އެމްއެފްޑީއޭ/އެޗްޕީއޭގެ މުވައްޒަފުން، ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު އިންސްޕެކްޝަނެއް ކުރިއަށްގެންދަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރި
24 ފެބުރުއަރީ 2025 - 13:59
ކުރިއަށް އޮތް ރޯދަމަހަށް، ފިހާރަތަކާއި މާރުކޭޓުތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހެލްތު މިނިސްޓްރީން ބޮޑު އިންސްޕެކްޝަނެއް މިއަދު ފަށައިފި އެވެ.
އެ މިނިސްޓްރީން ބުނީ އެމްއެފްޑީއޭ އަދި އެޗްޕީއޭއާ ގުޅިގެން ފެށި އިންސްޕެކްޝަން މާލެ އާއި އެކި ރަށްރަށުގައި ހެނދުނު 9 އިން ހަވީރު 4 އަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ފިހާރަތަކާއި މާރުކޭޓުތަކަށް ބުޅަލާއި މީދާ ފަދަ ޖަނަވާރުތަކަށް ނުވަދެވޭ ގޮތަށް ޕެސްޓު ކޮންޓްރޯލް ކޮށްފައިވޭތޯ އަދި ރެކް/ޝެލްފް ނުވަތަ ފްރިޖުގައި ކާބޯތަކެތި ބަހައްޓާފައި ހުންނަ ގޮތާއި ވަކި ފިނިހޫނުމިނެއްގައި ބަހައްޓަން ލޭބަލްގައި އިރުޝާދު ދީފައިވާ ތަކެތި އެ އިރުޝާދާ އެއްގޮތަށް ބަހައްޓާތޯ ވެސް އެ އިންސްޕެކްޝަންގައި ބަލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
— Ministry of Health (@MoHmv) February 24, 2025
މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ހުރިތޯ ބެލުމާއި ކާބޯތަކެތި ބަންދުކޮށް، ލޭބަލްކޮށް ގުދަން ކޮށްފައިވަނީ ރައްކާތެރި ގޮތެއްގައިތޯ ވެސް ބަލާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ، ކާބޯތަކެތީގެ ރައްކާތެރިކާތެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް ގުދަން ކުރުމާއި ވިއްކުން އަދި އެ ތަންތަނުގައި ހުންނަނީ ސިއްހީ ގޮތުން އެކަށީގެންވާ، ރައްކާތެރި ކާބޯތަކެތިކަން ކަށަވަރު ކުރާނެ ކަމަށެވެ.
އެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ އޮގަސްޓް 23، 2024 ގަ އެވެ.
އޭގެ ދަށުން، ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަނެއް އެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށް، ވަކި އުސޫލެއްގެ ތެރެއިން ހިދުމަތް ދިނުމަށް އަންނަނީ ޕްރޮގްރާމްތައް ހިންގަމުންނެވެ.
ހެލްތު މިނިސްޓްރީން ވަނީ ކާބޯތަކެތި ރައްކާތެރިކުރުމުގައި އެއްވެސް ކަންބޮޑުވުމެއް އޮތް ނަމަ އެމްއެފްޑީއޭގެ 7603204 އަދި އެޗްޕީއޭގެ ނަމްބަރު 7960121 އަށް ގުޅުމަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައްޔޫމް
24 February 2025
21 ވަނަގަރުނުގަ ތިބާވަތުގެ ކަންކަންކޮށްއުޅެނީ އިއުލާންނުކޮށް މީޑިއާއަށް ނޭނގި، އެނގިގެން ކުރީމަ ވާގޮތަކީ އެވަގުތަށް ހުންނާނީ ތެޔޮލާ މޭކަޕްކޮށް ނިއްމާފަ،
ދޫނިމޭވާ
24 February 2025
ފޮޓޯއިން އެފެންނަނީ ކާބޯތަކެެތި ވިއްކައި، އެތަނުގަ ދޫނި ގެންގުޅޭތަން؟ ހމމ
ނަކަތް
24 February 2025
ކޮންމެމީހަކު މޯބައިލެއް ހިފައިގެން މިހުންނަނީ އެދިއްްކޮލީމާ ރައްކާތެރިކަމުގެ މިންވަރު ބުނެދޭތީތަ؟
ޝެލަރީ
24 February 2025
ފިހާރަތަކުގަ ހެދިކާ ސައި ކޮފީވިއްކެނީ ކޮންހަމަޔަކުންތޯ؟ ކެފޭ ރެސްޓޯރަންޓް ހޮޓާ ހުއްދައަށް އަހަރަކައް މަދުވެގެން 2100 ރުފިޔާ މިނިސްޓްރީއަށް ދައްކަންޖެހޭ ނުވިތާކައް 2 އަތްދޮނަ ތަށިހުންނަންޖެހޭ ފިހާރަތައް އޯކޭ ހެދިކާވެސް ވިއްކަންވީ ކޮބާތޯހަމަ
ޒިބްރީނާ
24 February 2025
އަސްލު މިއީ ވަރަށް ސަޅި ކަމެއް. ޢެންމެންގެ ސިއްހަތާއި ގުޅިފައިހުރި ކަމެއް.
ރަދީފްއޮފިޝަލް / ސ.ހިތަދޫ ފެންމުލި ސަރަހައްދުން.
24 February 2025
ރަނގަޅު ތިހެން ނިކުތީމަ.ނަމަވެސް މާލޭގެ ހާދަ ބައިވަރު ތަނެއް ޗެކްކުރެވޭނެޔޭ ދޯ. 7 ގަޑިއިރުން ކިތައް ތަންތޯ ބެލުނީ؟ މޭކަޕް ފޮހެވިދާނެތީވެ ފިނި ކޮޓަރީގަ އަބަދު ތިބޭ ބަޔަކަށް ފީލްޑްގަ މަސައްކަތްކުރެވޭނެ ބާ؟ ވ.ވެދުން
ސިލޭހަ1
24 February 2025
ފުރަތަމަވެސް ނިކަމެތި މީހާ.. ހުޅުމާލެ ފޭސް 1 އަދި ފޭސް2 ގަ ވިޔަފާރިވެރިން އެއްޗެހި ވިއްކަނީ ހިތަށް އައި އަގެއްގަ.. ދެތަނުގަވެސް އަގު ފަރަގު އެހާބޮޑު.. ހިޔާ ޓަވަރުގަ އަދި ވަކިން ބޮޑު.. މުދަލުގެ އަގު ޖަހާފައެއް ނުހުރޭ.. ކާކު ބަލަނީ؟؟ ކޮން މިނިސްޓްރީއެއް؟؟؟ ތިތަނުންވެސް ނިކަމެތި މީހާ ޖޫރިމަނާކޮށްފަ ފޭސްބުކްގަ 100000 ލައިކް ހޯދާލާ.. އޭރުން ލައްކަ ބޮޑުވަރު އެވީ.. މިއޮތީވާ ސަރުކާރެއް.. ކޮންމެސް ގޮތެއް މިމީހުނަށް ވާން އެބަޖެހޭ..
ޙުސޭދު
24 February 2025
ޜައްޔިތުން ކަލޭމެން ކުރާ ކަން ކަމަށް އިތުބާރު ކުރެވޭވަރައް ކަމެއް ކުރެވޭތޯ ބަލާ
ބަކުރުު
24 February 2025
ކުކުޅު ގުއިތަކާއެއްކޮށް ސާފުނުކޮށް ހުންނަ ކުކުޅުބިސް މިހާރު ގިނަވާން ފަށައިފި. މިކަންވެސް ބަލައްޗޭ. ކަސްޓަމަކުން ބިސްކޭސް ކަނޑައިގެން ނުބަލާ އެބިސްހުންނަނީ ޓްރީޓްކޮށްފައިތޯވެސް.
އިހްސާސް
24 February 2025
ވަކި މަހަކަށް ތިޔަކަން ހާއްސަ ކޮށްގެން ކުރުމުގެ ބަދަލުގައި މަހަކު އެއްފަހަރު ތިޔަކަން ކުރަންޖެހޭ. އަދި ހުއްދަނެތި ކާބޯތަކެތި ވިއްކާ ކިއޮސްކުތަކާ އެހެން ތަންތަން ހުއްޓުވަންޖެހޭ. ހިޔާ ފުލެޓު ސަރަހައްދުގަ ރޭގަނޑު ހެދިކާ ވިއްކަން ހާއްސަކުރި ތަންތާ އެއްވެސް ހުއްދައެއް ނުނަގާ ކާބޯތަކެތި އެވިއްކަނީ ކޮން އުސޫލަކުންތޯ ބަލާލަބަލަ.