13 ފެބުރުއަރީ 2025 - 20:25
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނަކަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ބޭންކުން ހުށަހެޅި މައްސަލައެއްގައި ކޮންމެ މަހަކު މަދުވެގެން 83،000ރ. ދައްކައި ލޯނު ހަލާސްކުރަން ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ބޭންކުން އެދިފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ނުދައްކާ އޮތް 5.2 މިލިއަން ރުފިޔާ އާއި އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއާ އެކު ކޮންމެ މަހަކު މަދުވެގެން 83،000ރ. އަށް ވުރެ މަދު ނޫން އަދަދެއް ދައްކަމުން ގޮސް މެއި 31، 2036 ގެ ނިޔަލަށް ދަރަނި ހަލާސްކުރުމަށެވެ.
ލޯނު ނެގުމަށް ރަހުނު ކޮށްފައި އޮތް ހ. ފުރާތު ވިއްކާލުމުގެ ހުއްދައަށް ބޭންކުން އެދުނަސް، ދަރަނީގެ ފައިސާ ދެއްކުމަށް މުހަންމާ އެއްބަސްވާތީ އެ ފުރުސަތު ދިނުމަށް ބޭންކުން ޝަރީއަތުގައި އެދުމުން ކޯޓުން ވަނީ އެގޮތަށް ހަމަޖައްސައިފަ އެވެ.
ހުކުމުގައި ބުނެފައިވާ ގޮތުގައި މުހަންމާ ވެސް ވަނީ ބޭންކުން އެދުނު ގޮތަށް މަހުން މަހަށް ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް މައްސަލަ ނިންމައިދިނުމަށް އެދިފަ އެވެ.
ދެ ފަރާތުން އެދިގެން މި މައްސަލައިގެ ހުކުމް ކޮށްފައިވަނީ ދެ ފަރާތުގެ ވެސް ޣައިރު ހާޒިރުގަ އެވެ.
އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު ކަން ވެސް ކުރައްވާފައިވާ މުހަންމާ ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރީ މިދިޔަ މަހު ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
14 February 2025
މިވަރުގެ ބޮޑު ދަރަންޏެއް އޮތް މީހަކަށް އިންސާފުވެރިކަމާ އެކީ ބްރޯޑްކޮމްގެ މެމްބަރުކަން އަދާނުކުރެވޭނެ. ޥީމަ މުހައްމާ ކަލޯ ރީތިކޮށް އިސްތިއުފާ ދެއްވާ. ބަދަލުގަ ސަރުކާރު ކުންފުންޏެއްގެ ބިޔަ މަގާމެއް ނޫނީ ސްޓޭޓް މިނިސޓަރުކަން ފަހަރެއްގ ދެއްވަފާނެ.
މުއީޒު
14 February 2025
ތެމަންނަ ސަރުކާރުގަ ދިބޭނީ ކަމައް ގާބިލު މީހުން
މަޗަނި
14 February 2025
ކޮބާ ޖޭ.އެސް.ސީ އިން ސާފު ކުރި ކުށުގެ ރިކޯޑު؟ އެ ދުވަސްވަރު ދަރަންޏެއް ކޯޓު ކޭހެއް ނެތީތަ؟ ބައެއް މީހުންގެ ރިކޯޑު ބޮޑުކަމުން ސާފުވެސް ކޮށް ނުދިން އިރު؟ މީ ވަރަށް ވާހަކަ
ޢިހަވަންދޫ
14 February 2025
ޢަހުން ނަކައް ނޭނގޭ ތިޔާ ކިޔާ އެއްޗެއް
ސަލީމ
14 February 2025
އަވަހައްފިލްމެއްކުޅެލެވޭތޯބަލާ އެއިރުން 2036 ގެކުރިންތިކަންނިއްމާލެވޭނެ
ާސުޒީ
14 February 2025
ހީވެސް ނުވޭ....
އެލޮކޮސް
14 February 2025
ނުކިޔަވާ މިހިރަ ރޯނު އެދުރު ވަޒީފާއިން ވަކިކޮށް ފޮނުވާލާ
ރަދީފު ބިން ރަފައިދާ
14 February 2025
މޮހުންމާ 83 މަހަކު ނެރޭނީ ކިހިނެއްބާ؟ ލާރިޖަހައިގެންބާ؟
ނަބީނު
14 February 2025
ޖޭ.އެސް.ސީން ކުށުގެ ރެކޯޑު ސާފު ކުރިއިރު "ފައިސާ މައްސަލަ" ވެސް ސާފު ވީ ދޯ؟
ދަންޑަހިލު
14 February 2025
ބްރޯޑޮނކް އަކީ ތިކަހަލަ މީހުންނަނށް ވަރަށް އެކަށީގެންވާ ތަނެއްކަން މާޒީން އޮތީ ފެނިފައި. އެކަމު މީނާއަކީ އެކަހަލަ މީހަކަށް ނުވާނެކަމަށް އުންމީދުކުރަނީ.
ދެންޑަހަލަ
14 February 2025
އުންމީދު ކުރާ އިރު ސިކުނޑިން ވިސްނަބަލަ މީގެ ފަހުން!
ހަސަން ފަރީދު
14 February 2025
މި ލޯނު ދައްކަން ދެން ސަރުކާރުގެ ތިން ކުންފުންޏެއްގެ އެމްޑީކަން މުހައްމާއަށް ދޭން ފެނޭ. ގައުމު ލޫޓުވުމުގަައި އެންމެ ސިކުންތަކަށް ފަސްޖެހުމަކީވެސް ގޯހެއް