ރައީސް އޮފީސް.-- ފައިލް ފޮޓޯ: މިހާރު
16 ފެބުރުއަރީ 2025 - 17:17
ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންނަށް ދޭ އިނާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ ދައުލަތަށް 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ދޭ އިނާމަށް އަންނަ މަހުގެ 18 ގެ ކުރިން އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހަޅޭނެ ކަމަށެވެ. ޕޯޓަލްގެ ލިންކަކީ؛
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ.
އެ އިނާމު ދިނުމުގެ ބޭނުމަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކު، ކޮށްފައިވާ ހިދުމަތްތަކާއި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތައް ގައުމީ ފެންވަރުގައި އަގުވަޒަންކުރުމަށެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދޭނީ ދައުލަތުގެ މުއައްސަސާއެއް ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތްކުރި ނުވަތަ ހިދުމަތްކުރާ މުވައްޒަފުންނަށެވެ. އެ މީހެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނޫނީ އެހެން ފަރާތަކުން އަދި އެމީހަކު އަމިއްލައަށް ވެސް ހުށަހެޅޭނެ އެވެ.
އިނާމާ ބެހޭ ކޮމެޓީން ވަނީ ހުރިހާ މައުލޫމާތާއި ލިޔުންތަކާއެކު ބޭނުންވާ ރެކޯޑުތައް ހޯދުމަށް އެންމެ ފަހު ވަގުތަށް މަޑުނުކޮށް، އެކަންކަން ދުރާލާ ނިންމަން އެދިފަ އެވެ.
ދައުލަތަށް ހިދުމަތްކުރާ އަދި ހިދުމަތްކޮށްދީފައިވާ މީހުންގެ އަގުވަޒަންކޮށް އެވޯޑު ދޭން ފެށީ 2021 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭއިންސާފު އަލީ
17 February 2025
މިއަދު ހިތާމައަކީ އިދާރާތަކުގައި ދިގުމުއްދަތަށް ހިދުމަތްކޮށްފަ ތިބޭމީހުންނަކީ ބޭކާރުބައެއް ގޮތުގައި ދެކި ޑިގްރީ ނެތިއްޔާ ކިތަންމެ ތަޖުރިބާ ހުއްޓަސް މީހެެއް ކަމުގައި ނުދެކި ބޭކާރުކޮށް އެކަހެރިކޮށް ބުލީކޮށް ދަތިކޮށް ތަނުން ވަކިވުމަށް މަޖުބޫރުކުރުވާ ފަދަ ސަގާފަތެެއް މިގައުމުގައި އާލާވަމުންދާކަން....ހިދުމަތުގަ 20 އަހަރު ހޭދަކުރިޔަސް ކިރިޔާ ސްކޫލް ނިމި 20 އަހަރު ވަރުވާއިރު ޑިގްރީއެއްް އޮތީމަ މިލަނީ އެއްކަލަ އެތަކެއް ތަޖުރިބާހުރި މީހާގެ މައްޗަށް...ލައްކަ އަގުވަޒަން ކުރެވޭ ނޫންތޯ...މިއަދު ވަޒީފާއަށް ކުރިމަތި ލުމުގަވެސް މިގައުމުގަ ތަޖުރިބާ އެއީ އިލްމެއް ކަމުގައި ނުދެކޭކަމީ ހިތާމައެއްް.
ރައްޔިތުމީހާގެ ދަރިފުޅު
16 February 2025
މަށަކީ ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައި ހުރި މީހެއް. އެކަން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ރެކޯޑްތަކުން ފެންނަން ހުންނާނެ. ހޯދަން ބޭނުންނަމަ، ނުލާހިކު ފަސޭހައިން އެ މަޢުލޫމާތު ލިބެންވެސް ހުންނާނެ. އެކަން ނުދަންނަ ބަޔަކަށް ސަލާން ޖަހައިގެން، ތިޔަބުނާ "ޝަރަފުވެރި" އެވޯޑެއް ބޭނުމެއް ނޫން. ދައުލަތަށް ޚިދުމަތް ކޮށްދިންކަމުގެ ހިތްހަމަޖެހުން އަމިއްލަ ނަފުސަށް ލިބިގަނެގެން ހުރުންވެސް އެއަށްވުރެ މާ "ޝަރަފުވެރި"
ޑި×ި
16 February 2025
އަމިއްލަ އަށް ހުށަހަޅައިގެން ލިބުނިމަ އެއީ ކިދުމަތުގެ އަހުވަޒަން ކޮށް ސަރުކާރުން ދިންއެއްޗެއް ގޮތުގަ ނުބެލެވޭނެ
މަވާސަލާމް
16 February 2025
ތީހަމަ ސަތޭކައިގެ ވާހަކައެއް. ތިވަރުން އަމިއްލައަށް ހުށަހަޅައިގެން އައްޑަނަ ހޯދުމަކީ ގައިމުވެސް އަހަރެން ކުރާނެކަމެއް ނޫން. ރެކޯޑުތަކުން ތިވަރު ނޭގޭ ނަމަ ދެން ކޮންކަމެއްބާ އެގޭނީ؟
ގަހުރީ
16 February 2025
ދައުލަތަށް ހިދުމަތްކުރާ މީހުން ދައުލަތަކަށް ނޭންގޭބާ..ހިދުމަތްކޮށްފަ ތިބި މީހުންވެސް އެނގޭނެކަމަށް ފެންނަނީ..އަމިއްލަޔަށް އެދެން ޖެހޭ ސަބަބަކީ ކޮބާ.
ސައީދުބެ
16 February 2025
ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރި މީހުންނަކީ ކޮބައިލަނަ ދައުލަތަށް އެނގެންވާނެ. ތިއީ އަމިއްލައަށް އެދިގެން ސަލާން ޖަހަައިގެން ހޯދަންޖެހޭ އެއްޗެއްނޫން!