މުޒާހަރާއިން ހައްޔަރުކުރި އެކަކު ދޫކޮށްލީ ކިޔަވާ ކުއްޖަކަށް ވާތީ.
ފުލުހުން ރޭ ހައްޔަރުކުރި މީހުންގެ ތެރެއިން މާފުށީ ކައުންސިލްގެ ރައީސް ސޮލާހު (ކޮއްޅަށް) އަދި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު (ވ) ފުލުހުންގެ ޝީލްޑާ ކުރިމަތިލާއިރު، އެ މީހުން ދުރަށް ޖައްސަން ފުލުހުން ޝީލްޑް ކޮއްޕަނީ.---ފޮޓޯ: ވިރާސީ
04 އޮކްޓޯބަރ 2025 - 15:04
އިދިކޮޅު އެމްޑީޕީން މާލޭގައި ރޭ ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި 8 މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ރޭގެ މުޒާހަރާއިން ހައްޔަރުކުރި 8 މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެންގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ.
އެމްޑީޕީގެ މުޒާހަރާ އިން ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް އާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޒަރީރު ވެސް ހިމެނެ އެވެ.
އެ މުޒާހަރާއިން ދެން ހައްޔަރުކުރީ ގއ. ދާންދޫ، ކަކާގެ، ޔައުގޫބު އަބްދުﷲ އާއި ހ. ލެވެންޑްލީއާގެ، ހުސެއިން ޝާކިރު އާއި ހއ. ބާރަށު، ކުއްޅަވައްގެ، އަލީ ޖުމާން އާއި ނ. ވެލިދޫ، ޖަވާހިރުމާގެ، މުހައްމަދު ހަލަފް އިބްރާހިމް އަދި ބ. ކެންދޫ، ނޫހިރި، އާޒިމް އަލީ އެވެ. މީގެ ތެރެއިން ޔައުގޫބުއަކީ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރެވެ.
އެ މީހުންގެ ތެރެއިން ބަންދު ނުކޮށް ދޫކޮށްލީ މުހައްމަދު ހަލަފް އިބްރާހިމެވެ. އެނގިފައިވާ ގޮތުގައި، ޝަރުތު ކުރުމަށް ފަހު އޭނާ ދޫކޮށްލީ ކިޔަވާ ކުއްޖަކަށް ވާތީ އެވެ.
އޮކްޓޯބަރު 3 ގައި ބޭއްވި އެއްވުމުގެ ތެރެއިން އަނިޔާވެރިކޮށް ހައްޔަރުކޮށްގެން ގެންދިޔަ ހުރިހާ އެންމެން އެއްވެސް ޝަރުތަކާ ނުލާ ދޫކޮށްލުމަށް ގޮވާލަން. ސިޔާސީ ގޮތުން ހައްޔަރުކޮށް ދައުވާ ކުރިޔަސް ފަސްޖެހުމެއް ނެތް.
— Fayyaz Ismail (@faya_i) October 4, 2025
ސަރުކާރުން މުޅި ދައުލަތް ބޭނުންކޮށްގެން ދައްކަމުން ދިޔަ ބިރު… pic.twitter.com/bqYz9TGAng
ރޭގެ ނުވައެއް ޖެހިއިރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ފެށި އެމްޑީޕީގެ ބޮޑު އެއްވުން ހަމަނުޖެހުމަކަށް ބަދަލުވީ، މަޖީދީ މަގުން އެ މީހުންނަށް ނުދެވޭނެ ކަން ފުލުހުން އަންގާފައި ވަނިކޮށް، އެ މަގުން ދާން މަސައްކަތް ކުރުމުން ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އާޓިފިޝަލް ބީޗާ ދިމާލުން މަޖީދީ މަގު ބަންދުކޮށްގެން ފުލުހުން ތިއްބާ އެއްވުމުގެ ބައިވެރިން ފުލުހުންގެ ސަފު ފޫއަޅުވާލާފައި ދާން އުޅުމުން އެއްވުމުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގި އެވެ. އަދި އެއްވުމުގެ ބައިވެރިން ކޮންޓްރޯލް ކުރަން ފުލުހުން ގިނަ އަދަދަކަށް ޕެޕާސްޕްރޭ ބޭނުންކުރި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެއްވުން ކުރިއަށް ގެންދަން އެމްޑީޕީއާ އެކު ބޭއްވި ބައްދަލުވުމުގައި ހުއްދަ ދީފައި އޮތީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގަ އެވެ.
ފުލުހުން ރޭގެ މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފިކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. މުޒާހަރާ ރޫޅާލުމަށް ތޫނު އަޑު ފޮނުވާ ހަތިޔާރެއް ފުލުހުން ބޭނުންކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެލްއާރުއޭޑީ ކިޔާ އެ އާލާތް ބޭނުންކުރާނެ ގޮތުގެ އުސޫލެއް ފުލުހުން އާންމުކޮށްފައިވާކަން ވެސް އެނގޭކަށް ނެތެވެ.
ރޭގެ މުޒާހަރާގައި ފުލުހުން އެ ހަތިޔާރު ބޭނުންކުރި ސަބަބެއް ފުލުހުން އަދި ސާފުކޮށެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާފް
05 October 2025
ކަލޯ އަދިވެސް ހޭއަރާބަލަ ތިމާޔާތިމާ އާއިލާ ބިކަވަނީ ތިޕާޓީ ގެވެރިން އެތިބީ އަރާމުގާނިދާކައިބޯ މަޖާކުރަން އެމީހުންއވާގަޖެހި ހޭބަލިވެގެން ތިމާތި ގެއްލި ހުސްވަނީ ިޮޔޮނުވާނެ ދިވެހިން ނޭ ވިސްނާފިކުރުކޮއްބަލަ ތިޔަ މުޒާހަރާޔާ ޕާޓީއަކުން ތިމާގެ އުހުރަވީ ހަޔާތް ގެއްލި ބަރުބާދުވާނީ
ސަތާރަ ވަނަ
05 October 2025
ލޫޓްވާލުމުގެ ނަމުގައި ބޭއްވި ޖަލްސާއަކަށް ކ.މާފުށީ ކައުންސިލްގެ ރަޢީސް ދިއުން އެއީ ލަދުވެތިކަމެއް. އޭނާގެ ވެރިކަމުގައި މާފުށީގެ ހުރިހާ ހުސްބިންތައް އޭނާގެ ޢާއިލާގެ މީހުނަށާއި އޭނާގެ އަުވާނުންނަށްދީ ހުސްކުރަމުން އެދަނީ. އިޢުލާނުކުރުމެއް ލޭންޑްޔޫސް ޕްލޭނެއް އޭނާއަކަށް ބޭނުމެއް ނުވޭ. މިއަށްވެސް ކިޔެދާނެ ލޫޓްވުމޭ.
ޖައްސާތި
04 October 2025
އެމްޑީޕީގެ ހައްޔަރު ކުރި މީހުން ހައްޔަރު ކުރީ އެއީ މުޒާހަރާ ގަވާއިދާއި ޚިލާފަށް ކުރީމައޭ އެމީހުންނާއި މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި އަދަބު ދޭން ޖެހޭނެއޭ މާލެ އަކީ ބޮޑެތި ކުލީގައި ތަންތަން ނަގައިގެން ވިޔާފާރިވެރިން އުނަގަނޑު ބިންދައިގެން މަސައްކަތް ކޮށްގެން ކުލި ހޯދާ ތަނެކޭ މީ ރާއްޖެތެރެއެއް ނޫނޭ މާލޭން ލިބޭ އެއްޗަކުންނޭ ރާއްޖެތެރޭ މީހުންނަށް ވެސް އެމެންގެ ރަށްރަށަށް ޚަރަދުކުރަނީ އެއްގޮތަކަށް ވެސް މާލެތެރޭގައި މުޒާހަރާ ނުކުރެވޭނެ
ޕާޓީ
04 October 2025
3 މަސްކުރިން ޕާޓީކުދިން ކައިރީ އާދޭސްކޮއް ރުފިޔާ ބަހާ އަދި ލޯންޗާއި ފްލައިޓުން ޓިކެޓް ނަގައިދީގެން އިދިކޮޅު 4 ޕާޓީ އެއްކޮއްލައިގެން މުޒާހަރާ ބޭއްވުނީ. އެއީ އަސްލު މުޒާހަރާ ކުރާގޮތެއް ވެސް ނޫން ދުނިޔޭގެ އެއްވެސް ތަނެއްގަ. ހަގީގީ މުޒާހަރާގަ އަމިއްލަޔައް ނުކުންނާނީ
ޢަލީ ކުރުސީ
04 October 2025
ޔައުޤޫބު ދޯ އަގޮބުޑުކޮށް ފެނަކައަށް ހޮޅި ވިއްކީ؟ ޔަޤުޤޫބު ހިއްސާވާ ކުންފުންޏަކުން ދޯ މަސައްކަތްވެސް ނެގީ؟ އެހެންވީމާ ދާނެތާ ވެރިކަންވައްޓައިގެން ނޫނީ ސަލާމަތެއް ނުހޯދޭނެތީ!
އާފް
05 October 2025
ޥަގު ހިފަން ނުކުތް ޔައުގޫބް ދޮތަ؟
ސޯޅަ
04 October 2025
މިމީހުން ޖަލުގައި ނުބޭންދިޔަސް ތި މައްސަލަ ބެލިދާނެދޯ؟ މީހުން ޖަލުގައި ހައްޔަރުކޮށްގެން މައްސަލަ ބަންޖެހެނީ އެނޫން އެއްވެސްގޮތެއް ނެތިގެން. މިއީ އެކަހަލަ ސިޓުއޭޝަނެއް ނޫން.
ލެއްގިކޮމިޝަނަރ
04 October 2025
ޖަލަށްލާން ޖެހުނީމަ ޖަލަށްވެެސްލާނެ. ސިޓްއޭޝަން ނީންމާނީ ސޯޅައެއްނޫން އެބާރުލިބޭނީ ކޯޓްގެ ގާޒީއަށް. ރޫޅާލަންޖެހުނީމަ ރޫޅާވެސްލާނެ. ޕެޕަރ ސުޕުރޭ ޖަހަން ޖެހުނީމަ އެވެސް ޖަހާނެ. ޖަހާނީ ގިނައިންތޯ ނޫނީ މަދުންތޯ ނިންމާނީ ފުލުހުން. މިހެރަ ކަންކަންމަކީ މިތާ ކޮމެންޓްކުރަން އުޅޭ އެކްޓިވިސްޓުންނާ، ނޫސްވެރިންނާ ސިޔާސީ ރަންޑިންނަށް ގާނޫނުން ދީފަހުރި ބާރުތަކެއްނޫން. ސޯޅަ ނިކަން ރަންގަޅަށް ގާނޫނު ކިޔައިގެން ކޮމެންޓްކުރުމަށް ލެއްގިކޮމިޝަނަރު ނަސޭހަތްތެރިވަން