އެމްޑީޕީގެ މުޒާހަރާގައި ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައި: ހޯމް މިނިސްޓަރު ވަނީ އެއީ ސުލްހަވެރި ހަރަކާތެއް ނޫން ކަމަށް ވިދާޅުވެފައި .-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
03 އޮކްޓޯބަރ 2025 - 22:54
އެމްޑީޕީން މާލޭގައި މިރޭ ކުރަމުންދާ މުޒާހަރާއަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުން މިރޭ 8:30 ގައި ފެށި މުޒާހަރާގެ ބައިވެރިން ވަނީ މަޖިދީމަގަށް ނިކުންނަން މަސައްކަތްކޮށްފަ އެވެ. އެކަމަކު މަޖީދީމަގުގައި ހުންނަ ޖެލީ ކައިރިން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ކުރިއަށް ނުދެވޭ ގޮތަށް ބަންދުކޮށްފަ އެވެ.
އެތަނުގައި ޝީލްޑް ހިފައިގެން ފުލުހުން ވެސް ހަރަކާތްތެރިވަމުން ދާއިރު މުޒާހަރާގެ ބައިވެރިންގެ ގަޔަށް ވަނީ ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އަދި ބައެއް މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ކުރިމަތިލުންތައް ހިނގަމުން ދަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ޑިއުޓީގައި ތިބި ފުލުހުންގެ އަތުން ގަދަކަމުން، ސާމާނު އަތުލުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އެއީ ގާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅުން ކަމަށް ވިދާޅުވެ އިހުސާން ވަނީ އެއީ އަނިޔާވެރި އަމަލުތަކެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.
އިހުސާން އެގޮތަށް ވިދާޅުވެފައިވަނީ މުޒާހަރާގެ ތެރެއިން މީހަކު ޝީލްޑެއް ހިފައިގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމު ކުރެއްވުމަށްފަހު އެވެ.
Forcibly taking equipment from an on-duty police officer is not considered a peaceful political activity, as it involves coercive or violent actions that disrupt law enforcement duties. pic.twitter.com/k6a2DJYl9U
— Minister of Homeland Security & Technology (@min_mohst) October 3, 2025
އެކަމަކު އެމްޑީޕީން ވަނީ އިހުސާންގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
އެމްޑީޕީން ބުނީ ސުލްހަވެރިކޮށް ކުރިއަށް ގެންދިޔަ މުޒާހަރާ ހުއްޓުވުމަށް ބާރުގެ ބޭނުންކޮށް، ޕެޕާ ސުޕްރޭ ޖަހާފައިވާ ކަމަށެވެ. އަދި އިހުސާންގެ އެ ޓްވީޓަކީ ފުލުހުންގެ އަނިޔާވެރިކަން ފޮރުވައި އެމީހުން އަމަލުކުރީ ރަނގަޅަށް ކަމަށް ދެއްކުމަށް ކުރެއްވި ޓްވީޓެއްގެ ގޮތުގައި އެމްޑީޕީން ސިފަ ކުރި އެވެ.
"ލޫޓުވައިފި، ލޫޓުވައިފި" ގެ ނަމުގައި އެމްޑީޕީން ބާއްވަމުން އަންނަ މުޒާހަރާގައި ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާންސް
04 October 2025
މިނިސްޓަރ ތަންކޮޅެއް އަވަހަށް އެވާހަކަ ޓްވީޓުކުރީމަ، މައްސަލައަކީ. ކުޑަކޮށް މަޑުކޮށްލައިގެން ސްޓްރެޓީޖިކު ވިސްނުމަކުން ނިކަން މޮޅުކޮށް ތިކަން ކުރެވޭނެ. "އާދެ ރައީސް" އަބަދު ކިޔައިގެން ތިޔަ މޮޅު މީހާގެ އަގުވެއްޓި މުޅިން ހަލާކުވެއްޖެ. އަމިއްލައަށްވެސް އިނގޭނެ ތިޔަށްވުރެ މޮޅަށް ހުރިހާ ބާރަކާއެކު މޮޅުހޯދޭނެކަން. އެކަމު ތިޔަދެއްކީ އެމޮޅުކަމަށްވުރެ ބޮޑަށް ސިހުނުތަން. އެމް.ޑީ.ޕީ ގެ މާބޮޑު ތާއީދެއް އަޑެއް ބަޑެއް ނެތިއޮއްވާ އެވަރަށް އިސްތިރު ކުރީ ކީއްވެ؟
ރާވެރިބެ
04 October 2025
އެތަށް ޙާސް ދިވެހިން އެއްވި މުޒާހަރާ ސުލްހަވެރިނޫން ކަމަށް މިނިސްޓަރ ވިދާޅުވީމަ ހައިރާންވޭ. މަވެސް މަންޒަރުތަށް ދުށިން. އެމީހުން އެތާ އަޑުއުފުލަން ތިއްބާ ކުއްލިއަކަށް ފުލުންގެ ބޮޑު ފައުޖެއް އެތަނަށް ދިޔައީ އެކިބާވަތުގެ ހަތިޔާރު ހިފައިގެން. ގޮސް އެއްވެސް ކަމަކާ ނުލާ މަޖީދީ މަގު ބަންދުކޮށް ޝީލްޑުތަށް ބޭނުންކޮށްގެން މީހުން ކޮށްޕަންފެށީ. އެމީހުން ހަޅޭއްލަވަން ދޫކުރިނަމަ މިހެން ނުވާނެ. ދެން ޕެޕަރސްޕްރޭ ޖަހާ މީހުން ބީރުވާވަރު ސޮނިކް ހަތިޔާރު ބޭނުންކުރި
1206
04 October 2025
ދެލައްކަ ދިވެހިން އެއްތަން ވިޔަސް ސުލްހަވެރި ނޫން ކަމެއް ވާނީ ހަމަ ސުލްހަވެރި ނޫން ކަމުގައި.
ކެނެޑީ
04 October 2025
ހަނާވަނީ ފަނާވަނީ ކިޔަމުން 15 އަހަރުކުރިން ލެކިއުޓްކަންމަތީ ރެޑުބުލްބޮމުން މުޒާހަރާކުރީ ސުލުހަވެރިން.
ނީލަމް ނާލި
04 October 2025
ރައްޔިތުން ފުނޑާފަވެސް ވެރިކަން ދިފައުކުރަނީ. ދެން ނިކުންނައިރު ސޮނިކަށް ނުގުޑާނެ. ނިއުކްލިއަރ ހޯދާފަ ބަހައްޓާ
ނާޑުވާ
04 October 2025
ސުލްޙަވެރިކަން ނަގާލީ ދިވެހި ފުލުހުން. ޤާނޫނާ ޚިލާފަށް ފުލުހުން ހިންގި ޢަމަލުތަކުގެ ސަބަބުން މުޒާހަރާ ހަލަބޮލިވީ.
ރާވެރިބެ
04 October 2025
ތެދެއް! ފުލުހުން ގަސްދުގަ ކުރިމަތިލުމެއް އުފެއްދީ. ސުލްހަވެރިކޮށް އަޑު އުފުލަން ދޫކުރިނަމަ މިހެން ނުވާނެ. މަޖީދީމަގަށް މީހުން އެރީ އާރޓިފިޝަން ބީޗް ފުރިގެން. ކޮބާ މަޖީދީ މަަގަށް އެރީމަ މައްސަލައަކީ؟ މާލޭގަ ޕެޜޭޑަށާ ރައީސްގެ މޮޓޯކޭޑަށާ އެހެން ކަންކަމަށް ވެސް މަގު ބަންދުކުރޭ. ވީމަ އެވަގުތު ކޮޅަށް ބަޔަކަށް މަޖީދީ މަގުގެ އެސަރަހައްދުން ދުއްވަން އުދަގޫ ވެދާނެތީ ކުރި ކަމެއްނޫން. އެހާ ގިނަ މީހުން ސަރުކާރާ ދެކޮޅަށް އަޑުއުފުލާތަން ބަލަން ކެތްނުވީ.
ސަލީމްހ
04 October 2025
ޞުލްޙަވެރި މުޒާހަރާއެއް
ކީކޭތިކިޔަނީ
04 October 2025
ދިވެހިންނަކީ އިނގިރޭސިންތަ؟ އިނގިރޭސި ބަހުން ޓުވީޓު މިކުރަނީ ކާކަށް ދައްކަންތަ؟
ކިނަރަން
04 October 2025
އިހްސާން ކޮމާންޑަރ ބަދަލުނުކުރި ނަމަ ވ ގޯސްވީސް
1206
04 October 2025
އެމް.ޑ.ޕީ އިން ސުލްހަވެރި ހަރަކާތެއް ބާއްވައިފާނެ ކަމަށް ގަބޫލެއް ވެސް ނުކުރަން
ލަކުޑިބޯ
04 October 2025
އެ އޮންނަ ސަރުކާރަކާ ދެކޮޅައް ބާއްވާ އެއްވުމެއް ދުވަހަކުވެސް ސުލްހަވެރި ވެފަ އޮވޭތޯ!