ނިކަގަސް ކަނޑާލުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރަނީ.
20 ފެބުރުއަރީ 2025 - 09:06
ޕީޓްރަލް ހޮޓާ ހިންގި ސަރަހައްދުގައި ހުންނަ ބޮޑު ނިކަގަހުގެ ސަބަބުން އެ ސަރަހައްދުގައި އުޅޭ ބައެއް މީހުންނަށް ދަތިވާ ކަމަށް ބުނެ އެ ގަސް ކަނޑާލުމުގެ މަސައްކަތް ފަށައިފި އެވެ.
މައްޗަންކޮޅި ސަހަރާއާ އިންވެގެން އޮންނަ ޕީޓްރަލް ޕާކުގެ ކަންމަތީގައި ހުންނަ ބޮޑު ނިކަގަހަށް 35 އަހަރަށް ވުރެ ގިނަ ދުވަސްވެދާނެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އީޕީއޭ އަށް މީހަކު ފޮނުވި ސިޓީއެއްގެ ޖަވާބުގައި އެ އެޖެންސީގެ ޑިރެކްޓަ ޖެނަރަލް އިބްރާހިމް ނައީމް ސޮއިކުރައްވައި ފޮނުއްވި ޖަވާބުގައި ވަނީ އެ ގަސް ކަނޑާލުމުގެ ހުއްދަ ދީފަ އެވެ.
އެހެންވެ، މާލޭ ސިޓީ ކައުންސިލުން ވަނީ ގަސް ކަނޑާލުމުގެ މަސައްކަތް އިއްޔެ ފަށައިފަ އެވެ.
"އިސްކަންދަރު މަގާއި ދެވިނަމަގު ކަންމަތީ ހުރި ނިކަގަސް، މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ކަނޑާ ސާފުކުރުމަކުން އެޖެންސީގެ އެއްވެސް އިއުތިރާޒެއް ނެތްކަމުގައި ދަންނަވަމެވެ،" އީޕީއޭގެ ސިޓީގައިވެ އެވެ.
އީޕީއޭ އިން އަންގާފައި ވަނީ ކަނޑާލާ ގަހުގެ ބައިތައް މާލޭގެ އެހެން ސަރަހައްދެއްގައި އިންދުމަށެވެ. އެ ގަހުގެ ބައިތައް އިންދޭ ގޮތް ނުވާ ނަމަ ބަދަލުގައި ދެ ގަސް އިންދުމަށް ފަހު، އޭގެ ފޮޓޯ އާއި ވީޑިއޯ އީޕީއޭއާ ހިއްސާކުރުމަށް އެ އިދާރާ އިން އަންގާފައި ވެ އެވެ.
ނިކަ ގަހުގެ މޫތައް މުޅި ސަރަހައްދަށް ފެތުރި ކައިރީގެ ގެތަކުގައި އުޅޭ މީހުންނަށް އޭގެ ތަކްލީފު ކުރިމަތިވަމުންދާ ކަމަށް ބައެއް މީހުން ބުނެފައި ވެ އެވެ. އެކަމަކު އަނެއް ބަޔަކު ވަނީ ގަސް ކަނޑާލުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކައިފަ އެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯ ބެކްވާޑް
20 February 2025
މުއިއްޒުގެ ތަރައްގީ އަކީ އަބަދުވެސް ގަސް ތައް ކަނޑާ ޒަމާނާ ނުގުޅޭ ވިސްނުމެއް.
އަނެއްކާ
20 February 2025
މީހަކު ސިޓީއެއް ފޮނުވައިގެން ކުރާ ކަމެކޭ؟ ތި ހިސާބު ކިތައް މީހުންގެ ތާއީދު އޮތްކަމެއްބާ؟
ޑރ ވާންޗޯ
20 February 2025
އެންމެ 35 އަހަރުގެ ގަހެއްނަގާތީ ތިޔަ ޑަނޑޫރާޖަހަނީ!.
8
20 February 2025
މ.ޒ ކީކޭތޯ ވިދާޅުވަނީ؟
ދޮހޮއްތުބެ
20 February 2025
ތިކަމައްވެސް ސިޔާސީ ފޯރިނެގި ބަޔަކު އުޅުނު . މިހާރު އެމީހުނައް ހެޔޮ
ކިހިނެއް
20 February 2025
ތިތާ ބަޔަކު ޖަގަހެއް ހަދަން ވެގެން ކުރާ ކަމެއް ތިއީ. މިއޮއް ހުރިހާ ދުވަހު އުދަގުލެއް ނުވޭ. މާލޭގަ މަދުވާނެ ގިނަދުވަސްވީ ގަސްގަސް
35 އަހަރަކީ
20 February 2025
މާކަދިގު މުއްދަތެއްނޫން ނަމަވެސް މައުމޫންގެ ވެރިކަމަށްވުރެ 1 ދައުރު އިތުރު
އޮނަރަބްލް އަޕީޕް ދީދީ
20 February 2025
މިހެންވެޔޭ އަހަރެން ބުނަނީ މާލޭ ބޭފުޅުން ކަމަކަށް ބޭނުންފުޅުވެ ވަޑައިގެންފިއްޔާމު އެކަން ހަމަ ބަރާބަރަށް ވާނެޔޭ އަދި ދެކުނުގެ ރަށަކުން ގަހެއް ކަޑަފިއްޔާ ދެން އެކަން ބޮޑުކަމަކަށްވެސް ހަދާނެޔޭ. މީގެ ހައްލަކީ ސަސްޓޭނިބިލް ގޮތަކަށް ގަސްކެނޑުމުގެ ޕޮރޮޖެކްޓް ހިންގަން ކުޑަ ސިވިލްބޮޑީ އެއް ހަދަފައި އެއީ ވޮލަންޓީއަރު ކޮށް މަސައްކަތްކުރާ ވަކި ބޮޑީއަކަށް ހެދުމޭ. އޭރުން ގަސް ކެޑޭނޭ ސަސްޓޭނިބިލް އަދި އެންވަރަންޓްމަންޓް އޯކޭ ގޮތަކަށް.
ނުދީދޭދީދީ
20 February 2025
އަފީފު ގެ ފުރޭނދެން ލޮނުމިދިލި ގަސް އިންދަބަލަ ވަރަށް ބެސްޓްވާނެ
އެޗް އެމް
20 February 2025
ތީގަ އޮތީ ގަހާ އެކީ ދިރި އުޅުން، ނުނީ ގަހާއި ދުރަށް ދިރިއުޅުން ބަދަލުކުރުން، ގަސް އެހެން ތަނަކަށް ބަދަލު ކުރުން. މީގެއިން ހައްލެއް ނުފެނިއްޖެ ނަމަ ދެން ޖެހޭނީ ގަދަ ހިފުމަކަށް ދާން. ކޮންމެއަކަސް އިންސާނުން ބުނަނީ އެމީހުންނަކީ އެންމެ އިސް ބަޔަކީ.
ޖިންނި
20 February 2025
އެއީ ތެދެއްތަ ނިކަގަހުގަ ވަރަށް ޖިންނި އުޅެޔޯ