ގާސިމް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި: މާމިގިލީގައި ޕޮލިސް ސްޓޭޝަން ނޭޅި ލަސްވަމުންދާތީ ކަންބޮޑުވެވަޑައިގަންނަވާ.---ފޮޓޯ: ނިޝާން އަލީ| މިހާރު
20 ފެބުރުއަރީ 2025 - 08:24
އދ. މާމިގިލީގައި ހަދަން ނިންމާފައިވާ ފުލުހުންގެ އިމާރާތް އެޅުން ވަރަށް ބޮޑަށް ލަސްވެފައިވާތީ، އެ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ފައުންޑޭޝަންގެ ހަރަދުގައި އެ ތަން ހެދުމުގެ ހުއްދަ ދެއްވުމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އަރިހުގައި ގާސިމް އެދިވަޑައިގެންފި އެވެ.
ޕޮލިސް ކޮމިޝަނަރަށް ގާސިމް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މާމިގިލީގައި ފުލުހުންގެ އިމާރާތެއް އެޅުމަށް މިދިޔަ ފަސް އަހަރު ވެސް ދައުލަތުގެ ބަޖެޓުގައި ފައިސާގެ އަދަދުތަކެއް ޖަހާފައިވާއިރު، އެ ކަމުގައި "އުޅެމުންދާ ދަތި ހާލު" އޭނާ އަށް ވަޒަން ކުރެއްވޭ ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު ޝުޖާއު: ވިލާ ފައުންޑޭޝަންގެ ހަރަދުގައި މާމިގިލީ ޕޮލިސް ސްޓޭޝަން އެޅުމަށް ގާއިމް ވަނީ ޕޮލިސް ކޮމިޝަނަރުގެ ހުއްދައަށް އެދިވަޑައިގެންފައި.
"އަދި ދަންނަވަމެވެ. ކޮމިޝަނާ އޮފް ޕޮލިސް ހުއްދަ ދެއްވައިފި ނަމަ މާމިގިލީގައި އެޅުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒު ވިލާ ފައުންޑޭޝަންގެ ސްޕޮންސާޝިޕްގެ ދަށުން އިމާރާތް ހެދުމަށް އަޅުގަނޑު ނިންމާފައިވާ ވާހަކަ ދެންނެވީމެވެ. ވީމާ އިމާރާތް ކުރުމަށް ބޭނުންވާ ކުރެހުމާއި އިމާރާތް ހެދުމަށް ސްޕޮންސަޝިޕް ގަބޫލުކުރި ކަމުގެ ލިޔުން ލިބޭނެ ގޮތް ހަމަޖައްވައި ދެއްވުން އެދެމެވެ،" އަމިއްލަ އުފަން ރަށް މާމިގިއްޔަށް ބޮޑެތި އެހީތަކެއް ވަމުން ގެންދަވާ ގާސިމްގެ ސިޓީގައި ވެ އެވެ.
ގާސިމް ވިލާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާސިމް މަޑުކޮށްލައްވައިގެން
އޭނާ ވިދާޅުވީ، މާމިގިއްޔަކީ ކ،އއ،އދ އަދި ވ. އަތޮޅު ހިމެނޭ ސަރަހައްދުގެ އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން ވެސް އެންމެ ބޮޑު ރަށް ކަމަށެވެ. އަދި މާމިގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއްގެ އިތުރުން އެ ރަށުގެ ވަށައިގެން ގިނަ އަދަދެއްގެ ރިސޯޓުތަކެއް ހިންގާތީ ހިދުމަތްތައް ހޯދަން ގިނަ ބަޔަކު މާމިގިއްޔަށް ޒިޔާރަތްކުރާ ކަން ވެސް ގާސިމްގެ ސިޓީގައި ފާހަގަކުރެއްވި އެވެ.
"އަދި ވަޒީފާ އާއި އެކިއެކި މަސައްކަތްތެރިން ހިމެނޭހެން މާމިގިލީގައި ދިރިއުޅޭ އާބާދީއަކީ ބޮޑު އާބާދީއެއްކަން ފާހަގަކުރަމެވެ،" އޭނާ ވިދާޅުވި އެވެ.
އދ. މާމިގިލި.--- ފޮޓޯ: މިހާރު
ފުލުހުންގެ ތަފާސްހިސާބަށް އަލިއަލުވައިލައްވަމުން ގާސިމް ވިދާޅުވި ގޮތުގައި އދ. އަތޮޅުގައި ކުށްކުރުން އެންމެ ގިނައީ ވެސް މާމިގިލީގަ އެވެ. އެހެންވެ، ފުލުހުންގެ ހިދުމަތް ދިނުމަށް ރީޖަނަލް ފެންވަރުގެ ސްޓޭޝަނެއް ގާއިމް ކުރުމަށް އެކި ފަހަރު މަތިން ވާހަކަތައް ދެއްކެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 27 ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމް ކޮށްދީފައިވާ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތް ގާއިމްނުކޮށް އޮތް 39 ރަށުގައި މި އަހަރު އެ ހިދުމަތް ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ނަތީޖާއެއްގެ ގޮތުން މި އަހަރު ނިމޭއިރު ފުލުހުންގެ ހިދުމަތް ގާއިމް ކުރެވިފައި ނުވާ އެއްވެސް ރަށެއް ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންމެން ހެޕީ
21 February 2025
އެއްގޮތަކައް ވެސް މިޒާތުގެ ކަންތައް ނުކުރުވާތި.
ހަމަދު ސަލީމް
20 February 2025
ސަރުކާރުދެކެ ރުޅިއްންނައިރަށް ބުނާނެ ތީ އަހަރެންގެ އިމާރާތެކޭ ތިތަނުން ނުކުންނާށޭ. އެވަރު މީހެއްތީ. މީނަޔަކާހުރެ ގައުމު ހުސްވެއްޖެ.
ގުނައިދު ޝަރީފް
20 February 2025
ޕޮލިސް ސްޓޭޝަން އަޅާދީފަ އެއާރޕޯޓަށް ބޮޑު ބަދަލެއް ދަމައިގަންނަން ވިސްނަނީ ނޫންބާ.
ޢިބޫ
20 February 2025
ރައްޔިތުންގެ މުދާގަނޑެއް ދަމައިގަންނަން އެވިސްނަނީ.
ގުނައިދު ޝަރީފް
20 February 2025
ކާދެއްދޫ އެއަރޕޯޓް ސަރުކާރާ ހަވާލުކޮއްފަ ބަދަލެއް ދަމައިގަންނަން ތައްޔާރުވަމުންދަނީ.
ވަނުވާ
20 February 2025
ގާސިމުއަށް ކޮންމެސް މީހަކު ރާއްޖޭގެ ރަށްތަކުގެ ބޮޑުމިން ކިޔާލަދީބަލަ. ގާސިމު އެބުނާ ސަރަހައްދުގަ މާމިގިއްޔަށްވުރެ ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުންވެސް ބޮޑެތި ރަށްރަށް އެބަހުރިކަން. ބިމުގެ ގޮތުން ބަލާއިރު ތޮއްޑޫޢާއި ކާށިދޫ ބޮޑުވާނެ. އާބާދީއަށް ބަަލައިފިނަމަ މާފުއްޓާއި ކާށިދޫ ބޮޑުވާނެ.
ބުކުތާނު
21 February 2025
މާފުށި އާބާދީ ގޮތުން ކުޑަވާނެ. ބޮޑުތަނުން. ކާށިދޫ ވެސް. ތޮއްޑޫ ވެސް ކުޑަވާނެ
ކުޑަސޭޓު
20 February 2025
އެދުމެއް ނެތި ތޯ ނޫނީ ވެދުމަކާ އެކު އެކަނިތޯ؟
އޮންނާނެތާ
20 February 2025
ތިމަންނަ އެއްވެސް އިރެއްގަ އެތަނަށް ނުގެންދާ ގޮތަށް
މާމިގޖލީމަންޖެ
20 February 2025
ސްޓާފުންނަށް ދޭންޖެހޭ ހަލާލު މުސާރަ އާއި ސާވިސްޗާޖް ދުވަހުން ދުވަހަށް ދީބަލަ، ދެންއެހެން ކަމަކާފާނަގާނީ،
ނަހުލާ ދައްތަ
20 February 2025
ތިޔަ ހައްދަވަން ހެޔޮ ނުވާނެ. ދެން ލިޕްޓިކްސް ގަންނާނީ ކިހިނެއް؟ ފުލުހުންނަށް ކާންދޭ ފައިސާއިން ތިޔަ ކަން ނުކުރެވޭނެތަ؟ ގިނަ ފުލުހުން ވަޒީފާ ނިންމާފަ ދަނީ ގެއަށް ކާން. ފުލުހުންނަށް ކެއްކުން ހަދައިގެން އުޅެނީ ބަޔަކަށް ފައިސާ ދޭންވެގެން
ހިލަބެ
20 February 2025
އަޞްލުރަނގަޅުވާނީ ދައްކަންއޮތްޓެކްސްތައްދައްކާ ނިއްމުން ތިޔަފަދަކަންކަން ކުރަންވާނީއޭގެފަހުން ...
ނާދީ
20 February 2025
ގާސިމުގެ ހަރަދުގައި ރައީސުލްޖުމްހޫރިއްޔާ އަކުވެސް އުފެއްދި. މިއީ ނުރައްކާތެރިކަމެއް. ވިޔަފާރިވެރިން ދޭ އިކުއިޕްމެންޓާއި އިމާރާތާއި މިފަދަ ތަންތަން ސެކިއުރިޓީ ޚިދުމަތުން ބަލައިގަނެގެން ނުވާނެ. ގައުމަށް ނުރައްކަލެއް މިއީ