26 ފެބުރުއަރީ 2025 - 10:12
ފަނޑިޔާރުންތަކެއް ގާބިލް ނޫން ކަމަށް ކަނޑައަޅަން ޖެހޭ ފަދަ ހާލަތެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މައްޗަށް އުފައްދައި، ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފާ މަޖިލީހުގެ ތަޅުމަށް ހިއްސާ ކޮށްފައި ނުވާތީ، ހިތްހަމަނުޖެހުން ފާޅުކުރެއްވި އެމްޑީޕީގެ ތިން މެންބަރެއްގެ ނަން އިއްވައި ތަޅުމުން ނެރެފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކޮށް، ދެ ފަނޑިޔާރެއް މަގާމުން ވަކިކުރަން ލާޒިމްވާ ގޮތަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު އިއްޔެ މަޖިލީހުން ވަނީ ބަލައިގެންފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ޖުޑީޝަލް ކޮމިޓީން ވެސް ވަނީ ބިލް ފާސްކޮށްފަ އެވެ.
ނަމަވެސް، ކޮމިޓީން ބިލް ފާސްކުރި ފަހުން ފިލްޒާ ވަނީ އެ ބިލާ ގުޅޭ ގޮތުން ބައެއް ލަފާ އަރުވައިފަ އެވެ. އެ ލަފާގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައަޅާފައި ނެތް ކަމަށާއި އެ އަދަދު އެހެން އޮނަހިރި އަދަދަކަށް ބަލުކުރުމަކީ އޭގެ ޒާތުގައި ސީދާ ގާނޫނުއަސާސީއާ ތައާރަޒުވާ ކަމެއް ނޫން ކަމަށެވެ.
ކޮމިޓީން ފާސްކުރި ރިޕޯޓު މިއަދު މަޖިލީހަށް ހުށަހެޅިއިރު، ފިލްޒާގެ ލަފާ ތަޅުމާ ހިއްސާކޮށްފައި ނުވެ އެވެ.
އެކަމާ ގުޅިގެން ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ނިޒާމީ ނުކުތާ ނަންގަވައި އިދިކޮޅު މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ނަމަވެސް، ރިޔާސަތުން ވަނީ އެއީ ނިޒާމީ ނުކުތާއެއް ނޫން ކަަމަށް ނިންމަވައިފަ އެވެ.
ތަކުރާރުކޮށް އަޑު އުފުލުމަށް ފަހު، މެންބަރުންގެ ނަން އިއްވެވީ ރިޔާސަތުގެ ކުރިމައްޗަށް އެ މެމްބަރުން ވަޑައިގެން އަޑުގަދަ ކުރެއްވުމުންނެވެ.
ރިޔާސަތުން ނަން އިއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ އެވެ.
ނަން އިއްވުމުން ވެސް އެ ތިން މެންބަރުން ތަޅުން ދޫކުރައްވަން ދެކޮޅު ހެއްދެވުމުން މެންބަރުން ނެރުނީ މަޖިލީހުގެ ސެކިއުރިޓީ ބޭނުންކޮށްގެން ގަދަ ބާރުންނެވެ.
މެންބަރުން ނެރުމަށް ފަހު، ބިލަށް ވަނީ ވޯޓަށް އަހައިފަ އެވެ. މިއަދުގެ ވޯޓަށް އެހީ ވަކިވަކިން އަހައިގެންނެވެ. މަޖިލިހުގެ ރިޔާސަތުން އަބްދުއްރަހީމް ވިދާޅުވީ، އެ ގޮތަށް ނިންމެވީ ވޯޓިން ސިސްޓަމަށް މައްސަލަ ދިމާވެގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެ މީހަކު ކުރި ކަމެއް އެ މީހަކަށް
26 February 2025
ބޭއިންސާފުން ޢަމަލުކުރާ ކޮންމެ މީހަކަށްވެސް އެކަން ދައްކަވާނެ. ދުނިޔޭގައިވެސް ޢާޚިރަތުގައިވެސް. އެއީ ހެޔޮ ކިތަންމެ ނުބައި ނުލަފާ މީހަކާ މެދު ވިޔަސް.
ޑީސީވީ
26 February 2025
އޭސީތައް ހަލާކުވީތަ؟
ރައްޔިތުންނަށް
26 February 2025
ކޮބާ ފެނޭތަ. މިއީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުން ހިނގާ ކަންކަން. މިކަމުގަ ޒިންމާވާން ޖެހޭނީ ރައްޔިތުން.
ޑރ ވާންޗޯ
26 February 2025
ހުންނާނީ ރިސްވަތާޖަހައިގެން ރާކަނިމަސް ކެވިފަ!!!.
އޮނަރަބްލް އަފީފު ދީދީ
26 February 2025
ދައުލަތަށް ދައްކާންޖެހޭ އެތައްމިލިޔަން ރުފިޔާގެ ޓެކްސްނުދައްކާ "އޭރަކު އޮންނަ ސަރުކާރަށް ސަނާކިޔައިގެން" ޓެކްސް މައާފުކުރުވާ ސޭޓުންނާއި، ވައްކަމާއި ޑްރަޤު ވިޔަފާރިއަށް ތުހުމަތުކުރެވޭ ޑީލަރުންނާއި، މަޤާމްގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތުގެމުދަލާއި ފައިސާ ވަގަށް ނެގުމުން މަތީކޯޓްތަކުން 25 އަހަރުގެ ޙުކުމްކޮށްފައިވާ މީހުންގެއަތަށް ރައްޔިތުން ބާރުދީފިނަމަ، އެމީހުން އެމީހުންގެ ދިފާޢަށް އަދި އެމީހުނަށް މަންފާ ހުރިގޮތަކަށް ކަންކަން ކުރާނެކަން އިގެންޖެހޭ.
އަޅި އަލި
26 February 2025
ރައްޔިތުން އިްނތިހާބު ކޮއްފަ ތިބި 90 މެމްބަރުންނަށް ވުރެ ފިލްޒާ ބާރުގަދަވެފަ މުހިއްމީތޯ! ފިލްޒާތޯ ތިބޭފުޅުނަށްވބޯޓް ދިނީ!
ހުސަ
26 February 2025
ބާރުގަދައީ ކާކުތޯ ނުވަތަ ބާރު ދެރައީ ކާކުތޯ މިއީ އުފައްދަންޖެހޭ ސުވާލެއްތޯ؟ ފިލްޒާ ހުރި މަގާމުގެ ގޮތުން ފިލްޒާ އެދިނީ ފިލްޒާއަށް ފެންނަގޮތުގެ ލަފައެއް! އެއީ ގަނޫނީގޮތުން އޭނާ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އޭނާ ނެރުނު އޭނާގެ ރަޢުޔު! ރައްޔިތުން ހޮވާފައިތިބޭ އެއްވެސް މެމްބަރަކަށްވެސް ނޮއޮންނާނެ ގާނޫނާ ޚިލާފް ނުވަތަ އުސޫލުތަކާ ޚިލާފްވުމުގެ ބާރެއް! މެމްބަރުނާގުޅޭގޮތުން މިބުނީ މިނެގި ވޯޓާ ގުޅިގެން ބުނި އެއްޗެއްނޫން! ޖުމްލަކޮށް ބުނި އެއްޗެެއް!
ސުހާނާ
26 February 2025
ފިލްޒާ ފާހަގަކުރީ އެ ބިލްގައި ހުރި ޤާނޫނީގޮތުން ހަމަނުޖެހޭ ކަންތައްތައް. އެފަދަ ކަންކަން އެނގޭނީ ޤާނޫނީ ރޮނގުން ކިޔަވައިގެން ތިބޭ މީހުންނަށް. ރައްޔިތުން އިންތިޚާބު ކުރިޔަސް، އެމީހުން ބޭނުންހައި ކަމެއް، ބޭނުންވާހައި ގޮތަކަށް ކޮށްގެން ނުވާނެ. ގޯހެއް ވިއްޔާ ވާނީ ގޯހަކަށް.
ބައުކަލޯ
26 February 2025
ދިނީކީ ނޫނނެއްނުތޯ! ގަތީ ނޫންތޯ!
ހަމްދާ
26 February 2025
ކޮންކިރިޓު އަޅާއިރު ފެންއެޅީމަ ތަޅުންގަނޑު ހަޫނެއްނުވާނެ