ރޭގެ އެއްވުމުގެ ބައިވެރިންތަކެއް ފުލުހުންގެ ޝީލްޑުތައް ކޮއްޕާއިރު ފުލުހުން ޝީލްޑުތައް ހިފަހައްޓަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާހާރު
04 އޮކްޓޯބަރ 2025 - 07:23
އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.
ސަރުކާރާ ދެކޮޅަށް ރޭ ނުވައެއް ޖެހިއިރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ފެށި ބޮޑު އެއްވުން ވަކި ހިސާބަކުން ހަމަނުޖެހުމަކަށް ބަދަލުވީ، މަޖީދީ މަގުން ލާފާއި އެއްވުމުގެ ބައިވެރިން ދާން ދިމާކުރި ހިސާބުންނެވެ. އެ ހިސާބުން ފުލުހުންނާއި އެމްޑީޕީގެ ބައިވެރިންނާ ދެމެދު ބޮޑު ކުރިމަތިލުންތަކެއް ހިނގައި 8 މީހަކު ހައްޔަރުކުރި އެވެ. އަދި އެއްވުން ކޮންޓްރޯލް ކުރަން ދޭތެރެދޭތެރެއިން ގިނަ އަދަދަކަށް ޕެޕާސްޕްރޭ ޖަހަމުން ގެންދިޔަ އެވެ.
އެ ކުރިމަތިލުމުގެ ވަކި ހިސާބަކުން ފެނުނީ މުޒާހަރާގެ ތެރެއިން މީހަކު ފުލުހުންގެ ޝީލްޑެއް ހިފައިގެންދާ މަންޒަރެވެ. އެ މަންޒަރު އެކްސްގައި އާންމު ކުރުމަށް ފަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ޑިއުޓީގައި ތިބި ފުލުހުންގެ އަތުން ގަދަކަމުން ސާމާނު އަތުލުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އެއީ ގާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅުން ކަމަށް ވިދާޅުވެ އިހުސާން ވަނީ އެއީ އަނިޔާވެރި އަމަލުތަކެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.
އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲގެ ހާއްސަ ދުއާއަކުން ރޭ ގެ އެއްވުން 12 ޖަހާކަންހާއިރު ނިންމައިލުމަށް ފަހު، އެމްޑީޕީގެ ގާނޫނީ ޓީމުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޓީމުގެ ފަރާތުން ބުނީ، ރޭ ކުރިއަށް ގެންދިޔައީ ވެސް ނިންމައިލީ ވެސް "ސުލްހަވެރި އެއްވުމެއް" ކަމަށެވެ.
އެއްވުން ރޭ އެންމެ ހޫނުވި ވަގުތު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ އެއްވުމުގެ ބައިވެރިން ކުރިއަށް ދާން އުޅުނީ މަޖީދީ މަގުން ކަމަށާއި އެއީ ފުލުހުންނާ އެކު އެއްބަސްވި ގޮތެއް ނޫން ކަމަށެވެ.
އެމްޑީޕީގެ ރޭގެ އެއްވުން މަޖީދީ މަގުން ލާފައި ކުރިއަށް ގެންދަން ފުރުސަތު ނުލިބުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ލީޑަޝިޕްގެ އެހެން ބައެއް ބޭފުޅުން ފުލުހުންގެ ޝީލްޑްތަައް ކުރިމަތީގައި އިށީނދެވަޑައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ފުލުހުން ބުނެފައިވާ ގޮތުގައި އެއްވުން ކުރިއަށް ގެންދަން އެމްޑީޕީން އެއްބަސްވެފައި އޮތީ އަމީނީ މަގާއި ބޮޑު ތަކުރުފާނު މަގުގަ އެވެ. އެ އެއްބަސްވުމާ ހިލާފު ނުވާން ރޭ އެންގުމުން އެ ކަމަށް އިޖާބަ ނުދީ، ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކުރި ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ރޭގެ އެެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން އުޅުމުން އެ މީހުން ކޮންޓްރޯލް ކުރަން ފުލުހުން ޕެޕާސްޕްރޭ ޖަހަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އޭގެ ރައްދުގައި އެމްޑީޕީގެ ގާނޫނީ ޓީމުން ރޭ ދަންވަރު ބުނީ، އެ ޕާޓީން ފުލުހުންނާ އެކު ބޭއްވި ބައްދަލުވުމުގައި ދެއްކި ވާހަކަތަކާ ފުލުހުން ހިލާފު ވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީއަކުން ނޯންނާނެ ފުލުހުން ދީފައިވާ ރޫޓަކާ ހިލާފަށް އެއްވުން ބާއްވާނެ ކަމަކަށް އަންގާފައެއް. އެ އަށް އަޅުގަނޑުމެން ޖަވާބު ނުވެސް ދެނީސް ފުލުހުން އަމިއްލައަކަށް އަލުން އިއުލާނެއް ކޮށްފައި އެއްވުމަކީ ސުލްހަވެރިކަން ގެއްލިއްޖެ ކަމަށް އެ ބޭފުޅުން އަމިއްލަ އަށް ކަނޑައެޅުއްވީ. އެއީ އަދި އެއްވުން ބޭއްވުމުގެ ތިން ދުވަސް ކުރިން،" އެމްޑީޕީގެ ގާނޫނީ ޓީމުން ބުންޏެވެ.
ފުލުހުންނާ ދިމާލަށް ރޭގެ އެއްވުމުގެ ތެރެއިން ގަލާއި ފެންފުޅި އުކާފައިވާ ކަމަށް ފުލުހުން ބުނެފައިވާތީ، އޭގެ ރައްދުގައި އެމްޑީޕީގެ ގާނޫނީ ޓީމިން ބުނީ، އެއީ އެމްޑީޕީގެ ބައެއް ނޫން ކަމަށާއި އެ ޕާޓީގެ ސަޕޯޓަރެއް ވެސް އެ ކަހަލަ ކަމެއް ނުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ހަމަ ގައިމު ވެސް ނުކުތީ ވެސް ކުރިއަށް ގެންދިޔައީ ވެސް ނިންމައިލީ ވެސް ސުލްހަވެރި އެއްވުމެއް،" ގާނޫނީ ޓީމުން ބުންޏެވެ.
ރޭގެ އެެއްވުމުގެ ބައިވެރިންތަކެއް ޝީލްޑާ އކެު ތިބި ފުލުހުންނާ ވާހަކަ ދައްކަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރޭގެ އެއްވުމުގައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފަ އެވެ.
ރޭ ދަންވަރު ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި އެމްޑީޕީގެ ގާނޫނީ ޓީމުން ބުނީ، ފުލުހުން 8 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެކަމަކު، ރަސްމީ އެއްވެސް މައުލޫމާތެއް ފުލުހުން ނުދޭ ކަމަށް ބުންޏެވެ.
ނަމަވެސް އެއްވުން ކުރިއަށް ގެންދިޔަ ގަޑީގައި ނުވަތަ ރޭގެ 10:55 ހާއިރު ފުލުހުން މީޑިއާ އަށް ބުނީ ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި މީޑިއާއާ ހިއްސާއެއް ނުކުރެ އެވެ.
އެމްޑީޕީގެ އެއްވުމުގެ ދެ ދުވަސް ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕުތައް ނެރެ މާލެތެރެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ، ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ދޭނެ ކަމަށާއި ނަމަވެސް ފުލުހުން ހުއްދަ ދީފައިވާ ރޫޓުގެ ބޭރުން، ސިޔާސީ ފަރާތްތަކުން ބާއްވާ އެމްޑީޕީގެ ހިނގާލުން ކުރިއަށް ގެންގޮސް އެކި ބައިބަޔަށް ބެހި، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ، މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދޭން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން މިދިޔަ ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުންޏެވެ.
އެކަމަކު، އެ ވާހަކަތައް އެމްޑީޕީން ވަނީ ވަގުތުން ދޮގުކޮށް، ހަމަނުޖެހުން ހިންގަން އުޅެނީ ސަރުކާރުން ކަަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
04 October 2025
އެމްޑީޕީގެ ގާނޫނީޓީމައް އިބޫސޯލިހްވެސް ވަކިކުރަން ނޭގެނީތޯ؟. މުޒާހަރާކުރަން މަޖީދީމަގައްވަނުމުގެ ހުއްދަނެތި މަޖީދީމަގުގަ އެހެރީ އިބޫސޯލިހްއެއްނޫންތޯ؟.
ހާމަ333
04 October 2025
މީސްކޮޅެއްގެ ތާއީދު ލިބި އެއްވާއިރަށް އެމްޑީޕީން ހީކުރަނީ މީހުން ގޮވައިގެންގޮސް ފުލުހުންނާ ތޮޅި ވެރިކަން ވެއްޓިދާނެ ކަމަށް. އެހެން ވެއްޓުނީ ގައުމުގެ ތާރީހުގައިވެސް އެމްޑީޕީއަށް ހިންގަންނޭގުނު ވެރިކަން.. ސަރުކާރު ޒިންމާދާރު ކުރުވުމަކީ ގޮސް ހަމަޖެހުން ނަގާލައި ޓެރަރިޒަމް ހިންގުމެއްނޫން....މިއީކީ ތާހިރު މަންޒަރެއްނޫން ދަރީން ބަލަންތިބޭން...އަވަގުރާނަ ނޫނީ އެއްޗެއް ނުނިކުމޭ އަގައިން..ކަންކަން ރަނގަޅުކުރަން ދައްކަން ޖެހޭނީ ވާހަކަ މިއީކީ ގަދަކަމުން ގައިގަހުރި ބާރުދައްކައިގެން މޮޅުހޯދޭނެ ޒަމާނެއްނޫން
ރައްދުއަޑު
04 October 2025
އެމްޑީޕީގެ ގާނޫނީ ޓީމިން ބުނީ، އެއީ އެމްޑީޕީގެ ބައެއް ނޫން ކަމަށާއި އެ ޕާޓީގެ ސަޕޯޓަރެއް ވެސް އެ ކަހަލަ ކަމެއް ނުކުރާނެ ކަމަށެވެ. ތިގޮތަށް ބުނެވިދާނެދޯ މަގު ބަންދުކޮށްގެން ތިބީ ފުލުހުންނެއް ނޫނޭވެސް، އެމްޑީޕީން ރާވާ މުޒާހަރާއެއްގައި ހިނގާ ކަންތައްތަކަށް ޕާޓީން ޒިންމާވާންޖެހޭނެ، މުޒާހަރާގެ ސުލްހަވެރިކަން ނަގާލީ ތިމަންނަމެންގެ ބައެއް ނޫނޭ ބުނުމަކުން އަދި ކަމަކުނުދާނެ، މިވަރު ނޭގެންޏާ މުޒާހަރާ ކުރަންނޫޅޭ
ޢަލީ ކުރުސީ
04 October 2025
ކޯޓުތަކާއި ޕޮލިސް ސްޓޭޝަންތައް ރޯކޮށްލިފަހަރުވެސް ބުނީ ހަމަ ތިޔަހެން!
ކޮންވާހަކައެއް
04 October 2025
ސުލްހަވެރި ހަރަކާތެއްނަމަ ތިޔަ އެއްވި "10،000" މީހުންނާއެކު އާޓިފިޝަމް ބީޗްގައި އިށީދެ ތިބެ އަޑު ނުއުފުލީ ކީއްވެ؟ ކީއްވެ ފުލުހުން ބަންދު ކޮށްފައިވާ ތަނަކަށް "އަނިޔާވެރިކަމާއެކު" ވަންނަން މަސައްކަތް ކުރަންވީ؟ އެހެންނެއްނޫންވަނީ... ފޮޓޯއެއް ނަގަން ބޭނުންވަނީ. އެކަމަކު ބުންނަން. މިހާރު އެންމެންނަށްވެސް އެނގޭ ތި ޑްރާމާތައް. ވަރަށް ސަލާމް
އޮޅުވަންނޫޅޭ
04 October 2025
އެއްވެއުޅުމާއި ޝުއޫރު ފާޅުކުރުމަކީ ގާނޫނު އަސާސީއިން ރައްޔިތުންނަށް ލިބިފައިވާ ހައްގެއް. އެކަމަށް ވަކިތަނަކުން ހުއްދަނަގައިގެން ވަކިބަޔަކު ބުނާގޮތަށް ހަދާކަށް ނުޖެހޭ. މިއީ 80 ގެ އަހަރުތަކެއް ނޫން، މިއީ 2025. ރައްޔިތުންނަށް ރައްޔިތުންގެ ހައްގުތައް އެނގޭ.
1206
04 October 2025
ބޭނުންހާ ތަނަކަށް އެއްނުވެވޭނެ. މި ގައުމުގައި އޮންނަންވާނީ ހަމަ އެކަނި ކަލޭމެންނަށް އޮންނަ ހައްގެއް ނޫން.
ޑރ ވާންޗޯ
04 October 2025
އޮޅުވަންނޫޅޭ އަށް ތިޔަބުނާގޮތަށް އެއްވެވިއްޖެޔެއްނުދޯ؟. ދެކޮޅުން ދުންއަރުވާލީމަ ދުވެފިލާތިތިބީ.
ބަރުޒަހ
04 October 2025
ވޭތުވި 17 އަހަރަށް ބަލައިލީމަ އެނގޭ ޅަދަރިންނަށްވެސް ދޮގުހެދުމާއި ފިތުނަ އުފެއްދުމާއި ނިކަމެތިން މަގުމައްޗަށް ނެރުމަކީ މިބައިމީހުންގެ ޚާއްސަކަމެއްކަން. އިސްލާހުގެ ނަމުގައި ފަސާދަކުރާބައެްއް
ޑުއް
04 October 2025
ވ ޑީޕީ އަށް މިޤައުމުގެ ވެރިކަން ދޯ،ވިސްނާލަން ޖެހޭނީ،އެކަމު ހިއެއްނުވޭ ދެން ވެދާނެ ހެނެއް،40 އަހަރުން ނުކައި ހުރި ވަރު 5 އަހަރުން ކައި ޤައުމު ބަނގުރޫޓް ކުރުމު މުގުލުގައި ވވވ ޑީޕީގެ ބޮޑެތިން އެތިބީ ގޮތް ހުސްވެފަ،ފަހު ވަގުތު 1000 ގެ ނޫޓުން ރައްޔިތުން ނުގުޑާނެ ކަން އެއޮތީ ދަށްކާފަ،މުއިއްޒު ބިތުފަންގި ނަގާފަ ކެއިވަރު ހާމަ ކުރީމަ ބުނަނީ ސިޔާސީ ކަމެކޯ،ބަލަ ހުރިހާ ރައްޔިތުންނަކީ އަދިވެސް ގަމާރުން ކަމަށްދޯ ހީކުރަނީ؟؟؟ޝިޕްޓް ޑިލީޓް ވވގހޑީޕީ
ސިއްކަގޭ ބޮޑު ވަގ
04 October 2025
ވެރިކަން ހޯދަން އާއްމު ރައްޔިތު މީހާ މަގުތަކަށް ނެރިގެން ޕްރޮގްރާމް ކުރުމަކީ ސއކކކ އާއިލާއިން ފެށުނީއްސުރެން ކުރަމުންދާކަންކަން،އެކަމު މަގުތަކަށް ބަޔަކު ރުފިޔާ ކޮޅެއް ދީގެން ނެރުނަސް ވެރިކަން ވެއްޓޭނޭ ހިތަށް އެރުވުމަކީފަސޭހައިން ވާނެ ކަންކަމެއްނޫން ކަން އެނގޭނެ،އެހެން ވީމަ ރައްޔިތުން ނަށް 5 އަހަރު ފަހުން ލިބިދޭ ހައްގުން ވެރިމީހާ ބަދަލު ކުރެވިދާނެ ބޭނުން ވަންޏާ،ވ ޑީޕީން ނަކަށް 5 އަހަރުންވެސް ދެން ނުވާނެ،ރައްޔިތުން ނަށް ވިސްނޭ މިވާނުވާ،
Hussain Rasheed
04 October 2025
ސެލްޙަވެރި އެއްވުމެއްނޫން! ސިޔާސީޕާޓީތަށް ޒިންމާދާރުކުރުވާ ފިޔަވަޅު އަޅަން އޮވޭ މުއައްސަސާއެއް! ކޮބާ އެމީހުން؟ އެމުއައްސަސާ؟ އެމްޑީޕީއަށް ފިޔަވަޅުއަޅާ ލަސްނުކުރޭ! ހަމަ އެކަނި އިންތިޚާބުތައް ބާއްވަން އޮންނަ ތަނެއްނޫންއެއީ! ވެރިކަން ވައްޓަން ރޭގަ ޝިފާޒް ކިޔާ މީހަކު ގޮވި! އެކަމަކު ސުލްޙަވެރި ހިނގާލުމަކޭ ކިޔާފަ ރައްޔިތުންނަށް އޮޅުވާލައިގެން އެތަނަށް ގެނަސް ފުލުހުންނާ ކުރިމަތީ ހަމަނުޖެހުން ހިންގީ!
ލޮލީބޮލީ
04 October 2025
ސީދާ ހަމަނުޖެހުން އުފައްދާ ގައުމު ހަލަބޮލިކޮށް އާއްމުންނަށް އުނދަގޫ ޖެއްސުންނޫން އެއްވެސް ކަމެއް ކުރުމުގެ ރޫހެއް ހުރިތަނެއް ނުފެނޭ