އިރާގު ސިފައިން މޫސަލްގެ ހުޅަނގުގެ ހިސާބުތަކުގައި ހަރަކާތްތެރިވަނީ. --ފޮޓޯ:އޭއެފްޕީ
12 މާޗް 2017 - 14:43
ބަޣުދާދު (މާޗް 12) - މޫސަލްގެ ހުޅަނގުން އިސްލާމިކް ސްޓޭޓް (އައިއެސް) ބޭރު ކުރަން ހަނގުރާމަކުރާ އިރާގު ސިފައިން އެ ސިޓީގެ ހުޅަނގުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއް ހިފައިފި ކަމަށް އިރާގުގެ ކޮމާންޑަރަކު ބުނެފި އެވެ.
"މޫސަލްގެ ހުޅަނގުން މިހާތަނަށް ވަނީ ތިންބައިކުޅަ އެއްބައި އިރާގުގެ ޔުނިޓްތަކުގެ ކޮންޓްރޯލުގެ ދަށަށް ގެނެސްފައި،" ސްޓާފް މޭޖާ ޖެނެރަލް މާން އަލް ޝާދީ އޭއެފްޕީ އަށް ވިދާޅުވި އެވެ.
އިރާގު ސިފައިންގެ މީހަކު މޫސަލްގެ ހުޅަނގުގެ ހިސާބުތަކުގައި އައިއެސް އަށް ހަމަލާ ދެނީ. --ފޮޓޯ:އޭއެފްޕީ
ދިޖުލަތު ކޯރުން ބައިވެފައިވާ މޫސަލްގެ އިރުމަތީގެ ހިސާބުތައް ޖެނުއަރީ މަހު ވަނީ އިރާގު ސިފައިން ހިފައިފަ އެވެ. ހުޅަނގުގެ ހިސާބުތައް ހިފުމުގެ އޮޕަރޭޝަން ފެށީ މިދިޔަ މަހު 19 ގަ އެވެ. އިރާގު ސިފައިންގެ ހަމަލާތަކުގައި ވަނީ މޫސަލްގެ ސަރުކާރު އޮފީސްތައް ހުންނަ އިމާރާތާއި ބޭންކާއި މިއުޒިއަމް އަދު ބާދޫޝް ޖަލު ހިފައިފަ އެވެ. ހުޅަނގުގެ ސަރަހައްދުތަކުން ކުރިއަރަން އިރާގު ސިފައިންނަށް އުނދަގޫވެފައި ވަނީ އެ ހިސާބުގައި ދިރިއުޅޭ މީހުން އިތުރުވުމުންނެވެ.
އައިއެސްގެ ބާރުގެ ދަށަށް މޫސަލް ގެނެސް އެ މީހުންގެ ޚިލާފަތު އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ އުލާންކުރީ ޖޫން، 2014 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމް
12 March 2017
ސާބަހޭ އިރާގުސިފައިން.... ތި އައިއެސް އޭކިޔާގެންއުޅޭ ލާދީނީ ބައިގަނޑުފައްލާތި ރަގަޅަށް.