ހޯމް މިނިސްޓަރު އަލީ އިހުސާން ފުލުހުންގެ ބައްދަލުވުމަކަށް ވަޑައިގަންނަވަނީ: އެލްއާރުއޭޑީ ކުރީގެ އެއްވުންތަކުގައި ވެސް ފުލުހުން ބޭނުންކޮށްފައިވާ ކަމަށް ވިދާޅުވި.-- ފޮޓޯ: ޕޮލިސް
06 އޮކްޓޯބަރ 2025 - 13:15
މުޒާހަރާތައް ރޫޅާލުމަށް ބޭނުންކުރާ، ތޫނު އަޑު ފޮނުވާ ހަތިޔާރު ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) މީގެ ކުރިން ވެސް ފުލުހުން ބޭނުންކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.
އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުން އެންމެ ފުރަތަމަ އެލްއާރުއޭޑީ ބޭނުންކުރީ 2013 ވަނަ އަހަރު ކަމަށެވެ. ފުލުހުންގެ ހާއްސަ އޮޕަރޭޝަންތަކުގައި އޭރު ބޭނުންކުރީ އެ ހަތިޔާރުގެ މޮޑެލް "އެލްއާރުއޭޑީ 300 އެކްސް" ފުލުހުންގެ ވެހިކަލެއްގައި ހަރުކޮށްގެން ކަމަށް އިހުސާން ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލަން ބޭނުންކުރީ އެ ހަތިޔާރުގެ "އެލްއާރުއޭޑީ 100 އެކްސް" މޮޑެލް ކަމަށާއި އެ މޮޑެލް އެންމެ ފުރަތަމަ ބޭނުންކޮށްފައި ވަނީ 2023 ވަނަ އަހަރު މެއި މަހު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ކަމަށް އިހުސާން ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީއިން ބޭއްވި އެއްވުމުގެ ބައެއް ބައިވެރިން މަޖީދީމަގުން ކުރިއަށް ދާން މަސައްކަތްކުރާއިރު ފުލުހުން ޝީލްޓް ބޭނުންކޮށްގެން އެއްވުމުގެ ބައިވެރިން ހުއްޓުވުމަށް މަސައްކަތްކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިހުސާން ވިދާޅުވީ އެލްއާރުއޭޑީއަކީ ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުގައި ޕަބްލިކް ސޭފްޓީ އެޖެންސީތަކާއި އަސްކަރިއްޔާ އާއި ގާނޫނު ތަންފީޒުކުރާ އެހެން އިދާރާތަކުން ވެސް މުޒާހަރާތައް ކޮންޓްރޯލްކުރުމަށާއި އެއްވުންތަކުގައި މުއާސަލާތުކުރުމަށާއި ބޯޑާ ސެކިއުރިޓީ އާއި މެރިޓައިމް ސޭފްޓީ އަދި އިމަޖެންސީގެ ހާލަތްތަކުގައި މެސެޖު ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އަންނަ އާލާތެއް ކަމަށެވެ.
އެމްޑީޕީން މާލޭގައި ބޭއްވި ބޮޑު މުޒާހަރާ ރޫޅާލުމަށް މި ހަތިޔާރު ފުލުހުން ބޭނުންކުރުމުން އާންމުންގެ ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑުވެފަ އެވެ.
އެލްއާރުއޭޑީއަކީ މުޒާހަރާތައް ކޮންޓްރޯލް ކުރަން އެކި ގައުމުތަކުގައި ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެކެވެ. އެ އާލަތް ބޭނުންކުރަނީ މުޒާހަރާކުރާ މީހުންނަށް އިންޒާރު ދިނުމަށެވެ. އަދި ފުލުހުންގެ އަމުރަށް ތަބާނުވެއްޖެ ނަމަ ކަންފަތަށް އުނދަގޫވާ ވަރުގެ ވަރަށް ތޫނު އަޑެއް އެ އިން ފޮނުވަ އެވެ.
މި އާލާތަކީ މާ ކައިރީގައި ބަހައްޓައިގެން ބޭނުންކޮށްފި ނަމަ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ލިބޭނެ އެއްޗެކެވެ. އެއިން އިވޭ އަޑުގެ ސަބަބުން ކަންފަތަށް ވަރަށް ބޮޑަށް ތަދުވެ، ދާއިމަށް ބީރުވުމުގެ ބިރު ވެސް އޮވެ އެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވާ ގޮތުގައި، އެ އާލާތް ބޭނުންކުރުމުގެ ހުއްދަ ފުލުހުންނަށް ނެތް ކަމަށާއި އެއީ ގާނޫނާ ހިލާފަށް ކުރި ކަމެކެވެ.
ހަތިޔާރު ބޭނުންކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ އުސޫލުތައް ނުވަތަ އެސްއޯޕީތައް ހަދައި އާންމުކުރަން ޖެހޭއިރު، މި އާލާތް ބޭނުންކުރާނެ ގޮތުގެ އުސޫލެއް އާންމުކޮށްފައިވާކަން އެނގޭކަށް ނެތެވެ. އަދި މިހާތަނަށް ފުލުހުން އެކަން ސާފުކޮށްދީފައެއް ވެސް ނުވެ އެވެ. ފުލުހުން ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް އަދި މުގުރު ބޭނުންކުރާނެ އުސޫލު ހަދައި އާންމުކޮށްފައިވެ އެވެ.
އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި އެ އެއްވުމުން ފުލުހުން ވަނީ 8 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެކަކު ފިޔަވާ އެންމެން ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާޔަހުޔާ
09 October 2025
އެމްޑީޕީ މީހުން މޮޔަ ވެގެން އުޅެނީ 5 އަހަރު ނިމެންދެންވެސް ވެެެރިކަމާ ދުރުގަ ނޫޅެވިގެން އުޅެނީ،
އެޔަރެން
06 October 2025
އެމްޑީޕީން ނުކުރާ ކަމެއް އަދި އެއްވެސް ބަޔަކައް ނުކުރެވޭނެ. އެމީހުން ގޮވާނީ ވެސް އެކަން ގޯހޭ ވެސް
ލާމުން
06 October 2025
ކުރިން ކޮއްފަހުރި ހުރިހާ ކަމެއްކުރަން ވެރިކަމާހަވާލުވީ ކީތްކުރަންތޯ؟ އެހެންވީއިރު ކުރިންކުރީ ރަގަޅައްކަމައް ތި އެއްބަސްވަނީ އުތަ؟
އާކަން
06 October 2025
އާކަންތައް ތޯ ކުރަން ޖެހެނީ
ޗޫޤީ
06 October 2025
އެހެން. އާގޮތަކަށް އެލްއާރުޑީއޭ ބޭނުން ކުރަންވީ ދެން. މިސާލަކަށް މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދިމާލަށް ފެންފުޅިއާ އޮއްގައު އުކާނަމަ ރައްދު ހަމަލާގެ ގޮތުގައި އޭގެ އެލްއާރުޑީއޭ ކޮޅެއް އުކާލެވިދާނެ. އޭރުން މުޅިރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަވެފައި އޭގެ ޝިކާރައަކަށް ވާމީހާއަށް ބޮޑު ގެއްލުމެއް ލިބިދާނެ.
ކޮވެލި
06 October 2025
މިިލިޓަރީ މީހަކު ފުލުހުންގެ އިސްމީހަކަށް ލުމަކީ ނުރައްކާތެރި ކަމެއް. އެކަން މިހާރު ތި ފެންނަނީ
ވޯލް
06 October 2025
2013 މިއީ 2025 12 އަހަރު ކުރިން ބޭނުން ކުރިވހަކަ ތިޔަ ދައްކަނީ. އެހެން ޤައުމުތަކާ ރާއްޖޭޣެ މި ކުޑަކުޑަ ރަށްތަކާ ވަރަށް ތަފާތުވާނެ. ތީގެ ސަބަބުން ކަމާ ނުބަހޭ އެތަކެއް ބަޔަކަށްވެސް ގެއްލުން ވާނެ. ތިޔަ ފަދަ ހަތިޔާރެއް ބޭނުންކުރަންޖަހޭ ފަދަ ހާލަތެއް މެދުވެރިވީކީވެސް ނޫން. ފެހި ޤަނޫނު އަސާސީ ވުޖޫދުވި ފަހުން ހިނގި އެންމެ ބޮޑޫ ސިޔާސީ ހަމަ ނުޖެހުމުގައި 7 ފެބްރުއަރީގައިވެސް ތިޔަ ހަތިޔާރު ބޭނުން ނުކުރޭ.
Hussain Rasheed
06 October 2025
މިއީ ހަމަ ބޭނުންކުރަންޖެހޭ އެއްޗެއް! މި ސައުންޑްއަށްވުރެން އެމްޑީޕީގެ ސައުންޑު ޕިކަޕްތަކުން ރައްޔިތުންނަށް ލިބޭ ދުއްތުރާ ބޮޑު! ދެންވެސް އެމްޑީޕީއިން ބާއްވާ ހަމަނުޖެހުމުގައި އެލްއާރުއޭޑީ ބޭނުންކުރަންވާނެ ފުލުުުން!
ގަޓު ރަޝީދު
06 October 2025
އެމްޑީޕީއިން ޕިކަޕުގައި ޖެހި ޢޯޑިއޯ ނަކަލުކޮށްގެން މީހުންނަށް އުނދަގޫވާ ވަރަށް އެޖަހަމުން ޕިކަޕެއް ދުއްވި. ހުންނަ ފިނޑިކަމުން ލޯގޯއެއް، ދިދައެއްވެސް ޖަހާލަން ނުކެރުނު. އެމްޑީޕީ އިން އެޕާޓީގެ ދިދަ ބޭނުންކުރާނެ.
ޗޫޤީ
06 October 2025
ތީތި ބޭނުން ކުރަންވީ ފަތިހު ހޭލަން އެލާމަކަށް. އަސްލު ފުލުހުން ޖެހޭނީ އެބުނާ އެލްއާރުއޭޑީ އެއް ފަތިހު ހަތަރަކުން ފެށިގެން ފަތިސްނަމާދުވަގުތު ވަންދެން ޖައްސާފަ ބަހައްޓަން. އޭރުން ކަންފަތް ބީރުވެގެންވެސް ބަޔަކަށް ހޭލެވިދާނެ.
އިލްމް ވެރި ޝައިތާނާ
06 October 2025
ބީރުވުމުން ދެން އޭގެ ބޭނުން ކެޑުނީއެވެ. ދެން ފަތިހުން ފަތިހަށް 24/7 ޖައްސާފަ ހުއްޓަސް އެބަޔަކަށް އުދަގުލެއް ނުވާނެއެވެ. ފަތިސް ބަންގީގެ އަޑުވެސް ނީވޭނެއެވެ.
ކުރީސަރުކާރު
06 October 2025
ކުރިން ތިބި މީހުން ކަންކަން ރަގަޅަށް ނުކުރީމަ، ރަގަޅަށް ކުރަން މިހާރުގެ ސަރުކާރާ ހަވާލުކުރީ. ދެން ހަމަ ކަމެއް ވާއިރަށް ކުރިން ތިބި މީހުންވެސް ކުރިއޭ ބުނީމާ، މަގާމުތަކަށް ކުފޫ ހަމަނުވާކަން އެނގެނީ. ކުރިން ކުރި ކަންކަން ގޯސް، ބޭނުމީ މިހާރު ކަންކަން ރަގަޅަށް ކުރަން.
ހުމާމު ޖުމްހޫރިއްޔާ
07 October 2025
މިހާރު އެކަން އެކުރީ ރަނގަޅަށް. ގައުމުގެ ޚިޔާނާތްތެރިންނާ ދެކޮޅަށް ބޭނުން ކުރުން އެއީ އެންމެ އެދެވިގެންވާގޮތް.
ވަކި ކޯޑެއް ވަކި ޑިސިޕްލިނެއް ބަހައްޓަން ޖެހޭ.
06 October 2025
ވަޅި ކަތިވަޅި ކަޓަރުވެސް ގޭންގް ތަކުން ބޭނުންކުރޭ ކުރިންވެސް މިހާރުވެސް
ވީގޮތް
06 October 2025
ވަކި ބަޔަކު ކުރީމަ ގޯސް ވީ
ޑރ ވާންޗޯ
06 October 2025
ވަކިއުސޫލުތަކެއްގެދަށުން ވަކިމަގުތަކެއްގަ މުޒާހަރާކުރަން ހުއްދަދިނީމަ އުސޫލަކައް ބެލުމެއްނެތި އުޅެގަންނަ ބަޔަކާއިދިކޮޅަށް ބޭނުންކުރާ އެއްޗެހީގެ އުސޫލުއަންގާކައްވެސް ނުޖެހޭ.
ވަލުޑޮކްޓަރު
06 October 2025
ތިދައްކަނީ ގާނޫނީ ވާހަކަތަކެއް ނޫން.