27 ފެބުރުއަރީ 2025 - 20:33
ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް އޭގެ ތެރެއިން ޝަރުތު ހަމަވެ ލިބޭ މީހުންގެ ލިސްޓުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހިމަނާފައި އޮތުމުން، އޭނާގެ ޝަރުތު ހަމަވި ގޮތާ މެދު ސުވާލު އުފައްދަމުން ދަނިކޮށް، ފްލެޓު ދޫކޮށްލައްވަން އޭނާ ނިންމަވައިފި އެވެ.
ހައިދަރު ދެންމެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އޭނާ އާއި އަނބިކަނބަލުން މަރިޔަމް ތައުފީގާ އަށް ވުރެ ބޮޑަށް އެ ސްކީމުން ފްލެޓު ހައްގުވާ އެތައް އާއިލާއެއް ތިބޭނެ ކަަމަށެވެ.
"ވީމާ މި ސްކީމުން އަޅުގަނޑުމެންނަށް ލިބޭ ފްލެޓް ދޫކޮށްލަން ގަސްދުކުރާ ވާހަކަ ނުހަނު ތާއަތާއި އިހުތިރާމާ އެކު ދެންނެވީމެވެ،" އެންމެ ފަހުން ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި ހައިދަރުގެ ބަޔާނުގައި ވެ އެވެ.
ކުރީގެ ސަރުކާރުން އާންމުކުރި ލިސްޓާ ގުޅިގެން އޭސީސީން ވެސް ތަހުގީގުކޮށް، ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެ ލިސްޓު ރިވިއު ކުރަމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ނަމަވެސް، ރިވިއު ކުރުމަށް ފަހު ނެރުނު ލިސްޓުގައި ހައިދަރުގެ ނަން އޮތުމުން ސޯޝަލް މީޑިއާގައި ވެސް އައީ ސުވާލު އުފައްދަމުންނެވެ. ގެދޮވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގައި 15 އަހަރު މެދުނުކެނޑި މާލޭގައި ދިރިއުޅެފައިވުމަކީ އަސާސީ ޝަރުތެކެވެ.
ނަމަވެސް ހައިދަރު ވަނީ އޮސްޓްރޭލިއާގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުއްވައިފަ އެވެ.
އެކަމާ މެދު ސުވާލު އުފައްދަމުން ގެންދަނިކޮށް، ހައިދަރު ނެރުއްވި ބަޔާނުގައި ވިދާޅުވީ، މިހާރު ހުންނެވި ހައިސިއްޔަތުގެ ގޮތުން، ފްލެޓު ލިބިވަޑައިގެންނެވުމަށް އުޒުރުވެރިވާ ކަމަށެވެ. ހައިދަރު ވިދާޅުވީ، ފްލެޓް ލިސްޓުގައި އޭނާ ކޯއެޕްލިކަންޓަކަށް ހުންނަވައި، އަނބިކަނބަލުންނަށް ތިން ކޮޓަރީގެ ފްލެޓެއް ލިބޭނެ ކަމަށް އޮތީ ކަނޑައަޅާފައި ކަމަށެވެ.
މި ސަރުކާރުން ރިވިއުކޮށް މިއަދު އާންމުކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ. އޭގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ލިސްޓުގައި ހިމެނެނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.
ފްލެޓް މަޝްރޫއުއާ ގުޅޭ ގޮތުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މި ސަރުކާރުން ބަލާފައި ވަނީ ކުރީ ސަރުކާރުން ނެރެފައިވާ ލިިސްޓުގައި ހިމެނޭ 4000 މީހުންނަކީ ޝަރުތު ހަމަވެފައި ތިބި މީހުންތޯ ކަމަށެވެ.
އެގޮތަށް ބެލީ އޭރު ސަރުކާރުން ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ 76 ޕޮއިންޓުން މަތިން މާކްސް ލިބޭ މީހުން ބަލައި، އަދި ބާކީވާ ފްލެޓްތައް 75 ޕޮއިންޓު ލިބޭ މީހުންގެ މެދުގައި ގުރު ނަގާ ގޮތަށަށް ކަމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާނީ 73 ޕޮއިންޓު ލިބިގެން ކަމަށް އޭރު އޮތީ ކަނޑައަޅާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި އެންމެ ހައްގުވެރިންނަށް ފްލެޓް ދިނުމަށް ކުރި މަސައްކަތުގައި ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ނުހިމެނޭ އެއްވެސް މީހެއްގެ ފޯމު ބަލާފައި ނުވާނެ އެވެ.
މި މަޝްރޫއުގައި އެންމެ ބޮޑަށް ފާހަގަވި މައްސަލަތަކަށް އަލިއަޅުއްވާލަމުން އޭނާ ވިދާޅުވި ގޮތުގައި މާލޭގައި 15 އަހަރު ދުވަހު އުޅުނު ކަމުގެ ލިޔުން ހޯދުމަށް ގޭގެ ވެރިފަރާތުންނާއި ކައުންސިލުތަކުން ސައްހަ ނޫން ލިޔުން ހޯދާފައިވެ އެވެ.
އެ މަޝްރޫއު އޭރު ހުޅުވާލީ މާލޭގައި މެދުކެނޑުމެއް ނެތި ދިރިއުޅެމުން އަންނަތާ 15 އަހަރަށް ވުރެ ދުވަސްވެފައިވާ މީހުންނަށެވެ. އެހެންވެ ގިނަ ބަޔަކު ސައްހަ ނޫން ލިޔުންތައް ހޯދި ކަމަށް ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ފަހު ވެސް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚައިފް
01 March 2025
Koba he އޭގެފަހުން އިއުލާން ކޮްއްގެން ލީ ފޯމްތައް ޕޯޓަލް އަށް
ޖަބަލަި
28 February 2025
ބަލަ ތީ އިނގިރޭސި ވިލާތުގަ 35 އުޅެފަ މިނިސްޓަރުކަން ދޭން އޭނަގެ ޅިޔަނަކު އެދުނީމަ އަވަހަށް މިތަނަށް އައި ހައިދަރެކޭ! ވިލާތުގަ އެޕާޓްމަންޓް އެބަހުއްޓޭ. ރައްޔިތުކަންވެސް ދޫކޮށްލީ ނަމަކަށޭ
ޑރ ވާންޗޯ
28 February 2025
މަތިފަޑީގަ ތިއުޅޭމީހުންނަކީ ކޮންމެ ސަރުކާރެއްގަވެސް ބަލަދުއަރާފަތިބޭ ކޮރަޕްސަންގެ ބޮޑުން. އެހެންނޫންނަމަ މިދިޔަސަރުކާރުގެ ލިސްޓެއްގަ ވަކި ކީއްވެބާ ސަރުތުހަމަވެފަ އިތުރުވީ؟.
ބަބްސް
28 February 2025
ރަނގަޅު ނިންމުމެއް. ދިވެހިންނަށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ. ދުނިޔެ ނިމެންދެން ދިވެހިން ތިބޭނީ ދިވެހިންގެ ގޮތުގައި.
ކައުންސެލަރު...
28 February 2025
ބަރާބަރު ވާހަކައެއްތީ!
10މިލިޔަން
28 February 2025
10ކޮންމެ މީހަކަށް 10 މިލިޔަން ރުފިޔާގެ ބިން ހިލޭ ބަހާލީ އިންސާފުންދޯ!
ރާވެރިބެ
28 February 2025
ނުހައްގުން ބޭއިންސާފުން ނެގި ފްލެޓެއް ‘ދޫކޮށްލުމުން’ ކިޔާނެ މަރުހަބާ އެއް ނެތް. އަދި ތިކަހަލަ އިތުރު ކިތަށް މީހުންނަށް ނުހައްގުން ފްލެޓް ލިބިފަ އެބަތިބިބާ؟
ކުރެވޭނީދޯ
28 February 2025
ހައިދަރަށް ވެސް ފްލެޓް ހައްގުނަމަ ފްލެޓްސް ދޭން ޖެހޭނެއޭ މާލެ ސަރަހައްދުން ފްލެޓް ދިނުމުގެ ޝަރުތު ތަކުގެ ތެރޭގައި މާލޭގައި ދިރިއުޅޭ މީހަކަށް ވުން އެއީ ވަރަށް ރާއްޖެތެރޭ ވިސްނުމޭ އެފަދަ އެއް ހިއްސު މަދު ވިސްނުން ދޫކޮށްލާ ހުޅުވިފައިވާ ސިކުނޑިއަކުން މުޅި ހޮރައިޒަން އަށް ބަލާ ސަރުކާރުން ފްލެޓް ދިނުމުގެ ޝަރުތަކަށް ވާން ޖެހޭނީ ދިވެހިރައްޔިތަކަށް ވުމޭ އެނިމުނީއޭ ފްލެޓްސް ހައްގުވާނެއޭ އެއިރުން ރާއްޖެތެރޭ ފަޅުކޮށްލުމުގެ ޕްރޮގްރާމް ވައިގައި ހިފާ އެކަން
ޢޮނަރަބަލް ތުއްތޯންބެ
28 February 2025
ވަޒީރު ނަމުގައި ސިޓީއެއް ލިޔެ ބޭނުމެއް ނޫނޭ ބުނުމަކުން އަދި ފުލެޓު ބާތިލެއް ނުވާނު ، ފުލެޓު ލިބުނީ ހައިދަރު ކިޔާކީހަކަށް . މި ވެސް ބޮޑު އޮޅުވާލުމެއް.
ސަސަ
28 February 2025
ދެން އަހަރުމެންވީ އަތް ޖަހަން ދޯ
އެކޮއި
28 February 2025
ހައިދަރަށް ޙައްޤު އެއްޗެއްތޯ ދޫކޮަށްލީ؟؟ ހައިދަރު ޝަރުޠު ހަމަވީ ކޮންހަމައަކުންތޯ؟ ހައްޤުއެއްޗެއްނޫނިއްޔާ ދޫކޮށްލީމޭ ނުބުނެ ސަރުކާރުން އަތުލީއޭ ބުނިނަމަ ތަންކޮޅެއް ތާހިރުވީސް. ހައިދަރަކީ އެންޓިކޮރަޕްޝަނާއި ދެންވެސް ތިބިއްޔާ ތިބިހާ ކޮމެޓީގެ މީހުން ނުދަންނަމީހަކަށްވެގެންތޯ ހައިދަރަށް ފުލެޓްދިނީ. އަހަރަކަށްވުރެ ގިނަދުވަސްވަންދެއް ތަޅުވަ ތަޅުވާފައި ނެރުނު ލިސްޓް ހާދަފުރިހަމައޭ ހިތަށްއަރާ.
ވަތަންގެ ދަރި
28 February 2025
ހައިދަރުނޫނަސް ފުލެޓަށް ސަރުތުވަމަވި ކިތަންމެ ރައްޔިތެއް ފުމެޓް ދޫކޮށލާފަ އެބަހުރި . ފުރިހަމަ ވީވަރުންތަ ކުރީގަ 86 ޕޮއިންޓް ލިބުނު ބައިމީވުން މި ފަހަރު ޗެކްކުރީމަ 46 ޕޮއިންޓަށް ވެޢްޓިފަ އެހުރީ. ސަކުވާ ކޮށްގެން ސާބިތު ކޮށްދޭންވީނޫންތޯ ކުރީގެ 86 ޕޮއިންޓަކީ ލިބެންޖެހޭވަރުކަމަށް. މަސްދުވަސް އެބައޮތް ދީފަ ސަކުވާ ކުރަން.