25 ފެބުރުއަރީ 2025 - 13:38
އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ފަދަ ގާބިލް ހޯމް މިނިސްޓަރެއް މިހާތަނަށް ދިވެހިންނަށް ފެނިފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ އިހުސާނަކީ މީގެ ކުރިން އޭނާ ދަންނަ ބޭފުޅެއް ނޫން ކަމަށާއި ނަމަވެސް މަޖިލީހުގެ މަސައްކަތުގެ ތެރެއިން ބައްދަލުވެ ވަރަށް ބޮޑަށް ދަސްވެފައިވާ ކަމަށެވެ.
"ކޮމިޓީތަކުގެ މަސައްކަތްތަކުގެ ތެރެއިން އަލީ އިހުސާނާ ދިމާވި ފަހުން އަޅުގަނޑަށް ދަންނަވަން ކެރިދާނެ އަލީ އިހުސާނަކީ ތެދުވެރި، އިހުލާސްތެރި ގައުމު ދެކެ ލޯބިވާ ދަރިއެއް ކަން. މި ގައުމު އިސްލާހު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އެއްވެސް ފަސްޖެހުމެއް ނެތި އެ ބޭފުޅާ ދަނީ ކުރައްވަމުން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، އޭގެ އެއް މިސާލަކީ މިހާރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަމުން ގެންދާ ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލަ ކަމަށެވެ. އެ މައްސަލަ ބަލަން އޮޑިޓާ ޖެނެރަލަށް އެންގީ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ކަމަށް އެ ބޭފުޅާ ވިދާޅުވި ނަމަވެސް، އެކަން ބަލަން އޮޑިޓާ ޖެނެރަލަށް އެންގެވީ އިހުސާން ކަން ކޮމިޓީގެ މަސައްކަތުން ހާމަވެފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ކޮރަޕްޝަނާއި ފަސާދަ އާއި ބިދޭސީންގެ މައްސަލަތައް ފަދަ ބޮޑެތި މައްސަލަތައް ބަލަން ހަވާލުކޮށްފައި އޮތީ ހޯމް މިނިސްޓްރީގެ ދަށަށް ކަމަށް ފާހަގަ ކުރައްވައި، ނާޒިމް ވިދާޅުވީ އެ މައްސަލަތައް ހައްލުކުރަން ބޭނުން ވަނީ އިހުސާން ފަދަ ދިވެހި ދަރިއެއް ކަމަށެވެ.
"ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމާއި ނައްތާލުމާއި ފަސާދައިގެ އަމަލުތައް އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެފައިވާ މޫލާފައިވާ ވަރުން އަޅުގަނޑުމެންނަށް އެކަންތައްތައް ނައްތާލުމަށް ލިބިފައިވާ ފަހު ފުރުސަތަކީ މަޖިލީހުގެ ދައުރު. މަޖިލީހުގެ ޒިންމާތައް އަދާކުރުމުގައި ހޯމްލޭންޑް މިނިސްޓަރުގެ ފަރާތުން އެ އިތުބާރާއި އިހުލާސްތެރިކަން ފެންނަމުން އެބަދޭ،" ނާޒިމް ވިދާޅުވި އެވެ.
"އާ ގާނޫނު އަސާސީ އައި ފަހުން އަޅުގަނޑުމެންނާ ބައްދަލުކުރި ހޯމް މިނިސްޓަރުންގެ ތެރެއިން އަލީ އިހުސާނަށް ވުރެ ވަކި އިތުބާރު ހުރި އަދި ގާބިލް ބޭފުޅަކު އަޅުގަނޑުމެންނަށް ފެނިފައިނުވޭ."
އެހެންކަމުން އިހުސާނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި އެމްޑީޕީން ހުށަހަޅާފައިވާ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލް ކޮށްލާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަންޓޭ
26 February 2025
ޢެޓޯލްސް މިނިސްޓުރީ ދިދަ އޭ ކިޔާތަ؟
އަޅި ކެނޑި
25 February 2025
އިހުސާނަށް ބަދު ބަހެއް ބުނުމުގެ ޤާބިލު ކަމެއް ޕީއެންސީ މީހެއްގެ ކިބައިގައި ނުހުންނާނެ- ނުކެރޭނެ؟ އެއީ ކީއްވެ؟ އިހުސާނަކީ ސަރުކާރުގައި ހުރި އެންމެ ޕަވަރ ފުލް މިނިސްޓަރ-
މޮހޮދޭ
25 February 2025
ޢުމަރު ނަސީރު
އޮޑިޓަރު
25 February 2025
އިހުސާނަަށް ކޮން ހައިސިއްޔަތަކުން އޮޑިޓަރ ޖެނެރަލްއަށް ވަކި ކަމެއް ކުރަން ނުވަތަ ނުކުރަން އެންގޭނީ، އިހުސާނު ތި ހިސާބުންވެސް ތިޔަ އޮތީ ކުށްވެރިވެފަައި، އޮޑިޓަރ ޖެނެރަލަކީ ގާނޫނު އަސާސީގައި މިނިވަން މުސްތަގިއްލު މަގާމެއްގެ ގޮތުގައި ކަނޑައަޅާފައިވާ މަގާމެއް. މި މަގާމުގައި ހުންނަ މީހަކަށް ކުރަންޖެހޭ ކަންކަން ރައީސް އައްޔަންކުރާ މިނިސްޓަރަކު އަންގަންޖެހޭ ހިސާބުން އޮޑިޓަރ ޖެނެރަލްގެ މިނިވަންކަން ގެއްލުނީ، ނަސީބެއް ރިޕޯޓް ލިޔެފައި މި ނެރޭށޭ ނުބުނިއްޔާ
ސެންޓު
25 February 2025
ނެކްސްޓް ޖޯކް ޕްލީސް..
ސަހޫލް
25 February 2025
އަދުރޭވަރުގެ ގައުމަށް ވިސްނާ މަޖިލީސް ރައީސްއަކުވެސް ނުހުންނާނެ..މުއިއްޒު ވަރުގެ ރައީސްއަކުވެސް ނުހުންނާނެ..މިކަން އޮންނާނީ އެހެން ތިމީހުން މައްސަލަ ނުޖެހޭހާ ހިނދަކު..