25 ފެބުރުއަރީ 2025 - 07:29
ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތައް، މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް އެ ތަނުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކައި އޮތް ބައިން ވެސް މާލޭގެ ރައްޔިތުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ގޯތިތައް ދޫކޮށްފަ އެވެ. އެކަމަކު، އެ ފަޅުގައި އޮތް ފުން ސަރަހައްދު ހިއްކުމުގައި ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އޭގެ ފަހުން މި ސަރުކާރުން ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ނިންމައި، އެ ތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފަ އެވެ.
ދ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ މީދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ގުޅިފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތައް ހިއްކާފައި އޮތް ސަރަހައްދުން ހަމަޖެހޭ ގޮތަށް ލޭންޑް ޔޫސް ޕްލޭން މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.
ދ. މީދޫގެ ރައްޔިތުންނާ އެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ، އެ ތަނުގައި ގާއިމުކުރަންޖެހޭ ސްކޫލްތަކާއި ހޮސްޕިޓަލް ފަދަ ވަސީލަތްތަކަށް އުނިކަން ނާންނާ ގޮތަށް ކަމަުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
"ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ރަޖިސްޓަރީ ހަވާލުކުރާނަން. އަދި އަމަލީ ގޮތުން ބިން ވެސް ދެ ތިން މަސް ތެރޭގައި ހަވާލު ކުރެވިގެންދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ތިލަމާލެ ބުރިޖު ހަދާތީ ގުޅިފަޅުން ބަންދުކޮށްފައިވާ ސަރަހައްދުން ވެސް ގޯތި ދޫކޮށްފައިވާއިރު، އެ ގޯތިތައް ހަވާލުކުރުމުގައި ލަސްވާނެ އެވެ. ނަމަވެސް، ބާކީ ހުރި ގޯތިތައް އެ މުއްދަތުގެ ތެރޭގައި ހަވާލުކުރާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ރޭ ދެއްވި އެވެ.
ދ. މީދޫގެ ރައްޔިތުންނާ އެކު ރޭ ބޭއްވެވި ބައްދަލުވުމަށް ރައީސް މުއިއްޒު ވަޑައިގެން ބައެއް މީހުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ކުރީގެ ސަރުކާރުން ބިން ދޫކުރަން ދެން ހަމަޖެއްސި ގިރާވަރުފަޅު ހިއްކުމުގެ އެއްބަސްވުން ހަދާފައިވަނީ ދައުލަތަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވާ ގޮތަށް ކަމަށް ވާތީ، އެ އެއްބަސްވުން ބާތިލްކޮށް، އެ މަސައްކަތާ ސީދާ ސަރުކާރުން ހަވާލުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަަން ވެސް ރައީސް ރޭ ހާމަކުރެއްވި އެވެ
މި ސަރުކާރުން ލޭންޑް ޔޫސް ޕްލޭނަށް މީގެ ކުރިން ގެނައި ބަދަލާ އެކު، ގުޅިފަޅުން 3،520 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ. ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅު ހިމެނޭ ގޮތަށް މާލޭ މީހުންނަށް މި ސަރަހައްދުން 9،000 އަށް ވުރެ ގޯތި ދޫކުރަން ކުރީގެ ސަރުކާރުން އޮތީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޓުވާލިގޯތި
25 February 2025
ރަނގަޅު ކޮށްލާ. 85 ހެކްޓަރު ހިއްކުމުގެ ކަންކަން ހަމަޖެއްސީ ކުރީ ސަރުކާރުން ހެހެެހެ. އެސަރުކާރުން ގޯތި ދިނީ އެމީހުންވެ ޕްމޭނުގައި ގޯތި ދޭން ކަނޑައެޅި ވަރަށް. ހުރިހާ ގޯއްޗެއް ފެތޭނީ ހިއްކަން ހަވާލުކޮށް މަސައްކަތް ކުރިއަށް ގޮސްފައިވާ ތަަނުން. ކުރިން ހިއްކަން ހަމަޖެހިފައިނުވާ ފުން ތަނުން ގޯތި ދީ ބަދަލުކުރީ މިސަރުކާރުން. ދޭން ބޭނުންވާ މީހުންނަށް ޕްރައިމް ލޮކޭޝަނުން ދެވުނީތޯ؟ އެތަން ތިމާމެންނަށް ނުހިއްކޭނެ ކަމަށް ގަބޫލްކޮށް އަމާން ދިނީތޯ؟
މީވާ ބަޔެއް
25 February 2025
ކޮންމެ ފަހަރަކުވެސް ޕްރެޝަރުވެލާއިރަށް ހަދާ މައިތިރި އެތް ދޯ މިއީ. އަނެއްކާ 2 އަހަރު ފަހުން އިޝާރާތެއް ވާނީ.
ާގުއްދޫސް
25 February 2025
އަަވަހަށްދީ ނިންމާލީ
ލިހާޒް މުހުސިން
25 February 2025
އިބޫ ކަނޑުން ދިން ގޯތި ހަގީގަތަކަށް މިހަދަނީ ރައީސް މުޢިއްޒްގެ ސަރުކާރުން. ހަގީގަތަކީ މިއީ
ލުއި މަރިޔަމް
25 February 2025
އެއްފަހަރު ދެއްކޭ ވާހަކައެއް އަނެއްފަހަރު ހަނދުމަ ނުހުރޭ. ތިދެއްކިވާހަކަފުޅުވެސް މާދަމާ އެހެންގޮތަކަށް ބަދަލުވާނެ، ދުލުގެ އެއްވެސް އިތުބާރެއްނެތް.. އެއްވެސް މިސްރާބެއް ނެތް. ސަހަރޯ! މާލޭ ރައްޔިތުން ގަނަތަޅުވަނީ.
ތިވާހަކަ ވިދާޅުވާންވާނީ މާލޭ މީހުންގާތުގައި
25 February 2025
އެއީ މާލޭ މީހުންނާއި ގުޅޭ ކަމަކަށްވާތީ!
އުފާވެރި ޚަބަރެއް! އެކަމަކު އަލުން ގުރުނަގަންޖެހޭނެ!
25 February 2025
މިފަހަރު އެމީހެއްގެ އަތުން އެމީހެއްގެ ގުރު ނަގުވާށެވެ! ގޯތިލިބުނު މީހުން ތިބީ ޑިޕްރެޝަނަށް ގޮއްސައެވެ.
ފފ222
25 February 2025
ގިރާވަރު ފަޅުގެ ގޯތިތައްވެސް މިހާރު ހިއްކާފައޮތް ބިމަކަށް ބަދަލުކޮށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރަން.
މުލީ ހަސަނު
25 February 2025
ގުޅިފަޅުން މާލެ ރައްޔިތުން ނަށް ދޭން އުޅޭ ގޯތީގެ ވާހަކަ ދ. މީދޫގަ އެރަށު ރައްޔަތުން ގާތު ދައްކަން މިޖެހުނީ ކީއްވެބާ!! މީދޫގެ މާގިނަ ބަޔެއްގެ މަސްލަހަތު މިކަމުގަ ހިނެނީ ބާ!
ހެހެހެހެހެ
25 February 2025
އެކޮޅޫގަ ދައްކާނެ ވާހަކަ ނެތީ
އަންޝާދު އަޒިޒް
25 February 2025
މިހެންވެ ބުނަނީ ރައީސް މުއިއްޒް އިތުބާރާއެކު ކަންކަން ކުރާނެޔޭ. ހަމަ ވައުދުވި ގޮތަށް ކަންކަން މިދަނީ ބާރު ސްޕީޑުގައި ކުރަމުން