އައިއެމްއެފްގެ ވަފްދުން މަޖިލީހުގެ އިގުތިސާދީ އަދި މާލިއްޔަތު ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް މައުލޫމާތު ދެނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
19 ފެބުރުއަރީ 2025 - 13:00
ދަރަންޏާއި ފިސްކަލް ހާލަތު ހަމަޔަކަށް އަޅުވަން، ވަގުތުން ވަގުތަށް ސިޔާސަތުތަކަށް ބަދަލު ގެނެސް، ފިޔަވަޅުތައް އެޅުމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) އިން ރާއްޖެ އަށް ގޮވާލައިފި އެވެ.
އެ އިދާރާ އިން ރާއްޖޭގެ "އާޓިކަލް ފޯ" މިޝަން އަށް ފަހު އާންމުކުރި ސްޓޭޓްމެންޓުގައި ބުނީ، އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އަވަސް ކުރަން ޖެހޭ ކަމަށެވެ. އެ އިދާރާ އިން ބުނީ، ރާއްޖޭގެ އިގްތިސާދު ފަސް ޕަސެންޓުގައި ކުރިއަރާނެ ކަމަށް ލަފާކުރި ނަމަވެސް، މާލީ ގޮތުން ހުރި ގޮންޖެހުންތަކާ ހެދި ފިސްކަލް އިމްބެލެންސް އިތުރުވަމުންދާ ކަމަށެވެ.
މާލީ ހާލަތު ރަނގަޅު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށާއި ވިޔަފާރިތަކުގެ ހާލަތު ރަނގަޅު ކުރުމަށް އިތުރު އިސްލާހީ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އައިއެމްއެފުން ބުންޏެވެ.
އެ އިދާރާ އިން ބުނިގޮތުގައި، ރާއްޖޭގެ އިގްތިސާދު ކުރިއަރާ ސަބަބަކީ ހަމައެކަނި ޓޫރިޒަމެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ބޭނުން ކުރަން ފަށައިފި ނަމަ ޓޫރިސްޓުން އައުން އިތުރުވެ، އެ ދާއިރާ އިތުރަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އައިއެމްއެފުން ބުންޏެވެ.
މި އަހަރުގެ އިންފްލޭޝަން 2.3 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރާ އިރު، އޭގެ އެންމެ ބޮޑު ސަބަބަކީ، ބައެއް ބާވަތްތަކުގެ އިމްޕޯޓު ޑިއުޓީ އިތުރު ކުރުން ކަމަށް ވެސް އައިއެމްއެފްގެ ބަޔާނުގައި ވެ އެވެ.
"އިގްތިސާދު ކުރިއަށް ދާނެ ގޮތާ މެދު ވަރަށް ބޮޑު ނުތަވަސްކަމެއް އުފެދިފައި އޮތުމަކީ އިގްތިސާދަށް އޮތް ވަރަށް ބޮޑު ރިސްކެއް،" އެ ބަޔާނުގައި ބުންޏެވެ.
އައިއެމްއެފުން ބުނީ، ރާއްޖޭގެ ކަރަންޓު އެކައުންޓް ޑެފިސިޓާއި ފޮރިން އެކްސްޗޭންޖު ރިޒާވަށް ކުރިމަތިވެފައިވާ ޕްރެޝަރުތައް އިތުރުވެފައިވާ ކަމަށެވެ. ބަޖެޓު ޑެފިސިޓާއި ދަރަނި ވެސް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.
"ފިސްކަލް ޑެފިސިޓާއި ދަރަނި އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، ސިޔާސަތުތަކަށް އަވަސް ބަދަލުތަކެއް ގެންނަން ވަނީ ޖެހިފައި. މެދުރާސްތާގައި ރާއްޖެ ނާޒުކު ފައްތަރެއްގައި އޮތް އިރު މޫސުމީ ބަދަލުތަކުގެ ސަބަބުން ވެސް އިތުރު ރިސްކުތައް ކުރިމަތިވާނެ ކަމަށް ބެލެވޭ،" އައިއެމްއެފުން ކަންބޮޑުވުމާ އެކު ފާހަގަކޮށްފައި ވެ އެވެ.
އިގްތިސާދު ކުރިއަށް ދާނެ ގޮތާ މެދު ވަރަށް ބޮޑު ނުތަވަސްކަމެއް އުފެދިފައި އޮތުމަކީ އިގްތިސާދަށް އޮތް ވަރަށް ބޮޑު ރިސްކެއް،"---އައިއެމްއެފް
ރާއްޖެ އިން އަމިއްލަ ރިފޯމު އެޖެންޑާއެއް އިއުލާނުކޮށް، އެ މަސައްކަތް ފަށަން ނިންމާފައިވާއިރު އެ ފިޔަވަޅުތައް އަޅައިގެން އިގްތިސާދު ހަމައަކަށް އަޅުވަން ފަސޭހަވާނެ ކަމަށް އައިއެމްއެފުން ގަބޫލުކުރެ އެވެ.
އެ އިދާރާއިން ބުނީ، އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ އިތުރުން ހަރަދުތައް ކުޑަކޮށް، އިސްރާފުތައް ކުޑަކުރުމަށް ވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އެކަން ހާސިލު ކުރުމަށް ސަބްސިޑީ ޓާގެޓުކޮށް، ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމުގައި އިސްކަން ދޭނެ ޕްރޮޖެކްޓްތައް ކަނޑައަޅައިގެން ކުރިއަށް ގެންދަން އައިއެމްއެފުން ސަރުކާރަށް ގޮވާލި އެވެ. އަދި އާސަންދަ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ވެސް ފިޔަވަޅުތައް އެޅުމަށް އެ އިދާރާ އިން ލަފާދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝެލަރީ
20 February 2025
ދޮގުހެދުމުގެ ވޯލްޑް ރެކޯޑް ލިބޭނެދޯ
ޙުސޭން
20 February 2025
ޢެއްވެސް ކަންބޮޑުވުމެއް ނެތޭ، ހަމަ އަސްލުވެސް ނެތޭ ކަންބޮޑުވުމެއް، މިހާރުވެސް އެބަހުރި ގްރީން ސިގްނަލް ލިބިފަ. ދެންކޮންކަމަކާ ކަންބޮޑުވަނީ؟ ބަލަ ކަންބޮޑުވަނީ ރައްޔިތުންނޭ، ހާލުގަ އުޅެނީ ރައްޔިތުންނޭ. ވެރިންނަށޭ އެބުނާ ގްރީން ސިފްނަލް ލިބިގެން އުޅެނީ.
ޙަބީބު.
19 February 2025
ބޭރުގަ ތިބި ސަފީރުންތައް އަނބުރާގެނޭ މަޖިލިސް މުސާރަ ކުޑަކޮއް އެލަވަންސް އުވާލާ އިތުރު ގަޑީގަ އޮފިސްހުޅުވައިގެން އޯޓީގެ ނަމުގަ ފައިސާ ދޫނުކުރޭ ސިފައިންނާ ފުލުހުންގެ ކޮއްތު އުވާލާ ލޭނު މަސްވެރިކަމައް ހުޅުވާލާ ސިޔާސީމަގާމު މަދުކުރޭ މިދުވަސްކޮޅު ފުލުހުންނާ ސިފައިން އިތުރައް ނުނަގާ
ޖާނޫ
19 February 2025
ރާއްޖެ މިއިން ދުވަހަކު ނުދެކޭ ވަރަށް ސިޔާސީ މަގާމު އުފައްދައިފި. އެ ބަލާ ފިޔަވަޅު އެޅޭނެ ގޮތެއްނެތް.
ޖުހާ ގެ ދަރި
19 February 2025
އަދިވެސް ސިޔާސީ ބައިންތައް މިނިސްޓްރީތަކަށް އަޅާލާ. ކުރާ ކަމެއް ހަރާން. ބޮޑު މުސާރަ ދީފަ ކަމެއް ނުކުރާ ބަޔަކު ގެންގުޅެން އުޅެނީ. މަމެން ވާ ސަލާމް
ރާވެރިބެ
19 February 2025
ކޮބާ ކޮންތާކު މިޖެހުނީ؟ އަބަދު ދޮގު ހަދައިގެން އޮޅުވާލައިގެން ނޫޅެވޭނެ! ހާލަތު ރަގަޅު އެބަވޭ ކިޔާފަ ވާހަކަ ދެއްކުމުން ހާލަތު ރަގަޅު ނުވާނެ. ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގަ. އެކަން ރަގަޅު ކުރެވޭނީ ގާބިލް ބަޔަކަށް ވަރަށް މަސައްކަތުން. ހިތާމަ އަކީ އެމަންޒަރެއް ނުފެނޭ!
ގުއިއްޒު
19 February 2025
އަިއެމްއެފުން ކޮސް ވާހަކަ ދައްކާނެ. ސައީދުމެން ކަހަލަ އިކޮނޮމިސްޓުން ތިއްބާ އަިއެމްއެފުން ކިޔާކަށް އެއްޗެއް ނޯންނާނެ. ގިނަ މީހުންނަށް އަދިވެސް ވަޒީފާތައްދީ. އެތަންތަން ވަޒީފާދީގެން ފޫބެދޭނީ. ގިނަކުރޭ އަދިވެސް ގިނަކުރޭ.
ސާމާނު
19 February 2025
ބަނގުރޫޓޭ އިގްދިސޯދޭ ކިޔަކިޔާ ތިބޭ މިގައުމަށް ތިޒްގް ދެއްވަނީ ﷲ
މަ ބުނީ
19 February 2025
މަ ބުނީ އެކަމުގެ ފުރަތަމަ ފިޔަވަޅަކަށް ކުޑަ ޢީދު އަދި ބޮޑު ޢީދު އުފަލައްޓަކައި ކޮއްމެބޮލަކަށް ފެލިވަރު މަސްކޭހެން ހަދިޔާކޮށް ކުޑަޢީދަށް ދިހަދުވަސް އަދި ބޮޑު ޢީދަށް ވިހި ދުވަސް ސަރުކާރު ބަންދުކޮއްލުމުން ރައްޔިތުން އުފަލާއެކު ޢީދުކުރާތަނާއި ދިވެހިންގެ ރާއްޖެއަށް ފެންނަމުންދާ ފެހިސިގުނަލްތަކަށް ދިވެހިން މަރުޙަބާ ކިޔާ އުފާ ފާލުކުރާތަން އޭރުން " އައި އެމް އެފް " ފެންނާނެކަށް ޔަޤީނެވެ !
ސަލީމު އިދުރީސް
19 February 2025
މަގޭހީކުރީ އެތައް ބިލިޔަން ޑޮލަރުގެ ރަސްމާލެއެއްހަދާފަ ސަތޭކަ ވަރަކައް ބިލިޔަން ޑޮލަރުގެ އަގުހުރި ބިއްލޫރި ކަނޑުއަޑީގެ ޓަނަލަކުން ގުޅުވާލަންބުނީ އިގުތިސޯދުގަ އާ ވިއަފާރިތަކެއް ކޮއް އިގުތިސޯދު މަތިކޮއްފަކަމައް! ހަތަރުސަތޭކަ މިޔަންޑޮލަރު ލިބޭ ބަންކަރީނެކޭ ކިއައިގެން ރައްޔިތުން ގުބޯ ހައްދަނިކޮއް އިވުނީ އިގުތިސޯދު ނަވާރަ ޕަސެންދައްވިވާހަކަ! މިއީ ކުޑަ މިއްވަރެއްނޫން ގައުމެއްގެ އާންމުދަނީ ދައްވާން!