މީހެއްގެ އައިޑީކާޑު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
18 ފެބުރުއަރީ 2025 - 13:30
މާލޭގެ އަވަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހުޅުމާލޭގެ ނަން އައިޑީކާޑުގައި ޖެހުމުގެ ބަދަލުގައި "ހމ" ޖަހަން ނިންމައިފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ނެރުނު ސާކިއުލާއެއްގައި ބުނީ މި މަހުގެ ދެވަނަ ދުވަހު މާލެ ސިޓީ ކައުންސިލުން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއްގައި އައިޑީކާޑުގައި ދިވެހިން ހުޅުމާލެ ލިޔާއިރު "ހމ" އަދި އިނގިރޭސިން ލިޔާއިރު "HM" ޖަހަން އަންގާފައިވާ ކަމަށެވެ.
އެހެންވެ، މިއަދުން ފެށިގެން ދޫކުރާ ހުރިހާ އައިޑީކާޑެއްގައި އެގޮތަށް ޖަހާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ނަމަވެސް ކުރިން ހައްދާފައިވާ ކާޑުތަކުގެ މުއްދަތު ހަމަވަންދެން ކުރީގެ ގޮތަށް ބެހެއްޓުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ބުންޏެވެ.
މާލޭގެ އަވަށްތަކަށް ރަޖިސްޓްރީކުރާ ނަމަ އައިޑީކާޑުގައި ހުޅުމާލެ ފިޔަވައި އެހެން ހުރިހާ އަވަށެއްގައި ވެސް މިހާރު ބޭނުން ކުރަމުން އަންނަނީ އެ އަވަށެއް ފެށޭ އަކުރެވެ. އެއީ ހެންވޭރު (ހ) މާފަންނު (މ) ގަލޮޅު (ގ) މައްޗަންގޯޅި (މއ) ވިލިމާލެ (ވ) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
19 February 2025
ދުވަސްކޮޅަކުން ހުޅުމާލެ ވެސް ދެތިން އަވަށަށް ބަދަލުވެދާނެ ތޯއްޗެ.
އަމޭ
19 February 2025
ކ.މާލެ / ހމ.ނަރުދަމާގެ (އެޑްރެސް ޖަހާއިރު ދެފަހަރު މާލެ އެބައާދޭ) މިސާލް:- ކ.މާލެ / މ.ނެދުންގެ
ބޮޗަރީނީ
19 February 2025
ހިޒް މަޖެސްޓީ/ ހަރ މަޖެސްޓީ ހިޔާ ފްލެޓް ނަންބަރު 1234
އައްލާބޭގެ
19 February 2025
ތީދެން ކޮންކަމެއް.. އައިޑީ ކާޑުގައި އެމީހާގެ ނަމާއި އެޑްރެސް ޖަހާފައި މާލެ ޖަހާލީމަ ނިމުނީ ދޯ... ފުރަތަމަ އައިޑީ ކާޑު ހެދި އިރު ބައްޕަގެ ނަމާއި ކާފަގެ ނަން ވެސް ޖަހާ... ކުރިއަށް ދިއުމުގެ ބަދަލުގައި މިދަނީ ފަހަތަށް...
ޙަމްވެ
18 February 2025
ހަމަ ނުޖެހޭ ކަންކަން. އައްޑޫ ހުޅުމީދޫ އަށް ވެސް ހމ ކީދާނެ.
އަލީ!!
18 February 2025
ރަސްމާލެ އަށް ރމ.. ހުސް މާލެ މާލެ މާލެ ދޯ!
ޓީމް ޝިޢުނާ
18 February 2025
ވަރަށްވެސް ބިޔަ ބޮޑު ޕްރޮޖެކްޓެއް ތިނިންމާލީ. މަރުޚަބާ ރައީސް މުއިއްޒޫ
ކަރަމެއްލާ
18 February 2025
އޮޅޭ ގޮތަށް ނުކިޔާ މާލޭ 1 މާލޭ 2 މާލޭ 3 މާލޭ 4 ށް ކިޔުމަށޤ ފެނޭ! ކ.މާލޭ ވިލި މާލޭ ހުޅު މާލޭ ގުޅީ ފަޅު މާލޭ ތިލަ މާލޭ ތިލަފުށި މާލޭ ފަރުކުޅަ ފުށި މާލޭ ހުޅުލޭ ފަހަތަށް މާލެ އެއް ނެތް ކަމީ ހިތާމަ ކުރަންޖެހޭވަރު ކަމެއް
ޓްރޫދީ
18 February 2025
ހުޅުމާލެ އަކީ މާލެއެއް ނޫން. މާލޭ މީހުންނަށް ހުޅުމާލެ އިން ދީން ގޯތިތައް އަތުލަން ޖެހޭ. އެއީ އިންސާނީ ހައްޤުތަކާ ޚިލާފް ކަމެއް
އަންދަލޫސިޔާ
18 February 2025
އިނގިރޭސިން HM ޖެހީމާ ދެން ކިޔާނީ ހިޒް މެޖެސްޓީ އަދި ހަރ މެޖެސްޓީ! ސަޅި ކަމެއް މީ ހުޅުމާލޭގެ ރައްޔިތުންނަށް!
ބަލްޤީސް1
19 February 2025
ހުޅުމާލެ ރައްޔިތަކަށް ވެވޭނެ ގޮތެއް ނެތްތަ؟