މިނިސްޓަރު ސައީދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
18 ފެބުރުއަރީ 2025 - 15:56
އަގުތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެށިތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި ކާބޯތަކެތީގެ ޝޯޓޭޖެއް ނެތި އާންމުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް 134 ބާވަތެއްގެ އަގު ގާތުން ބަލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ބުނީ، ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލު ކުރުމަށްޓަކައި ފިހާރަތަކަށް ގޮސް، ބާޒާރުގައި އަގުތައް ހުރި ވަރު ބަލައި، ޝޯޓެއްޖެއް އުޅޭ ނަމަ އަވަހަށް އެ ތަކެތި ގެނެވޭނެ ގޮތްތައް ހަމަޖައްސާނެ ކަމަށެވެ.
ސައީދު ވިދާޅުވީ، ދިވެހިންގެ ކެއިންބުއިމުގައި އާންމުކޮށް ބޭނުން ކުރާ ހުރިހާ ތަކެއްޗެއްގެ އަގު ކޮންޓްރޯލް ކުރާނެ ކަމަށެވެ.
"ސަރުކާރުން އެބަ ގެންގުޅޭ 134 އައިޓަމެއް، އަސާސީ ކާބޯތަކެތީގެ ކެޓަގަރީގައި، ހައްސާސް ބާވަތްތައް. މިސާލަކަށް ދިވެހިންގެ ކެއިންބުއިމުގައި ބޭނުން ކުރާ އައިޓަމްތަކުގެ ތެރޭގައި އެބަހުރޭ ކޮންމެހެން ހުންނަ ޖެހޭނެ ކަމަށް ގަބޫލު ކުރެވޭ ތަކެތި،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، އެ އިން ބާވަތެއް ހުސްވެއްޖެ ނަމަ ނުވަތަ އަގު މައްޗަށް އަރައިގެން ހިނގައްޖެ ނަމަ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯ މެދުވެރިކޮށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އެފަދަ ހާލަތްތަކުގައި މާކެޓުގައި އަގުތައް ކޮންޓްރޯލު ކުރަނީ އެސްޓީއޯ އިން އެ ބާވަތްތައް ވިއްކަން މާކެޓަށް ނެރެގެންނެވެ.
މިނިސްޓަރު ސައީދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެސްޓީއޯ އިން ވެސް ވަނީ ރޯދަމަހާ ދިމާކޮށް 24 ބާވަތެއް މިހާރު ވެސް ބާޒާރަށް ނެރުމަށް ނިންމައިފަ އެވެ. އެއީ:
1. އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
2. ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ
3. ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކަޑް ބީންސް، ގެރިކިރު ދަޅު
4. ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަން ފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިފްރާހްް
19 February 2025
މިނޫނީ ނެތް ވިޔަފާރިވެރިން ދެކެ ބިރުން ނޫޅޭ ވެރިކަމެއް، މުއިއްޒު މީ ވަރަށް ރަނގަޅު މީހެއްކަމަށް މަ ނިންމާފިން. ވިޔަފާރިވެރިންގެ ބިރު ދެއްކުމަށް ނުބަލާ ރައްޔިތުން އިސްކޮށް ކަންތައް ހައްލުކޮށްދެއްވާތީ މުއިއްޒުއަށް ހަމަ ސެލިއުޓް ހައްގު
މަފާޒް ސަލީމް
19 February 2025
ރޯދަޔަށް ތަކެތީގެ އަގު ހިފެހެއްޓުމަށް އަދުގެ ސަރުކާރުން މި ނަގާ ފިޔަވަޅުތައް ވަރަށް ރަނގަޅު. މީގެ ސަބަބުން ރޯދައިގައި ތަކެތީގެ އަގު މައްޗަށް ނުދާނެ. ހިފެހެއްޓުމުގެ ފުރުސަތު އިންތިހާއަށް ބޮޑު
އަހްނަފް ރަޝީދު
19 February 2025
ފެނޭތަ އިދިކޮޅަށް؟ މީ ރައްޔިތުންގެ ހައްގުގައި ކަންކުރާ މީހުން ކަން ނިންމާ ގޮތަކީ. ލަސްވެސްވެއްޖެ މިކަހަލަ ކަންކަން މޮނިޓާރ ކުރާތާ.
ލަތީފާ
19 February 2025
ކޮބާ ވޭޕް މަނާކުރެވުނު؟ ސައިކަލް ދުއްވަމުންވެސް ބޮނީ. ދިވެހި ދައުލަތަކީ މިއަދު ނިކަމެތި، ކަންނެތް، ދެއްކުންތެރި، ނާގާބިލް، ކަރަޕްޓު ދައުލަތެއް.
ލަތީފާގެ ހިތާމަ
19 February 2025
ވަޅި ހިފައިގެންވެސް ސައިކަލުގަ ދާމީހުންފެނޭ. އޯވަރއޯލް ބަލާލާއިރު ވޭޕްއެއް ހިފައިގެން އުޅޭމީހަކު ފެންނަނީ މަދުން. އެވެސް ގެންގުޅެނީ ވަގަށް
ކުރޯ
19 February 2025
މިނިސްތަރު ބަލަ ކިހިނެއް ހަދަން ތިއުޅޭނީ؟ ދިވެހި އުފެއްދުންތަށް ފުޑާލަންތަ؟ ނޫނީ އިންޑިއާއަށް ފައިދާ ކޮށްދޭންތަ؟ ނޫނީ ރިސޯޓްތަކުން މާރުކުރާ ޑޮލަރު އިންޑިއާއަށް ދޭންތަ؟ ކަރާ، ޕެޗަންފުރުޓް، ކިއުކަންބާ، މިރުސް އަދި ކާއްޓަކީ ދިވެހިން ރަންގަޅަށް އުފައްދާތަކެތި. ކޮންމެ ހައި ސީޒަންއަކަށް އެތަކެތީގެ އަގު ކޮންޓްރޯލް ކުރާށޭ ކިޔާފަ، ގެއްލުންވާ ވަރަށް ވިއްކީމަ ކިހިނެއް ދިވެހި އުފެއްދުން ހޯދާނީ، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އުވާލަދީ ޕްލީޒް
ކަނބިލި
19 February 2025
މިސަރުކާރުގެ 5 އަހަރު ނިމޭނީ ފޮނި ވާހަކަތަކާއި ވަޢުދުތަކުން. ވަރަށް ގަބޫލުނުކުރެވޭ ތަރައްގީގެ އެއްވެސް މިންވަރެއް ހާސިލުކުރެވޭނެހެން. އެއީ ފައިސާ ނެތީ. ލާރި ލިބޭނެ ގޮތެއް ވެސް ނެތް. ދަރަނި ބޮޑުވީމާ އިތުރަށް ލޯނުލިނުންވެސް ދަތިވާނެ. ސަރުކާރު ދަމަހައްޓަން ކުރާކަމަކީ އަދިވެސް ސިޔާސީ މުވައްޒަފުން އިތުރުކުރުން، ރޯދަ ހަދިޔާ ބެހުން، އީދު ދިއްލުން. ހައްޖުވެރިން ލިބޭ ޑޮލަރު ގިނަކޮށްލުން. މިކަހަލަ ގޮތަކަށް ދާނީ.
ރިޒުވާން މުހައްމަދު
19 February 2025
މިދިޔަ ރޯދައިގަވެސް އަގުތައް.ހުރީ ހިފެހެއްޓިފަ. ސަރުކާރުގެ މަސައްކަތް ރަނގަޅު
ލީޒާ ޒާހިރު
19 February 2025
ބަރާބަރު. އަގު ހިފަހައްޓަ ދޭތި
ޕިރާޑުގެ ގަލަމުން ދިވެހީންގެ ރާއްޖެ
18 February 2025
މިރާއްޖޭގެ ކަންކަން ދަންނައެވެ. ހުރިހާކަމެއް ނަގާންޖެހޭނީ ދިމާ އިދިކޮޅަށެވެ. 134 ބާވަތޭ ބުނެފިނަމަ އެއީ 431 ބާވަތެވެ. މިރާއްޖޭގާ ކޮންޓުރޯލުކުރާމޭ ބުނެފިތަ ކޮންޓުރޯލުން ނެއްޓޭނެއެވެ. ޝޯޓޭޖެއްނެތި ފޯރުކޮށްދޭނަމޭ ބުނެފިތަ ޝޯޓުސާކިޓުވާނެއެވެ. ގާތުން ބަލާނަމޭ ބުނެފިތަ ބަލާނީ ދުރުންނެވެ. އެއީ މިރާއްޖެ އާދަކާދައިން ހިނގާގޮތްކަމަށް އަޅުގަނޑު މިރާއްޖޭގާ އުޅުނުހާ ދުވަހު ތަޖުރިބާއިން ވަނީ ސާބިތުވެފައެވެ.
ފިރާގުގެ ގަލަމުން
19 February 2025
ދެން އަހަރެން ގައުމަށް އައިސް ބަލާލިއިރު ފާހަގަވި ކަމަކީ ފްރާންސް އިޓަލީ ހިސާބުގައި މިކަންކަން ހުރީ މިއަށްވުރެވެސް ދޯހަޅިކޮށް ކަމެވެ.
ޢަލީ ކުރުސީ
18 February 2025
މަސްދަޅުވެސް ބަލަން ފެނޭ! ކުރިއަށްވުރެ ސައިޒުން ކުޑަވެފަ ، މަތިގަނޑު ހަދަން ޚަރަދު ކުޑަ ގޮތެއް ބޭނުންކޮށްފައި ވަނީ. އެހެންވީމާ އުފެއްދުމަށް ދާނެ ޚަރަދާއި އެތެރޭގައި ހިމެނޭ މަހުގެ މިންވަރު ވަނީ މަދުވެފައި، ވިއްކަނީ ކުރިއެކޭ އެއް އަގެއްގައި!
ދިގުސީ
19 February 2025
ކެކެކެކެ. ތީ ކުރިންވެސް ހުންނަ ވައްތަރެއް. ތީގައިހުންނަ މިންވަރު މަދުވާތީ މިފްކޯ އިން ވިއްކަނީ އަގު ހެޔޮކޮށް. ބޮޑު އަގުގަ ތިގަންނަނީ މޮޔަކަމުން