އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ) އާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މިއަދު ގުދުސްގައި. -- ފޮޓޯ: އޭއެފްޕީ
16 ފެބުރުއަރީ 2025 - 19:10
ރަހީނުކޮށްފައިވާ އިޒްރޭލު އެންމެން މިނިވަން ނުކޮށްފި ނަމަ ޣައްޒާގައި "ނަރަކައިގެ ދޮރުތައް" ހުޅުވާލާނެ ކަމަށާއި ހަމާސް ޖަމާއަތުގެ އަސްކަރީ އަދި ސިޔާސީ ބާރު ވެސް އެއްކޮށް ނައްތާލާނެ ކަމަށް ބުނެ އެމެރިކާ އާއި އިޒްރޭލުން މިއަދު ގުޅިފައިވާ ބަޔާނެއް ނެރެފި އެވެ.
"އަހަރެމެންގެ އޮތީ އެއް ސްޓްރެޓެޖީއެއް. މި ސްޓްރެޓެޖީގެ ތަފްސީލުތައް އަބަދު އާންމުންނާ ހިއްސާއެއް ނުކުރެވޭނެ. މީގެ ތެރޭގައި، 'ނަރަކައިގެ ދޮރުތައް' ހުޅުވޭނެ ދުވަހެއް ވެސް ހިމެނޭ. އެންމެ ފަހު މީހާއާ ޖެހެންދެން، ހުރިހާ ރަހީނުން މިނިވަން ނުކޮށްފި ނަމަ އެކަން ކުރާނަން،" އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ އެކު ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި ނަތަންޔާހޫ ބުނެފައިވެ އެވެ.
" ހަމާސްގެ އަސްކަރީ ގާބިލުކަމާއި ޣައްޒާގައި އެ ޖަމާއަތުގެ ސިޔާސީ ވެރިކަން ނައްތާލާނަން. ރަހީނުކޮށްފައިވާ އެންމެން މިނިވަންކުރާނަން. އަދި ޣައްޒާއަކީ ދެން އިޒްރޭލަށް ނުރައްކަލެއް ކުރިމަތިނުވާނެ ފަދަ ތަނެއްކަން ކަށަވަރުކުރާނަން."
ނަތަންޔާހޫ ބުނީ އެމެރިކާގެ ހިފެހެއްޓުމަށް އެހީތެރިކަމާ އެކު ޣައްޒާގެ ކުރިމަގު ބަދަލުކުރުމަށް އިޒްރޭލުން ކުރާ މަސައްކަތް އަވަހަށް ކާމިޔާބުކުރެވޭނެ ކަމަށެވެ.
ނަތަންޔާހޫ ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާގެ މުސްތަގުބަލަށް ގެންގުޅޭ "ހިތްވަރުގަދަ ވިސްނުމާ ބެހޭ ގޮތުން" ރޫބިއޯއާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށާއި އެ ވިސްނުން ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށެވެ.
ޓްރަމްޕް ވަނީ ޣައްޒާއިން މީހުން ނެރެ އެތަން، ހިތްގައިމު ރިސޯޓެއް ގޮތަށް ތަރައްގީކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެއާ އެކު އަރަބި އަދި އިސްލާމީ ގައުމުތަކުގެ އިތުރުން އެކި ގައުމުތަކުން ވަނީ އެ ވާހަކަ ކުށްވެރިކޮށްފަ އެވެ.
ރޫބިއޯ ވިދާޅުވީ ޣައްޒާއަށް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުއްވުމުން ގިނަ ބަޔަކު ހައިރާންވެދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެކަމަކު އޭނާ ވަނީ ޓްރަމްޕުގެ އެ ވިސްނުމަކީ ހިތްވަރުގަދަ ނިންމުމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. ޣައްޒާގެ މައްސަލަ ހައްލުކުރަން މިހާތަނަށް އެކި ކަންކަން ކުރެވިއްޖެ ކަމަށާއި ޓްރަމްޕުގެ ބޭނުންވަނީ ފެއިލްވި ކަންކަން އަލުން ނުކޮށް އާ ގޮތަކަށް މައްސަލަ ހައްލުކުރަން ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2025
17 February 2025
ޙަމާސްގެ އަތްދަށުވެފަ ތި ތިބީ ހަމަ އަގަ އެރުވޭނީ..... ބޮއިހަލަކި
ޝަކުވާ
17 February 2025
ވަރުގަދަ ހަނގުރާމައަކަށް ދަޢުވަތު ތި ދެނީ އިނގޭ ކަލޯ...
ޖާބިރު
17 February 2025
ދެން ކަލޭމެން މިތާ ކޮނެމްޓްކޮށް ހޭރުނަސް ވާނެ ކަމެއް އޮންނާނެތަ؟
ޙަސާން
17 February 2025
ޙަމަޔަގީން ބާރުވެރި ފަރާތެއްގެ ފުރިހަމަ ކޮންޓުރޯލް ދަށުގައި މެނުވީ މިދުޔޭގެ ކުޑަ ތަންކޮޅެއްވެސް ނުވޭ. ބޮޑާވެރިކަން ނެތި ކުރައްވާށި.
raajje
17 February 2025
ހަހަ މިތިބަ ބުރާންތިތަކެއްދޯ، ކަލޯމެންތިކިޔާއެއްކަމެއްވެސް އަދި އެއްގޮތެއްވެސް ޣައްޒާއަކަށް އަދި އެތަނުގެ ރައްޔިތުންނަކަށް ނުހެދޭނެ، އެމެރިކާމިހާރުވެސް އޮތީ ބަނގުރޫޓުވުމުގެ މަގުމަތީގައިކަމަށް ހަބަރުތަކުން ހާމަވަނީ މާނައަކީ މާގިނަދުވަހުތިހެން ފޮނުއަރުވާކަށްހިތްވަރެއްނުހުންނާނެ، އިޒްރޭލަކީ އެމެރިކާގެ މަދަދާނުލާ އެއްކަމެއްވެސް ކުރެވޭނެބައެއްނޫން، އެހެންވީމާވާނެގޮތްވަރަށްސާފު، ރަހީނުންމިނިވަންކުރިޔަސް ކުރިކަމަކަށްނުވާނެ، މިކަންހަމާސްއަށްއެނގޭނެ
ނުގުޑާނެ
17 February 2025
ތީ އަލަކަށް އަޑު އިވޭވާހަކައެއްނޫން، ކުރިންވެސް ތިހެންބުނި.................. ކިންތަންމެވަރަކަށްވެސް ހަމަލާދެވިދާނެ އެކަމު ކާމިޔާބެއްނުވާނެ إِنْ شَاءَ ٱللَّٰهُ
ހަމަދު
16 February 2025
ކަލޭ އާ ޓްރަންޕް ބޭނުން އެއްޗެއް ކިއިދާނެ މިހާރު އެކަމަކު ކަން ވާނެ ގޮތް އިނގޭނީ އެންމެ ފަރާތަކައް އެނޫން ގޮތަކައް އެއްވެސް ކަމެއް ނުވާނެ. ބޭނުންހާ ކަމެއް ނުކުރެވޭނެ. އަސްލު ހިތުން ނިންމައިގެން ތިއުޅެނީ ހުރިހާ ރަހީނުން ދޫކޮއްލީމަ ހަނގުރާމަ ފައްޓަން
އެޗް އެމް
16 February 2025
ހެދޭނެ ވަރަށ މިހާރުވެސް ހަދައިފި. ބާކީ އޮތީ ބިންކޮޅު އެއްކޮށް އަތްދަށުލުން. ހުއްޓުވާނެ ބަޔަކު ނެތީމަ އެކަންވެސް ކާމިޔާބު ކުރާނެ. މިހާރު އިންނަގޮތަކީ ފުރަތަމަ ގައުމު. އެހެންވީމަ އެހެން ބައެއްގެ ކަންކަމާއި ބަހެއް ބުމެލައި ފައިސާކޮޅެއްދިނުން ފަދަ ކަމެއް ކުރުން ފިޔަވައި އަމަލީގޮތުން އުޅެދޭނެ ބަޔަކު ނުތިބޭ!
ބުރަތޭރީ
16 February 2025
ހައްދަވާ ގެންގުޅުއްވާ އަޅަމެންގެ ވެރި ރަސްކަލާކޯ. އަނިޔާވެރި ޓްރަމްޕާއި ނަތަންޔާހޫ ނިކަމެތި ކުރައްވާ ބަލިކުރައްވާ، އެ ދެދައްޖާލުގެ ނުބައިކަމުން ފަލަސްތީނުގެ ރައްޔިތުން ސަލާމަތްކުރައްވާށި...އަޅުގަނޑުމެންނަށް އޮތީ އެމެރިކާއާއި، އެގައުމުގެ ހުރިހާ އޯގަނައިޒޭޝަންތަކުގެ އެހީ އާއި މަދަދު ނުހޯދުމާއި، އެ ދެގައުމުގެ މުދާ ބޭނުން ނުކުރުން.
ފާނަކޮށި
17 February 2025
ކީއްކުރާނީ..... މިއުޅެނީ މި ރާއްޖޭގެ ސަރުކާރުން އެމެރިކާގެ ފޫކޮޅުދަށަށްވަދެ އިޒްރޭއިލްގެ ޕާސްޕޯރޓް މަނާނުކޮށްގެން.....
މަހަށްދޭދޭބަލަ
16 February 2025
އެއްކަމެއް ވެސް އެމެރިކާ އަދި އިޒްރޭލަށް ނުކުރެވޭނެއޭ ހަމަ ތެޅިތެޅި ތިބެން ޖެހޭނީ ހަމާސް ބޭނުން ގޮތެއް ހަދާނީ އެމެރިކާ މަހަށް ޓްރަމްޕް މަހަށްދޭބަލަ މަހަށް މަހަށް މަހަށްދޭބަލަ...