އެންމެ ފަހުގެ ވޯލްޑް ކަޕްގައި ސައުދީން ކުޅުނު މެޗުގެ ކުރިން އެ ގައުމުގެ ގައުމީ ޓީމުގެ ކުޅުންތެރިން ގައުމީ ސަލާމަށް ހުއްޓިގެން: އެ ގައުމުގައި 2034 ގައި ބާއްވާ ވޯލްޑް ކަޕްގައި ބަނގުރަލަށް ހުއްދަ ނުދޭނެ ކަމަށް ސައުދީގެ ސަފީރު ވިދާޅުވި
13 ފެބުރުއަރީ 2025 - 11:39
ވޯލްޑް ކަޕް ބާއްވަން ވިޔަސް ބަނގުރަލުގެ ހުއްދަ ނުދޭނެކަމަށް، 2034 ގެ މުބާރާތް ބާއްވާ ސައުދީ އަރަބިއާއިން ބުނެފި އެވެ.
ސައުދީ އަރަބިއާއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު ހާލިދު ބިން ބަންދާރު އަލް ސައުދު ވިދާޅުވީ ދަތުރުކުރާ ސަޕޯޓަރުން ބަނގުރާ ގަންނަން ބޭނުންވިޔަސް އެއީ ސައުދީގެ ގާނޫނުތަކާއި އާންމު މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށެވެ.
"އަހަރެމެން މި ވަގުތު މިތިބީ އެ ހުއްދަ ދޭކަށް ނޫން،" އެލްބީސީ އަށް ދިން އިންޓަވިއުގައި ސައުދީ ޝާހީ އާއިލާގެ މެންބަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ އަމީރު ހާލިދު ބިން ބަންދާރު ވިދާޅުވި އެވެ.
ސައުދީ އަރަބިއާއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު ހާލިދު ބިން ބަންދާރު އަލް ސައުދު
"ބަނގުރަލާއި މަސްތުވުމާއި ނުރައި މުނފޫހިފިލުވުމަށް ކުރެވޭނެ ބައިވަރު ކަންކަން ހުންނާނެ. އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން. ބަންގުރާ ބޯން ބޭނުމިއްޔާ ދަތުރު ނިންމާލާފައި އެކަން ކުރަންވީ. މިވަގުތު އަހަރެމެން ނެތި އެ ހުއްދަ ދޭކަށް."
ސަފީރު ވިދާޅުވީ ވަކި ބަޔަކަށްޓަކައި ސައުދީގެ ސަގާފަތް ބަދަލު ނުކުރާނެ ކަމަށެވެ. މުބާރާތަށް ދަތުރުކުރާ މީހުންވެސް ސައުދީގެ ސަގާފަތަށް އިހްތިރާމު ކުރުމަކީ ސައުދީން އެދޭ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަލޭމެންނަށް ހަމަ އެޔާ ނުލާ ނޫޅެވެނީތަ،" ސަމާސާ ރާގެއްގައި ހާލިދު ބިން ބަންދަރު ވިދާޅުވި އެވެ.
ގަތަރުގައި 2022 ގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް ބަނގުރާ ވިއްކުން މަނާ ކުރި އެވެ. އެގޮތަށް ނިންމީ މުބާރާތް ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށެވެ. ގަތަރުގެ އެ ނިންމުމަށް ހުޅަނގުގެ ބައެއް ގައުމުތަކުން ފާޑުކިޔުން އަމާޒު ކުރި އެވެ. އެކަމަކު ފީފާއިން އެ ނިންމުބަލައިގަނެ ގަބޫލު ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމ
14 February 2025
އެއަކީސަގާފަތެއްނޫން ދީނުގާޙަރާންވެގެންވާއެއް ވެސްކަމެއް އަރަބި%100އިސްލާމް ދިވެހި%100އިސްލާމް ފަދަގައުމުތަކުގާހުއްދަދީގެންނުވާނެ އެއީ އެއިރެއްގައިވެރިކަމުގައިތިބޭބަޔަކުގެއަމިއްލައެދުމުންކުރާކަމެއް ކުރާ
ޙެހެހެހެ
14 February 2025
ނަސީބެއްނު އަފްގާނިސްތަަނުގަ ތިކަން ނުބާއްވާކަން
ެެފަދުވާ
16 February 2025
މަލާމާތެއްތަ؟