ތުރުކީގެ ޕީކޭކޭ ޖަމާއަތުން ދިން ކަމަށް ބެލެވޭ ހަމަލާއަކަށް ފަހު، ހަމަލާ ދިން ސަރަހައްދުގައި ސިފައިން ފޯރިމަރަނީ: އެ ޖަމާއަތުން މިއަދު ވަނީ 40 އަހަރަށް ފަހު ދެކޮޅުވެރިކަން ނިމުމަކަށް ގެނެސް ހަތިޔާރު ބަހައްޓާފައި. -- ފޮޓޯ: އޭއެފްޕީ
01 މާޗް 2025 - 11:58
ތުރުކީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުން އައި ޕީކޭކޭ ޖަމާއަތުން 40 އަހަރަށް ފަހު ހަމަލާތައް ހުއްޓާލައި ހަތިޔާރު ބަހައްޓައި އަދި އެ ޖަމާއަތް އުވާލަން ނިންމިކަން މިއަދު އިއުލާނުކޮށްފި އެވެ.
އެ ޖަމާއަތުން މިކަން އިއުލާނުކުރީ ޖަލަށް ލާފައިވާ ލީޑަރު އަބްދުﷲ އޮކަލަން އެކަމަށް ގޮވާލުމާ ގުޅިގެންނެވެ.
"ލީޑަރުގެ ގޮވައިލެއްވުމާ އެއްގޮތަށް، ސުލްހަ ގާއިމުކުރުމަށާއި ޑިމޮކްރެޓިކް މުޖުތަމައެއް ބިނާކުރުމަށް އަހަރެމެން މިއަދުން ފެށިގެން ހަމަލާތައް ހުއްޓާލިކަން އިއުލާނުކުރަން،" ޕީކޭކޭގެ އެގްޒެކެޓިވް ކޮމިޓީން ނެރުނު ބަޔާނަކާ ހަވާލާދީ، އެ ޖަމާއަތަށް ތާއީދުކުރާ އޭއެންއެފް ނިއުސް އެޖެންސީން ބުންޏެވެ.
"އެ ގޮވާލެއްވުމުގައިވާ ގޮތަށް އެއްބަސްވެ، އަޅުގަނޑުމެން ބުނަނީ ތަބާވެ އަމަލު ކުރާނެ ކަމަށް،" ކޮމިޓީން ބުންޏެވެ.
ތުރުކީ، އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން އިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޕީކޭކޭ އިން 1984 ވަނަ އަހަރުން ފެށިގެން ހަނގުރާމަކުރަމުން ދަނީ ތުރުކީގެ 85 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 20 ޕަސެންޓް ހިއްސާކުރާ ކުރުދީންނަށް ވަކި ދައުލަތެއް އުފެއްދުމަށެވެ.
މި ހަނގުރާމަވެރި އަމަލުތަކުގެ ސަބަބުން 40،000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައި ވާއިރު 1999 ވަނަ އަހަރު އޮކާލަން ޖަލަށްލި ފަހުން ސުލަހް ގާއިމުކުރެވޭތޯ އެކި ފަހަރުމަތިން މަސައްކަތްކޮށްފައިވެ އެވެ.
ސުލްހައިގެ މަޝްވަރާތަކުގެ އެންމެ ފަހު ބުރު 2015 ވަނަ އަހަރު ނާކާމިޔާބު ވުމަށް ފަހު، ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ސުލްހައިގެ މަސައްކަތް އަލުން ފެށުމުގެ އިޝާރާތެއް ދެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ވަކި ރަށެއްގައި ހަދާފައިވާ ޖަލެއްގައި ބަންދުކޮށްފައިވާ އޮކާލަންއާ އެކު ބޭއްވި އެތައް ބައްދަލުވުމަކަށް ފަހު، ކުރުދީންނަށް ތާއީދުކުރާ ޑީއީއެމް ޕާޓީން ބުރާސްފަތި ދުވަހު ވަނީ ޕީކޭކޭގެ ހަތިޔާރު ބަހައްޓައި، އެ ޖަމިއްޔާ އުވާލިކަން އިއުލާން ކުރުމަށް ކޮންގްރެސްއެއް ބާއްވަން އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާކުން
01 March 2025
އަހަރެމެން ކުޑައިރު އަޑުއަހަނީ އުޖަލާނެއްގެ ވާހަކަ.
ހިމެނޭދޯ
01 March 2025
ޕީކޭކޭ އިން ހަނގުރާމަ ކުރަން ބޭނުންޥަ ހަތިޔާރު ސީއައިއޭ މެދުވެރިކޮށް ތުރުކީ އަށް ދިނުން ހުއްޓާލުމާއި ގުޅިގެންނޭ އެމެން ހަނގުރާމަ ހުއްޓާލަން އިއުލާން ކުރީ ޕީކޭކޭ އަށް ޚަރަދު ކުރަނީ އެމެރިކާ ބަޖެޓުން ސީއައިއޭގައި ތިބޭ ވަގުން ތައް މެދުވެރިކޮށޭ ސީއައިއޭ ވެސް އެބަޖެހޭ ސްޓްރީމް ލައިން ކޮށް އެތަނުގެ ބަޖެޓް ކުޑަ ކުރަން އެތަން މެދުވެރިކޮށް ޕެންޓަގަން ގައި ތިބި ޖެނެރަލުން ކުރަނީ ބޮޑެތި ވައްކަމޭ އޭގެ ތެރޭގައި ހަތިޔާރު ޑީލް ކުރުމާއި ޑްރަގް ޑީލް ކުރުން ވެސް