނެވެ. ހަރަދު ކުޑަކުރުމުގެ ކުއްލި ފިޔަވަޅުތަކާ އެކު ބައެއް އޮފީސްތައް ބަންދުކޮށް އެތައް ބައެއްގެ ވަޒީފާ ސުވާލެއްގެ ތެރޭގައި ވާއިރު މި ކަންކަން ވަނީ ކޯޓުތަކާ ހިސާބަށް ގޮސްފަ އެވެ.
މަސްކްގެ ޓީމުން ވަނީ ފެޑެރަލް އެޖެންސީތައް މެދުވެރިކޮށް އެހީގެ ޕްރޮގްރާމްތައް ފްރީޒްކޮށް، މުވައްޒަފުން މަދުކުރުމަށް އެކި ފިޔަވަޅުތައް އަޅައިފަ އެވެ. މަސްކުގެ ބެލުމުގެ ދަށުން ހިންގާ "ޑޮޖް" އިން ނިންމާފައި ވަނީ ވަކިކުރާ ހަތަރު މުވައްޒަފެއްގެ ބަދަލުގައި އެންމެ މުވައްޒަފަކަށް ވުރެ އިތުރަށް ވަޒީފާތަކަށް މީހުން ވެސް ނުނެގޭނެ ކަމަށެވެ. އަދި ޑޮޖްގެ ލަފާ ނުހޯދާ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުނަގަން ވެސް ވަނީ އަންގައިފަ އެވެ.
ފާޑުކިޔުންތަކަށް އޮތް ރައްދަކީ ކޮބައިތޯ މަސްކާ ސުވާލުކުރުމުން ވިދާޅުވީ އެމެރިކާ މީހުން ވޯޓު ދިނީ "ސަރުކާރަށް ބޮޑެތި އިސްލާހުތަކެއް ގެންނަން" ކަމަށާއި އެއްވުންތަކުގައި ޓްރަމްޕް އެ މައްސަލަތަކުގެ ވާހަކަ ދެއްކެވި ކަމަށެވެ. އަދި އަޅަމުންދާ ފިޔަވަޅުތަކާ މަސްކުގެ ވިޔަފާރީގެ މަސްލަހަތުތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ އެފަދަ ހާލަތްތަކުގައި ވީ އެންމެ ބޮޑަށް ދެފުށް ފެންނަ ގޮތަށް ކަންތައް ކުރައްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެނެޑީ
14 February 2025
އަހަރެން ތިފޮޓޯ ފެނިފަ ހަނދާންވަނީ ފިރުއައުނާއި ހާމާން
ކިރުސައި
13 February 2025
ޔޫއެސްއޭ ޔޫއެސްއޭ ޔޫއެސްއޭ. ކާމިޔާބު 4 އަހަރަށް އެދެން. އެކަމަކު އެއްވެސް ބަޔަކު އެބަޔެއްގެ ގެދޮރުން ނެރުމަކީ ކޮއްގެންވާނެ ކަމެއް ނޫން.
ރާވެރިބެ
12 February 2025
އެމެރިކާ ސަރުކާރުން ވެސް އެއުޅެނީ ސަރުކާރަށް ލިބޭ އާއްމުދަނީ އަށްވުރެ ދަރަނި މާބޮޑުވެ ހައްދުން ނެއްޓިގެން. ދަރަނި ބޮޑުވެ ލޯނުގެ އިންޓރެސްޓަށް ދައްކަންޖެހޭ އަދަދަކީ އެމެރިކާގެ އެއޮތް ބޮޑު އަސްކަރިއްޔާގެ ބަޖެޓަށް ވުރެ ބޮޑު އަދަދެއް ކަމަށް ޓްރަމްޕް ބުނި. ރާއްޖޭގެ ބަޖެޓުން މިކުޑަ އާބަދީއަށް ރީތި ކޮށް އަރާމުގެ އުޅެވޭނެ ހެޔޮގޮތުގަ ބަޖެޓް ޙަރަދު ކުރާނަމަ. ބޭކާރު ޙަރަދު ނުކޮށް ބަޖެޓުން ސީދާ ރައްޔިތުންނަށް ފައިދާ ޥާން އެބަޖެހޭ.
އަފްރާސިޔާބު
13 February 2025
ވޭތުވިދިޔަ އަހަރުތަކުގައި ގައުމާއި ޙަވާލުވި ސަރުކާރުތަކުން ކޮށްފައި ފައިސާ ނުދައްކައިހުރި އެތައް ބިލިއަން ބިލްތަކާއި އެތައް ބިލިއަނުން ބަޖެޓް ޑެފިސިޓް ކޮށްފައިވާތީ މިސަރުކާރަށް އެ ހުރިހާ ދަރަންޏެއް ދެއްކުމާއި ބަޖެޓް ޑެފިސިޓް ހަމަޔަކަށް އަޅުވަން އަދި ލިބުނީ ދޮޅު އަހަރެއްހާ ދުވަސް. ދިވެހިންގެ ރާއްޖެގެ ރައްޔިތުންނަށް އެއްވެސް ކަމަކުން ދަތިނުވެ ދަރަނި ކުޑަކޮށް މިހާރު މިވީ މުއްދަތުގެ ތެރޭގައި ދަރަނި 22 ބިލިއަނަށް ދަށްކޮށްފި. މިހާރު ދަރަނި ދައްކާނިމެނީ
ކޮހޭ
12 February 2025
ތިއަށްވުރެން ބޮޑު ޖޯކެއް ކިޔައިދީ ބަލަ..؟
މަހާރަދުން
12 February 2025
ﷲ ތި ބައިގަނޑު ބަނގުރޫޓު ކުރައްވާ ބައިބައި ކުރަންވާ ނިކަމެތި ކުރައްވާށީ!!
ގަބު
12 February 2025
ތިއެއް ނޫނޭ.. ފޮޓޯގަ ފެންނަން އެހެރީ ވޯލްޑްކަޕް ޓްރޮފީތަ؟
ކާޕެޓު (mdp) ޝާހިދު
12 February 2025
އެމެރިކާ އަަތުގަ ޑޮލަރު ޕުރިންޓަރު އިންހާ ހިންދަކު އެމެރިކާ ބަނގުރޫޓެއް ނުވާނެ ކަން ޑޮނަލްޑާ، މަސްކާ، ޒުނޭރު ގޯތި އާދަނަށާ އަދި މަށަށް ވެސް އިނގެއެވެ.
ބަނގުރޫޓު
12 February 2025
އެމެރިކާ ބަނގުރޫޓު ނުވާނެ ގޮތަކީ ހަރަދު ކުޑަކުރުމެއްނޫން އެކަމަކު މިހާރު ނަގާ އިންކަމްޓެކްސްގެ ބަދަލުގަ ވެލްތް ޓެކްސްއެއް ނަގަންފެށުން. އަހަރެމެންގެ ދީނުގަ މީގެ އެތައްހާސް އަހަރެއްކުރިން އޮތީ މިކަން އުގަންނައިދީފަ. އެކަމަކު މަސްކުމެންކަހަލަ މަހުޖަނުންނައް މިފަދަ ޓެކްސްއެއް ހަޖަމެއްނުވާނެ. ކޮންމެ މީހެއްގެވެސް އިންކަމްއަކީ އެމީހާގެ އަދި އާއިލާގެ ހަރަދުތައް ދެކޮޅުޖައްސަންބޭނުންކުރާއެތި ވެލްތްއަކީ އެބޭނުންކޮއް އިތުރު ވެލްތް ހޯދާއެތި.
ހުހު777
16 February 2025
އ ސުކުނާއި ށ ސުކުން ދަސްކުރަން ދޭ ދެން
ޓަކާން
12 February 2025
މީނާ ހުދުގެއަަށް ވަންނަނީވެސް ތިފިއަޅައިގެންތަ؟
raajje
12 February 2025
އެމެރިކާތިއޮތީ މިހާރުވެސް ބަނގުރޫޓުވެފަ، ސަލާމަތެއްނުވާނެ، ސަބަބަކީ މިހާރުވެރިއަކަށްވެސްހުރީ ބޮޑުމޮޔައެއް