އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) ޔުކްރެއިންގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީއަށް ރައްދު ދެއްވައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
01 މާޗް 2025 - 09:59
އެމެރިކާ އާއި ޔުކްރެއިންގެ ވެރިން ވައިޓް ހައުސްގެ އޯވަލް އޮފީހުގައި މީޑިއާ ކުރިމަތީގައި ބޮޑު ޒުވާބެއް ކޮށްފި އެވެ.
ޔުކްރެއިން އާއި ރަޝިޔާގެ ގެއްލުން ބޮޑު ހަނގުރާމައިގައި އެމެރިކާއިން ޔުކްރެއިނާ އެއްކޮޅަށް އޮވެ އެހީވަމުން ގެންދިޔަ ސިޔާސަތު ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމާ އެކު ބަދަލުކުރުމުން އުފެދިފައިވާ ނުތަނަވަސްކަމުގައި ޔުކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވާހަކަ ދެއްކެވީ ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އަކީ "ގާތިލެއް" ކަމަށް ވިދާޅުވެ އެވެ.
"ބައެއް ކަންކަމުގައި ގޮތް ދޫނުކޮށް އެއްވެސް އެއްބަސްވުމެއް ނުހެދޭނެ. އެހެންވެ [ޒެލެންސްކީ] އެގޮތަށް އަމަލުކުރައްވާނެކަން ޔަގީން. އެކަމަކު ބައެއް މީހުން ހީކުރާ ގޮތަށް އެއީ މާބޮޑު ދޫދިނުންތަކެއް ނޫން،" ނޫސްވެރިންގެ ކުރިމަތީ ޓްރަމްޕް ވިދާޅުވި އެވެ.
އެކަމަކު ހަނގުރާމައިގެ ކުރީކޮޅު އެމެރިކާއިން އަމަލުކުރި ގޮތާއި ޓްރަމްޕުގެ ވެރިކަމުގެ ފުރަތަމަ ދައުރު ކަން ހިނގި ގޮތާއި ހަނގުރާމައިގެ އަނިޔާވެރިކަން ސިފަކޮށްދެއްވަމުން ޔުކްރެއިންގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ ވިދާޅުވީ "އަހަރެމެންގެ ގައުމުގެ ރައްޔިތުން މަރާ ގާތިލެއްގެ ކުރިމަތީ ދޫދިނުމެއް ނޯންނާނެ" ކަމަށެވެ. ރަޝިޔާގެ "މޮޔައިން" ޔުކްރެއިންގެ ކުޑަކުދިންނާއި އަންހެނުން ޑީޕޯޓްކުރަމުންދާ ކަމަށާއި ހިންގަނީ ހަނގުރާމައިގެ ޖަރީމާތައް ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް، ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔުކްރެއިންގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ ހޫނު ޒުވާބުގައި. -- ފޮޓޯ: އޭއެފްޕީ
ޒެލެންސްކީގެ ވާހަކަތަކާ އެކު ޓްރަމްޕް ވަނީ ޒެލެންސްކީ ޝުކުރުވެރިނުވާ ކަމަށާއި އަމަލުކުރައްވަނީ ވެސް ރީއްޗަށް ނޫން ކަމަށް ވިދާޅުވެ ހަމަލާ ދެއްވައިފަ އެވެ.
"ތިޔަ ކުޅެނީ އެތައް މިލިއަން ބައެއްގެ ފުރާނަޔާ،" ޓްރަމްޕް ވިދާޅުވި އެވެ. "ފުރުސަތު ހުޅުވާލަން ތިޔަ އުޅެވެނީ ތިން ވަނަ ބޮޑު ހަނގުރާމައަށް. އަމަލުތައް ތިޔަ ހުރީ ގައުމަށް އިހުތިރާމެއް ނެތް ގޮތަށް -- މި ގައުމަށް."
އެމެރިކާގެ ސިޔާސަތުގެ ސަބަބުން ވާނެ ގޮތް އަދި އިހުސާސްވާނެ ކަމަށް ޒެލެންސްކީ ވިދާޅުވުމާ އެކު ޓްރަމްޕް ވަނީ ޒެލެންސްކީ އެމެރިކާއަށް "ޝުކުރުވެރިވާން ޖެހޭ" ކަމަށް ވިދާޅުވެފަ އެވެ. އަދި ޒެލެންސްކީ ހުންނެވީ "އެމެރިކާއަށް އިހްސާސްވާނެ ގޮތް ކިޔައިދެވޭނެ މަގާމެއް ނޫން" ކަމަށް ރުޅިވެރިކަމާ އެކު ވިދާޅުވި އެވެ.
ހަމަ މި ހޫނުގައި ޓްރަމްޕް ވިދާޅުވީ ރަޝޔާއާ އެކު އެއްބަސްވުމަކަށް އައިސް މައްސަލަ ހައްލުކުރުން ނުވަތަ މިކަމުގައި އެމެރިކާގެ އެހީ ކަނޑާލުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.
އަރިހުގައި އިންނެވި ނައިބު ރައީސް ވެންސް ޒެލެންސްކީއާ ދިމާލަށް ވަނީ ޓްރަމްޕަށް އިހުތިރާމެއް ވެސް ނުކުރާ ކަމަށް ވިދާޅުވެ ރައްދު ދެއްވައިފަ އެވެ. އެއާ އެކު ޒެލެންސްކީ ވާހަކަ ދައްކަވަން މަސައްކަތްކުރެއްވި ނަމަވެސް އެ ފުރުސަތެއް ނުދެއްވި އެވެ.
ރަޝިޔާގެ ކުރިމަތީ ގޮތް ދޫކޮށް ބައެއް ކަންކަމުގައި ފަހަތަށް ޖެހި ތިން އަހަރުވީ ހަނގުރާމާގައި ސުލަހަވާން ޔުކްރެއިންގެ ކިބައިން އެދިފައި ވިޔަސް ޒެލެންސްކީ ވަނީ އެމެރިކާ ދަތުރުގައި އެގޮތަށް އެއްބަސްވާން ދެކޮޅު ހައްދަވައިފަ އެވެ. އަދި މި ހިނގި ބޮޑު ޒުވާބަށް ފަހު ޔުކްރެއިން އާއި ޔޫރަޕްގައި ދަނީ ޒެލެންސްކީ އަށް ތާއީދުކޮށް ވާހަކަ ދައްކަމުންނެވެ.
މި ހާދިސާގެ ފަހުން ޒެލެންސްކީ މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި އެމެރިކާއާ އެކު އަދި މައްސަލަ ހައްލުކުރެވިދާނެ ކަމަށް ވިދާޅުވެ ވަނީ ވާހަކަ ދައްކަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަންޑޮލަރ
02 March 2025
ޒެލެންސްކީ އަށް އެންމެ ބޮޑަށް އެހީތެރިވެ ދިން ބައިޑެން ބެއްޔާ ގެ ވެރިކަން ވެއްޓުނީމާ މިހާލަތަށް ވެއްޓިދާނެ ކަމުގެ އުއްމީދެއްގައި ނޫން ހުރީ؟ މި ދަތުރުގައި ކުރިން ލިބޭ މިލިޔަނުގެ ބަދަލުގައި ވަން ޑޮލަރ ވެސް ނުލިބި އުފާވެރި ކަމުގެ ބަދަލުގައި ރުޅިވަރި ކަމާއި ނަފުރަތުން ފުރިގެން ހުސް އަތާއިގެން ދާން ޖެހުނީ
ގޮތެއް ފޮތެއް ނުހުރޭ
02 March 2025
ކުރިން ހީކުރީ މިވެރިކަން ކުރަން މި އުޅެނީ ހުރިހާ ގޮތަކުންވެސް އެހެން ލެވެލް އެއްކަމަށް، މިހާރު މިއެނގެނީ އޭގެ ދިމާ އިދިކޮޅުކަން.
ރަސީދުބޭ.
01 March 2025
މިހަނގުރާމަ އަށް އެހީވުން ނޫންގޮތެއް އެމެރިކާއަކަށް ނޯންނާނެ. މިއީ އެމެރިކާ ފެށުވި ހަނގުރާމައެއް. ތިންވަނަ ބޮޑުހަނގުރާމަ ވެސް ކުރަންޖެހުނީމަ ކޮށްލާނެ. ހަނގުރާމަކުރަނީ ބޭނުންވެގެނެއްނޫން. މުދަލާއި އިއްޒަތުގެ ބޭނުމުގަ. ބައެއްފަހަރު ދީނުގެ ނަމުގަ. އަނެއްބައިފަހަރު ދުނިޔެއަށް ސުލްހަ ގެނައުމުގެ ނަމުގަ.
ރާވެރިބެ
01 March 2025
މީގަ ގޯސްހެދީ ޒެލެންސްކީ. ބައިޑެން ދުވަސްވަރު އެމެރިކާއަށް ދާއިރަށް ބައިވަރު އެހީއާ ހަތިޔާރު ލިބޭތީ އެގޮތަށް ހޭނިފަ ހުންނަނީ. ޓްރަމްޕް ބޭނުންވަނީ ހަގުރާމަ ހުއްޓުވާފަ ޗައިނާއާ ރަޝިއާ ދުރުކުރަން. ޔޫރަޕެއް މުހިއްމެއް ނޫން. ޒެލެންސްކީ މޮޔަކަމުން މީޑިއާކުރިމަތީ މާހުށިޔާރުވާން ހަދައިގެން ސައިޒަށް ކަޑާ ވައްޓާލީ. އަދި ނުވިތާކަށް މެންދުރަށް ކާންތައްޔާރުކޮށްފަ ހުއްޓާ ކާންވެސް ނުދީ ވައިޓްހައުސް އިންނެރެ ޒެލެންސްކީ ފޮނުވާލީ!
އަލިފާންފޮށި
01 March 2025
ހާދަ ފުއްޕާވެސް މީހެކޭ ދޯ، މޮޅިއްޔާ އަމިއްލައަށް ހަނގުރާމަ ކޮއްބަލަ.
މުއިޒް ޔާމީން
01 March 2025
މިގޮތައް މުއިޒް އާއި ޔާމީނުވެސް މީޑިއާކުރިމަތީގަ ވާހަކަ ދެކެވެންޖެހޭ
ަައަބަދުވެސް މުޢިއްޒު
02 March 2025
ނަޝީދާއި އިބޫ ނޫންބާ އެގޮތަށް ޒުވާބުކުރާނީ!
ހިޔާ
03 March 2025
ޔާމީނު ކުރިމައްޗަށް 1-1 ކުރަން ކެރޭނީ ހަމައެކަނި އަންނިއަށް. ދެން ވެރިކަމަށް އާދެވިފަ ހުރިމީހުންތިބީ އެހެންމީސްމީހުންގެ ބިލްބޯޑުތަކުގެ ހިޔާގަ ދަށުގެ ތިބެގެން.
ރަދީފު ބިން ރަފައިދާ
01 March 2025
ފެނިގެންދިޔައީ ޓުރަންޕު ޒެލެންސްކީ ކުޑަކޮށްލިތައް. އެހެންނަމަވެސް ޒެލެންސްކީ ފުއްޕާތަން.
ހަސަނަނާ
01 March 2025
އެމެރިކާ ލަދުގަންނަންޖެހޭ މިހާރު ހަނގުރާމައިން ފިލަން. އެމެރިކާން ސަޕޯޓުދޭނަމޭ ބުނެގެން ފެށިގެން ހަނގުރާމައެއް! މިހާރު އެއުޅެނި ޔޫކުރެއިން ނެޗަރަލް ރިސޯސަސް ނުދީގެން! ޢެމެެރިކާއާއި ބައިވެރިން އެއްވެސަ އިރެއްގަ އުޅުނީ ހެޔޮއެދިގެނެއްނޫން
ބުނެނުދޭދޯ
01 March 2025
ޔޫރަޕްގެ ބޮޑުން ތައް ޒެލެންސްކީ ބޮލަށް ވަދެގަނެގެން ބެލީ ޔުކްރެެއިން ހަނުރާމަ އަށް ޓްރަމްޕް ތާއީދު ކުރޭތޯއޭ އެކަން އެގޮތަށް ނުކުރާނެއޭ ޓްރަމްޕް އެޑްމިނިސްޓަރޭޝަން އިން އެއީ ކެނެެރީގެ ނަޝީދު މެން ގޮތަށް ދެފުށް ދެގޮތް ވެރިން ނޫނޭ ޔުކްރެެއިން ރަޝިޔާ ހަނގުރާމަ އަކީ އެއީ ސީދާ ޒެލެންސްކީ ގެ ސަބަބުން ފެށުނު ހަނގުރާމައެކޭ ޒެލެންސްކީ ވަނީ އެމެރިކާ އާއި ޔޫރަޕް އިން ޔުކްރެއިން އަށް ދިން އެތައް ބިލިއަން ޑޮލަރެއް ކާލާފައޭ އެއަށް ވީ ގޮތެއް އަދިވެސް އޭނާ
ބަލާތި
01 March 2025
ޓްރަމްޕް އެވިދާޅުވަނީ ރަނގަޅަށޭ ޔުކްރެއިން ހަނގުރާމަ ނުފެށޭނެ ޓްރަމްޕް ވެރިކަމުގައި ހުރިނަމަ ޒެލެންސްކީ އެމެރިކާ އަށް އައީ އެމެރިކާގެ މަތިންދާ ބޯޓް ތަކުން ރަޝިޔާ އަން ބޮން އަޅާ ރަޝިޔާގެ ދުވަސް ދުއްވާލާ ތިން ވަނަ ބޮޑު ހަނގުރާމަ އިއުލާން ކުރާ ދަރަޖަ އަށް ކަންކަން ގެންދިއުމަށޭ އެމެރިކަން ޓެކްސްޕޭޔަރ ޑޮލަރ އެއީ ޒެލެންސްކީ ހަނގުރާމަ ކުރަން ދޭ ފައިސާ އެއް ނޫނޭ ޒެލެންސްކީ އަށް އޮތް ހަމައެކަނި ޗޮއިސް އަކީ އިސްތިއުފާދީފައި މިނިވަން އިންތިޚާބެއް ބޭއްވުމޭ
ރަގަޅޫ
01 March 2025
ބަލަ ޒެލެސްކީ އަކަށް ނޭގެޔޭ ދުނީޔޭގެ އެންމެ ނިއުކުލިއަރ ހަތިޔާރު ގިނަގައުމަކާ ކަން ތިމަންނަ ހަނުރަަމަމިކުރަނީ ، އެމެރިކާއަށް އެކަން އެނގެތީ މަޑުން އެއޮންނަނީ ، އަނެއްކާ އެމެރިކާގެ ޓެކްސް ޕޭޔަޔުން ޕޭކުރާ ލާރިން ރައްޔިތުންނަށް ކަމެއްނުކޮށްދީ ލާރިކޮޅު ބުރުވާލީ އެވަރު ތި މޮޔައަކަށް ނޭގުނޭ، އެހެންވެ މިހާރު އެމެރިކާ ބޭނުމެއް ނުވޭ ތިހަގުރާމަޔަށް ޚަރަދު ކުރާކަށް، ކުރިޔަސް އެނގޭ ރަޝިޔާ ބަލިއެއް ނުކުރެވޭނެކަން..