އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލިސް
24 ފެބުރުއަރީ 2025 - 15:38
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަކީ ހާލަތާ ނުގުޅޭ ބަޔާނެއް ކަމަށާއި އެ ބަޔާނުން ރައްޔިތުން ލިބުނީ އިތުރު މާޔޫސްކަން ކަމަށް އެ ބަޔާނަށް އިދިކޮޅު އެމްޑީޕީން މިއަދު ދިން ޖަވާބުގައި ބުނެފި އެވެ.
ރިޔާސީ ބަޔާނަށް ޖަވާބު ދިނުމުގެ ގޮތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަ ދެއްކެވީ މިއަދުގެ ޖަލްސާގަ އެވެ.
ނާޒިލް ވިދާޅުވީ ރައީސްގެ ރިޔާސީ ބަޔާނުގައި އިގްތިސޯދީ އަދި މާލީ ކަންކަން ހައްލު ކުރާނެ ސިޔާސަތުތަކެއް ވެސް ބުނެދެވިފައިނުވާ ކަމަށެވެ. އަދި ދެ ދުވަހުން އެއް ދުވަހު ސިޔާސަތުތައް ބަދަލުވަމުން ދާއިރު، ދުރު ރާސްތާގެ އިގްތިސޯދީ އެއްވެސް ވިސްނުމެއް ނެތްކަން ހާމަވެފައިވާ ކަމަށް އެ ނާޒިލް ވިދާޅުވި އެވެ.
މިދިޔަ އަހަރު ދައުލަތުގެ ބަޖެޓަށް އެކަށީގެންވާ ވަރަށް ފައިސާ ހޯދިފައި ނުވާއިރު، ދަރަނި ނުނަގާނެ ކަމަށް ބުނެ ސަރުކާރުން އަމަލު ކޮށްފައިވަނީ އެއާ މުޅިން އިދިކޮޅަށް ކަމަށް ނާޒިލް ވިދާޅުވި އެވެ.
އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލިސް
އޭގެ ނަތީޖާއެއްގެ ގޮތުން ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވާ ކަމަށާއި ސަރުކާރުން ވަނީ ދަރަނީގެ ރެކޯޑެއް ހަދާފައި ކަމަށް ނާޒިލް ވިދާޅުވި އެވެ.
ނަމަވެސް މިއިން އެއްވެސް ވާހަކައެއް އަދި މިކަމާ ގުޅޭ ހަގީގަތެއް ރިޔާސީ ބަޔާނުގައި ހިމަނާފައިނުވާ ކަމަށް ނާޒިލް ވިދާޅުވި އެވެ. އޭގެ ސަބަބުން ރައްޔިތުންނަށް އިތުރަށް މާޔޫސްކަން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިގުތިސޯދީ އަދި މާލީ ކަންކަން ހައްލު ކުރާނެ ސިޔާސަތުތަކެއް ބުނެ ނުދެވުނު. މި އަހަރުގެ ރިޔާސީ ބަޔާނަކީ މިހާތަނަށް އިވުނު އެންމެ އޮޅުވާލުން ގިނަ ރިޔާސީ ބަޔާން. ފެނިގެން ދިޔައީ ބޮޑެތި މުހިންމު ކަންކަން އުނިކޮށް ހިޔާލީ ވާހަކައެއް އުފައްދަން އުޅުނު މަންޒަރު،" ނާޒިލް ވިދާޅުވި އެވެ.
ޓޫރިޒަމަކީ އިގްތިސޯދީ މައި ތަނބު ކަމަށް ވާއިރު، އެތެރޭގެ ޓޫރިޒަމް މާހައުލު ބަދަލުވަމުންދާ ކަމަށް ނާޒިލް ވިދާޅުވި އެވެ. އެހެން ނަމަވެސް މިކަމާމެދު ޕީއެންސީގެ ސަރުކާރުން ނުވިސްނާ ކަމަށާއި ޓޫރިޒަމާ ގުޅޭ އެއްވެސް ސިޔާސަތެއްގެ ވާހަކަ ވެސް ރިޔާސީ ބަޔާނުގައި ހިމަނާފައިނުވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.
"ސަރުކާރުގައި ފައިސާ ނެތިގެން އަވަސް ގޮތެއްގައި ފައިސާ ހޯދުމަށް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރާ ރަށްތަކާއި ފަޅުތަކުގެ އަގު އެތައް ގުނައެއް ކުޑަކޮށްފި. އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެމްޑީޕީގެ ސަރުކާރުން ކަނޑައަޅާފައިވާ އަގު ކުޑަކޮށް ރަށްތަކާއި ފަޅުތައް ސޭލް އަޅުވާލާފައި،" ނާޒިލް ވިދާޅުވި އެވެ.
އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލިސް
ބިދޭސީ ކުންފުނިތަކަށް މަނާކޮށްފައި އޮތް ގެސްޓްހައުސް ޓޫރިޒަމްގެ ސިނާއަތް ވެސް އެއްވެސް ޝަރުތެއް ނެތި ޗައިނާގެ ވިޔަފާރިތަކަށް ހުޅުވާލައިފައިވާ ކަމަށާއި އެކަން ކުރީ މަޝްވަރާއެއް ވެސް ކުރުމެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިލް އިތުރަށް ވިދާޅުވީ ދިވެހި އެތައް ޒަމާންތަކެއް ވަންދެން ބުރަ މަސައްކަތް ކޮށްގެން ހޯދި ޑިކޮމްރެސީ މި ސަރުކާރުގައި ދަނީ ނުރަނގަޅު ދިމާލަކަށް ކަމަށެވެ. އެގޮތުން ހައްގުތައް ހަނިކޮށް، ވެރިމީހާގެ ބާރު އިތުރުކުރާ މަންޒަރު ފެންނަން ފަށައިފި ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައްގުތައް ހަނިކުރަން ފަށައިފި. ވެރި މީހާގެ ބާރު އިތުރުކުރަން ފަށައިފި، ބިރު ދެއްކުން އިންތިހާއަށް. ސިއްރުވެރިކަން އިންތިހާ. މި އިއްޒަތްތެރި މަޖިލިސް ވަނީ ތަޅު އަޅުވާފައި،" ނާޒިލް ވިދާޅުވި އެވެ.
"ދިވެހިރާއްޖެ މި ދަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް. ގާނޫނުގެ ވެރިކަމެއް ނުހިނގާ،"
މިދިޔަ އަހަރު ސަރުކާރުގެ ފަރާތުން ފެނިގެން ދިޔައީ މިނިވަން މީޑީއާގެ ހައްގުތައް ހަނި ކުރި މަންޒަރު ކަމަށާއި އަދި ކުރިއަށް ވެސް އޮތީ ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ ނާޒިލް ވިދާޅުވި އެވެ.
ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އާންމުވެ، ކޮރަޕްޝަން އިންޑެކްސް ލެވެލްގައި ތިން ދަރަޖަ ފަހަތަށް ޖެހިފައިވާ ކަމަށް ވެސް ރިޔާސީ ބަޔާނަށް އެމްޑީޕީން ދިން ޖަވާބުގައި ފާހަގަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮއްކޯއަޅެ
25 February 2025
ބަޔާން އަޑު އަހާލަން ނުގޮސް މަގުމަތީ ތިބެފަ ޖެހިގެން އަންނަ ދުވަހު މަގުމަތީ މުޒާހަރާކޮށްފަ ޖެހިގެން އައި ދުވަހު މީހަކު ލިޔެފަ ދިން ގަނޑެއް ހިފާގެން ހުރެ އެކީމަ ކަމަކު ނުދާނެ ކޮއްކޯ
މުސްތަފާ ކަރީމް
25 February 2025
ބަލަގަ އެތައް ކަމެއް ކުރަން އިއުލާން ކޮށްފި. އެތައް ކަމެއް ކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ދީފި. ތިބުނަނީ ރައްޔިތުންނަށް ކަންކަން ކުރުން އެއީ މާޔޫސް ކަމޭތޯ؟ އަޖައިބު
ހަމްދާ
25 February 2025
މިދިޔަ ނާޒިލުމެންގެ ސަރުކާރު އައްޑޫ އިންޖީނުގެ ނުނިމުނީމަ އެއްވެސް ވާހަކައެއްދެއްކިންތަ
ހާމަ333
25 February 2025
ނާޒިލު ކަލޭ އެމްޕީކަން ލިބުނީމަ މުޅި ގެއާއި ސަރަހައްދުގަ ކަލޭގެ ކާރުކޮޅުތަކުން ފުރިފަ...މަސްދޯނި...ދެންވެސް ހުރިއެއްޗެއް ބެލިމީހަކަށް އެނގޭނީ....ދާއިރާގެ ރައްޔިތުންނަށް ލިބުނު ކުރިއެރުމެއް މެޓާގަނޑެއްވެސް ނެތް.. އަނގަނުފަޅާ މި5 އަހަރު ހަޖަމުގެ ބައި ރަނގަޅުކޮށްލާ
ޝޮކްތެރަޕީ
24 February 2025
މާޔޫސް ވެފަ ތިބި ބަޔަކު ދައްކާނީވެސް މާޔޫސް ވާހަކަ.
އަފްރާސިޔާބު
24 February 2025
ރައްޔިތުންނަށް މާޔޫސްކަމެއް ނުލިބޭ. އަދި ލިބުނަސް އެމްޑީޕީއަށް ކީއް؟ ތިޔަ ޕާޓީ އިން ލައްކަ ކަންތައް ކޮށްދިންތަ؟
އަލިފް ޝީނު
24 February 2025
ރައްޔިތުންނޭ ނުކިޔާ. އެއައްވުރެން މާރަނގަޅުވާނެ މަޖިލީހުގަ ވަކި ކުލައެއްގަ ތިބި 12 ވަރަކަށް ވަރަ ބިނދިފަ ތިބި މީހުންގެ ހިޔާލޭ ކިޔައިފިއްޔާ. ރައްޔިތުންގެ ނަމުގަ ވާހަކަ ދައްކަން ހަމަ ގައިމުވެސް އަހަރެންގެ ހިޔާލެއް ނުހޯދާ.
ކައުންސެލަރު....
24 February 2025
އާނ ދޮގެއް!؟ އެމްޑީޕީގެ މީހުންނަށް ބަޔާން އިވުނުތަ؟ ގައިމު އެ ނާހަންވެގެނެއްނު މަޖިލީހުގައި ޓައިޓޭނިކް ކުޅެނީ. ދެން ކޮން ބަޔާނެއް ނެރޭކަށް. ތިޔަވެސް ހުސްދޮގު. އެމްޑީޕީ އުފެދުނީވެސް ދޮގުގެ މައްޗަށް
ޟމމމމ
24 February 2025
އަސްލުވެސް ދޯ!
ކިހިނެއް
24 February 2025
އެމްޑީޕީގެ އޭރުގެ ރިޔާސީ ބަޔާނުން ވެސް ލިބުނީ މާޔޫސްކަން. އަދި ކުރީ ވައްކަން