އިހްސާން: އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު
17 ޖެނުއަރީ 2025 - 22:05
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށް، އޭނާ މަގާމުން ވަކިކުރަން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއެކު އިއްޔެ ހުށަހެޅި މައްސަލައިގައި ބުނީ އިހުސާން މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި މިނިސްޓަރަކު ކޮށްގެން ނުވާނެ އެތައް ކަމެއް ގާނޫނު އަސާސީއާ ހިލާފަށް އޭނާ ކުރައްވާފައިވާ ކަމަށެވެ.
އޭގެ ތެރެއިން މައިގަނޑު ފަސް މައްސަލައެއް ފާހަގަކޮށްފައިވެ އެވެ؛
- ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން އިމިގްރޭޝަނުން ބޭނުންކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް އެ ނިޒާމް ހުއްޓުވައި، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުން. އަދި މި އެއްބަސްވުމުގެ ދަށުން އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހުން.
- ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސްއެޅުން.
- އެތައް ބައެއްގެ ޒާތީ މައުލޫމާތުތައް ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށް ނަގައި، އެ މީހުންގެ ރުހުމަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދުން
- އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަައިވާ ސައްހަ ނޫން ފޯމުތަކުގައި ހުރި މައުލޫމާތަކީ ޑީއެންއާރު ޑޭޓާބޭސް އަށް އެކްސެސް އޮތް މީހަކަށް ނޫނީ ނުލިބޭނެ މައުލޫމާތަކަށް ވާއިރު، ޑީއެންއާރުގެ ޑޭޓާބޭސްގެ ހުރިހާ ކަމެއް ބަލަހައްޓަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާންގެ ބެލުމުގެ ދަށުންކަން
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނީ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގައި އިހުސާން އަމަލީ ސިފައެއްގައި ބައިވެރިވެ، ސައްހަ ނޫން ފޯމުތައް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޑީއެންއާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން، އެ އޮފީހުގެ ތެރޭގައި ސީދާ އިހްސާންގެ ބެއްލެވުމުގެ ދަށުންކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
ފުލުހުންނާއި ޑީއެންއާރާއި އިމިގްރޭޝަނާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ މަސްއޫލުވެރި މިނިސްޓަރަކީ އިހުސާނު ކަމަށް ވާއިރު އަދި ގާނޫނުތަކާ ހިލާފަށް ހިންގާފައިވާ ކަންކަމުގެ ތެރޭގައި ޖިނާއީ ކުށް ހިމެނޭތީ، އެ މަގާމުގައި އޭނާ ހުރެއްޖެނަމަ ޖިނާއީ ތަހުގީގަށް ހުރަސްއެޅުމުގެ އިހުތިމާލު އޮންނާނެ ކަމަށް އެ މައްސަލާގައިވެ އެވެ. .
"އޭނާ އެ މަގާމުގައި އިތުރަށް ހުރުމަކީ ރައްޔިތުންގެ އެތައް ހައްގެއް ގެއްލި، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ބުރޫ އަރާފާނެ ކަމެއް ކަމަށް ގަބޫލު ކުރެވެ އެވެ،" އެ މައްސަލައިގައި ވެ އެވެ.
އެހެންކަމުން އިހްސާން މަގާމުން ވަކިކުރަން ހުށަހެޅީ ކަމަށް އެ މައްސަލާގައިވެ އެވެ.
އިހްސާން މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި ނަމަވެސް، އިތުބާރު ނެތްކަމުގެ ވޯޓަކުން ވަޒީރަކު މަގާމުން ވަކިކުރަން ބޭނުންވާ މިންވަރަށް އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި ނެތެވެ. އަދި މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ކޮންޓްރޯލް ކުރަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުހެ
18 January 2025
ހުޅުމާލޭގެ މާސްޓަރ ޕްލޭން ހަލާކުކޮށް ރައްޔިޔތުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވާ މީހުންނަށް އެކަނި ބިން ބެހުން. މައްސަލަ ބަލައި މި ޖަރީމާ ހިންގި މީހުން ހައްޔަރު ކުރުން.
ހުސައިން
18 January 2025
މިނިސްޓަރ ވަކި ކުރާކަށް އެއބަހެއް ނޫން. މިނިސްޓަރ އެކުރައްވަނީ ގަވްމަށް ފައިދާ ހުރިކަންތައް. މިނިސްޓަރަށް ދަންނަވާލަން. ސްކޭމް ކޮށްގެން ނަގާފައި ހުންނަ ލާރިކޮޅު އޭގެ ވެރިންނަށް އަވަސް ގޮތަކަށް ލިބޭނެ ގޮތް ހައްދަަވައިދެއްވުމަށް. އަޅުގަނޑު އަތުން އޮޅުވާލައިގެން ނެގި ލާރިގަނޑުގެ ބޮޑު ބައެއް 16 މަސް ދުވަސްވެގެން ދާއިރު ނުލިބޭ! ކަމާއިގުޅޭ ފުލުހުންވެސް މިފަދަ ކަންތައް އަވަސް ކޮށްލަދެއްވުމަކީ މި ޝަކުވާތަކުން ސިކުނޑިއަށް ލުއިލިބޭނެ ކަމެއްކަމަށް ދަންނަވަނ
ތަފްސީލު
18 January 2025
މިނިސްޓަރުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅާ، ގައުމުގައި ފާލުން ނެއްޓިފާ ހުރި ކަންކަން ހަމަމަގަށް އަޅުވާތީ ބަޔަކަށް ހަޖަމް ނުވަނީ، އެހެންނޫނަސް ޕާޓީއަށް މީހުން ވެއްދުދުމުގެ ވައްކަމަކީ އާންމު ކަމެއް، ތި ވައްކަން ނުކުރާ ޕާޓީއެއް މި ގައުމަކު ނެއް، އަހަރެމެން ކަން ބޮޑުވާނީ ވަގަށް މީހުން ނުވައްދާ ޕާޓިއެއް މިގައުމުގައި އޮތޭ ބުނެފިއްޔާ
ހީހީ ސުލީހް
18 January 2025
މާބޮޑަށްވެސް ލަސްވެއްޖެ
ޖައު.
18 January 2025
މީނަ ރައީސްކަމަށް ވާދަކުރަން ބޭނުންވާހަކަ ެބަދައްކާ
ކުޑަތުއްތު
18 January 2025
ދެން ޒަމީލަށް ވޯޓު ދޭންޖެހުނަސް މީނައަކަށް ނުދޭނަން
ވަފުދުލީ
18 January 2025
ނުފޫޒު އޮތީމަ ފާސް ނުވެދާނެ. އެކަމަކު މި ހުށަހެޅުމަކީ ރަނގަޅު ހުށަހެޅުމެއް. އަދި ރައްޔިތުން މީނަ ބަލައެއް ނުގަނޭ.
ރާވެރިބެ
18 January 2025
ޑީއެންއާރަކީ ހޯމްލޭންޑްގެ ބެލުމުގެ ދަށުން ހިގާ ތަނަކަށް ވެފަ މިހާފާޅުކަން ބޮޑު ގޮތަކަށް އެތަނުގެ ޑޭޓާ ސިޔާސީ ބޭނުމަށް އެބިއުސް ކުރާކަން ދޭހަވާތީ މިނިސްޓަރުގެ އިތުބާރު ނެތްކަމަށް މަޖިލިހަށް ހުށަހެޅުމަކީ ތާރީޙަށްޓަކައި ކުރަން ރަގަޅު ކަމެއް. ފާސްވުމާ ނުވުން އެއީ އެހެން ކަމެއް. ސިޔާސީ ކަމެއް.
މޯލްޑިވިޔަން ޕެޓްރޮއިޓް
18 January 2025
އިހުސާނަކީ ވަރަށް ކަނޑަން ބޭނުންވާމީހެއް، އޭނާގެ މޮޅުކަމާއި ބޮޑާވެރިކަން ދައްކަންބޭނުންވާމީހެއް. މިކަން އޭނާއާއި އެއްކޮށް މަސައްކަތް ކުރި މީހަކަށްވެއްޖެއްޔާމުން އިގޭނޭ. އެކަމަކު އޭނާއަށް އިގިހުރެ މިފަދަ ކަމެއްކުރުމާއި ދޭތެރޭ ސައްކު. ފަހަރެއްގައި މިއީ އޭނާގެ އިހުމާލު އޮތްކަމަކަށް ވުންގާތް. އެކަމަކު އޭނާ ގަސްތުގައި ކުރުމާއިދޭތެރޭ ސައްކު.
ހެކަރ
18 January 2025
ދޮންކަލޯ ދިވެހިންގެ ޒާތީ މައުލޫމާތު ހޯދާކަށް ޑީއެންއާރު ޑޭޓާބޭސް ހެކްކުރާކަށް ނުޖެހޭ. ހުރިހާ ދިވެހިންގެ އައިޑީކާޑު ނަންބަރާ އުފަންތާރީޚާ އެޑްރެހާ ހުރިހާ އެއްޗެއް އެއޮތީ ގެޒެޓްގައި ކުރީގެ އިލެކްޝަންތަކުގައި އާއްމުކޮށްފައި. ވީމާ އިހުސާނުގެ ބޮލުގައި މިކަން ނާޅުވާ. ދެން ބާކީ ހުރި ހުރިހާ އެއްޗެއް އެހުރީ ފޭސްބުކްގައި
ޗޫޤީ
18 January 2025
ކޮންމެ ޕާޓީއަކަށް ވެރިކަން ލިބުނަސް ފެންނަނީ ރައްޔިތުންނަކާ ރައްޔިތުންނެއް ކިޔާ ތިމާމެންގެ އަމިއްލަ އެޖެންޑާ ކުރިއަރުވަން އުޅޭތަން. މިސަރުކާރު ވެރިކަމަށް އައީ ޕީއެންސީ ކިޔާ ކުޑަޕާޓީއެއް އޭރުއޮތް ބިޔަބޮޑު ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އޮވެގެން. ނަމަވެސް ވެރިކަން ލިބުމާއެކު ތިމާމެންނަށް ތިމާމެންފެނި އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓުދިން އެންމެންނަކީ އެޕާޓީގެ މެމްބަރުންކަމަށް ދެކި އެއްލައްކަ މެމްބަރުން ހަމަކުރާ ވާހަކަދައްކައިފި