އެމްޑީޕީން މިދިޔަ ފެބްރުއަރީ މަހު ބޭއްވި އެއްވުމުގައި އެ ޕާޓީގެ ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 އޮކްޓޯބަރ 2025 - 10:25
އިދިކޮޅު އެމްޑީޕީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕުތައް ނެރެ މާލެތެރެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ އެއްވުމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމަށް ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރާ ކަމަށެވެ.
އެހެންވެ، އެ ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދާ ހަރަކާތްތަކަށް ރައްކާތެރިކަމާއި އެފަދަ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ އެ އިދާރާއިން ވަރަށް ސަމާލުކަން ދޭ ކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ.
ނަމަވެސް، ފުލުހުން ހުއްދަ ދީފައިވާ ރޫޓުގެ ބޭރުން، ސިޔާސީ ފަރާތްތަކުން ބާއްވާ އެ ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ، މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދޭން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެންވެ، ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަދި މާލޭގެ އަމާންކަމާއި އާންމު މަސްލަހަތު ގެލިދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ފުލުހުން ވަނީ ގޮވާލައިފަ އެވެ.
"މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން މި ޚިދުމަތުން ފުރުސަތު ނުދޭނެ ވާހަކަވެސް ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.
މުޒާހަރާ ކުރުމަށް ހުއްދަ ދީފައިވަނީ ބޮޑުތަކުރުފާނު މަގުން ގޮސް މާލޭގެ ބޮޑު ހަ މަގަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލިބާދު
03 October 2025
ރައީސް މައުމޫންގެ ވެރިކަމުގައި އެމް.ޑީ.ޕީ މީހުން މުޒާހަރާ އަށް ނުކުތް ދުވަހުގައިވެސް ކޮންމެވެސް ތަނެއްގައި މީހުންނަށް ޙަމަލާދޭ އެއްޗެހި އެބަހުއްޓޭ ކިޔައިގެން ތިޔަ ވާހަކަތައް ދެއްކި ހަނދާންވޭ. އަދި އެމް.ޑީ.ޕީ މީހުން ހިނގާލުމުގެ ތެރޭގައި އަލިފާން ބޯޅަ އުކިޔޭ ކިޔައިގެންވެސް ވާހަކަ ދެއްކި ހަނދާންވޭ.
ގުދުގުދާބެއްޔާ
01 October 2025
ސަރުކާރު މޭކަރައިގެން ބަޔަކު ނެރެން އުޅޭ ވައްތަރު އެބަޖަހާ! ބޭނުމަކީ ހާޖާނު އުފައްދާ ޕާޓީގެ ބޮޑެތި މީހުން ހައްޔަރުކުރުން! މިހާރު މީއީ މައުމޫނުގެ ދުވަސްވަރެއްނޫން! ތިޔަހެން އުޅޭކަށް!
މުދިންބެގެއަލިފުޅު
01 October 2025
މިހާރު މިއުޅޭ އެމްޑީޕީއަކަށް ސަޕޯޓެއް ނުކުރެވޭނެ. މިގައުމުގެ ތާރީހުގައި ހިންގި އެންމެ ބޮޑެތި ކަރަފުސަންތައް، ވަކިބަޔަކަށް ފައިދާ ހޯދަދޭން މަސައްކަތްކުރުން، ހަމަހަމަކަމާއި ރައްޔިތުންގެ ހައްގުތައް ގާއިމު ކޮށްނުދެވުން. އެމްޑީޕީއަަކީ ވަކިބަޔަކު ހިންގާ ނެޓުވޯކެއް. ގައުމުގެ އެތެރޭގައި ގުރޫޕުތައް ހަދައިގެން މަސްލަހަތު ނަގާލަން ފުރުސަތެއް ނުދެވޭނެ.
އަލަމާ
01 October 2025
މިބުނީ ނުދާނަމޭ.
ފުނޑަން ހުއްދަ ނުދޭތި
01 October 2025
މި ގައުމު ފުނޑަން އެމްޑީޕީ އަށް ހުއްދަނުދޭތި. މާވަރުކުރަންނާ ބާރުގެ ބޭނުންކޮށްގެންވެސް މައިތިރި ކުރަންޖެހޭނެ. އަމަން ބަލަހައްޓާ ފަރާތް ތަކަކީ ޖޯކަކަށް ނުހަދާ.
ނަރުޗިސް
01 October 2025
ފުނޑާށޭ؟. ބޭރަށްނުކުމެ މީހުންކައިރީގައި އަހާލަބަލަ ކިހިނެއްތޯ ދިރިއުޅުމުގެ ކަންތަށް. ކާބޯތަކެތީގެ އަގުބޮޑުވެއްޖެ. މީހުންއަތަކުފައިސާއެއްނެތް. މެމްބަރުންގެ ބޭންކްއެކައުންޓް ސުމެއްގައި. ޑޮލަރު 20ރ އިންމަތީގައި. ވިޔަފާރިތަށް އިނދަޖެހިފާ. ފުނޑަންއެބައޮތްތަ އެއްޗެއް؟
ކޮރަޕްޓަޑް
01 October 2025
،މޑޕ، ޕނސ އަކަށް ވޯޓެއް ނުދެވޭނެ. އެއްތާކު ޖެހޭ ބައެއް ހަމަ.
އަހުމަދު މީމު
01 October 2025
މައުމޫން ދައުރުގަ އުޅުނު ސުލްހަވެރި ޒުވާނުން ކޮޅެއް ގެ ވާހަކަ ދެއްތޯ
ކަލޭނޭ..
01 October 2025
އަހުން ހޯކުރީ ނަވީނު ތަންކޮޅެއް ޒަމާނީ ވާނެކަމަށް. އެކަމަކު މީގެ 30 އަކަށް އަހަރު ކުރިއެކޭ އެއްފަދަ ބަޔާނެއް ތިނެރުނީ
ސޭމަ އޯލްޑް
01 October 2025
ހަމަ ސީދާ މައުމޫނު ޒަމާނު ދައްކާޒާތު ވާހަކަ. ބަޔަކު މުޒާހަރާއެއް ކުރަން އުޅެންޔަ ބުނަނީ ތިހެން އޭރުވެސް
ހަސީނާާ
01 October 2025
ހުން އަންނާނެ ކަމަށް ރަޖާލުން. އެއީ މިކަހަލަ ހާލަތަކަށް ބުނެއުޅޭ މިސާލު ބަހެއް