ޑްރަގްސް މައްސަލައިގައި ހައްޔަރުކުރި މީހުން.
17 ފެބުރުއަރީ 2025 - 13:19
ބ. އަތޮޅުގެ ފަޅު ރަށެއްގައި މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނާކޮޓިސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނުގައި މާރިކިލު ނަމަކަށް ކިޔާ ފަޅު ރަށެއް ފާސްކުރިއިިރު 162 ބަނގުރާ ދަޅާއި ބަނގުރާ ފަސް ފުޅި އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 12.8 ގްރާމް ހުރި އެއްޗެއް ފެނުނު ކަމަށެވެ.
އެ މައްސަލައިގައި ތިން ދިވެހިންނާއި ހަ ބިދޭސީންނާއެކު ޖުމްލަ ނުވަ މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އެއީ؛
- މ. ޖަވާހިރުވާދީ، މާލެ، އަލްހާން ރަޝީދު ހުސައިން 49
- ޏ. ފުވައްމުލައް ދިގުވާނޑު، ހޮލެންޑް، މަރިޔަމް ރިފާއު 25
- ރ. އިނގުރައިދޫ، ވަފާ، އަބްދުލް މުހުސިން ހަސަން 65
- އިންޑިއާ، ކުމަރެސަން ޗިންނައިއަ، 20
- އިންޑިއާ، ދިނޭޝް ސައްމިޔައްޕަން، 29
- ސްރީލަންކާ، އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް، 39
- ސްރީލަންކާ، ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ، ސްރީލަންކާ 46
- ސްރީލަންކާ، ސަބެޝަން ނަހާރަޖަ، 31
- ބަންގަލަދޭޝް، މުހައްމަދު މައްސޫދު، 46
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާއެކު މުހުސިން ވަނީ ދޫކޮށްލައިފަ އެވެ. ބާކީ ތިބި އަށް މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވެ އެވެ.
މާރިކިއްޔަކީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތަށް ދޫކޮށްފައިވާ ރަށެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަމްދާ
17 February 2025
އެކުދިންނަށް ޔަގީންވާނެ ދޫކޮށްލާނެކަން
މަންނުބެ
17 February 2025
އަޅޭ މުހުސިނުބޭ، ބިލެތްމުޅި މަބޮލު އަޅުވާފަ ތިޔަދިޔައި ތިޔަކަމަށްތަ. ބޯހަލާކު
އަފްރާސިޔާބު
17 February 2025
ކުރުމުށެއް ހުންނަވަރަށް ތުބުޅި ދިއްކޮށްފައި ފަޅު ރަށުގައި އުޅުނަސް ހަމަ ގޯހޭހަދަނީ.
އެންމެން ހެޕީ
17 February 2025
ޖީ އަށެއްގެ ސަމިޓެއްނު ތީ
ހާއިބްރީ
17 February 2025
ދެން މަރީވެސް ތިހާވެފަ ފޮޓޯ ނަގާވަރު ކަމެއް ނޫންތީކީ.
ރާއްޖެ މީހާ
17 February 2025
އުމުރުން 65 ވެފައި މިކޮޅަށް ވުރެ އެކޮޅު ގާތްވެފައި މީހުން މިކަން ކަމުގައި ޝާމިލް ވުމުން އެހާމަ ވެގެން ދަނީ ގައުމުގެ ހާލަތު
ޫހބގގ
18 February 2025
ދޫކޮށްލީ ކަމެއްވމަދޯޗ
މަސްޢޫދު
17 February 2025
މައްސޫދެއް ނޫން. މަސްޢޫދު
މަސްތޫތު
17 February 2025
އޯކޭދެން މަސްތޫތުވިޔަސް.
ޖާދޫ
17 February 2025
މި ޙަބަރުގައި އިން ފޮޓޯއިންފެންނަ މަރިޔަމް ރިފާއު ފެންނަ ގޮތުގައި ހީވަނީ ވަރައްބޮޑު އުފަލެއް ލިބިގެން އުޅޭހެން އެއްވެސް ވަރަކަށް ގިލްޓީވެ ލަދުގެންފަ ހުރި ވައްތަރެއް ނުޖަހާ
ޖިލް އިޝަރަތު
17 February 2025
މާދަމާ މަރީ އުޅޭނެ މަގުމަތީ! ބަލައްޗެ!
ސަހަރޯއި
17 February 2025
ހުރިހާ ފަޅުރަށެއް ބަލަންޖެހޭ.