އިދިކޮޅު އެމްޑީޕީގެ ރޭގެ އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން އުޅުމުން ފުލުހުން އެ މަގު ބަންދުކޮށްގެން ތިބިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުލުހުންގެ ސަފު ކައިރީގައި މަޑުކޮށްލައްވައިގެން.----ފޮޓޯ: ފަޔާޒު މޫސާ| މިހާރު
04 އޮކްޓޯބަރ 2025 - 11:40
ދިވެހި ރައްޔިތުން ވަނީ އެ މީހުންގެ ނިންމުން މިނިވަން އިންސާފުވެރި އިންތިހާބަކުން އިއްވާފައި ކަމަށާއި ސިޔާސީ ބަދަލު ގެންނަން ޖެހޭނީ ވޯޓަކުން ކަމަށް ވެރިކަން ކުރާ ޕީއެންސީން ބުނެފި އެވެ.
އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވި ބޮޑު އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ދިމާކުރުމާ އެކު، ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ހަގީގީ ސިޔާސީ ބަދަލު އަންނަން ޖެހޭނީ ޑިމޮކްރެޓިކް މުއައްސަސާތައް މެދުވެރިކޮށް ކަމަށާއި އެއީ ބިނާކުރަނިވި ބަހސްތަކުގެ ތެރެއިން ގޮސް ނަގާ ވޯޓަކުން ކަމަށެވެ.
"މަގުމައްޗަށް ހަވަރު އެއްވެ ހިންގާ ހަމަނުޖެހުމަކުން ނޫން. ހަމަނުޖެހުން އުފައްދައި ރައްޔިތުންގެ ނިންމުން އެ ފުށްމިފުށަށް ޖަހަން [ސަަރުކާރު ބަދަލުކުރަން] ކުރާ މަަސައްކަތަކީ ޑިމޮކްރަސީއަށް ދޭ ހަމަލާއެއް،" ޕީއެންސީގެ ބަޔާގައި ބުންޏެވެ.
ރޭޣޭ މުޒަހަރާގައި ހަަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކޮށްް، ޕީއެންސީގެ ބަޔާނުގައި ބުނީ އެއްވުމުގެ ބައިވެރިން ކޮންޓްރޯލް ކުރަން ފުލުހުން ދެއްކި ޕްރޮފެޝަނަލް ކަަމަށް ތައުރީފުކުަރާ ކަމަށެވެ. ފުލުހުން މަސައްކަތް ކުރީ ގާނޫނާ އެއްގޮތަށް، ހާލަތާ އެކަށޭނަ ގޮތަށް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ޕީއެންސީން ބުނިގޮތުގައި ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް އަދި އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި ވެ އެވެ. އެ ކަމަކު އެއީ ހަމަނުޖެހުމަށް މަގުފަހިކޮށް، މުދަލަށް ގެއްލުންދީ އަދި ފުލުހުންނަށް ހަމަލަ ދިނުމަށް ލިބޭ ލައިސަންސެއް ނޫން ކަމަށް ޕީއެންސީން ބުންޏެވެ.
ޕީއެންސީން މިމޭރުމުން ބަޔާނެއް ނެރުނު އިރު، އެމްޑީޕީގެ މުޒާހަރާ އަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ރޭ ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ފުލުހުންގެ ޝީލްޑެއް މުޒާހަރާގެ ބައިވެރިން ގެންގުޅުމާއި ގަލާއި ފެންފުޅި ފަދަ ތަކެތި ފުލުހުންނާ ދިމާލަށް އުކާފައިވާތީ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް އެމްޑީޕީން ރޭ ބުނި ގޮތުގައި، އެފަދަ އަމަލެއް އެ ޕާޓީގެ މެމްބަރަކު ވެސް އަދި އެމްޑީޕީ އަށް ތާއީދުކުރާ ބަޔަކު ވެސް ނުހިންގާނެ އެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުން ރޭ 9:00 ގައި ފެށި މުޒާހަރާގެ ބައިވެރިން ވަނީ މަޖިދީމަގަށް ނިކުންނަން މަސައްކަތްކުރި އެވެ. އެކަމަކު މަޖީދީ މަގުގައި ހުންނަ ޖެލީ ކައިރިން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ކުރިއަށް ނުދެވޭ ގޮތަށް ބަންދުކޮށްފަ އެވެ.
އެތަނުގައި ޝީލްޑް ހިފައިގެން ފުލުހުން ވެސް ހަރަކާތްތެރިވި އިރު މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހައި ބައެއް މީހުން ހައްޔަރުވެސް ކުރި އެވެ.
ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ކުރިމަތިލުންތައް ހިނގަމުން ދަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ޑިއުޓީގައި ތިބި ފުލުހުންގެ އަތުން ގަދަކަމުން، ސާމާނު އަތުލުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އެއީ ގާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅުން ކަމަށް ވިދާޅުވެ އިހުސާން ވަނީ އެއީ އަނިޔާވެރި އަމަލުތަކެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.
ފުލުހުން ބުނެފައި ވަނީ މަޖީދީ މަގުން އެއްވުމުގެ ބައިވެރިން ދާން މަސައްކަތް ކުރުމަކީ އެމްޑީޕީ އާއި ފުލުހުންނާ ދެމެދުވި އެއްބަސްވުމާ ވެސް ހިލާފު ކަމެއް ކަމަށެވެ. ރޭގެ އެއްވުމަށް ހުއްދަ ދީފައި އޮތީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުން ހިނގާފައި ދާން ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
އޭގެ ރައްދުގައި އެމްޑީޕީގެ ގާނޫނީ ޓީމުން ރޭ ދަންވަރު ބުނީ، އެ ޕާޓީން ފުލުހުންނާ އެކު ބޭއްވި ބައްދަލުވުމުގައި ދެއްކި ވާހަކަތަކާ ފުލުހުން ހިލާފު ވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީއަކުން ނޯންނާނެ ފުލުހުން ދީފައިވާ ރޫޓަކާ ހިލާފަށް އެއްވުން ބާއްވާނެ ކަމަކަށް އަންގާފައެއް. އެ އަށް އަޅުގަނޑުމެން ޖަވާބު ނުވެސް ދެނީސް ފުލުހުން އަމިއްލައަކަށް އަލުން އިއުލާނެއް ކޮށްފައި އެއްވުމަކީ ސުލްހަވެރިކަން ގެއްލިއްޖެ ކަމަށް އެ ބޭފުޅުން އަމިއްލަ އަށް ކަނޑައެޅުއްވީ. އެއީ އަދި އެއްވުން ބޭއްވުމުގެ ތިން ދުވަސް ކުރިން،" އެމްޑީޕީގެ ގާނޫނީ ޓީމުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެސްކީ
04 October 2025
އޭ! ރޭގެ އެއްވުމަކީ ސިޔާސީ ބަދަލެއް ގެންނަންވެގެން ބޭއްވު އެއްވުމެއް ނޫން އިނގޭތޯ. އެއީ ސިޔާސަތަށް ބަދަލެއް ގެންނަށް ރައްޔިތުން ބޭނުންކަށް އަންގަން ބޭއްވި އެއްވުމެއް. ވާތު ސަންގު
ތައިސްމް
05 October 2025
އެ އެއްވުމަކީ ޓެރަރިޒަމް ގެ އަމަލު ހިންގަން ނިކުން ނިކުތުމެއް.! ކުރަން ރާވާފަ ހުރި ކަންތައް ފޮލިހުންގެ އިންޓެލިޖެންސަށް ވ . ރަނގަޅަށް އެނގޭ! ދެން ނިކުތަސް ވާނި ހަމަ ސޯޓްބޭލޭނީ
ކޮރަޕްޓަޑް
04 October 2025
މޑޕ، ޕނސ ހަމަ އެއްތާކު ޖެހެނީ.
މޮހޮރާ
04 October 2025
މިާރު ބުނާނީ ތިހެން ކަލޭމެން ކުދިން ކޮވިޑް ގެ ވަބާއިން ރަނގަޅަށް ސަލާމތް ނުވެވި އުޅެނިކޮށް އޭރު ސަރުކާރު ވައްޓާލަންޝޭ ކިޔާފަ ކޮންމެ ރެޔަކު މާލޭގެ މަގުތަކުގަ 6 އެއްކަ މީހުން ދުވިހަނދާން ނެތުނީ ބާ !
ރަމަ
04 October 2025
ރައްޔިތުންގެ ނިންމުމަށް އިޙުތިރާމް ކުރުމުގެގޮތުންތޯ 2008 ގައި ރައްޔިތުންހޮވި ޤާނުނީ ސަރުކާރެއް 2012 ފެބްރުއަރީ 7 ވަނަދުވަހު ފުލުހުންނާއި ސިފައިންނާއި ގުޅިގެން ކަލޭމެން ބަޣާވާތަކުން ވައްޓާލީވެސް.
މަރަ
04 October 2025
އަބްދުﷲ ޝާހިދާ އިމްރާން ކުރެން އައްސަވާ
ދިވެހިރާއްޖެ 2.0
04 October 2025
އިސްތިއުފާދިނީ. ޑިމޮކުރަސީގައި އިސްތިއުފާއަށް ގޮވެންޖެހޭނެ.
ރަތްދިދަ
04 October 2025
ހަމަ ތި ގޮތަށް މި ޑރ. ޥެސް ވެއްޓޭނެ ، އެދުވަހު ފުލުހުން އެއްވެ ތިބި މީހުންނަށް ބަހާލި ގޮތަށް މުގުރާ ޝީލްޑާ އެއްޗެހި ބަހާލާފަ އެމީހުންނާ ގުޅުނީމަ. ޢެދުވަހު ނަސީބަކުން އެދުވަހު ޓެރަރިސްޓުންނަކަށް ނުވި. ވަރަށް ވާހަކަ މީ..
88888
04 October 2025
ދެން އަމުދުން ކިހިނެއް ތިބޭނީ. ޢެސެޓްް ރިކަވަރީ ބިލް ހަދާފަ މޑޕ ގިނަ މީހުންގެ މޔދާ ނަގާފާނެތީ އެވެރިން ގަޔަށް ރެވިގެން އެއުޅެނީ.
1235
04 October 2025
5 އަހަރު ވަންދެން ކެތް ނުކުރެވިގެން ތެޅި މަރުވަނީ.
ވާންޗޯ ވާ
04 October 2025
ތި މުޒާހަރާނުކުރާ ބައެއް ވިއްޔަ. ލަދެއް ވެސް ނުގަނޭ
ސަމުގާ
04 October 2025
އޭތެދެއް, ކުރީގެ ފަލާހު މުޒާހުރާ އެއްކޮޅަށް މިހާރުގެ ފަލާހު ދެކޮޅު, ކުރީގެ މޭޔަރު މުއިޒު އެއްކޮޅަށް, މިހާރުގެ ރައިސް މުއިޒު ދެކޮޅު. ކުރީގަ ސަގަރޭޕާކުގަ ޔާމިނު ބުނެފިއްޔާ ކަނޑަށް އެރެން ތައްޔާރަށް ހުރި ސައިދު މިހާރު ދެކޮޅު.
ރާވެރިބެ
04 October 2025
މިޒަމާނުގަ ދުނިޔޭގެ އެއްވެސް ގައުމެއްގަ ރައްޔިތުން ފިއްތާ އޮއްބައިގެން ނުވަތަ ބިރު ދައްކައިގެން ވެރިކަމެއް ނުކުރެވޭނެ. އެކަން އެގޮތަށް މިހާރު ހިގަނީ ހަމަ އެކަނި ނޯތް ކޮރެއާގަ ހެންހީވަނީ. އޭގެ ބަދަލުގަ މިޖެހެނީ ރައްޔިތުންގެ ތާއިދު ހޯދަން. ހޮވުމަށް ފަހު އަމަލު ކުރާ ގޮތުން ރައްޔިތުންގެ ތާއިދު ގެއްލޭނަމަ އެބައިމީހުން އެކަމުގެ ޝުއޫރުތަށް ފާޅުކުރާނެ. އަޑުއުފުލާނެ. ސުލްހަވެރިކަމާ އެކީ އެ އަޑު އުފުލީމަ ސަރުކާރު ޖެހެނީ އެއަޑު އަހާ ރަގަޅު ކުރަން.
ރާވެރިބެ
04 October 2025
ވެރިކަން ބަދަލުވާން ޖެހޭނީ ވޯޓުން. އެކަމަކު ދައުރު މެދުތެރޭ ވިޔަސް ރައްޔިތުން ސަރުކާރާ ދޭތެރޭ މާބޮޑަށް ނުރުހޭ ކަމަށްވާނަމަ އެޝުއޫރު ފާޅުކުރަން ގާނޫނު އަސާސީއިން ވަރަށް ފުޅާކޮށް ހުއްދަކުރޭ. އެހެންވީމަ އެކަމަށް ސަރުކާރުން ހުރަސް އަޅައިގެން ނުވާނެ. ޖާގަ ދޭންން މަޖްބޫރު. މުޒާހަރާގެ ބައިވެރި ގްރީން ޒޯނަށް ވަދެވުނަ ނުދެނިކޮށް ނިމުނީ. ބޮޑު ލަޝްކަރެއް ގޮސް މީހުންގެ ކަންފަތް ބަށްވާވަރުގެ ސޮނިކް ހަތިޔާރު ބޭނުން ކޮށް އަސޭމިރުސް ގޭސް ޖަހާ ކުރިމަތިލާން ނުޖެހޭ