ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިހުސާން -- ފޮޓޯ: މަޖިލިސް
17 ފެބުރުއަރީ 2025 - 15:01
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވާން އެއް ގަޑިިއިރު ދިނުމަށް އާންމު ކޮމިޓީން ފާސްކޮށްފި އެވެ.
އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅި އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި މިނިސްޓަރަކު ކޮށްގެން ނުވާނެ އެތައް ކަމެއް ގާނޫނު އަސާސީއާ ހިލާފަށް ކުރައްވާފައިވާ ކަމަށެވެ. އޭގެ މައިގަނޑު ކަމަކަށް ފާހަގަކޮށްފައި އޮތީ ޑީއެންއާރު ޑޭޓާތައް ބޭނުންކޮށްގެން ޕީއެންސީ އަށް މީހުން ވެއްދުމުގެ ތުހުމަތެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ޖުމްލަ ވަގުތަކީ ދެ ގަޑިއިރެވެ.
ކޮމިޓީން މިއަދު ނިންމީ އޭގެ ތެރެއިން އެއް ގަޑިއިރު އިހުސާން ޖަވާބުދާރީވުމަށް އަދި ބާކީ ގަޑިއިރު މެންބަރުންގެ ސުވާލާއި ބަހުސަށް ޖާގަ ދިނުމަށެވެ.
މެންބަރުންގެ ސުވާލަށް ލިބޭ ވަގުތު ކުޑަވުމުން ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް، ޕީއެންސީ މެންބަރުން ވަނީ އިހުސާނަށް ގިނަ ތުހުމަތުތަކެއް ކުރެވޭތީ ޖަވާބުދާރީވާން ގިނަ ވަގުތުތަކެއް ދޭން ޖެހޭ ކަން ފާހަގަކުރައްވައިފަ އެވެ.
- ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން އިމިގްރޭޝަނުން ބޭނުންކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް، އެ ނިޒާމް ހުއްޓުވައި، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުން. މި އެއްބަސްވުމުގެ ދަށުން އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހުން.
- ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސްއެޅުން.
- އެތައް ބައެއްގެ ޒާތީ މައުލޫމާތުތައް ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށް ނަގައި، އެ މީހުންގެ ރުހުމަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދުން.
- އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަައިވާ ސައްހަ ނޫން ފޯމުތަކުގައި ހުރި މައުލޫމާތަކީ ޑީއެންއާރު ޑޭޓާބޭސް އަށް އެކްސެސް އޮތް މީހަކަށް ނޫނީ ނުލިބޭނެ މައުލޫމާތަކަށް ވާއިރު، ޑީއެންއާރުގެ ޑޭޓާބޭސްގެ ހުރިހާ ކަމެއް ބަލަހައްޓަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާންގެ ބެއްލެވުމުގެ ދަށުންކަން.
އިހްސާން މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި ނަމަވެސް، އިތުބާރު ނެތްކަމުގެ ވޯޓަކުން ވަޒީރަކު މަގާމުން ވަކިކުރަން ބޭނުންވާ މިންވަރަށް އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި ނެތެވެ. އަދި މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ކޮންޓްރޯލް ކުރަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބޯ
18 February 2025
އެއްދުވަސްމަޖިލީހުގަ ބޭކާރުވެގެންތިދަނީ ތިއީމާހަރުދަނާމުހިންމު ތަނެކޭނޫންމިބުނަނީ އެކަމަކުވެސް އަބަދު ފޫނެއްފަޔަށް ފެންފުރުންކަމަކީ މަމޮޅުހެދިގެންތިބޭ ބައިގަނޑެއް
ކަދުރު ބެހުން
17 February 2025
މިމިނިސްޓަރު ގެއަށް ފޮނުވާލައިގެން ނޫނީ ސަރުކާރަށް އިތުބާރު ދެންއޮންނާނެ ގޮތެއްނެތެވެ. މަޖިލީހަށް ފަޒުލްވެސް ގެންދިޔައެވެ. ދިފާޢުގައި ވާހަކަ ދެއްކި ގިނަ މެންބަރުން ފަހުން ފަޒުލްއަކީ ވިޔާނުދާ މީހެއްކަމަށް މީޑިޔާގައި ބުންޏެވެ. އެހިސާބަށް ކަންތަށް ނުގޮސް މިޤައުމުގައި ނިމޭ އެއްކަމެއްވެސް ނެތެވެ. މިނިސްޓަރު ކުރަނީ ހިތުހުރި ކަމެކެވެ. ބައްޕާފުޅު އިނީ މަޖިލީހުގައެވެ. މިއީ ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތެވެ.
ސޭސަރު
17 February 2025
ޗެއަރ ޕާރސަން މިނިސްޓަރ ފިޔުޒަށް ނުކުރެވުނު ކަންކަން ކުރެވޭތީ ހަޖަމު ނުބައިވެ ގަޔަށް ސީލެވެންފެށީމާ ޢުޅޭނގޮތްދޯ
ކަށިކެޔޮ
17 February 2025
މިނިސްޓަރެއްގެ ވާހަކަ ހަމަ އެހާ ދިގުވެދާނެބާ؟
ހޯހޯ1
17 February 2025
އަސްލު މިއުޅެނީ މިއުޅޭ ބިދޭސީންގެ ކަންތަކުގެ މޫހެން ހީވޭ. އެހެނީ އެވެރިންގެ ތެރޭގަ ތިބޭ 'ޑޮން'ތައް ތިއުޅޭ މޑޕ އާއި ޑިމޮކުރެޓްސް އާ ވަރަށް ގާތް ވާނެ. ހަމަ އެގޮތަށް ޕނސ ގަވެސް ތިބޭނެ ކަމަށް ބެލެވެނީ އެވެރިންގެ 'ސްޕޮންސަރުން' ހޮވިފައި ތިބި މެމްބަރުން. އިހުސާނު ވަކި ރަނގަޅެކޭ ނޫން. އެކަމަކު ގައިމު ޑުރަގާ ނާސިގެތަކާ އިންސާނީ ވަގުވިޔަފާރިތަކާ ދެކޮޅަށް މިވަރު ކުރި ބޭފުޅެއް ނުފެނޭ މީގެ ކުރިން.
ކީކުރާނީ
18 February 2025
ރަނގަޅު. ޢެކަމު ޤައުމު ބަނގުރޫޓުވާއިރު ހަމަ ގޮތް ދޫނުކޮށް ބޮޑު ކަޓުނަގާ ޕްދޮޖެކްޓުތައް ހިންދާނުލާ ކޮޅަށްޖަހަން ހިފާފަ ހުރީ. ސީދާ އަސްލު މި އެނގެނީ ގާތުން ކަންކަން ކުރަން ދިމާވުމުން. ދެންއޮތީ ހުސް ވާހަކަ. ހީކުރިން އެންމެ ބަރާބަރު މީހާކަމަށް.
ކިއްލި
17 February 2025
މިއޮތީ މިބުނާތަން އައިސްފަ. ކިތަންމެ ގޯސްކޮށް ކަންތައް ކުރިޔަސް، ޕީއެންސީން ބޭނުން ނުވެއްޖިއްޔާ ދެން ތިކަމުގާ ކުރެވޭނެކަމެއްނެތް. ކެޔަސް ބުޔަސް ގޯސްކޮށް ކަމެއް ކުރިޔަސް، މީހަކު މެރިޔަސް، ޕީއެންސީގެ މެޖޯރިޓީ އޮތީމަ އެމީހުން ބޭނުންވެއްޖެ ހާލަތެއްގާ މެނުވީ އުފުރާލާކަށް ހަމަ ލާހިކު ކުޅަދާނައެއްނޫން. އެކަމަކު އެއީކީ ތިބުނާ މީހެއްގެ ރަނގަޅުކަމަކުން މަގާމުގާ ހުރެވެނީކީނޫން. ނަމަނަމަ ބިތުފަންގި ނުނަގާތި.
އަހަންމަ
18 February 2025
ނިމިދިޔަ މަޖިލީހުގެ ކަންކަން ދިޔައީ ރައްޔިތުން ބޭނުންވާގޮތައްބާ؟؟ ތަބަކަކަށްލާފަ ދިންމަޖިލީހުންވެސް ފެނިގެންދިޔައީ ތިޔަބުނާ ގޮތަށް ސަރުކާރުން އެދޭގޮތަށް ބޭނުންވާ ކަންކަން ކުރަމުން ސަރުކާރުން ހުއްޓުވަން ބޭނުންނުވާ ކަންކަން އެއީ ނުވާކަންކަމަށް ހަދާއެކަންކަން ފޮރުވަމުން.. މިއީ މިގައުމުގައި ޑިމޮކްރެސީ ފައްކާވެފައި އޮތްގޮތް.. މިަކަމަށް ބަދަލެއްނާންނާނެ.. އަހަރުމެން ރައްޔިތުން ތިބެންޖެހޭނީ ހަމަ ގަނަތެޅެން.. ވަރަށް ވެދުން
ޭައަލްޓިކޯ
17 February 2025
ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންގެ އިޚްލާސްތެރިކަމެއް ހުރިނަމަ އިހްސާން ބޭރު ކުރާނެ
ތިޔެއް ނުތް
17 February 2025
ހަމަ ޔަގީނުންވެސް ތިޔެއްނެތް