ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ބަޔަކު މިނާގައި.-- ފޮޓޯ: ހައްޖު ކޯޕަރޭޝަން
14 ފެބުރުއަރީ 2025 - 10:20
ހައްޖާއި އުމްރާ ކުރުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކުރާ ދަތުރުތަކުގައި ބައިވެރިވާ ސިއްހީ މަސައްކަތްތެރިން ހިމެނޭ ދަފްތަރެއް ހެދުމަށް ހެދުމަށް ނިންމައި، އޭގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި އެވެ.
ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ވަނީ އެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ޑޮކްޓަރުންނާއި ނަރުހުން، ފޯމު ހުށަހެޅުމަށް ހުޅުވާލައިފަ އެވެ.
އެ ދަފްތަރު އެކުލަވާލުމަށް ފަހު، އެ ކޯޕަރޭޝަނުގެ ހައްޖާއި އުމްރާ ދަތުރުތަކުގައި ބައިވެރިކުރާނެ އެހިތެރިން ހޮވާނީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން އެކަންޏެވެ.
އެ އިއުލާނުގައިވާ ގޮތުން ޑޮކްޓަރުންގެ ތެރެއިން އެ ދަފްތަރުގައި ބައިވެރިވެވޭނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި އެތަނުން ގަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓާންޝިޕް ފުރިހަމަކޮށްފައިވާ ނަމަ އެވެ. އަދި ސިއްހީ ދާއިރާގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ލިބިފައިވުމައި ގިނަ ވަގުތު މަސައްކަތްކުރެވޭ ސިއްހީ ރަނގަޅު މީހަކަށް ވެގެންނެވެ.
އެމީހުންގެ މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަނަކާއި ލައިސަންސް ވެސް އޮންނަން ޖެހެ އެވެ.
މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނެނީ މެޑިކަލް އޮފިސަރުންނާއި ޖެނަރަލް ޕްރެކްޓިޝަނަރުންނާއި ޕިޒިޝަނުންނާއި ކާޑިއޮލޮޖީ އާއި ނެފްރޮލޮޖީ އާއި ނިއުރޮލޮޖީ އެވެ.
ހައްޖާޖީންނަށް ދިމާވާ ސިއްހީ ކަންކަން ބެލުމާއި ފަރުވާދޭންޖެހޭ ބަލި މީހުންނަށް ފަރުވާދިނުމާއި ސިއްހީ އިރުޝާދު ދިނުމުގެ އިތުރުން މައްކާ އާއި މަދީނާގައި އުޅޭއިރު ސިއްހީ ކަންކަމުގައި ހައްޖާޖީން ގޮވައިގެން ހޮސްޕިޓަލުތަކަށް ގޮސް ކުރަންޖެހޭ ކަންކަން ކުރުމަކީ އެ މީހުންގެ ޒިންމާ އެކެވެ.
އެ ޕޫލްގައި ރަޖިސްޓްރީވާ ނަރުހުންނަކީ ވެސް ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއެއް އޮތް މީހަކަށް ވުމާ އެކު ދެ އަހަރުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ. އަދި ލައިސަންސް ލިބިފައިވުމާއި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ސިއްހަތު ރަނގަޅު މީހަކަށް ވާންޖެހެ އެވެ.
ނަރުހުންގެ ޒިންމާގެ ތެރޭގައި ހިމެނެނީ ހައްޖާޖީންނަށް ދިމާވާ ސިއްހީ ކަންކަން ބަލައި ފަރުވާދޭންޖެހޭ ބަލި މީހުންނަށް ފަރުވާދިނުމުގައި ދަތުރުގައި ބައިވެރިވާ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުމެވެ.
ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި އެކަމަށް ޝައުގުވެރިވާ ޑޮކްޓަރުންނާއި ނަރުހުންނަށް "ހައްޖު އަދި އުމްރާ ދަތުރުތަކުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު" އެ ކޯޕަރޭޝަނުގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. އެ ފޯމާ އެކު ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ އާއި ތަޖުރިބާގެ ލިޔުންތަކާއި ވަޒީފާގައި އުޅޭ ނަމަ، އެ މަސައްކަތް ކުރާ ތަނެއް އެނގޭ ރަސްމީ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެ މަގާމުތަކަށް މީހުން ހޮވުމުގައި އަރަބި ބަސް އެނގޭ އަދި އުރުދޫ ބަހުން މުއާމަލާތް ކުރަން އެނގޭ މީހުންނާއި މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާާޢާއިޝާ
14 February 2025
ތިޔަ މަސައްކަތަކީ ބުރަ މަސައްކަތަކަށް ވާއިރު ތިޔަކަމުގައި އުޅޭ އެހެން މީހުންނަށް އުޖޫރައެއް ލިބޭ އިރު ނަރުހުންނާއި ޑޮކްޓަރުންނަށް ވެސް ކޮންމެވެސް އުޖޫރައެއް ދިނުން ރަނގަޅު ކަމަށް ފެނޭ
ހަސީނާާ
14 February 2025
ހުރިހާ ވައްތަރެއްގެ ލޮޖިސްޓުން ތިބިއިރުވެސް އެންމެ މުހިންމު މީހާ ޕެރަމެޑިކްސް ނެތް ދޯ. ވައިސަރީ
ޖައްސާށޭ
14 February 2025
ހައްޖަށާއި އުމްރާ އަށް ދާން ނުޖެހޭ ޑޮލަރު ދައްކަން ޑޮލަރު ދައްކައިގެން އެކަން ކުރާނަމަ ވަގުތުން ތިޔާ ކަން ހުއްޓާލާ އެކަން ކުރަން ޖެހޭނީ ސައުދީ ރިޔާލް އާއި ދިވެހި ރުފިޔާ ބޭނުންކޮށްގެން އެކަން ކުރާ ގޮތަށޭ ސައުދީ ގައި ހުންނަ ދިވެހި ރުފިޔާ ސައުދީ އަށް ދެވިދާނެ ރާއްޖެ އަށް %3 އިންޓަރެސްޓް ރޭޓް ގައި ލޯންގެ ގޮތުގައި މާލެ ސަރަހައްދުގައި ފްލެޓްސް ތައް ބިނާކޮށް ހަދާ ފްލެޓްސް ޑޮލަރުން ވިއްކާ އެލިބޭ ޑޮލަރު ސައުދީ އަށް ދޭ ގޮތަށް މިކަން މިގޮތަށް ކުރާށޭ
އަޒްރާ
14 February 2025
ކޮއިފުޅާ ޑޮލަރެކޭ ސަޢުދީ ރިޔާލެކޭ އަހަރމެންނަށް އެގައުމުގަވެސް ނެތް ތަފާތެއް 100 ޑޮލަރު މާރު ކުރީމަ ސަޢުދީން ލިބެނީ ޢާންމުކޮށް 360ރިޔާލް އެންމެ ކަޅު ހެދުމެއް ރީތި ހެދުމެއް ލިބެނީ 150 ރިޔާލާއި 130ރިޔާލާި ދެމެދުގެ އަގުތހަކެއްގަ ދިވެހި ރުފިޔާއިން ބެލިޔަސް ބައެއް ހެދުމަށް 600 އަދި 400 ދިވެހި ރުފިޔާ އަރާ