ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރި ގުޅުން ހަރުދަނާ ކުރުމަށް އެމްއޯޔޫއެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ސައުދީގެ ކޮމާސް މިނިސްޓަރު ޑރ. މާޖިދު ބިން އަބްދުﷲ އަލްގަސަބީ ސޮއިކުރެއްވުން.
13 ފެބުރުއަރީ 2025 - 18:41
ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ސޮއިކޮށްފައިވާ އެމްއޯޔޫ، ސައުދީގެ ވަޒީރުންގެ ކައުންސިލުން ފާސްކޮށްފި އެވެ.
އެ އެމްއޯޔޫގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރިޔާޟަށް ކުރެއްވި ރަސްމީ ދަތުރެއްގަ އެވެ. ސައުދީ ސަރުކާރުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެ ގައުމުގެ ކޮމާސް މިނިސްޓަރު ޑރ. މާޖިދު ބިން އަބްދުﷲ އަލްގަސަބީ އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، މި އެމްއޯޔޫ ސައުދީގެ ކައުންސިލް އޮފް މިނިސްޓާސް އިން ފާސްކޮށްފައިވާ ކަމަށެވެ.
"މިއީ، ދެ ފަރާތުގެ ފައިދާއަށް ވިޔަފާރީގެ އެއްބާރުލުން އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ތަސައްވަރު ހާސިލުކުރުމަށް ލިބޭ ބާރެއް،" މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން އޭރު ބުނެފައިވާ ގޮތުގައި، މި އެމްއޯޔޫގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާ ކުުރެވޭނެ އެވެ. އަދި ބޯޑަރު ހުރަސްކޮށް ކުރާ ފޮރިން އިންވެސްޓްމަންތައް އިތުރަށް ފުޅާކުރުމަށް މަގުފަހިވާނެ ކަމަަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، އެ އެއްބަސްވުމުގެ ސަބަބުން ވިޔަފާރި އާއި ޓޫރިޒަމާއި އިމާރާތްކުރުން ފަދަ މުހިއްމު ދާއިރާތަކުން ދެ ގައުމުގެ މެދުގައި ގުޅުން އިތުރުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލޮކޮސް
14 February 2025
ކުޑަކޮށް ވިސްނާލުމަށް އެދެން. އެމް.އޯ.ޔޫ. އަކީ އެއްވެސް ލީގަލިޓީއެއް އޮންނަ ޑޮކުއިމަންޓަކަށް ނުވޭ. މިދިޔަ ސަރުކާރުންވެސް ސަލާމްޖެހީ މިސަރުކާރުންވެސް ސަލާމްޖެހީ ވީކަމެއްހަރާމް! އަރަބިން އިތުބާރުނުކުރާނެ ދިވެއްސަކަށް ލާރިއަށް ދެވިހިފާއިފަ ހުންނަވަރުން. ޚަލީޖުން ދެކޭގޮތުގައި ދިވެހިންނަކީ ވަރަށް ކޮރަޕްޓްބައެއް. އަސްލަކީމީ، ދިވެހިން އަމިއްލަޔަށް ހަލާކުގެތެރެއަށް ވެއްޓުނީ. ގިނަދިވެހިންގައިގައި އަމާނާތުގެ ކަންފުޅެއްވެސް ނުހުންނާނެ!
ޒިމާމް މުހައްމަދު
13 February 2025
މިހެންވެ ބުނަނީ މިސަރުކާރު ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް އަޅުވާނެޔޭ. އެކަން ފެނިގެން މިދަނީ
އަޖްމަލް އަލީ
13 February 2025
މިހެންވެ ބުނަނީ މިގައުމުގެ އިގްތިސާދު ހަމަޖައްސަން ރައީސް މުއިއްޒް މިކުރަނީ ވަރުގަދަ މަސައްކަތެކޭ.
ނިހާލް ސަލީމް
13 February 2025
އުފާވެރި ހަބަރެއް. ގައުމަށް މީގެ ފައިދާވާނީ
ކޮބާ ޗައިނާ އެފް.ޓީ.އޭ
13 February 2025
ކޮބާ ޗައިނާ އެފް.ޓީ.އޭ.. ކިހިނެތްވީ..
އަލިބެ…
14 February 2025
އެބައި ނިމިއްޖެ. ބަންކަރިން އިން ލިބުނު ޑޮލަރުތައް އިންވެސްޓުކުރުން ދެން އޮތީ!
ސައީދުބެ
14 February 2025
ސޮއެކޮށްފި އެންނު. އެ ނިމުނީ