ކުޅިވަރު / ޕްރެޒިޑެންޓްސް ކަޕް

ޕްރެޒިޑެންޓްސް ކަޕް ވާންޖެހޭނީ ޝަރަފުވެރި ތައްޓަކަށް، ޕްރީ ސީޒަން މުބާރާތަކަށް ނޫން: ކްލަބްތައް

ޕްރެޒިޑެންޓްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަންކަން ހޯދި މާޒިޔާއިން، އެ މުބާރާތުގެ ތަށި އުފުލާލަނީ: ކްލަބްތައް އެދިގެން ޕްރެޒިޑެންޓް ކަޕް ސީޒަންގެ ފަހު މުބާރާތަށް އަލުން ވަނީ ބަދަލުކޮށްފަ

ޕްރެޒިޑެންޓްސް ކަޕް ވާން ޖެހޭނީ ޝަރަފުވެރި ތައްޓަކަށް ކަމަށާއި ޕްރީ ސީޒަން މުބާރާތެއްގެ ގޮތުގައި އެ މުބާރާތް އޮންނަން ބޭނުން ނުވާ ކަމަށް ކްލަބްތަކުން ބުނެފި އެވެ.

މިދިޔަ ދެ ސީޒަނުގެ އެންމެ ފުރަތަމަ މުބާރާތެއްގެ ގޮތުގައި ކުޅެފައި ވަނީ ޕްރެޒިޑެންޓްސް ކަޕެވެ. ކުރިން ގައުމީ މުބާރާތުގެ ނަމުގައި ބާއްވާ މުބާރާތަކީ ރާއްޖޭގައި މިހާރު ބާއްވާ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތެވެ. އަދި އެއީ އެންމެ ޝަރަފުވެރި އެއް މުބާރާތް ވެސް މެ އެވެ.

އެ މުބާރާތް ސީޒަނުގެ ކުރީކޮޅަށް ކުޅޭ ގޮތަށް ހަމަޖެއްސުމުން ގިނަ ކްލަބްތަކުން އެ މުބާރާތް ނަގަނީ ޕްރީ ސީޒަން މުބާރާތެއްގެ ގޮތުގަ އެވެ. އެކަން ބަދަލު ކުރަން ވެސް ހުށަހެޅީ ކްލަބްތަކުންނެވެ.

އެ މުބާރާތް އަހަރުގެ ކުރީކޮޅަށް ބަދަލު ކުރީ 2022 ގެ ސީޒަނުގަ އެވެ. އެ އަހަރު އެފްއޭއެމުން އެންމެ ފުރަތަމަ އާންމު ކުރި ކަލަންޑަރުގައި އޮތް ގޮތުން ޗެރިޓީ ޝީލްޑްގެ ކުރިން ޕްރެޒިޑެންޓްސް ކަޕް ކުޅެން އޮތީ ހަމަޖައްސައިފަ އެވެ. ކްލަބެއްގެ އޮފިޝަލަކު އޭރު ބުނީ ޕްރެޒިޑެންޓްސް ކަޕް އަހަރުގެ ފުރަތަމަ ޗެމްޕިއަންޝިޕަކަށް ހެދީ ޕްރީ ސީޒަން މުބާރާތެއްގެ ގޮތުގައި މެޗުތަކެއް ކްލަބްތަކަށް ހޯދައި ދިނިމުގެ ގޮތުން ކަމަށެވެ. ގިނަ ކްލަބްތަކުން ޕްރީ ސީޒަން ތަމްރީނުތައް ފަށާފައި ނެތުމުން އެ މުބާރާތް ފުރަތަމަ ކުޅޭ ގޮތަށް އެފްއޭއެމުން ހަމަޖެއްސި އެވެ.

މީގެ ކުރިން ޕްރެޒިޑެންޓްސް ކަޕް މެޗެއްގައި

އެކަމަކު ބައެއް ކްލަބްތަކުން ޝަކުވާ ކުރުމުން، އެ އަހަރުގެ ކަލަންޑަރަށް ބަދަލު ގެނެސް އެފްއޭއެމުން އަލުން އިއުލާން ކުރި އެވެ. ދެވަނަ ފަހަރަށް އިއުލާން ކުރި ކަލަންޑަރުގައި ޗެރީޓީ ޝީލްޑް މެޗު ކުރިން ކުޅޭ ގޮތަށް ތާވަލު ކުރި އެވެ.

ޕްރެޒިޑެންޓްސް ކަޕަށް ފަހު ދިވެހި ލީގާ ކުރިމަތިލާއިރު އަލުން ކުޅުންތެރިން ސޮއި ކުރުމުގެ ފުރުސަތު ވެސް ކްލަބްތަކަށް ލިބިދޭގޮތަށް ވެސް އެފްއޭއެމުން އޭރު ހަމަޖެއްސި އެވެ.

މިދިޔަ ދެ ސީޒަނުގައި ވެސް އޮތީ އެހެންނެވެ.

ފުޓްބޯޅައިގެ ތަޖުރިބާކާރަކު ބުނީ އެގޮތަށް އޮތުމުން ޕްރެޒިޑެންޓްސް ކަޕާ މެދު ގިނަ ކްލަބްތަކުގެ ސީރިއަސްކަން ގެއްލޭ ކަމަށެވެ.

"ޒަމާނުންސުރެ ގައުމީ މުބާރާތަކީ [ޕްރެޒިޑެންޓްސް ކަޕް] އެންމެ ޕްރެސްޓީޖިއަސް މުބާރާތް. ރާއްޖޭގެ އެންމެ ޝަރަފުވެރި މުބާރާތް ޕްރީ ސީޒަން މުބާރާތަކަށް ހެދުން އެއީ ރަނގަޅު ވިސްނުމެއް ނޫން،" އޭނާ ބުންޏެވެ.

ކްލަބްތަކުން ބޭނުން ވަނީ އެކަން ބަދަލު ކުރާށެވެ.

އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޝުޖާއު ވިދާޅުވީ ކްލަބްތަކުގެ އެ ހުށަހެޅުމާ އެއްގޮތަށް ޕްރެޒިޑެންޓްސް ކަޕް ސީޒަންގެ އެންމެ ފަހު މުބާރާތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އޭޕްރީލް އަށެއްގައި ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފެށުމަށް ފަހު އޭގެ އެއް ދުވަސް ފަހުން އޭޕްރީލް 10 ގައި ދިވެހި ލީގު ފަށާގޮތަށް އެފްއޭއެމުން މިހާރު ވަނީ ޑްރާފްޓް ކަލަންޑަރު އެކުލަވާލައިފަ އެވެ. ޕްރެޒިޑެންޓް ކަޕް ތާވަލުކޮށްފައި ވަނީ އޮކްޓޯބަރު މަހަށެވެ.

ޕްރެޒިޑެންޓްސް ކަޕުގައި ކުރިން ފުރުސަތު ލިބެނީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.

ޕްރެޒިޑެންޓްސް ކަޕް 2022 ގެ ފައިނަލުގެ މެޗުގެ ތެރެއިން: ރ. އަލިފުށީގައި ކުޅުނު ފައިނަލު މެޗުގައި މާޒިޔާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ވެލެބްސިއާ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އެ މުބާރާތުގެ ފުރަތަމަ މެޗުގައި އޭރު ކުޅެނީ ލީގުގެ ގަދަ ދެ ޓީމުގެ ސެމީ ފައިނަލު މެޗެވެ. އެ މެޗުން މޮޅުވާ ޓީމެއް ސީދާ ފައިނަލަށް ދާނެ އެވެ. ބަލިވާ ޓީމެއް ޖެހޭނީ ލީގުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށް ދެވަނަ ސެމީ ފައިނަލު މެޗެއް ކުޅޭށެވެ. އެ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދަތުރުކުރާނެ އެވެ.

ޕްރެޒިޒެންޓްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނަކީ މާޒިޔާ އެވެ. އެ މުބާރާތުގައި އެންމެ ކާމިޔާބު ޓީމަކީ ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓަރީ އެވެ. އެ ކްލަބުން ވަނީ 11 ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު އަލުން ދިވެހި ލީގުގައި ވިކްޓަރީން ވާދަކުރާނެ އެވެ. އެފްއޭއެމުން 2019 ގައި އެ ކްލަބް ސަސްޕެންޑް ކުރުމުން ދެވަނަ ޑިވިޝަނަށް ވެއްޓުނު ކްލަބް އަލުން ޕްރޮމޯޓް ވީ މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަނުގެ ރަނަރަފް ޓީމުގެ ގޮތުގަ އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާނަކޮށި

24 February 2025

އެއކަލަ ބައްސާމް މިފޮޓޯގައި އެހުރީ

The name is already taken The name is available. Register?

ހަފީޒުއާ

24 February 2025

މުބާރާތް ޝަރަފު ވެރި ވާނީ ކުޅޭ ޓީމް ތަކަކީ އެވަރު އަހުލާގެއް ހުރި ބަޔަކަށް ވެގެން، މިހާރު ދަނޑަށް ވަދެވޭ ވަރެއް ނޫން ގޮވާ އަވަގުރާނުން ، ވަރަށް ސަލާން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454