މިރޭގެ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅަން ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ: ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނޭ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
03 އޮކްޓޯބަރ 2025 - 23:03
އިދިކޮޅު އެމްޑީޕީން މިރޭ ކުރިއަށް ގެންދާ މުޒާހަރާގައި ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސްއެޅި މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން މިރޭ ދީފި އެވެ.
މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ޖަލްސާއަކުން ފެށި މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީމަގަށް ނިކުމެފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެއީ ހުއްދަ ދީފައިނުވާ ސަރަހައްދެއް ކަމަށް ބުނެ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅައިފަ އެވެ.
އެ މުޒާހަރާ ކުރިއަށް ގެންދަން އެމްޑީޕީއަށް ހުއްދަ ދީފައިވަނީ އަމީނީމަގާއި ބޮޑުތަކުރުފާނު މަގުގަ އެވެ. ނަމަވެސް އެމްޑީޕީގެ މަޖީދީމަގުން ކުރިއަށް ދާން ފުލުހުން ހުރަސް އެޅުމުން ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތައް ހިނގައި، ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މުޒާހަރާގެ ތެރެއިން މީހަކު ވެއްޓިފައި އޮއްވާ ފުލުހުންތަކެއް މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
އެކަމާ ގުޅިގެން ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ހުއްދަ ދީފައިވާ މަގުތައް ނޫން އެހެން މަގަކުން ދާން އުޅުމުން އެގޮތަށް އަމަލު ނުކުރުމަށް ތަކުރާރުކޮށް މުޒާހަރާގެ ބައިވެރިންނަށް ނަސޭހަތްތެރިވެ އިންޒާރު ވެސް ދީފައިވާނެ ކަމަށެވެ.
ނަމަވެސް އެކަމަށް އިޖާބަ ނުދީ މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސް އަޅާފައިވާ ކަމަށެވެ.
"އެހެންކަމުން މި އަމަލުތައް ހިންގި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ވަނީ އެ މީހުންގެ ވާޖިބުތަކަށް ހުރަސް ނޭޅުމަށް ވެސް ނަސޭހަތްތެރިވެފަ އެވެ.
އެމްޑީޕީގެ ސަޕޯޓަރުން ފުލުހުންގެ ޝީލްޑް ކައިރީގައި މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
އެ މުޒާހަރާއާ ގުޅިގެން ސިފައިންނާއި ފުލުހުން ވަނީ މާލޭގައި ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ.
އެ އެއްވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ އެއްވުމުގައި ބައިވެރިވުމަށް ރަށްރަށުން ވެސް ގިނަ އަދަދެއްގެ މީހުން މާލެ އައިސްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަބޫ
04 October 2025
ފެނަކައިގެ ކަންތައް ފަޅާއެރީމަ މީހުންގެ ސަމާލުކަން އެހެން ދިމާލަކަށް ބަދަލުކޮށްލަން ކުރާ މުޒާހަރާ ތީ.
އޮނަރަބްލް އަފީފު ދީދީ
04 October 2025
ވޭރުވެދިޔަ 60 އަހަރު ރާއްޖޭގެ ވެރިކަންހިންގިގޮތާއި އެހާރާއިމިހާރުވެސް ދައުލަތުގެ މުައްސަނދިކަމާއި ވަސީލަތް ބޭނުންކުރަމުންދާގޮތް އަދި 2008 ގެފަހުންވެސް "މިދެންނެވިކަންކަމަށާއި ދައުލަތް ހިންގުމުގެނިޒާމަށް ރައްޔިތުން ގެންނާންބޭނުންވާ އިސްލާޙީބަދަލު ގެނައުމަށް" ވެރިކަންލިބުނު އެއްވެސްބަޔަކު ބޭނުންނުވުމުގެ ސަބަބުން "ރާއްޖޭގެ ރައްޔިތުނަށް އަބަދު ޖެހިފައިމިއޮތީ ވެރިކަމާއިދެކޮޅަށް ނިކުތުން ކަން" މިކަންކަމާއިމެދު ފިކުރުކުރާ ސަބަބުވެރި އިންސާނާއަށް އިގޭނެ.
ރާވެރިބެ
04 October 2025
މަށަށް ފެނުނީ ސުލްހަވެރި އެއްވުމެއްގަތިބި ބައިވަރު ބަޔަކާ ފުލހުން އިސްވެ ކުރިމަތިލާ އެމީހުންނަށް ހުރަސް އެޅިތަން. މިގޮތަށް ކުރިމަތި ލުމަކަށް ބަދަލުވީމަ މުޒާހަރާގެ ބައިވެރިން ބޭނުމެއްނުވި އެމީހުންގެ އަޑުއުފުލުމުގެ ހައްގު ދޫކޮށް ފަހަތަށް ޖެހެން. އެހެންވީމަ ފުރަތަމަ ރައްޔިތުންނާ ކުރިމަތިލި ފުލުހުންގެ އަމަލު ގޯސް ކަމަށް މަށަށް ގަބޫލު ކުރެވެނީ. ދިސް ވޯޒް އެވޮއިޑަބަލް އިފް ޕޮލިސް ހޭޑް އެކްޓަޑް ސްމާޓްލީ.
އަލީ ފ
04 October 2025
ޕޮލިހުން ބުނާ ގޮތަށް ޕޮލިހުންގެ ފަހަތުން އެމީހުން ބުނާ ވައްތަރެއްޖެއްސުން ނޫން ގޮތެއް ދެން ނޯންނާނެބާ
އޮނަރަބްލް އަފީފު ދީދީ
04 October 2025
ވޭރުވެދިޔަ 60 އަހަރު ރާއްޖޭގެ ވެރިކަންހިންގިގޮތާއި އެހާރާއިމިހާރުވެސް ދައުލަތުގެ މުައްސަނދިކަމާއި ވަސީލަތް ބޭނުންކުރަމުންދާގޮތް އަދި 2008 ގެފަހުންވެސް "މިދެންނެވިކަންކަމަށާއި ދައުލަތް ހިންގުމުގެނިޒާމަށް ރައްޔިތުން ގެންނާންބޭނުންވާ އިސްލާޙީބަދަލު ގެނައުމަށް" ވެރިކަންލިބުނު އެއްވެސްބަޔަކު ބޭނުންނުވުމުގެ ސަބަބުން "ރާއްޖޭގެ ރައްޔިތުނަށް އަބަދު ޖެހިފައިމިއޮތީ ވެރިކަމާއިދެކޮޅަށް ނިކުތުން ކަން" މިކަންކަމާއިމެދު ފިކުރުކުރާ ސަބަބުވެރި އިންސާނާއަށް އިގޭނެ.
ސުހާނާ
04 October 2025
ފިޔަވަޅު އަޅަންވީ އެމްޑީޕީގެ ވެރިންނަށް. އެމީހުން އޭގެ ތެރޭގައި ތިބެގެން، އެމީހުން ބުނި ގޮތަކަށް ޢާންމުން ޢަމަލުކުރީ. އެ ޕާޓީގެ ހުރިހާ ވެރިން ހައްޔަރުކޮށް، މައްސަލަ ތަޙުޤީޤުކޮށް، ޝަރީޢަތަށް ފޮނުވަންވީ.
އާދަނު33
04 October 2025
ފުލުހުންވަނީ ރައްޔިތުންގެ ވާޖިބަށް ހުރަސްއަޅާފަ.
ސުހާނާ
04 October 2025
ކަލެއަށް އެނގޭތަ ރައްޔިތުންގެ ވާޖިބު؟ ރައްޔިތުންގެ ވާޖިބަކީ ޤާނޫނާ ޚިލާފުވެ، ވެރިކަމުގެ ފަރާތުން ކުރާ އަމުރުތަކަށް ނުކިޔަމަންތެރިވުންތަ؟ ވެރިކަމުގެ ފަރާތުން ކުރާ އަމުރަކީ އިސްލާމް ދީނާ ޚިލާފު އަމުރެއް ކަމަށް ނުވާނަމަ، އެ އަމުރަކަށް ކިޔަމަންވުމަކީ ދީނީގޮތުން ލާޒިމު ކަމެއްކަން ތިމާއަށް އެނގޭބާ؟ ފުލުހުން މުޒާހަރާއަށް ހުރަސްއެޅީ، ހުއްދަ ދީފައިވާ މަގުތައް ނޫން މަގަކުން ކުރިޔަށް ދާން އުޅުނީމާކަން ކަލެއަކަށް ނޭނގެންޏާ އަނގަމަޑުން ލައިގެން ހުރޭ.
ޜޯނު އެދުރު އަލަމާ
04 October 2025
ބޮޑުންނަށް އަގު ބޮޑެތި ކާރާ ފުލެޓާ ބިމާ ބޮޑެތި ބެންކް އެކައުންޓް. ޜައްޔިތުންނަށް މަގު މަތި. ފުލެގް މޭންނަށް ހެދި ގޮތް އަހަރަމެންނަށް ވަރަށް ސާފް
އަހައްމަދޫ
04 October 2025
ތިއެންމެން ޑްރަގަށާއި އެހެނިހެން އެއްޗިއްސަށް ޓެސްޓް ކޮށް ވަރުގަދަ ފިޔަވަޅެއް އަޅާބަލަ. ދެން ކޮންކަމެއްމީ. ވޯޓުލާންދެން މަޑުންތިބެބަލަ
ފިޔާޒުް
04 October 2025
މީހުން ހަމަ ނުވީމަ ބޮޑުތަކުރުފާނު މަގުން ހިނގާލަން ނުކެރުނީ. ދެން ވިޔަފާރި ކުރަން ނުކުމެ އުޅޭ މީހުންނާ އެއްކޮށް ހަމަ ކޮށްލެވޭތޯ ބެލީ.