މީހަކު ތަނެއްގައި މަސައްކަތް ކުރަނީ: ބީއެމްއެލްއިން ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި --- ފޮޓޯ/މިހާރު
12 ފެބުރުއަރީ 2025 - 18:32
ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިން ޕްރޮޑަކްޓްތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.
ބޭންކުން ބަދަލުތައް ގެނައި ފައިނޭންސިން ޕްރޮޑަކްޓުތަކުގެ ތެރޭގައި ހިމެނެނީ ރިއަލް އެސްޓޭޓް ފައިނޭންސިން އާއި ގެސްޓްހައުސް ފައިނޭންސިން އަދި ވާކިން ކެޕިޓަލް ފައިނޭންސިން އެވެ.
ބީއެމްއެލްއިން ރިއަލްއެސްޓޭޓް ފައިނޭންސިންއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ އިކުއިޓީ ( އަމިއްލަ އަށް ދައްކަންޖެހޭ އަދަދު) 30 ޕަސެންޓުން 20 ޕަސެންޓަށް ދަށް ކުރުމާއި ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރު ކުރުމެވެ. އަދި ކޮންޓްރެކްޓަރުންނާއި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި ކުންފުނިތަކާއި މުއައްސަސާތަކާއި ރަޖިސްޓްރީ ކޮށްގެން ހިންގާ އެހެނިހެން އިދާރާތަކަށް ވެސް ދިގު މުއްދަތުގެ ކުލީ އެގްރީމެންޓާއެކު މިހާރު ފައިނޭންސިންއަށް ހުށަހެޅޭނެ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ބީއެމްއެލްއިން ގެސްޓް ހައުސް ފައިނޭންސިންއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ފައިނޭންސިންއަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ބެހެއްޓޭ ގޮތަށް ގެނައި ބަދަލާއި ގެސްޓްހައުސް ހިންގާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާނަމަ 11 ޕަސެންޓުގެ ރޭޓުން ލޯނު ދިނުމަށް ގެނައި ބަދަލެވެ. އޭގެ އިތުރުން އަލަށް ފަށާ ގެސްޓްހައުސްތަކަށް 12 ޕަސެންޓުގެ ރޭޓުން ލޯނު ދޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ބީއެމްއެލްއިން ވޯކިން ކެޕިޓަލް ފައިނޭންސިންއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ވިޔަފާރިއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނަ އިތުރަށް ލޯނު ނެގޭ ގޮތަށް ހަމަޖެއްސުމާއި ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ލޯނުތަކުގެ ޝަރުތުތައް ލުއިކުރުން ހިމެނެ އެވެ.
މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެ ބަދަލުތަކަކީ ދިވެހި ވިޔަފާރިތަކަށް އެ ބޭންކުން ދޭ އަހައްމިއްޔަތު ހާމަވާ މުހިންމު ބަދަލުތަކެއް ކަމަށެވެ.
"ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިންގް ހޯދަން ފަސޭހަ ކޮށްދިނުމަށް ގިނަ ޝަރުތުތަކެއް ލުއިކޮށް، ބޭންކުން މިދަނީ ވިޔަފާރިތައް ކުރިއަރުވައި، ވާދަވެރި މާކެޓެއްގައި ވިޔަފާރިތަކަށް ދެމި ތިބެވޭނެ ފުރުސަތު ފަހިކޮށްދެމުން." އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއިން ވަނީ މިދިޔަ އާދިއްތަ ދުވަހު ހައުސިން ފައިނޭންސިން ފެސިލިޓީތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް، އިއުލާނުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޝާމް ް
13 February 2025
ބޭންކޮ އޮފް މޯލްޑިވްސް އަދި ކިރިޔާ ރައްޔިތުންގެ ބޭންކަށް މިވަނީ. މިހާ ދުވަސް ވަންދެން މީހުންނަށް ދުއްޕާން ޖެއްސި ތަނެއް
އައްބެ އައްބެ
13 February 2025
އަހަރެންނަށް ލޯނު ހޯދުމަށް އުނދަގޫވަނީ އިކުއިޓީގެ ޝަރުތުތައް މަތިވުމުން. %20 އަށް ދަށްކުރުމަކީ ވަރަށް ބޮޑު ލުޔެއް
ސައިއްޓެ
13 February 2025
ރިޕޭމަންޓް މުއްދަތު 20 އަހަރަށް އިތުރުކުރުމަކީ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ވަރަށް ބޮޑަށް އަގުހެޔޮވާނެ ކަމެއް. ބީއެމްއެލްއަށް މިހާރު ކަންތައް އެބަ ކުރެވޭ
ހަމްމާދު
13 February 2025
މި ބަދަލުތަކުގެ ސަބަބުން އަހަރުމެން ފަދަ ކުދި ވިޔަފާރިވެރިންނަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ. އިކުއިޓީގެ ޝަރުތުތައް ދަށްވުމުން ވިޔަފާރި ފުޅާކޮށްލެވޭނެ
ޣަހތން4
13 February 2025
ބޭންކުގެ ގިނަ ލޯނުތަކަކީ އޮޅުވާލުން ގަނޑެއް.. ފައިސާހުރި މީހުނަށް ރަނގަޅު ގޮތްތަކެއް.. ލޯން ނަގަނީ އަހަރެން ދެކޭ ގޮތުގައި ގޮތެއް ނެތް މީހުން.. އެކަމަކު ލޯނު ސެންޓަރުން 250000 ލިބެން ބުނިއެތި ނިމުނު އިރު އެކައްޗެއްވެސް ނުލިބުނު.. ބޭކާރު 2 ހަފްތާ ދުއްވާލީ.. ވާނުވާ ނޭނގޭ ކައުންޓަރުގަ ތިބޭ ކުދިންނަށް.. އަހަންނަކީ ބޭންކުގެ 25 އަހަރުވީ ކަސްޓަމަރެއް. މިހާރުވެސް އާމްދަނީ 27000 އެކައުންޓަށް ވަދޭ.. އެކަމަކު ޝަރުތު ފުރިހަމައެއް ނުވޭ..
ރިފާއުު
13 February 2025
ބޮޑު ލުޔެއް. މިވަރުގެ އޯގާތެރި ވެރިއެއް ނުލިބޭނެ
މަނާލްް
13 February 2025
މިކަމަށް އެމްޑީޕީ އިން ބުނާނީ ކީކޭބާއޭ މަގޭ ހިތަށް އަރާ. ކިހާ ރަނގަޅު ކަމެއްތޯ މީ
އުންމު އަފީފް
13 February 2025
އެބުނާ ލޯނެއް ނަގަން ދޭބަލަ އޭރުން އެހެންމީހަކު އެއްޗެއް ބުނާކަށް ނުޖެހޭނެ. ހަޤީޤަތް އަމިއްލައަށް ސާފުވާނެ.
ލުޖައިމް ޒުހުރީ
13 February 2025
އަލްހަމްދުﷲ. ގެސްޓްހައުސް ހެދުމަށް އަތް ފޯރާ ފަށަށް ލޯން މިލިބުނީ
ސަމާހް ހަސަން
13 February 2025
މިދިޔަ ވެރިކަންތަކުގަ މިކަހަލަ ކަންކަން ނުކުރި ސަބަބު ބަލަންޖެހޭ. ގައުމުގެ އިގްތިސާދު މިހާ ދަށުގަ އޮއްވާވެސް މިސަރުކާރުން މި ހުޅުވާލީ މިކަހަލަ ހެޔޮ ކަންކަން
ހަފްސާ އަލީ
13 February 2025
މަގޭ ހަސްބެންޑް ގެސްޓް ހައުސް ނެހެދިގެން އުޅޭތާ 5 އަހަރު ވެއްޖެ. މިއޮތީ ރަނުގެ ފުރުސަތެއް ލިބިފައި