ބާޒާރު ސަރަހައްދުގައި މީހަކު ބިސްކޭހެއް ކޮނޑު ޖަހައިގެން ދަނީ
01 މާޗް 2025 - 13:34
އެސްޓީއޯއިން ހުޅުމާލޭގައި ވެސް ހޯލްސޭލް ސެންޓަރެއް ހުޅުވައިފި އެވެ.
އެސްޓީއޯއިން ބުނީ ރޯދައަށް ހާއްސަކޮށް ގެންނަ ހުރިހާ ބާވަތެއް ހުޅުމާލޭން ހޯލްކޮށް ދޫކުރާނީ އެސްޓީއޯ ހޮޓާ ސަރަހައްދުން ކަމަށެވެ.
އެތަނުން ފިޔާ، އަލުވި އަދި ބިސް ވިއްކާނެ އެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ހުޅުމާލޭގައި ހޯލްސޭލަރުންނަށް ތަކެތި ގަނެވޭ ގޮތް ހެދީ، ވިޔަފާރިތަކަށް ލުއިކޮށްދިނުމުގެ ގޮތުންނެވެ. އެސްޓީއޯ ހޮޓާ ސަައިޓުގެ އިތުރުން މާލޭ އިންޑަސްޓްރިއަލް ވިލެޖުންނާއި މާލޭގައި ހުންނަ ހޯލްސޭލް ސެންޓަރުން ވެސް އެ ތަކެތި ލިބޭނެ އެވެ.
އެސްޓީއޯއިން 20 ކިލޯގެ ފިޔާ ބަސްތާއެއް ވިއްކަނީ 335ރ. އަށެވެ. އަދި ފަސް ބަސްތާއަށް ވުރެ އިތުރަށް ނަގާ ނަމަ، ބަސްތާއެއްގެ އަގު 325ރ. އަށް އަރަ އެވެ. ބިސް ކޭހެއް 350ރ. އަށް ވިއްކާ އިރު ފަސް ކޭހަށް ވުރެ އިތުރަށް ނަގާ ނަމަ، ކޭހެއްގެ އަގު 340ރ. އަށް ލިބޭނެ އެވެ. އަދި އަލުވި ބަސްތާއެއް 515ރ. އަށެވެ. ފަސް ބަސްތާއަށް ވުރެ އިތުރު ނަމަ 505ރ. އަށް ލިބޭނެ އެވެ.
އެހެން އަހަރުތަކާ ހިލާފަށް އެސްޓީއޯއިން މިއަހަރުގެ ރޯދައަށް ހާއްސަކޮށް ބާޒާރަށް 24 ބާވަތެއް ގެނެސް ކޮންޓްރޯލު އަގުތަކެއްގައި ވިއްކާނެ އެވެ. އެސްޓީއޯއިން އަންނަނީ ކާއްޓާއި ލުބޯ އަދި ލޮނުމެދު ވެސް ވިއްކަނުންނެވެ. އޭގެ އިތުރުުން ތަރުކާރީގެ ބާވަތްތައް ވެސް އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކަ އެވެ.
އެސްޓީއޯ އިން ރޯދަމަހަށް ހާއްސަކޮށް އެތެރެކުރާ ބާވަތްތައް:
1. އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
2. ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ
3. ޕްރޮސެސްޑް ކާނާ: ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކަޑް ބީންސް، ގެރިކިރު ދަޅު
4. ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަން ފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުޅުމާލޭ
01 March 2025
ރީޓެއިލްކޮށް ތިތަކެތި ހުޅުމާލެގަ ވިއްކާނެ އެސްޓީއޯގެ ތަނެއް ނުހެދޭނެތޯ؟ ކޭސް ގަންނަން ނުޖެހޭ ގެތަކަށް ކިލޯ ގަންނަން މާލެ ދިޔުމަކީ ބޮޑު ތަކްލީފެއް.