އީސީގެ މެމްބަރަކަށް ހުންނެވިއިރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމްޖަދު ވާހަކަ ދައްކަވަނީ --- ފައިލް ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
19 ފެބުރުއަރީ 2025 - 15:34
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އައްޔަންކުރަން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ބުނީ އިންޓަވިއު ޕެނަލުން ހުށަހަޅާފައިވާ ރިޕޯޓުގައި، އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެ އަދި އެންމެ މަތިން މާކްސް ލިބިފައިވަނީ އަމްޖަދަށް ކަމަށެވެ.
ޝަރުއީ ދާއިރާގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާގެ އެ މަގާމު ހުސްވީ، އެ މަގާމުގައި އެންމެ ފަހުން ހުންނެވި އައިޝަތު ރިޒްނާ މިދިޔަ އަހަރު އިސްތިއުފާ ދެއްވުމުންނެވެ.
ޑީޖޭއޭ ހިންގުމުގެ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާ އެކު މަސައްކަތް ކުރެވޭނެ މާހަލެއް ނެތްކަމަށް ވިދާޅުވެ ރިޒްނާ އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އީސީގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައިވާ އަމްޖަދު ވަނީ އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރުކަން ކުރައްވައިފަ އެވެ. އޭގެފަހުން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސަކަށް 2020 ވަނަ އަހަރު އައްޔަން ކުރެއްވި އެވެ. އެކަމަކު ހަތަރު މަސް ފަހުން އެ މަގާމުން އިސްތިއުފާ ދެއްވި އެވެ.
އަމްޖަދު ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއިން ޝަރީއާ އެންޑް ލޯއިން ފުރަތަމަ ޑިގްރީ އަދި އެންގްލިއާ ރަސްކިން ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ފުރިހަމަ ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު ހުސައިމް
20 February 2025
ތަނެއް އިސްލާހްކޮށް ހިންގަން މިވަރެއް ނޯންނާނެ. ކޮރަޕްޝަނާ ވަރަށް ދެކޮޅު ބޭފުޅެއް މިއީ
ފާތުމަތު އަލީ
20 February 2025
އީސީގަ އުޅުނުއިރު އޭރުވެސް އެއްމެ ރަނގަޅު ނަތީޖާ ނެރެނީ އަމްޖަދު ސާރ. މަރުހަވާ ސާރ
އިބްރާހިމް ހުސޭނު
20 February 2025
ގަބިލު ކަމާއި ހަރުދަނާ ކަމާ އެކު ނަތީޖާ ނެރެދޭނެ މީހެއް އަމްޖަދު އަކީ . އީސީގަވެސް ސުލްހަވެރިކަމާ އިންސާފް ވެރި ކަމާއެކު ހުރިހާ ހުރިހާ އިންތިހާބެއްވެސް ނިންމާލި އަމްޖަދު އާއި ޓީމް ގެ މޭސްތިރި ކަމުން.
ނަސަންދުރަ މޭން
19 February 2025
ވިސްނާލަބަ، އީސީ ޝަރީފްގެ ބެސްޓް ބަޑީ އެ ވަޑައިގެންނެވީ ސީދާ ޖުޑީސަރީއަށް. ހުރިހާ ސަރުކާރުތަކުންވެސް ބޭނުންވާނީ މިކަހަލަ ގާބިލު ބޭފުޅުން ވިއްޔަ. ކިޔާނެ އެއްޗެއް ބުނާނެ އެއްޗެއް ނެތް.
ބާރުގަދަ
20 February 2025
އުއްމީދަކީ ކޯޓްތަކުގެ އިދާރީ ހިންމުމާއި ކޯޓްތަކުގެ މުވައްޒަފުންގެ ޙައްޤުގައި ވަކާލާތު ކުރައްވާ ބޭފުޅަކަށް ވެވަޑައިގަތުން، ކޯޓްތަކުގެ އޮނިގަނޑުގައިވާ މުވައްޒަފުން ކޯޓްތަކަށް ހަމަޖެއްސުން
ޙުސައިން އަ
19 February 2025
މުއިއްޒުވަނީ ހުވަޔާ ޚިލާފުވެފައި.
މަަަގަރޭ
19 February 2025
ބޭނުންވާ މީހާއަށް ލިބެންދެން އިއުލާނު ބާތިލް ކުރުން. މީ ޖުޑިސަރީގަ މިކަން ހިނގާ ގޮތް. އެމީހުން ކޮރަޕްސަން ނުހިންގާ!
ދޮންމަނިކުބެ
19 February 2025
އަޅުގަނޑުވެސް ތިޔައަށް ލިން، ރާއްޖޭގެ އެންމެ ކޮރަޕްޓް ސިސްޓަމް ޖުޑީޝަރީ. ޝަރުޠު ހަމަވޭ އެކަމް ޝަރުޠު ހަމަނުވެޔޭ ކިޔާފައި އަނބުރާ ފޮނުވާލީ، ހެއްކާއެކު މި ހުރީ ލިޔުުންތައް. ދެބުރަށް އިޢުލާންކުރީމާވެސް ލިން
ފީނިކްސް
20 February 2025
ދެން އޭސީސީއަށް ލާބަލަ
އެކުވެރިޔާ 2280
19 February 2025
ބޮއްސުންލާފަ އޮތް ޖުޑީޝަރީއަތް ލިބުނު ޖަވާހިރެއްތީ. މާޝާالله
ހާދަހާ އުފަލޭ
19 February 2025
އުދެއްދުންތެރި ހުނަރުވެރި ހީވާގި އަދި ނަތީޖާ ނެރެ ދާއްކާފައިވާ ހިންގުންތެރިއެއް. މާޒީން މިކަން ސާބިތުވޭ. މަރުހަބާ
އިހާމް
20 February 2025
ނަތީޖާ ނެރެދެވޭނެކަން އެނގޭނީ މަޤާމަށް އައިސް މަސައްކަތް ކޮށްލަން ފެށީމަ. އެ މަޤާމަކީ ކިހާ ޕްރެޝަރު ބޮޑު މަޤާމެއްކަން އެނގޭނެ މަސައްކަތް ކޮށްލަން ފެށީމަ. މުޅި ރާއްޖޭގެ ހުރިހާ ކޯޓެއްގެ ކަންކަން ބޮލަށް ލައިގެން އުޅެންޖެހޭއިރު އެފަދަ ކަމެއް މެނޭޖް ކޮށްލެވޭނީ ވަރަށް ކުޅަދާނަ، ދާއިރާގެ ކަންކަން ރަނގަޅަށް އެނގޭ މީހަކަށް. ވަރަށް ހިންގުންތެރި މީހަކަށް. ހުރި ހީވާގިކަމާއި ކުޅަދާނަކަން ދިރިތިބީންނަށް ފެންނާނެ.
ޢެޑްމުބްޑޯ
19 February 2025
ވަޒީފާދޭން ބޭނުންވާ މީހާ ހުރިހާއެއްޗަކުންވެސް ޕޮއިންޓް މަތިވާނެ