ވަޒީފާގެ ބިރު ދެއްކުން ހުއްޓާލަން ގޮވާލައި އެމްޑީޕީން މިރޭ މާލޭގައި މުޒާހަރާކޮށްފި އެވެ.

ރަސްފަންނު ސަރަހައްދުން ފަށައިގެން މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި އެއްވުމުގައި، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް މިދިޔަ ހުކުރު ދުވަހު އިންތިހާބުވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަދި އެމްޑީޕީ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. 

ވަޒީފާގެ ބިރު ދެއްކުން ހުއްޓާލަން ގޮވާލައި އެމްޑީޕީން މިރޭ މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި ބަޔަކު، ބޯޑުތަކެއް ހިފައިގެން - މިހާރު ފޮޓޯ/ފަޔާޒު މޫސާ
ވަޒީފާގެ ބިރު ދެއްކުން ހުއްޓާލަން ގޮވާލައި އެމްޑީޕީން މިރޭ މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި ބަޔަކު، ބޯޑުތަކެއް ހިފައިގެން - މިހާރު ފޮޓޯ/ފަޔާޒު މޫސާ

އެ އެއްވުމުގައި ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވަޒީފާގެ ބިރު ދެއްކުން ހުއްޓާލަން ގޮވާލައްވައިފަ އެވެ.

"ޖޮބް ބުރާސްފަތި" ނަމުގައި މުޒާހަރާ ކުރީ މި ސަރުކާރާ ދެކޮޅު ވިސްނުމުގެ މީހުން ވަޒީފާތަކުން ވަކިކުރަމުންދާތީ ކަމަށް ބުނެ އެކަން ހުއްޓާލުމަށް ގޮވާލަ އެވެ.