ބުޅާ ފެސިލިޓީގެ ބައެއް. އެ ތަން ހުޅުވިތާ ތިން މަސް ފަހުން ވަނީ ބޭނުންކުރަން ފަށާފައި.--ފޮޓޯ: ފަޔާޒު މޫސާ | މިހާރު
28 ފެބުރުއަރީ 2025 - 15:32
ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާ ހުޅުވިތާ ތިން މަސް ފަހުން އެ ތަން މިދިޔަ ހަފުތާގެ ބުދަ ދުވަހު އެނިމަލް ވެލްފެއާ މިނިސްޓްރީއާ މާލެ ސިޓީ ކައުންސިލުން ހަވާލު ކުރުމާ އެކު، ބުޅާތައް ގެންދަން ފަށައިފި އެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ވަކި ސެންޓަރެއް ހެދީ ސިޓީ ކައުންސިލުންނެވެ. އެކަމަކު، އެ ތަނަށް ބުޅާތައް ބަދަލުކުރަން ތައްޔާރުވެފައި ވަނިކޮށް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމުމުން އޮޅު ހިޔާ ބޭނުން ނުކުރެވި ދިގުލައިގެން ދިޔަ އެވެ.
މަގުތަކުގައި އުޅޭ ބުޅާތައް އޮޅުހިޔާ އަށް ބަދަލުކުރަން ސިޓީ ކައުންސިލުން ފެށުމުން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން އޭރު ވަނީ އެ ފެސިލިޓީގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ފުރިހަމަ ނުވާ ކަމަށް ބުނެ، އެ މަސައްކަތް ވަގުތުން ހުއްޓާލަން ވެސް އަންގައިފަ އެވެ.
ނަމަވެސް، އެ ހިޔާގައި ހުރި ތަކެއްޗާ އެކު، އެނިމަލް ވެލްފެއާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން މިދިޔަ ބުދަ ދުވަހު ވަނީ ސޮއިކޮށްފަ އެވެ.
"އޮޅު ހިޔާ" ފެސިލިޓީއާ ހަވާލުވެވުނުތާ އެންމެ 16 ގަޑިއިރުގެ ތެރޭގައި، އަޅުގަނޑުމެންގެ ޓީމުން ވަނީ އައު ކަރަންޓީނު ސަރަޙައްދަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް އެންމެހާ ކަންކަން ފުރިހަމަކޮށްފައިއެވެ. އަދި މިހާތަނަށް، 15 ބުޅާ ވަނީ އެތަނަށް ގެނެވިފައެވެ. މިކަން ހާސިލް ކުރެވުނީ… pic.twitter.com/RWMxugvXfm
— Ministry of Agriculture and Animal Welfare (@MAAWmv) February 28, 2025
އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނީ އޮޅު ހިޔާ ފެސިލިޓީއާ ރަސްމީކޮށް ހަވާލުވިތާ 16 ގަޑިއިރުގެ ތެރޭގައި، އާ ކަރަންޓީނު ސަރަހައްދަށް ބޭނުންވާ ވަސީލަތްތައް ހޯދައި، ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް 15 ބުޅާ ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި ވަގުތު ބުޅާ ގެންދަނީ ވަކި ސަރަހައްދުތަކުން ކަމަށެވެ. މީހުންގެ އަތުން ބުޅާ ގެންދަން ފަހުން ފަށާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ހިޔާގައި މި ވަގުތު ހަތަރު މީހުން މަސައްކަތްކުރެ އެވެ. އެއީ ޖަނަވާރުގެ ޑޮކްޓަރަކާއި އިދާރީ ތިން މުވައްޒަފުންނެވެ. ނަރުހުންނާއި އެހީތެރިކަން ދިނުމަށް ދެން އުޅޭނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ބައެކެވެ.
ސިޓީ ކައުންސިލުން ކުރިން ނިންމާފައި އޮތީ މާލޭގައި އުޅޭ 2،000-3،000 ބުޅާ، ފެސިލިޓީއަށް ގެންގޮސް ބަލަހައްޓާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައިކަލްލް
02 March 2025
ގ. ކޮލަމްބިއާގަ އުޅޭ ފަރާތެއް މުޅި މަގުމާތިގަ ގެންގުޅޭ ބުޅާތައް ގެންދަން ޖެހޭ... ކޮލަމްބިއާގެ ބޭފުޅާ ބުޅާ ގެންގުޅެން ބޭނުމިއްޔާ ގޭތޭރަގަ ގެންގުޅޭނީ.... ކޮލަމްބިއާ އަކީ ނުލާހިކު ބޮޑު ގެއެއް... ގޭތެރޭގަ ބުޅާތައް ގެންގުޅޭ... މަގުމަތީގަ ބުޅާތައް ކައިރީގެ ގެއްތަކުގެ ދޮރުމައްޗަށް އަދި ވަށައިގެން ނަޖިސްލާފަ ހުންނަނީ... މުޅި މަގުން ދުވަނީ ބުޅާ ނަޖިސް ވަސް. ވިއްސާރަ އާއެކުވެ ބުޅާ ނަޖިސް މުޅިތާގަ... މިކަމަށް ހައްލެއް ބޭނުން. ރަށް ދެބައިމަގު މުޅިން ނަޖިސް
ގެންދޭ ގެންދޭ އަވަސް
01 March 2025
މަގުމަތިން މަދެއް ނުވޭ!
އެނިމަލް ވެލަފެއަރ
01 March 2025
ރާއްޖޭގައި އެނިމަލް ވެލްފެއަރ މިނިސްޓްރީއެއްވެސް ހުރޭތަ؟ ހަވް ފާރ ވީ ރީޗްޑް! ސީ
އުއްތަމަ އުސްތާޛް
28 February 2025
ބުޅަލަށް ވެސް މާލެއިން ގެދޮރު އެބަ ލިބޭ... 45އަހަރު މާލޭގައި އެއް ކުލީ ހޮހޮޅައިން އަނެއް ކުލީހޮހޮޅައަށް ހިޖުރަކުމުގައި މިތިބަ ހަނާވަނީ.... އަހަރެމެން ރައްޔިތުންގެ ނިކަމެތިކަން ހިތަށް އަރާފައި ރޮވޭ!
ސުލްތާން
28 February 2025
ތި ފެސިލީޓީއަށް ޝަރުތުހަމަވަނީ މާލޭ ބުޅާ އެކަނިތޯ؟ ރާއްޖެތެރެ ބުޅާތައް ވަރަށް ހާލުގަ، ކިޔެވޭނެ ގޮތެއް ނެތް ސިއްޙީ ޚިދުމަތް ނެތް ވަޒީފާއެއްނެތް ކާނެބޯނެ ގޮތެއް ނެތް . ޒޫ އަހަރެމެން ރާއްޖެތެރެ ބުޅަލަށްވެސް އެހީވޭ.
ކީކޭބުނާނ
28 February 2025
"އޮޅު ހިޔާ ފެސިލިޓީއާ ހަވާލުވެވުނުތާ އެންމެ 16 ގަޑިއިރުގެ ތެރޭގައި، އަޅުގަނޑުމެންގެ ޓީމުން ވަނީ އައު ކަރަންޓީނު ސަރަޙައްދަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް އެންމެހާ ކަންކަން ފުރިހަމަކޮށްފައި" އަޅެފަހެ ކީކޭ ކިޔަންތަ ތިއުޅެނީ. ނޫނީ ރައްޔިތުންނަކީ ގަމާރުންނޭތަ ތިބުނަނީ. 16 ގަޑިއިރުން ހުރިހާ ކަމެއް ފުރިހަމަކުރަނީ އަނގައިންތަ! ތިއީ ބަޔަކު ތަނެއްހަދައި ވަސީލަތްތައް ގާއިމުކޮށް ނިންމީމަ ހޯދިތަނެއް.. ވާހަކަ ގިނަނުކޮށް އަދިވެސް ކަމެއް ކުރެވޭތޯބަލާ.
ނާދިރު
28 February 2025
ބުޅާ ފެސިލިޓީ ހުޅުވީމަ، ހުރިހާ ބުޅާތައް ނިކުމެގެން ހިނގައިދާނެ!
އިސްތިއުފާއޭ
28 February 2025
އޮޅުހިޔާ އަށް ބުޅާ ތައް ގެންދިއުން އަވަސް ކުރާށޭ މިސަރުކާރުގެ އަތްމަތި ވަރަށް ލަހޭ މިސަރުކާރުގެ ވަޒީރުންނަކީ ނަތީޖާ ނެރެނުދެވޭ ވަޒީރުންނޭ މަމެން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަމޭ މާރިއާ އަށް އެކަން ވާނޭ ކަމަށް މަމެން ގަބޫލެއް ނުކުރަމޭ މާރިޔާ އިސްތިއުފާ ދޭން ޖެހޭނީ 24 ގަޑިއިރު ތެރޭގައި އޮޅު ހިޔާ އަށް މާލޭގައި ހުރި ބުޅާ ތައް ނުގެންދެވިއްޖެނަމަ މާރިޔާ ޖެހޭނީ އިސްތިއުފާ ދޭށޭ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ
ހެހެހެހެހެ
28 February 2025
ބުޅަލަށްވެސް ގެރި ކޮށްޓެއް އަޅާފަ ދޯ
ޗާރޖް
28 February 2025
ކާ ކޮށީ ކައިރީގައި އަވަސް ފަރުވާ ބޭނުން ވެފައި ވާ މާ ބަނޑު ބުޅަލެއް އެބައޮތް...